Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުޑަކުދިންގެދީނީ

އެންމެ މަތިވެރި މައްސަރު

Aayaa
Aayaa Level 410 Stories100 Login100 Comments
April 20, 2022 2 Mins Read
4 Comments

ސުކޫލުގެ ގަޑި ނިމޭ ބެލް އެޅުމާއެކު ކުދިންތައް ދަބަސް ހިފައިގެން ކުލާހުން ނިކުންނަން ފެށިއެވެ. އޭގެތެރެއިން އެންމެ ކުރިން ސުކޫލުން ނިކުތް ކުދިންގެ ތެރެއިން ނޫރާއާއި ހުދާ ހިމެނެއެވެ. އެ ދެކުދިންނަކީ އެންމެ ތުއްތު އިރުއްސުރެވެސް ވަރަށް އެކުވެރިކޮށް އުޅޭ ދެކުދިންނެވެ. ސުކޫލުގެ ބޭރުގައި މަޑުކޮށްގެން ތިބި އެކުދިންގެ މަންމަމެންގެ އަތަށް ދަބަސް ދިނުމަށްފަހު ނޫރާއާ ހުދާ މަންމަމެންނަށް ވުރެ ކުރިން ހިނގައިގަތެވެ.

“ނޫރާ.. ރޯދަމަސް އަންނަން ދެން ހަފްތާއެއްވެސް ނެތްދޯ.. ވަރަށް ސަޅި އައިޑިއާއެއް އައިސްފި. ރޯދައިގެ ކުރިން ބާއްވާ އެންމެ ފަހު އެސެމްބްލީ އިނީ އަހަރެމެން ކުލާހަށް އެހެއްނު؟ ހިނގާބަލަ ކުދިންނަށް ރޯދައާ ބެހޭގޮތުން މަޢުލޫމާތުކޮޅެއް ދޭން.. ރޯދަމަހު ގިނައިން އަޅުކަން ކުރަން ޖެހޭނެކަމާ، ރޯދައަށް ހުރުމުގެ މުހިންމުކަމާ، ރޯދައަށް ހުރީމަ ވާ ފައިދާތަކުގެ މައްޗަށް ބިނާކޮށް ކުޑަ ސްޕީޗެއް ތައްޔާރުކޮށްފަ އެސެމްބްލީގަ ހުށައަޅާނީ.. ސަޅިއެއްނޫންތަ؟” ހުދާ ވަރަށް ފޯރީގައި ވާހަކަ ފަށައިގަތެވެ.

“އާން. ތީ ވަރަށް ސަޅި ކަމެއް. މިއަދު ހަވީރު ނޫރާ ދާނަން ތިގެއަށް ސްޕީޗް ލިޔަން.. ރެޑީވައްޗޭ ފަހެއް ޖަހާލާ ހާއިރަށް..” ނޫރާވެސް ހުދާގެ ވާހަކައިގައި ބައިވެރިވެ ހުދާގެ ޚިޔާލަށް ތާއިދުކުރިއެވެ.

“ހުދާ ހުންނާނެ މިހާރު ދައްކާނެ ބައެއް ވާހަކަތައް ޕޮއިންޓް ނޯޓް ކޮށްލާފަ. ދެން އެއެއްޗެހި ތަރުތީބު ކޮށްލާފަ ލިޔެލަން ޖެހޭނީ..” ހުދާ އޭނާ އެކަމަށްޓަކައި ކުރިންވެސް މަސައްކަތް ކުރިކަން ހާމަކުރިއެވެ.

“އަހަރެންނަށް ކުރީ ދުވަހު ފެނުން ވީޑިއޯއަކުން ވަރަށް ގިނަ މަޢުލޫމާތު ލިބުން ރޯދައާ ބެހޭގޮތުން. އެއެއްޗެހިވެސް ހިމަނާލަން ވާނެ ދޯ..” ހިނިތުންވަމުން ނޫރާ ބުނެލިއެވެ.

އެދުވަހުގެ ހަވީރުގެ ވަގުތު ނޫރާއާ ހުދާތިބީ ހުދާމެންގޭގެ ސްޓަޑީ ރޫމްގައެވެ. ދެކުދިންވެގެން ވަރަށް މަޝްވަރާކުރުމަށް ފަހު ނުހަނު އަވަހަށް އެސްޕީޗް ލިޔެ ނިންމާލިއެވެ.

“ބައެއް މިސްޓޭކްތައް ހުރެދާނެ. ހިނގާބަ މަންމަމެންނަށް ދައްކާލަން ދާން..” ނޫރާ ސްޕީޗް ލިޔުން ކަރުދާސް ނަގަމުން ބުނެލިއެވެ. ހުދާވެސް އެއްބަސްވުމުން ދެކުދިން އެއްކޮށް ބޭރަށް ނިކުތެވެ.

“މަންމާ. މީތި ރަނގަޅު ތޯ ބަލާލަދީބަ..” ނޫރާމެންގެ މަސައްކަތް ނިމެންވާއިރު ކުޑަ ސައެއް ތައްޔާރުކުރަން އުޅުން ނޫރާއާ ހުދާގެ މަންމަ ބަދިގޭގެ ދޮރާ ދިމައަށް ބަލައިލީ ހުދާ އައިސް ވާހަކަދެއްކުމުންނެވެ.

“ހިނގާ ސިޓިންގ ރޫމަށް.. މަންމަމެން މިދަނީ ސައި ހިފައިގެން.. މަންމަމެންނަށް އަޑުއިވޭ ވަރަށް ހުދާ ކިޔައިދީ.. އޭރަށް ބުނާނަން ރަނގަޅު ކުރަންޖެހޭ ތަންކޮޅުތައް..” ހުދާއަށް ހިނިތުންވުމެއް ރައްދުކޮށްލަމުން އޭނާގެ މަންމަ ބުނެލިއެވެ.

އޭގެ އިރުކޮޅެއް ފަހުން ހުދާއާ ނޫރާއާ އެދެކުދިންގެ މަންމަމެން ތިބީ ސިޓިންގ ރޫމުގައެވެ. ނޫރާގެ މަންމަ އަވަހަށް ކިޔަން ފަށާށޭ ބުނުމުން ހުދާ އޭނާ ގެންގުޅުން ކަރުދާސް ނަގާ ކިޔަން ފެށިއެވެ.

“ރަމަޟާން މަހަކީ އަހަރުގެ ތެރޭގައި އަޅުގަނޑުމެންނާ ބައްދަލު ކުރާ އެންމެ މަތިވެރި މައްސަރު. މި މައްސަރަށްޓަކައި އަޅުގަނޑުމެން ދުރާލާ ތައްޔާރުވަމުން ގެންދަން. ނަމަވެސް ހަނދާނުގައި ބަހައްޓަންވީ މިމައްސަރަށްޓަކައި ތައްޔާރުވަނީ އަހަރުމެން އެކަންޏެއް ނޫންކަން. މާތްﷲ އަޅުގަނޑުމެންނަށްޓަކައި ނަރަކައިގެ ދޮރުކޮޅުތައް ބަންދުކޮށް ސުވަރުގޭގެ ދޮރުކޮޅުތަށް ހުޅުއްވަވާ.. ރޯދަވެރިންނަށް ‘އައްރައްޔާން’އޭ ކިޔާ ދޮރުކޮޅެއް ސުވަރުގޭގައި ޙާއްސަ ކުރައްވާފައިވޭ. އަދި ނުބައި ޝައިޠާނުން ކަސްތޮޅު އެޅުވިގެން ދޭ. މިހާ މާތް މައްސަރެއްގައި އަޅުގަނޑުމެން ހެޔޮ ޢަމަލުތައް ކުރުން ގިނަ ކުރަން ޖެހޭ. ނިކަމެތި ފަޤީރުންގެ މަތިން ހަނދާންކޮށް ވީވަރަކުން އެމީހުންނަށް އެހީވާން ޖެހޭ. ގިނައިން ޤުރުއާން ކިޔަވާ ސުންނަތް ނަމާދުކޮށް ރޭއަޅުކަން ކުރުމަށް ވަގުތު ހުސްކުރަން ޖެހޭ.. ސަބަބަކީ މި މަހަކީ ހެޔޮކަމުން ފުރިގެންވާ މާތް މައްސަރެއްކަމުގައި ވާތީ.. ފަހު ދިހައިގައި ލައިލަތުލް ޤަދްރި ވިލޭރޭ ހޯދުމަށް ގަދައަޅާ މަސައްކަތް ކުރަން ޖެހޭ.. ލައިލަތުލް ޤަދްރި ވިލޭރޭ އެއްހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑުވެގެން ވޭ. އެރޭ މަލާއިކަތުން މާތް ﷲގެ އިޛުނަފުޅާއެކު ދުނިޔޭގެ އުޑަށް ފައިބާ.. އެރެއަކީ އަމާންކަން ލިބިގެންވާ މަތިވެރި ރެއެއް. މިހާ މާތްވެގެންވާ މަތިވެރި ރެއެއް އަޅުގަނޑުމެން ހޯދުމަށް މަސައްކަތް ކުރަން ޖެހޭނެ. ރޯދައަށް ހުރެގެން ހަޑިހުތުރު ބަސްތައް ދުލުން ބޭރުކުރުމާ، ދޮގު ހެދުމާ އަދި ނުބައިވެގެންވާ އެންމެހާ ޢަމަލުތަކުން ދުރުވާން ޖެހޭނެ. ދުވާލުގެ ގިނަ ވަގުތު ނިދާފައި އޮތުމަކީ ރޯދަ މަކުރޫޙަ ވެގެން ދާނެ ކަމެއް ކަމުގައި ވެދާނެ.. އަދި ގިނައިރު ގޭމް ކުޅުންފަދަ ކަންކަމުންވެސް ދުރުވާން ޖެހޭނެ.. ހުރިހާ ކުދިންނަކީވެސް ރަމަޟާން މަހުގެ ހެޔޮ ދަރުމައާ ސަވާބު ހޯދުމަށް ގަދައަޅާ މަސައްކަތް ކުރާނެ ކުއްޖެއްކަމުގައި ވުމަށް އަޅުގަނޑު ދުޢާ ކުރަން. މާތް ﷲ އަޅުގަނޑުމެންނަށް ގިނަވަގުތު ހެޔޮކަމުގައި ވަގުތު ހޭދަކުރުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރައްވާށި. އާމީން..” ހުދާގެ ވާހަކަކޮޅު ނިންމާލަމުން މަންމަމެންނަށް ބަލައިލިއެވެ.

“ވަރަށް ފުރިހަމަ މާޝާﷲ..” ހުދާގެ މަންމަ ހިނިތުންވުމާއެކު ބުނެލިއެވެ.

“ވަރަށް ޢިބުރަތްތެރި.. މާޝާﷲ.. ވަރަށް އުފާވެއްޖެ ދެކުދިން މިހާ ރީތި ސްޕީޗެއް ލިޔުނީމަ..” ނޫރާގެ މަންމަ ހީލަމުން ބުނެލިއެވެ. ނޫރާއާ ހުދާވެސް އުފާވެފައި ތިބެ ހިނިތުންވެލިއެވެ..

-ނިމުނީ –

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

ހިނިތުންވެލާށޭ ކަލާ 11

Next

ވިންދު 5

Next
April 20, 2022

ވިންދު 5

Previews
April 20, 2022

ހިނިތުންވެލާށޭ ކަލާ 11

4 Comments!

  1. Nayaa Nayaa says:
    April 20, 2022 at 2:18 pm

    Masha Allah <3

    1. Aayaa Aayaa says:
      April 21, 2022 at 3:10 pm

      Thank you..?

  2. Ibna says:
    April 20, 2022 at 8:14 pm

    Ma sha Allah dear… Vrh furihama. Keep going…
    Love you ???

    1. Aayaa Aayaa says:
      April 21, 2022 at 3:11 pm

      Thank you for the support ☺️❤️

Comments are closed.



All Right Reserved!