Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަކުޑަކުދިންގެމަޖާ

ފަނީ ވާހަކަ

Ahmed Level 1
May 25, 2022 One Min Read
0 Comments

ވާރޭ ވެހި ބިންގަނޑު ތެއްވެއްޖެއެވެ! ވައިގާވަނީ މަޑު ފިނިކަމަކާއި ކިލާ ރަހައެއް ހިފާލާފައެވެ. ޗަކަ ވަޅުގަނޑު ގަނޑާއި ކުދި ވެލިފުނިތައް ބިންމަތީ އުފެދިފަ އެބަހުއްޓެވެ.

“އޭ.. ކޮންތާކަށް ތި ފިރުކެނީ…” މަޖާ ރާގަކަށް ކިލާފަނި ޗަކަފަންޏާއި ދިމާލަށް ގޮވާލިއެވެ.

އަހުރެން މިދަނީ އެއޮތް ފެންގަނޑުން ފެންފޮދެއް ރަހަ ބަލައިލަން ކަމަށް ބުނެ ޗަކަފަނި ކުރިއަށް ދެމެންފެށިއެވެ.

………. ބައިގަޑިއިރު ފަހުން ކިލާފަނި ބަލާލިއިރު ޗަކަފަންޏަށް އޭތީގެ މަންޒިލަށް ދެވިއްޖެއެވެ.

ކިލާފަންޏަކީ ވަރަށް ބުއްދި ރަންގަޅު ފަންޏެކެވެ. އެސޮރު ބިންގަނޑުތެރެއިން ބޭރަށް ނުކުމެލަނީ ވަރަށް ބަލާފައެވެ. ވަރަށް ހުޝިޔާރުވެގެން އޮވެއެވެ. ސަބަބަކީ އެސޮރަށް އެފަދަ މާހައުލަކީ އަމާން ތަނެއް ނޫންކަން އެނގޭތީއެވެ. ޗަކަފަނި އެހާ ހާމަކަން ބޮޑުތަނެއްގައި ފެންބޯން އޮތުމުން ކިލާފަނި ވަރަށް ހާސްވެ ކަންބޮޑުވެއްޖެއެވެ.

ކައިރީގަ ހެދިފަހުރި ގަސްގަނޑުގެ ގޮފިތަކަށް އަވަސް އަވަހަށް ނަޒަރު ހިންގާލަމުން ކިލާފަނި ޗަކަފަނި ގާތަށް ދެވޭތޯ ފިރުކެން ފެށިއެވެ. ކިލާފަންޏަކީ ޗަކަފަންޏަށް ވުރެ ތަންކޮޅެއް ހަލުވިކޮށް ދުވެވޭ ފަންޏެއްކަމުން އެސޮރަށް އެ ފެންގަނޑަށް ތަންކޮޅެއް އަވަހަށް ދެވުނެވެ. އެއީ ފަންސަވީސް މިނެޓުންނެވެ…

އަވަސް އަވަހަށް ކިލާފަނިވެސް ފެންފޮދެއް ބޯލުމަށްފަހު ޗަކަފަނި ގާތުގައި އެތަނުން އަވަހަށް ފިލަން ދާން ބުންޏެވެ.

ޗަކަފަނި ކިލާފަނީގެ އެވާހަކަ ގަބޫލު ނުކޮށް އިތުރަށް ފެންބޯން ތުންކޮޅު ފެނުގައި ޖެހިލި ތަނާ ބާރު އަދި އެހާމެ ތޫލި އަޑެއް އިވިއްޖެއެވެ.

ދެފަނީގެ ދެލޯ ބޮޑުވެ ހާސް ވެއްޖެއެވެ. އެއީ ދޫންޏެއްގެ އަޑުކަން އެދެ ފަންޏަށް އެނގުމުން ވަރަށް ބިރުގަނެއްޖެއެވެ.

އެހިނދު ކިލާފަނި ބަލާކަށް ނުހުރެ ކައިރީ އޮތް ފަތެއްގެ ދަށަށް ޗަކަ ފަންޏާއި އެކު ވަނެވެ. އަދި ކިލާގަނޑުގެ ތެރެއަށް ތޮރުފިގަތެވެ. ޗަކަފަނިވެސް ކިލާފަނި ފަހަތުން ތޮރުފިގަތެވެ. ނަމަވެސް މާގިނައިން ފެންބުއިމުގެ ސަބަބުން ޗަކަފަނީގެ ބަނޑު އޮތީ ތާށިވެފައެވެ.

ދޫނި އައިސް ފަނިތައް ފިލާއޮތް ފަތާއި ކައިރީގައި އިށީނދެލިއެވެ. ފަތެއްގެ ދަށުގައި ތިބުމުން ދޫންޏަކަށް އެފަނިތަކެއް ނުފެނުނެވެ.

ކިލާފަނި ޗަކަފަނީގެ އަތުގައިހިފާ ދަމަނިކޮށް ނަސީބަކުން ކިލާގަނޑު އަޑިއަށް ސަލާމަތުން ދެފަންޏަށް އާދެވިއްޖެއެވެ.

ދޫނިކައިރިން ސަލާމަތް ކޮށްދިނީތީވެ ޗަކަފަނި ކިލާފަންޏަށް ވަރަށް ޝުކުރު އަދާކުރިއެވެ. އަދި ބުންޏެވެ. އަހަރެއްގެ ރައްޓެހިން އަހަރެންނަށް ކިޔާނީ ޗަކީ އެވެ. ކިލާފަނިވެސް ޗަކަފަނީގެ ރައްޓެއްސަކަށް ވުމުން މިހާރު އެނަމުން ކިޔުމަށް ޗަކަފަނި އެދުނެވެ.

އަދި ކިލާފަންޏަށް ކިޔާނީ ކޮންނަމެއްތޯ އެހުމުން ކިލާފަނި ބުންޏެވެ.  “އަހަރެންނަށް އަހަރެންގެ ރައްޓެހިން ކިޔަނީ ކައިލީ”.

ދެފަނި އެކުގައި އެދުވަހު ވަރަށް މަޖާކުރިއެވެ.

Share Article

Follow Me Written By

Ahmed

Level 1

Other Articles

Previous

ލައިލާ – 1

Next

ހިތުގެ ޝަކުވާ… 36

Next
May 25, 2022

ހިތުގެ ޝަކުވާ… 36

Previews
May 23, 2022

ލައިލާ – 1



All Right Reserved!