ުކޯމަސް އައިންގަނޑު
ބޮޑު ޗުއްޓީ ނިމިގެން ފެށުނު ދިރާސީ އައު އަހަރުގެ ދެވެނަ ހަފްތާއަށް ނާޅަނީސް ކޮއްކޮގެ ޝަކުވާ ފޮށި ހުޅުވުނެވެ. ފައްޓައިފި ކަމެއް ހުއްޓުމަކީ ކޮއްކޮ ދުވަހަކު ވެސް ދަންނަ ކަމެއް ނޫނެވެ. ދެން އެ ޝަކުވާތަކާއި އެކީ ހިނގަން ޖެހުނީ އަހަންނަށެވެ. ކޮއްކޮ އަދި މިކިޔަނީ ކީކޭކަން އެނގޭ ހެއްޔެވެ؟ ކޮއްކޮ މިއުޅެނީ ފޫހިވެގެންނެވެ. މާގިނައިން ސުކޫލަށް ދާތީއެވެ. ދެނެ އެކަމާއި ހެދި ސުކޫލަށް ނުދާން ރޮއެ ހެދުމާއި ބޮޑާ ހޭކުން ކޮއްކޮގެ އާދައަކަށް ވިއެވެ. އަހަރެން ކޮއްކޮ ކުޑަކޮށް ހިތްހަމަ ޖައްސާލުމުން ހަމައަކަށް އެޅިދާނެއެވެ. ދެން މިކަމާއި ހެދި މަންމަމެން އަހަރެންގެ ގާތުގައި ކޮއްކޮއަށް އަޅާލާން އެދުނެވެ. އެހެން އެންމެ ނަމަވެސް ފަހުން މިކަން މުސީބާތެއްހާ ބޮޑުވިއެވެ. އަބަދުވެސް އަހަންނަށް ޝަކުވާ ކުރެވެނީއެވެ. ފިލާވަޅު ހެދުމަށް ބުުރޫއަރާތީއެވެ. ކިޔަވަން އުނދަގޫވާތީއެވެ. އާއިލާއަށް އެރި މި ހަމަނުޖެހުންތަކާއި ހެދި ބައްޕަ އާއިލީ ދަތުރެއް ރޭވިއެވެ. ކަންކަން ބަދަލުވާނީ ކިހިނަކުން ކަން އެކަކަށް ވެސް ނޭނގޭނެއެވެ. އެކަންތައް ވިސްނޭ ވަރަށްވުރެ ކޮއްކޮ ހުރީ މާ އުފާވެފައެވެ.
ހޮނިހިރު ދުވަހުގެ ރާޒާ އިރު ދުނިޔެއަށް އެރީ ބޮޑު ފޮށި ބަންދުކޮއްލައިގެން އަހަރެމެން ގޭ ބޭރުގައި ތިއްބައެވެ. އިރުކޮޅަކު އެގޮތުގައި ތިބެލުމަށް ފަހު ނުކުތީ ބަނދަރަށެވެ. ދިންގިއެއްގައި ބައްޕަ ގަސްތު ކުރީ ފެންފުއްޓަށް ދާށެވެ. ޑިންގީގައި އިންއިރު އަހަރެން ހުރީ އަހަރެން ހުރީ އަރަމުންދާ އިރުގެ ހިތްގައިމު ފޮޓޯތައް ނަގަށެވެ. ދުރުން ފުމެމުން ދިޔަ ކޯމަސްތައް ވެސް މިނިވަންކަމާއި އެކު ފުމެމުން ދިޔައެވެ.
އިރުކޮލެއް ފަހެވެ. އަހަރެމެންނަށް ސިހުން ލިބުނީ އެއްޗެއް ޑިންގީ ދަށުން ޑިންގީގައި ޖެހިގަތް ދިޔައީމައެވެ. ތެދަށް ބުނަންޏާ ޑިންގީ ވެސް ފުންމައިގެން ދިޔައެވެ. އެންމެން ހަޅޭއްލަވައިގަތެވެ. އަހަރެން ފިޔަވައެވެ. މަންމަ ބިރުގަނެފައި ހުރެ ރަށަށް ދާން އަނބުރާލަންވީ ނުންހޭ ބުންޏެވެ. އެހެންނަމަވެސް އަނބުރާލެވޭނީ ޑިންގީ ކަނޑުގައި އޮތް ނަމައެއް ނޫންހެވެ. ޑިންގީ އޮތީ ވައިގެތެރޭގައި އޭ ވެސް ބުނެވިދާނެއެވެ. ކޯމަސްތައް އަޑިން ޑިންގީގައި ޖަހާވަރުން މީހަކަށް ހަމަޖެހިއެއް ނުލެވެއެވެ. ތުބުން ތަޅަތަޅާ ޑިންގީގެ އަޑީގައި ޖަހާފައި ހުރި ފިލާތައް ރޫޅޭ ވަރުކުރަން ފެށިއެވެ.
މަންމަ ފެށީ ރޯށެވެ. ކޮއްކޮ އަތްޖަހާ އުފާކުރަނީއެވެ. ބައްޕަ މަސައްކަތް ކުރީ ދޯންޏަށް އަރާ ފެންތައް ނަގާށެވެ. އަހަންނަކަށް ދައްކާނޭ މޫނެއް ނޭގުނެވެ.
ކުއްލިއަކަށް ޑިންގީ އެއްކޮށް ރޫޅި ފިލާތަކާއި އަހަންނާއި އާއިލާގެ އެންމެން ކަނޑުވިއެވެ. ނުފެތޭ ހާލުގައި ވިޔަސް ފެންމަތީ އޮވެވޭތޯ އަހަރެން ބެލީމެވެ. ފާޑަކަށް ހާސްވެ ރޮވެވެން ފެށީ އެހިސާބުނެންވެ. އާއިލާގެ އެކަކުވެސް ލޮލަށް ނުފެނެއެވެ. ާހާސްގަނޑެއް ތެރޭ އުޅެނިކޮށް އަހަރެންގެ ޚަބަރު ހުސްވިއެވެ.
ހަސްފަތާލުގައި ފަރުވާދެމުން ދަނިކޮށް އަހަންނަށް ހޭލެވުނެވެ. ފުރަތަމަ ވެސް ލިބުނީ އަހަރެން ވަރަށް އުފާވި ޚަބަރެކެވެ. އާއިލީ ޕިކްނިކް ދަތުރުތައް ކެންސަލް ކުރި ވާހަކައެވެ. މިފަހަރު އެއާއި ދެކޮޅަށް ނުކުނަށް ކޮއްކޮ ވެސް ބޭނުމެއް ނުވިއެވެ.
-ނިމުނީ-


