އަހަރެންގެ މަންމައެވެ. ކަމަނާ ދެކެ އަހަރެން ލޯބިވާ މިންވަރުގެ ބޮޑުކަމާއެވެ. އަދި އަކަމަނާ ދެކުމަށް އަހަރެން އެދޭ މިންވަރުގެ ބޮޑުކަމާއެވެ. ކަމަނާއާއި ބައްދަލުވުމަށް އަހަރެން އެދެމެވެ. އަދި ކަމަކާއަތުގައި ބޮސްދިނުމަށެވެ. އަހަރެންގެ މަންމާއެވެ! ކަމަނާ ދެކެ އަހަރެން ލޯބިވާ މިންވަރުގެ ބޮޑުކަމަނާއެވެ. އަދި އެކަމަނާ ދެކުމަށް އަހަރެން އެދޭ މިންވަރުގެ ބޮޑުކަމާއެވެ. ކަމަނާއާއި ބައްދަލުވުމަށް އަހަރެން އެދެމެވެ. އަދި ކަމަނާގެ ކަނާއަތުގައި ބޮސްދިނުމަށެވެ. އަހަރެންގެ މަންމައަކީ,އޯގާތެރިކަމުގެ ކޯރެކެވެ. އަހަރެންގެ މަންމައަކީ,ރަޙްމާންވަންތަ އިލާހުގެ ހަދިޔާއެކެވެ. އެކަމަނާގެ ރޫހު ގަދަކޯޅި […]
ސުކޫލުގެ ގަޑި ނިމޭ ބެލް އެޅުމާއެކު ކުދިންތައް ދަބަސް ހިފައިގެން ކުލާހުން ނިކުންނަން ފެށިއެވެ. އޭގެތެރެއިން އެންމެ ކުރިން ސުކޫލުން ނިކުތް ކުދިންގެ ތެރެއިން ނޫރާއާއި ހުދާ ހިމެނެއެވެ. އެ ދެކުދިންނަކީ އެންމެ ތުއްތު އިރުއްސުރެވެސް ވަރަށް އެކުވެރިކޮށް އުޅޭ ދެކުދިންނެވެ. ސުކޫލުގެ ބޭރުގައި މަޑުކޮށްގެން ތިބި އެކުދިންގެ މަންމަމެންގެ އަތަށް ދަބަސް ދިނުމަށްފަހު ނޫރާއާ ހުދާ މަންމަމެންނަށް ވުރެ ކުރިން ހިނގައިގަތެވެ. “ނޫރާ.. ރޯދަމަސް އަންނަން ދެން ހަފްތާއެއްވެސް ނެތްދޯ.. ވަރަށް ސަޅި އައިޑިއާއެއް އައިސްފި. […]
ގަޑިން ރޭގަނޑު 9:30 ވަނީއެވެ. ލެޕޯނޭ އެންޓަރޓެއިންމެންޓުގެ ވޯޯކަލް ޕްރެކްޓިސް ރޫމުން ރެން އާއި މަސާޔާ ކަރުތެރޭޭގެ ނެތް ތަނަށް ކަރުކެހެމުން ނިކުތެވެ. މަސާޔާ “އަހަމް!” އޭ ކިޔާ ރެންއަށް ވުރެ ބާރަށް ކަރުކަހައި ގަތެވެ. ރެން ސަމާސާގެ ރާގަކަށް ބުންޏެވެ. “ސާބަސް ބެއްޔާ! މިއަކީ ކަރުކެހުމުގެ މުބާރަތެއް ނޫނޭ!”. “ބޭބެއަށް ވެސް އިނގެޔޭ ކޮއްކޯ!”. މަސާޔާ ވެސް ސަމާސާގައި ބައިވެރިވިއެވެ. އޭގެ ޖެހިގެން ހުރި ކޮޓަރި ތެރެއިން ޝޯ އާއި ޖިން ނިކުތެވެ. އެދެމީހުންނަކީ ބޮޑުތަކރުފާނުގެ […]
މިއަކީ ޖޭއޯވަން އާއަ އައިއެންއައިގެ ޓްރެއިނީ ދުވަސް ވަރުގެ ވާހަކައެކެވެ. މިއަކީ ހަގީގީ ވާހަކައެއް ނޫނެވެ!. އެކަަމަކު އަސްލަށް ވެސް ޖަޕާނުގައި އޮންނަ 2 ބޯއީބެންޑެއްގެ ފޭންފިކްޝަން ވާހަކައެކެވެ. އައިއެންއައިގެ މީހުން: މަސާޔާ, ތަކޫމީ (އޯޒާކީ), ހިރޯތޯ, ހިރޯމޫ, ފެންގފޭން, ޔޫދައީ, ތަކޭރޫ, ޝޯގޯ, ޖިން, ކިޔޯސުކޭ އަދި ރިހީތޯ އެވެ. ޖޭއޯވަންގެ މީހުން: ޝޯ, ރެން, ރޫކީ, ޖުންކީ, ކެއިގޯ, ތަކޫމީ, ޝޯޔާ, ޝޯސެއީ, ސުކައީ, ޝިއޮން އަދި އިއްސެއީ އެވެ.
ފަތިހުގެ މުލަ ހާލުގެ އަޑާއި އެކުވެގެން ދިޔައީ ކޮޓަރި ދޮރުގެ ޓަކީގެ އަޑެވެ. ފުންމައިގެން އެނދުން ތެދުވެ ކޮޓަރީގެ ދޮރު ހުޅުވާލުމަށް ފަހު ފާޚަނާއަށް ދާން ނެގި ފިޔަވަޅަށް ހުއްޓުން އެރީ ގުގުރާލުމަށްފަހު ވެހެން ފެށި ބޯ ވާރެއިންނެވެ. ދެ ފަހަރަކު ފުމެލުމަށް ފަހު ދުވެފައި ގޮސް ކުޑަދޮރު ހުޅުވާލި އިރު އަހަރެން ހުރީ ނުހަނު ބޮޑަށް ހިނިތުންވެފައެވެ. އަވަސް ކޮށްގެން ފާޚަނައަށް ވަދެ ދަތް އުނގުޅާ ވުޟޫކޮށްގެން ނިކުމެ ގޭގައި ނަމާދު ކޮށްލީމެވެ. މުޞައްލަ ނަގާ […]
އެލީން ގެ އުމުރުން ދެ އަހަރުގައި އެލީން މަންމަ ވަނީ ނިޔާވެފައެވެ. އެލީން ގެ ބައްޕަވެސް ވަނީ މި ދުނިޔެއަށް އަލްވަދާއު ކިޔާފައެވެ. އެލީން ބަލާބޮޑު ކުރީ އޭނާގެ ދޮންތަ ޒުހުރާއެވެ. ގަޑިން ފަތިހު 5 ގަހަނީއެވެ. ޒުހުރާ ހުރީ ގޭދޮށް ކުނިކަހާށެވެ. ކުއްލިޔަކަށް ވަލުމަގު ފަޅިން ވަރަށް ބާރު އަޑެއް އިވުނެވެ. ޒުހުރާ ދިޔައީ ސިހިގެންނެވެ.”މިހާރު މިއިވެނީ ކޮން އަޑެއް؟” ޒުހުރާ މިހެން ބުނެފައި ވަލުމަގު ފަޅިއަށް ހިނގައިގަތެވެ. ފެނުން މަންޒަރު ތަކުން ޒުހުރާ ނުވެއްޓުނީ […]
އަދި އެމީހުންްގެ ބައެއް ސްޓާފުން އެމީހުން ލަވަ ކިޔަން ހަމަޖެހިފައި ވާ މައިކު ތައް ރެޑީ ކުރަމުން ދިޔައެވެ. ******** 2 ވަނަ ބައި ޝޯ ހުރީ ކޮފީ ޖޯޑެއް ހިފައިގެން ހަމަޖެހިލމުގެ ނިޔަތުގައެވެ.މިހެން ހުއްޓާ ކުރިމަތިން ފެންނަނީ އިއްސެއީ އަލިފާން ބޯޅައެއްގެ ބާރު މިނުގައި ދުވެފައި އަންނަ ތަނެވެ. “ހަޔާ” އޭ ކިޔާފައި އިއްސެއީ ފުންމާލީ އޭނަގެ ހިތުން ޝޯގެ ބޯމަތިންނެވެ. އެކަމަކު ބިމަށް ތިރިވިއިރު ޝޯއާއަ އިއްސެއީ އޮތީ ގުޅައަކަށް ޖެހި ތަރަވެފައެވެ. ޝޯ […]
ބޭބެއިންނާއެކު ޔޫސުފްގެފާނު ބައްޕާފުޅު އަރިހުން ނިކުމެ ވަޑައިގެން ދަތުރު ފެއްޓެވިއެވެ. ބައްޕާފުޅުގެ އަރިހުން ތަންކޮޅެއް ދުރަށް ދެވުމުން އެބޭބެއިން ޔޫސުފްގެފާނަށް އެއްޗެހި ގޮވަން ފެށިއެވެ. އަދި ޔޫސުފްގެފާނު ގޮވައިގެން ފުންވަޅެއްގެ ކައިރިއަށް ގޮސް ގަދަކަމުން އެކަލޭގެފާނުގެ ގަމީސްކޮޅު ބޭލުވިއެވެ. އަދި ވާގަނޑެއް ޖަހައި ޔޫސުފްގެފާނު އެވަޅަށް ތިރިކޮށްފައި އެބޭބެމެން ދިޔައެވެ. މާތްﷲ ގެ ރަޙްމަތްފުޅުން،އެކަލޭގެފާނަށް ފައިންޕުޅު އެޅުއްވުނީ ބޮޑު ހިލައެއްގެ މަތީގައެވެ. އެހިނދު އެކަލޭގެފާނަށް ބިރުވެރިކަން އިހުސާސް ކުރެވުނެވެ. ނަމަވެސް މާތްﷲ އެބިރުވެރިކަން ފިލުއްވައި ދެއްވިއެވެ. އަދި […]
އެއްދުވަހަކު ޔައުޤޫބުގެފާނު އިންނެވީ އެކަލޭގެފާނުގެ އެންމެ ތުއްޕުޅު ދެބޭފުޅުން ކަމުގައިވާ ޔޫސުފްގެފާނާއި ބިންޔާމީންއާއެކު ކުޅުއްވާށެވެ. ދެން ތިއްބެވި ދިހަ ބޭފުޅުން ތިއްބެވި އެމަންޒަރު ބައްލަވާށެވެ. އަދި ބައްޕާފުޅު އެބޭފުޅުންނަށް އެއްވެސް ސަމާލުކަމެއް ނުދެއްވާކަން ފާހަގަ ކުރެއްވިއެވެ. އަދި ބައްޕާފުޅުގެ ލޯބި ޔޫސުފްގެފާނަށާއި ބިންޔާމީނު އަށް ލިބިވަޑައިގަންނަވާތީ އެކަމާ ނުރުހުންވެ ތިއްބަވާ އެތަނުން ދުރަށް ވަޑައިގެން ވާހަކަފުޅު ދައްކަވަން ފެށްޓެވިއެވެ. ފަހެ އޭގެ ތެރެއިން އެއް ބޭފުޅަކު ކޯފާވެވަޑައިގެން ހުންނަވާ ވިދާޅުވިއެވެ. ހަމަކަށަވަރުން އަހަރުމެންގެ ބައްޕާފުޅު އަހަރެމެންނަށް ވުރެ […]