ރީހާނާ އޭނާގެ މާޒީ ކިޔައިދިނެވެ. ޔޫލީ އާއި ޔޫވްގެ ދެލޯ ބޮޑުވެފައިވާ މިންވަރު ފެނި އަޑުއަހަން އެނދުމަތީގައި އޮތް އަނާގެ ގާތަށް އައީ ހިންޏެވެ. އަދި އެމީހުންނަކަށް އަނާ ހޭލައިގެން އަޮތް ކަމެއް ނޭނގެއެވެ. އަނާ އެއްޗެއް ބުނަން އަނގަ ހުޅުވާލިއެވެ. އެވަގުތު އޭނަގެ ހޭ އެއްކޮށް ދިޔައެވެ. ނޭވާ ހިނދިގެން ގޮސް ގޮނދަޑީގައި ބޯ ޖައްސާލެވުނު ވަގުތު އޭނަގެ ލޯ އެއްކޮށް މެރުނެވެ. “ދައްތާ ދެން ކިހިނެއް އަނާ ސަލާމަތް ވާނީ؟؟؟ ..” ޔޫވްގެ އަޑު […]
ބާބު 2 – ކުރީގެ ރަސްކަން ތަޅުދަނޑީގައި ހިފާ ވަރަށް ބާރަށް އަނބުރާލީމެވެ. ކުރަކި އަޑެއް ކިޔުމަށްފަހު ހުޅުވިފައި ފެންނަނީ މަންޒަރުތަކެކެވެ. ބަރު އަޑަކުން އެ ފޮތް ވާހަކަދެއްކިއެވެ. މަންޒަރުތައް ފެންނަމުން ދިޔައީ ފިލްމެއް ފަދައިންނެވެ. ****** “މިއަކީ މިގަނޑުވަރުގައި ހިނގާދިޔަ ބިރުވެރި ހާދިސާއެކެވެ. މިއަކީ މިގަނޑުވަރުގައި ރަސްކަންކުރެއްވި ފަންސާސް ނުވަ(59) ވަނަ ރަސްކަމެވެ. މިއީ ސިހުރުވެރިންގެ އާދައެވެ. މިއީ އެންމެ ބޮޑު އަދި އެންމެ ވަރުގަދަ ސިހުރެކެވެ. މީގެ ބާރުން މުޅި މިރަށް ފޭދިގެންގޮސް […]
“ޔެސް.. ޔޫލް ބަލާބަ..”. ދުވެފައި ޔޫލީގެ ގާތަށް ޔޫވް ދިޔައިރު ޔޫވްގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ. “ވަޓް؟ ..” ޔޫލީގެ ބޮލަށް އުނދަގޫވިއެވެ. “ބަލާބަ! މިއޮތީ އެ ޕޯޝަން!! ..” ޔޫވްއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ޔޫވްގެ ރުޅިވެރިކަން ހިނދިގެން ދިޔަ ގޮތެއްވެސް ނޭނގުނެވެ. “ޕޯޝަނޭ؟؟ ކީކޭތަ؟؟ ..” ޔޫލީ އަނެއްކާވެސް އެއްސެވެ. އޭނާ ހީކުރީ އޭނައަށް އަޑުއިވުނީ ނުބައި ކޮށް ކަމަށެވެ. “ޔެޕް. މިއޮތީ. ކިޔާބަ. ޕޮލިޖޫސް ޕޯޝަންއަކީ ދައިތަ ހެދި ޕޯޝަން. […]
“ކަލޭދޯ އޭތި ނެގީ! ..” ޕީޖިވިއޯން އައި ރުޅީގައި އެމީހާއާއި ދިމާލަށް ރަހުމެއް ނެތް ބަސްތަކެއް ބުނެލިއެވެ. އޭރު އޭނާގެ ލޮލުން އަލިފާންކަނި ބުރާކަހަލައެވެ. އެމީހާ ހުރީ ބިރުން، ކިރިޔާ ނުރޮވިއެވެ. “ނޫން! ސާހިބާ. ނޫން..” ދެއަތުން މޫނު ފޮރުވާލަމުން އެމީހާ ޖަވާބުދިނެވެ. ޕީޖިވިއޯން ނުލަފާ ގޮތަކަށް ހީލިއެވެ. “ރޫނާ!! ކަލޭ ދޯ އޭތި ނެގީ؟؟ އަހަރެން ކަލޭ މަރާލާނަން!! ކަލޭ މަރާލާ މީހަކަށް އަހަރެން ވާނަން..” ރުޅިއައިސް ރަތްވެފައިވާ ޕީޖިވިއޯންގެ ލޮލުގައި ނުރައްކާތެރި ވިދުވަރެއް […]
******* ހަވީރުގެ ވަގުތެވެ. ޔޫވް އިނީ ވާހަކަ ފޮތެއް ނަގައިގެން އަނާގެ އެނދުމަތީގައެވެ. އަނާއަށް އޮތީ ނިދިފައި ނަމަވެސް ކަންބޮޑު ވާ ވަރުން ޔޫވްމެން މެންދުރު ކާންވެސް ބޭރަކަށް ނުދެއެވެ. ކާން ގެނައީވެސް ކޮޓަރި ތެރެއަށެވެ. ރަޖާއަޅައިފައި ޔޫލީ އާއި އެކު ބޭރަށް ހިނގައްޖެ ނަމަ ކޮންމެ ވަގުތެއްގައި ރީހާނާ ވަދެ ސުވާލުވެސް ކޮއްފާނެ ކަން ޔޫވްއަށް ވިސްނެއެވެ. ޔޫލީވެސް މެއެވެ. މީހަކު ދޮރު ހުޅުވާލިހެން ހީވެގެން ޔޫވް ބޯހިއްލާ ބަލާލިއެވެ. އޭނަގެ […]
“ދެން އާދޭ!..” ރޫނާ ދުވެފައި ގޮސް އެތަނުގެ ދަށުން އެތެރެއަށް ދެމިގަތެވެ. ނަޔާނީ އާއި ލިލިޔަން ވެސް ފަހަތުން އެގޮތަށް ކަންތައް ކުރިއެވެ. ނަސީބަކުން އެފަށަށް އެއްވެސް ގެއްލުމެއް ނުދީ ފުރަތަމަ ކަންތައް ހާސިލް ވެއްޖެއެވެ. “ސޯ؟ މިތާ ތެރޭގަ ދޯ ހަމަލާ ދިނީ! ..” ނަޔާނީ ރޫނާގެ ގާތުގައި އަހާލިއެވެ. އޭރު އެކުދިންނަށް ތިބެވުނީ ހަނި ހަނި ކޯރިޑޯއެއްގައެވެ. ވަށައިގެން އެއްވެސް އަލިކަމެއް ނުވާ، އެތަނުގައި ފާޑެއްގެ ނުބައި ވަހެއް ހަރުލާފައި ހުއްޓެވެ. […]
ކޮޓަރިއަށް ދާންވެގެން ނެގި ފިޔަވަޅާއިއެކު އަނާއަށް ބަދިގޭން ކާތަށިތައް ތަޅުވާ އަޑު އިވުނެވެ. ޔަގީނެވެ. މަންމަ އަދިވެސް ނުނިދަނީއެވެ. މީހެއްގެ ފިޔަވަޅުތަކުގެ އަޑު ބަދިގޭގެ ދޮރާއި ގާތްވަމުން އަންނަކަން ފާހަގަ ކުރެވުމުން އަނާ އަޅައިގެން ހުރި ދަބަސް ކައިރީގައި ހުރި ވާސްގެ ބިއްދޮށުގައި ބެހެއްޓިއެވެ. ބުރުގާ ވެސް ނަގައި ސޯފާ މައްޗަށް ހޫރާލިއެވެ. ނިކަން ސާދާ ހިނިތުންވުމާއިއެކު އަނާއަށް އެރުނީ ސީދާ ރިހާނާގެ ކުރިމައްޗަށެވެ. “އަނާ؟؟ .. ނުނިދަންތަ އަދިވެސް؟ ..” ރީހާނާގެ މޫނުމައްޗަށް […]
މާކުންބެ ހެނދުނު 6 ވެސްނުޖަހަނިސްް މިއަދު އެދުން ތެދުވެއްޖެއެވެ.އެހެންޔާ9،8 ޖަހާއިރުވެސް ނުތެދުވާ މާކުންބެ މިއަދު އެ ތެދުވީ ޢީދުދުވަސް ކަމައްވާތިއެވެ.ތެދުވެ ފެންވަރައިގެން ކަމީހިައަކައި ޖިންސެއް ލައިގެން ލޮގަނޑު ކުރިމައްޗަށް އަަރާ ސެންޓުޖަހާ ރީތިވިއެވެ.ރިތިވެގެން ނުކުއިން ހަތްގަޑިބައިވަނީއެވެ. ޢީދުނަމާދައް ދާން ގޮސް ސަަަަަައިކަލައް އެރުމަށްފަހު މިސްކިތާދިމާލަށް ދުއްދާާލިއެވެ.މިސްކިތުން ފައިބައިގެން މާާކުންބެ އެނާގެ ދަރި އިވީ މެން ގެއަށް ދާން ސައިކަލު ސްޓާޓުކުރިތަނަހެން މިހަކު ގޮވަލިއެވެ .”އެއެ ކޮންްތަކަށް މާބަރައް ދާން ތިއުޅެނީ” “އޯ އިޓްސް ޔު! އަލި ހައު […]
“ވެދާނެ ..” ޔޫވްވެސް ފަހަތުގައި ހުއްޓެވެ. ޔޫލީ އަވަހަށް ޔޫވްއަށް ކަޅިގަނޑު އަޅައިގަތެވެ. ޔޫވް ދެކޮނޑު އަރުވާލު މާއިއެކު އަނެއްކާވެސް ޔޫލީ ދެލޯ ހަނިކޮއްލިއެވެ. މިފަހަރު އެއްވެސް ގޮތަކަށް އޭގެ ރައްދެއް ޔޫވް ނުދިނެވެ. އޭނާ ހުރީ އެހެން ދިމާއަކަށް ބަލާށެވެ. ޔޫލީ ހަމަޖެހުނެވެ. “ކޮއްކޯ .. މީގަ ހިފާލަބަލަ ..” މުސްކުޅި ދައިތައެއްގެ އަޑު އިވުމާއިއެކު އަނާ ފަހަތަށް ބަލާލިއެވެ. އޭނަގެ ހިތުގައި ކުޑަކުޑަ ބިރުވެރިކަމެއް އުފެދުނީ ކުރިމަތީގައި ހުއްޓިލައިގެން ހުރި ދައިތަގެ […]