މާލަން ތެރޭގައި ހަލަބޮލިވެ އުޅުނު މީހުންގެ އަދަދު މަދެއް ނޫނެވެ. ވަކި ހިސާބަކުން ވިނަފަޅައި ފަތްތަކުން ޖަރީކޮށްފައި ހުރި ފާރުތަކާއި ކޮންމެ ދިހަ ފޫޓަކުން ދިހަ ފޫޓަކުން ރޯކޮށްފައި ހުރި އެކި ކުލަކުލައިގެ ޖާދޫގެ އުއްބައްތިތަކުން މާހައުލު ފަޅުފިލުވާލަދެމުން ދިޔައެވެ. ހަނި ކޯރިޑޯ ތެރޭގައި ދެކޮޅަށް ދުވެނަގަމުން ދިޔަ މުވައްޒަފުން މަސައްކަތް ކުރީ ވީހާވެސް ފުރިހަމައަށް އަވަހަށް މަސައްކަތް ނިންމައިލެވޭތޯއެވެ. މާލަމުގެ އެންމެ ކޮޅުގައި ހުއްޓިލައިގެން ހުރި އަންހެން ކުއްޖާގެ މޫނުމަތީގައި ދުވެދުވެ ހުރީ ކާމިޔާބީގެ ހިނިތުންވުމެކެވެ. […]
އިފްނާންއާ އަނަސްއަކީ އެއްބަނޑު އެއްބަފާ ދެކުދިންނެވެ. ދެކުދިންގެ ތެރެއިން ދޮށީ އިފްނާންއަށް މިއަހަރު ދިހަ އަހަރު ފުރުނު އިރު އަނަސްއަށްވީ އަށް އަހަރެވެ. ރަށުގެ ހިތްފަސޭހަ މާހައުލު ދޫކޮށް މާލެއަށް އަންނަން އެކުދިންނަށް ޖެހުނީ، ބައްޕައަށް ރަނގަޅު ވަޒީފާއެއް މާލެއިން ހަމަ ޖެހުމުންނެވެ. ރަށުގެ ބޮޑު ގޯތީގައި މަޖާކޮށް ކުޅެ އުޅުމަށްފަހު، މާލެ ފަދަ ޖާގަކުޑަ ތަނަކަށް އާދެވުމުން ދެކުދިންވެސް ތިބީ ވަރަށް ފޫހިވެފައެވެ. އެހެންވެ މަންމަ ކައިރީގައި ވަރަށް އާދޭސްކޮށްގެން ބޯޅައެއް ގަތީ ގޭގައި ކުޅޭށެވެ. […]
ހާމިދަކީ ވަރަށް ސަކަމިޒާޖެއްގެ 14 އަހަރުގެ ކުއްޖެކެވެ. މިއަދު އޭނާ އުޅެނީ އޭނާގެ އެކުވެރި ހަސަނާއި ޖާވިދު އަދި ސައްތާރު ގޮވައިގެން މަހަށްދާށެވެ. “އޭ ކަލޯ ހާމިދާ މިައދު ފަނި ނުހަދައްޗޭ!!” ޖާވިދު ބުޅިފުޅިތެރެއަށް އަތްކޮއްޕައިގެން އިނދެ ހަޅެއްލަވައިގަތެވެ. ހާމިދު ދުރުނޫން ހިސާބެއްގައި ކަންވާރު ކަނޑަން ހުރެފައި ބުންޏެވެ. “މިއަދު ފަނިނުހަދާކަން ދައްކާލާނަން ހުރެބަަލަ!!” ޖާވިދު ވައްކަޅިއަޅައިގެން ހާމިދާއި ދިމާލަށް ބަަލަން އިނދެފައި އަންހެނެއްހެން ތުންއަނބުރާލާފައި އޭނާގެ މަސައްކަތާއިގެން އަނެއްކާވެސް ކުރިއަށްދިޔައެވެ. އޭނާ ކާރީގައި ބޯވާކޮށަން އިން […]
މިއަދަކީ ގުރޭޑު 6 ގެ އެއްވަނަ ޓާރމުގެ އެންމެ ފަހު ދުވަހެވެ. ޕީޓީއެސް މީޓިންގއަށް ދާން ފެންވެރުމުގެ ނިޔަތުގައި އަހަރެން ފާހާނައަށް ވަނީމެވެ. އަދި ނިކުމެ އަހަރެން ޔުނީފޯމު ލައި ރީތިވީމެވެ. “ދަރިފުޅާ! އަވަސްކުރޭ!!” އަހަރެންނަށް މަންމަ ގޮވި އަޑު އެވަގުތު އިވުނެވެ. ޖަވާބުގައި އަހަރެން ބުނީމެވެ. “މިދަނީ!” އަހަރެން ކޮޓަރިން ނިކުމެ ފެންފުޅިއަށް ފެން އެޅީމެވެ. މަންމަ އެވަގުތު އިނީ ފެންޑާގައި އަހަރެންގެ އިންތިޒާރުގައެވެ. އަދި އަހަރެން ގޮވައިގެން ސައިކަލަށް އަރާ ހަމަޖެހެވުމުން ސައިކަލުގައި އަހަރެންނާއި […]
މަންމަ ފެނުމާއެކު ނިމްރާ ގޮސް މަންމަ ގައިގައި ބައްދައިގަތެވެ. މަންމަގެ އޯގާތެރި ފިރުމުމުގެ އިހްސާސް ވުމާއެކު ނިމްރާއަށް ބާރަށް ރޮވެން ފެށުނެވެ. “ކިހިނެއް ވީ ދަރިފުޅު؟” ހައިރާންވެ ހުރެ ނިމްރާގެ މަންމަ ބުނެލި އެވެ. ބޮޑުކަމެއް ވެގެން ނޫނީ ނިމްރާ ނުރޯނެކަން އޭނާގެ މަންމައަށް އެނގެއެވެ. “މަންމީ.. އެކުދިން ބުނަނީ ނިމް އަކީ ވަރަށް ކަޅު ކުއްޖެކޯ. ކަޅު ކުދިން ވަރަށް ހަޑިވާނެއޯ.. އެއީ ތެދެއްތަ މަންމީ..؟” ގިސްލަމުން ނިމްރާ ވާހަކަދެއްކިއެވެ. “އެކުދިން އެހެން ބުނީތަ؟” ނިމްރާގެ […]
ޢަބްދުﷲގެ މަންމަ ކާގެއިން ގޮވާލި އަޑު އިވުމާއެކު ވާހަކަ ފޮތް ބޭއްވުމަށްފަހު ޢަބްދުﷲ ދުއްވައިގަތީ ކާގެއަށެވެ. މޭޒު މަތީގައި ދިވެހި ކެއުމެއް ތައްޔާރު ކުރެވިފައި ހުރުމުން އެކަމާ ޢަބްދުﷲ ޝަކުވާ ކުރިއެވެ. “ކޮއްކީ. މަންމަ ބުނަމެއްނު އެއިރަކު ހަދާފަ ހުރި އެއްޗެއް ކާންވާނެއޭ. އަދި ދަރިފުޅަކަށް ނޭނގެއެއްނު މި ކެއުން ނުބައި ވާނެ ކަމެއްވެސް. ރަހަ ބަލާލަން ހިނގާ ދޯ މަންމިއާއެކު.” ޢަބްދުﷲގެ ބޮލުގައި ފިރުމާލަމުން ޢަބްދުﷲގެ މަންމަ ބުނެލިއެވެ. ދެންވެސް އެކަމާ ހިތްހަމަ ނުޖެހި ހުރެ […]
ހަލަބޮލިވެފައިވާ ރަށުތެރޭގެ މަގުތަކުން ހިނގާފައި އަންނަނީ ޢަބްދުﷲއާއި އޭނާގެ މަންމައެވެ. ދެމައިން އެކުގައި ހިނގާފައި އަންނަނިކޮށް ގެއެއްގެ އަސްކަނި ދޮށުގައި އިން މުސްކުޅި ބޭބެއަކު ގޮވާލިއެވެ. “ކިހިނެއްވީ ބޭބޭ؟” ޢަބްދުﷲގެ މަންމަ އެބޭބެގެ ގާތުގައި މަޑުކޮށްލަމުން އޯގާތެރިކަމާއެކު ބުނެލިއެވެ. “މަންމި އެބޭބެއާތަ ތި ވާހަކަ ދައްކަނީ؟ ބަލާބަ ލާފަ އިން ހަޑި ހެދުން. އެހުރީ ވީދިފަ. އަނެއްކާ ކިލާހޭކިފަ ހުރީވެސް. ބޭބެ ކައިރިން މެހިތައްވެސް އެދުވަނީ ނުބައި ވަސް ދުވާތީ. ކޮއްކޮ މިދަނީ މާމަ ގެއަށް. މަންމިވެސް […]
ވަށައިގެން ފެންނަމުން ދިޔަ ފެހި ގަސްތައް ޖެހިލާ ފިނި ރޯޅިއާއެކު ދެކޮޅަށް ހެލިލައެވެ. ކުރިމަތިން ފެންނަ ހިތްގައިމު މޫދުގައި އެކި ކުޅިވަރުތަކުގައި ޢަބްދުﷲ އާއި އޭނާގެ އެކުވެރިން ދިޔައީ ފޯރި ނަގަމުންނެވެ. ކޮންމެ ހޮނިހިރު ދުވަހަކީ ޢަބްދުﷲ އޭނާގެ އެކުވެރިންނާއެކު މަޖާކުރާ ދުވަހެވެ. “ޢަބްދުﷲ. ދެން އަންނަ ހޮނިހިރު ދުވަހެއްގައި އުޅެބަލަ ގޮނޑުދޮށުގައި މަސްފިހަން. ވަރަށް މަޖާވާނެ.” ޢަބްދުﷲ އަށް ބޯޅަ އެއްލަމުން ސުފްޔާން ބުނެލިއެވެ. “ތިއީ ވަރަށް ރަނގަޅު ޚިޔާލެއް. އަހަރެންނަށް ފެންނަނީ ސޮސެޖްވެސް ފިހަން. […]
“ކޮބާތަ މަންމިގެ ދޮންދޫނި. ކޮބާހޭ ކޮބާހޭ މަންމިގެ ރަންދޫނި.” ކަބަޑު ތެރެއަށް ފިލަން ވަދެ އޮތް ޢަބްދުﷲއަށް މަންމަގެ އަޑު ކައިރިން އިވުމުން ދެލޯ މަރާލިއެވެ. ހަމަ އެވަގުތު އެކަބަޑުގެ ދޮރުފަތް ހުޅުވުމުން ޢަބްދުﷲ ދެލޯ ހުޅުވާ މައްޗަށް ބަލައިލިއެވެ. އެވަގުތު ޢަބްދުﷲގެ މަންމަ ބާރަށް ޕޮއް ކިޔާލިއެވެ. “ނޯ. މަންމި މާ އަވަހަށް ކޮއްކި ތި ހޯދީ..” ޢަބްދުﷲ ކަބަޑުތެރެއިން ފައިބަމުން ބުނެލިއެވެ. “އެހެންތަ؟ އެކަމަކު މަންމި މިހުރީ ލޮޑުވެފަ.” ޢަބްދުﷲގެ ގައިގައި ބައްދާލަމުން އޭނާގެ […]