Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުޑަކުދިންގެ

އޭލިޔަން ސިލްސިލާ: ވަރަ – 1

Aashii
Aashii Level 310 Stories100 Login
April 27, 2023 3 Mins Read
0 Comments

މާލަން ތެރޭގައި ހަލަބޮލިވެ އުޅުނު މީހުންގެ އަދަދު މަދެއް ނޫނެވެ. ވަކި ހިސާބަކުން ވިނަފަޅައި ފަތްތަކުން ޖަރީކޮށްފައި ހުރި ފާރުތަކާއި ކޮންމެ ދިހަ ފޫޓަކުން ދިހަ ފޫޓަކުން ރޯކޮށްފައި ހުރި އެކި ކުލަކުލައިގެ ޖާދޫގެ އުއްބައްތިތަކުން މާހައުލު ފަޅުފިލުވާލަދެމުން ދިޔައެވެ. ހަނި ކޯރިޑޯ ތެރޭގައި ދެކޮޅަށް ދުވެނަގަމުން ދިޔަ މުވައްޒަފުން މަސައްކަތް ކުރީ ވީހާވެސް ފުރިހަމައަށް އަވަހަށް މަސައްކަތް ނިންމައިލެވޭތޯއެވެ. މާލަމުގެ އެންމެ ކޮޅުގައި ހުއްޓިލައިގެން ހުރި އަންހެން ކުއްޖާގެ މޫނުމަތީގައި ދުވެދުވެ ހުރީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

ފަތިހު ތެދުވެ ގޭތެރޭގެ މަސައްކަތް ކޮއްލުމަށްފަހު ވަރުބަލި ފިލުވާލެވެން ދެން ގޭބޭރު ޖޯއްޔެއްގައި އޮށޯވެގެން ލިލިޔަން އޮތެވެ. އޭރު ގަޑިން ހަތްގަޑި ބައިވެ ބޮޑު ވެއްޖެއެވެ. މިވަގުތު ނަޔާނީގެ ގޭދޮށަށް ދިޔަޔަސް ނަޔާނީ ނުހޭލާނެކަން ލިލިޔަންއަށް އެނގެއެވެ. އެކަން އެނގޭތީ ލިލިޔަން އުޅުނީ ލީވާން ފެންވަރުވާ ރީތި ކޮއްލުމަށްފަހު ސައިދީފައި އެގެއަށް ދާށެވެ. މިއީ އާންމުކޮށް ނަޔާނީ އާއި ލިލިޔަން އޭލިޔަން ދުނިޔެއަށް ދާދުވަހެވެ. އެހެން ނަމަވެސް މިއަދަށް ވުމުން ދެކުދިން ވެގެން ނަޔާނީގެ ގޭގައި މަޑުކުރާން ރޫނާ ބުނެފައި އޮތެވެ. ލިލިޔަންގެ ހިތުގައި ސުވާލު އުފެދުނީ އެހެންވެއެވެ. އޭލިޔަން ދުނިޔޭގައި ކަމެއް ރާވަނީކަން ލިލިޔަންގެ ފަނަރަ އަހަރުގެ ސިކުނޑިއަށް ނަގައިގަނެވެން ލަސްތަކެއް ނުވިއެވެ.

*°އެއްގަޑި އިރު ފަހުން°*

ހަލުވި ފިޔަވަޅުތަކެއްގައި ގޭގެ ދޮރާއްޓާއި އަރައި ހަމަވެވުނު އިރު ލިލިޔަންގެ ނިތްކުރިމަތިން ދާތިކި ތަޅައެވެ. އޭނައަށް އާދެވުނީ ގަޑިކީއިރު ރުނާ އެދުނު ވަގުތުގެ އިތުރަށް އިތުރު ވިހި މިނަޓު ހިގައިދިޔަ ފަހުންނެވެ.

“ހެއި ލިލީ.. ސާބަހޭ. އަދި ތަންކޮޅެއް ލަހުން އައިނަމަ ރަނގަޅުވީއެއްނު..” ގެއަށް ވަތްއިރު ދެފައި ކުރުކޮއްލައިގެން ސޯފާއަށް ވެޑުވިގެން އޮތް ނަޔާނީއަށް ލިލިޔަން އާއި ދިމާލަށް އެއްޗެކޭ ނުބުނެ ނުހުރެވުނެވެ.

“ހޫނ.. އަދިވެސް ސާބަހޭ ކިޔާ.. ތިތާ އޮތީ ކީއްވެ.. ރުން ކޮބާ..”.ރައްދު ދެމުން ލިލިޔަން ނަޔާނީގެ އިސްތަށިގަނޑަށް ދަމާލިއެވެ. ނަޔާނީ ތަދުވެގެން އަނގައިން އަޑެއް ލައްވާލަމުން ކޮޓަރިއަށް ދާން ހިނގައިގަތެވެ.

“އެބަހުއްޓޭ ކޮޓަރީގަ. މަގޭ މަންމަގަނޑު ވެސް އެބައިން..” ނަޔާނީ ލޯކުޑަ ކޮއްލާފައި ބުނެލިއެވެ.
“ކީކޭ..ނަޔާނީ މަންމައޭ. އެއީ ކީއްކުރަން..” ލިލިޔަންގެ ހިތުގައި ސުވާލުމާކު ޖެހުނެވެ.

“އަހަރެން ކައިރީ ނާހައްޗޭ.. އަހަރެން ކޮޓަރީގައި ހުއްޓާ ރޫނާ މަންމަ އާއި ބައްޕަ އައިސް ހުއްޓާ ފެނުނީ.. އަހަރެންގެ ކައިރީ ބުނީ ލިލީ އަންނަންދެން ބޭރުގަ މަޑުކޮއްލަދޭށޭ..ބަދަލުގަ މަންމަ ކައިރީ ބުނީ އަންނަން.. ރޫނާ ހުރީ އެ މީހުންނާއި އެއްކޮށް މަޑު ކޮށްގެން.. އަސްލު ކުއްލި ގޮތަކަށް އައީމާ ވަރަށް ކަޑައޭ ދޯ.. މަތީބުރީގައި ވާގޮތެއް ނޭނގިފަ.. ” ނަޔާނީގެ ހިތުގައި ސިއްރު ކޮށްގެން އުޅުނު ވާހަކަތައް ބޭރުވާން ނެގީ ކުޑަ ކުޑަ ސިކުންތުކޮޅެކެވެ.

ލިލިޔަން ހިނިގަނޑެއް ޖަހާލިއެވެ. ނަޔާނީ ދެއްކި ގިނަ ވާހަކަތައް އޭނައަށް ރޭކާ ވެސް ނުލިއެވެ. ވާހަކަ ދައްކަން ފަށައިފިއްޔާ ނަޔާނީ ދުނިޔެއިން އެންމެ އަނގަ ހަލުވިކޮށް ވާހަކަ ދައްކާ މީހާ ބަލިކޮށްލާނެކަން ލިލިޔަން ދަނެވެ.

“ކިހިނެއް ވެގެން ތިހެނީ؟..” ވީގޮތް ނޭނގޭތީ ނަޔާނީ އަހާލިއެވެ. ލިލިޔަން ހުރީ ހިނިގަނޑު ޖަހާށެވެ. ސަކަރާތުގައި ތިބޭ ނަޔާނީގެ ކޮޓަރިއާއި ހަމައަށް އާދެވުމުން ނަޔާނީ ކޮޓަރީގައި ޓަކި ޖެއްސެވެ.

“އަނހަ!.. އަވަހަށް ވަދޭ ދެކުދިން..”

ރިޔާނާ ނިކަން ރީތި ހިނިތުންވުމެއް ދިނެވެ. ރާއިދު ހީލައިފައި ދެކުދިންނާއި ސަލާންކޮށް ހާލު އަހުވާލު އޮޅުންފިލުވިއެވެ. ލިލިޔަން އަށް ރޫނާ ފެނުމުން ދެބުމަ އަރުވައި އެހެން މީހުންނަށް ނޭނގޭނެހެން ވީގޮތް އެއްސެވެ.

“ނާހިދާ ދެން ބުނާނީ ކީކޭ؟.. މިއީ އޭލިޔަން ދުނިޔޭގައި ތިންދުވަސް އެކަމަކު މިރަށުގަ އެންމެ ދެ ދުވަސް.. ނާހިދާ އަންނަން ބޭނުން ވެއްޖެއްޔާ އެއަށްވުރެ ކުރިން އަހަރެމެން ނާހިދާ މިދުނިޔެއަށް ގެނެސްދޭނަން.. ތިއީ މިހާރު އަހަރެމެން ގެ އެކުވެރިއެއް ކަމަށްވާތީ އަހަރެމެން މި އައީ.. އެއީ މިއީ އޭލިޔަނުންގެ ޙަޔާތުގައި އީ ވަރަށް މުހިންމު ދުވަހެއް.. ގާތްތިމާގެ މީހުންނާއި ރައްޓެހިން އަންނަން އަހަރެމެން ވަރަށް ބޭނުން ވާތީ.. ” ރާއިދު ކިޔައިދިނެވެ. ލިލިޔަން އާއި ނަޔާނީ އަކަށް ވާނުވާ ނޭނގުނެވެ. ރިއާނާއަށް އެ ދެކުދިންގެ ހަރަކާތްތައް ފެނުމުން ވީގޮތް އެނގުނެވެ.

” ނާހިދާ އިތުރަށް ވިސްނަން ބޭނުންވަންޏާ އަހަރެމެން ވަގުތު ދޭނަން.. އަހަރެމެން ދާނީ ރޫނާ މިތަނުގައި ބަހައްޓައިފައި.. ރޫނާ ކައިރީ ބުނައްޗޭ .. ކޮންމެހެން ހަދައިފައި ވެސް ނާހިދާ އަންނަންޏާ ކިތަންމެހާ ވެސް ރަނގަޅު.. ”
ރިއާނާ ވާހަކަ ދެއްކިއެވެ. ނާހިދާ އަށް އެއައަކަށް ދޭނޭ ޖަވާބެއް ނޭނގުނެވެ. މަޑުމަޑުން ވިސްނާނަމޭ ބުނެލައިފިއެވެ.

” އާނ.. އޯކޭ އިނގޭ.. އަންނައްޗޭ.. މާދަން ހެނދުނު ދާގޮތަށް ތައްޔާރު ވައްޗޭ .. “ރިއާނާ ހިނިތުން ވެފައި ނާހިދާ އާއި ސަލާމް ކޮށްލިއެވެ. ބާކީ ތިބި މީހުންނަށް ހަނާ އަޅައިފައި އޭލިޔަން ދުނިޔޭގެ ދޮރު ހުޅުވުމުން ފާއިދާ އީ ރިއާނާ ލޯ ކުރިމަތިން ގެއްލުނެވެ. އޭރު ރިޔާނާ ހުރީ ރޫނާގެ ގާތުގައި މަޑު ކޮށްލައިގެންނެވެ.

” މަންމާ ! ކިހިނެއްވީ؟.. ” ނަޔާނީގެ ހަމަ ޖެހިލައިފައި ސުވާލު ކޮށްލިއެވެ.

” ހާހާ.. ނާހިދާއްތަ ކައިރީގައި ބުނީ ވާހަކަ ނާހިދާއްތަ އަކަށް ނޭނގެ؟.. ” ރޫނާ އެއްސެވެ. ނާހިދާ ދެކޮނޑު އަރުވާލިއެވެ. އޭނާ ހިނގައިގަތީ އެ ކޮޓަރިން ނުކުންނާށެވެ.

” ނާހިދާއްތަ ބޭނުން ނަމަ އަހަރެން ކައިރީ ޖަވާބެއް ދެއްޗޭ! މަންމަ މެންނަށް އަންގަން .. ” ނާހިދާ އަށް އަޑުއިވޭ ވަރަށް ރޫނާ ގޮވައިލިއެވެ. ނާހިދާ އާއެކޭ ބުނިއަޑު އިވުނެވެ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

ތެމި ވާރޭގައި ވީމޭ 1

Next

އޭލިޔަން ސިލްސިލާ: ވަރަ – 2

Next
April 27, 2023

އޭލިޔަން ސިލްސިލާ: ވަރަ – 2

Previews
April 27, 2023

ތެމި ވާރޭގައި ވީމޭ 1



All Right Reserved!