Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަކުޑަކުދިންގެދީނީ

މަންމަ

Aayaa
Aayaa Level 410 Stories100 Login100 Comments
April 14, 2022 2 Mins Read
4 Comments

ފަތިހުގެ މުލަ ހާލުގެ އަޑާއި އެކުވެގެން ދިޔައީ ކޮޓަރި ދޮރުގެ ޓަކީގެ އަޑެވެ. ފުންމައިގެން އެނދުން ތެދުވެ ކޮޓަރީގެ ދޮރު ހުޅުވާލުމަށް ފަހު ފާޚަނާއަށް ދާން ނެގި ފިޔަވަޅަށް ހުއްޓުން އެރީ ގުގުރާލުމަށްފަހު ވެހެން ފެށި ބޯ ވާރެއިންނެވެ. ދެ ފަހަރަކު ފުމެލުމަށް ފަހު ދުވެފައި ގޮސް ކުޑަދޮރު ހުޅުވާލި އިރު އަހަރެން ހުރީ ނުހަނު ބޮޑަށް ހިނިތުންވެފައެވެ. އަވަސް ކޮށްގެން ފާޚަނައަށް ވަދެ ދަތް އުނގުޅާ ވުޟޫކޮށްގެން ނިކުމެ ގޭގައި ނަމާދު ކޮށްލީމެވެ. މުޞައްލަ ނަގާ އަލަމާރިއަށް ލަނިކޮށް އަހަރެން ހޯދަން މާނިޝް އައި ވާހަކަ ބުނުމުން އަވަހަށް ބޭރަށް ނުކުތީމެވެ.

ހައެއް ޖަހަން ވީއިރު އަހަރެންނާ މާނިޝް ފުޓުބޯޅަ ޓީމު ހަމަކުރީމެވެ. އެރި އިރާއެކު އަހަރެންނާއި އެކުވެރިން ތިބީ މަގުމަތީ ހެދިފައިވާ ކިސަޑު ފެންގަނޑު ތަކުގައި ފޯރިއާއެކު ފުޓުބޯޅަ ކުޅޭށެވެ.

ތިން ގަޑިއިރުގެ ފޯރިގަދަ ފުޓުބޯޅަ މެޗެއް ކުޅުމަށް ފަހު ގެއަށް އައުމަށްޓަކައި އަހަރެން މިސްރާބު ޖެހީ އެކުވެރިންނާ އެކުއެވެ. އޭރުވެސް ވާރޭ ވެހެމުން ދިޔައީ މިއިން ޒަމާނަކުވެސް ހުއްޓާނޭ ފަދައަކުން ނޫނެވެ. ވަކި ހިސާބަކުން އެކުވެރިންނާއި އަލްވަދާޢު ކިޔުމަށްފަހު ކަންނެތް ގޮތަކަށް ބަރު ފިޔަވަޅު ތަކެއް އަޅަމުން އައިސް ގެއަށް ވަނީމެވެ. ފައި ދޮވުމުގެ ޚީޔާލު ކޮށްފައިވެސް އެޚިޔާލު ދޫކޮށްލުމަށް ފަހު ގޭތެރެއަށް ވަދެގެން ދިޔައީ ސާފުތާހިރު ކަމަށް ލޯބިކުރާ މަންމަގެ މަތިން ހަނދާން ނެތިފައިވާ ޙާލުއެވެ. ގޭތެރެއަށް އަހަރެން ވަތް އަޑަށް މަންމަ ނުރުހުންވެފައި އަހަރެންނަށް ބަލައިލިކަން އެނގުނެވެ. ނަމަވެސް އެއީ ނުވާކަމަކަށް ހަދަމުން ކުރިއަށް ފިޔަވަޅެއް އަޅާލީމެވެ.

“އަލީފް..”

މަންމަ ނުހަނު ބާރަށް އަހަރެންގެ ނަމުން ގޮވާލިއެވެ. ކުރިއަށް ނެގި ފިޔަވަޅު މަތީ، އެއްފައި ބިމުގައި ޖައްސައިގެން ހުރެވުނީ ‘ސްޓެޗޫ’ އެއް ހެންނެވެ. ކުރިއަށް ފިޔަވަޅެއް އަޅަން އެވަގުތު އަމުދުން ހަނދާންވެސް ނެތެވެ. މަންމަ އަހަރެންގެ ގާތަށް އައިސް ވާހަކަ ދައްކަން ފެށިއެވެ.

“ދަރިފުޅު ކައިރީ މަންމަ ކިތަށް ފަހަރު ބުނަން ޖެހޭނީ ކުޅި ނިންމާލާފަ އައިސް ފައި ދޮވެގެން ގެއަށް ވަންނާށޭ. ކިތަންމެ ވަރަކަށް ބުންޏަސް ދަރިފުޅު އަޑު ނާހަނީ ކީއްވެތަ؟ މަންމަ ބުނެދެމެއްނު ސާފުތާހިރު ކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައި ކަންވެސް. ސާފުތާހިރުވާ ކުދިންދެކެ މާތްﷲ އާއި އެކާލާނގެ ރަސޫލާވެސް ލޯބިވެ ވޮޑިގަންނަވާނެކަން.” އިސްޖަހާލައިގެން ހުރެ މަންމަގެ ކޮންމެ ވާހަކައެއް އަހަރެން ކަނުލާ އަޑުއެހީމެވެ. މީހަކު އަހަރެން ގާތު މަންމަ ބުނީ ކީކޭހޭ އަހައިފިނަމަ އެންމެ ފިއްޔެއްވެސް ވައްޓާނުލާ އެވާހަކަތައް ކިޔައިދޭން އެނގޭވަރަށެވެ. މަންމަ އެތަނުން ދިޔައީ އަހަރެންގެ އަތުގައި އޮތް ބޯޅަވެސް ހިފައިގެންނެވެ.

ވީ ދެރައާއެކު އަހަރެން މަންމައަށްޓަކައި އަހަންނަށް ކޮށްދެވޭނެ ކަމަކާމެދު ވިސްނަން ފެށީމެވެ. މަންމަ އަހަރެން ގާތު އެގޮތަށް ނުއުޅެން ބުނާނީ އަހަރެންދެކެ ލޯބިވާތީކަން އަހަންނަށް އެނގެއެވެ. އަދި އަހަރެންނަކީ ޒިންމާދާރު ހެޔޮލަފާ ދަރިއަކަށް ހަދަންކަން އަހަންނަށް އިޙްސާސް ވެއެވެ. މީހުން ބުނާ ގޮތުން ނަމަ އަހަރެންނަކީ ވަރަށް ‘އަންޑަސްޓޭންޑިންގ’ މީހެކެވެ. އެކަމާހުރެ ބައެއް ފަހަރު ކުދިން އަހަރެން އަބަދު މަންމަ ބުނާގޮތް ހަދާތީ މަލާމާތްވެސް ކުރެއެވެ. ނަމަވެސް އަހަރެން އެއަކަށް ފަރުވާލެއް ނުބަހައްޓަމެވެ. އޭގެއިން ކޮންމެ ފަހަރަކު އަހަރެންގެ ބައްޕަ މަރުމަތީ އޮވެ ކިޔައިދިން ވާހަކަ ހަނދާންވެ މަންމައަށްޓަކައި އިތުރު ކަންތައް ކޮށްދޭން ޢަޒުމު ކަނޑައަޅަމެވެ. އެއާއެކު އަހަރެންގެ ކަންފަތުގައި ގުގުމައިގެން ދިޔައީ އެލޯބިވެތި ބައްޕައާއި އަހަރެން އެންމެ ފަހުން ބައްދަލުވި ދުވަހު ކިޔައިދިން ވާހަކައާއި އަހަރެންނަށް ކުރި ވަޞިއްޔަތެވެ.

“ދަރިފުޅާ. ބައްޕަ ދެން މާ ގިނަ އިރަކު މި ދުނިޔޭގައި އޮންނާނެ ހެނެއް ހިޔެއް ނުވޭ. ދަރިފުޅު މަންމަގެ ބަސް އަހައިގެން އުޅޭތި. ސުވަރުގެ ވަދެވޭނީ މަންމަގެ ފައިތިލަ ދަށުންނޭ ރަސޫލާ ގެ ހަދީޘެއްގަ ވެސް އޮވެއެއެއްނު. ބައްޕަ ދަރިފުޅަށް ކުރާ ވަޞިއްޔަތެއް މިއީ. ދަރިފުޅު ދުނިޔޭގައި ހުރި ދުވަހަކު މަންމައަށް ހެޔޮކޮށް ހިތާ މަންމަގެ ބަސްއެހުން. ބައްޕައަށްޓަކައި ހެޔޮ ދުޢާ ކޮށްދެއްޗޭ.”

ބައްޕަގެ އެބަސްތައް ކަންފަތުގައި ގުގުމާލުމާއެކު ބައްޕަގެ ހަނދާންތައް އާވެ އަހަރެން ފެންކަޅިވާ ގޮތް ވިއެވެ. ނަމަވެސް ހިތްވަރު ކޮށްލަމުން ކަރުނަތައް ހިންދާލީމެވެ. ކުއްލިއަކަށް ސިކުނޑިއަށް އައި މޮޅު ޚިޔާލަކުން އަހަރެންނަށް ފުންމައިގެން ތެދުވެވުނެވެ. އަދި ބޭރު އިސްކޫރު ކައިރިއަށް ގޮސް ފައި ދޮވެލުމަށްފަހު މޮޕުލާ ބާލިދީ އާއި މޮޕު ހިފައިގެން އައިސް އަހަރެންގެ ފައިގެ ނިޝާންތައް ހުރި ހިސާބުގައި މޮޕުލާން ފެށީމެވެ. ނުހަނު އަވަހަށް ކުރެވޭނެ ކަމެއް ކަމަށް ހީކުރި ނަމަވެސް މިއީ ވަރަށް އުނދަގޫ މަސައްކަތެކެވެ. ނަމަވެސް ހިތްވަރު ދޫކޮށްނުލާ ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ ތިރީސް މިނެޓެއް ހާއިރުން މޮޕުލާ ނިންމާލެވުމެވެ. ވެފައި ހުރި ވަރުބައްޔާއެކު އަހަރެން އަވަހަށް ދިޔައީ ފެންވަރާ ތާޒާވެލުމަށެވެ.

އަހަރެން ފާޚަނައިން ނުކުތްތާ ކުޑަ އިރުކޮޅެއް ފަހުން ކޮޓަރި ދޮރު ހުޅުވާލި އަޑު އިވުނެވެ. އޭރު މަންމަ ބޯޅަ ހިފައިގެން ކޮޓަރި ދޮރުމަތީ ހުއްޓެވެ. އަހަރެން އެއްވެސް ޙަރަކާތެއް ނުކޮށްލުމުން މަންމަ އަހަރެންގެ ގާތަށް އައިސް ލޮތްބާއެކު އަހަރެންގެ ގައިގައި ބައްދާލަމުން ‘މަންމަ ދަރިފުޅުދެކެ ވަރަށް ލޯބިވެ’އޭ ބުނެލިއެވެ. އަދި އަހަރެންގެ އަތަށް ބޯޅަ ލައިދިނެވެ. އަހަރެންވެސް ވީ އުފަލުން މަންމަ ގައިގައި ބައްދާލަމުން ‘އަހަރެން މާ ބޮޑަށް މަންމަދެކެ ލޯބިވެ’އޭ ބުނެލީމެވެ.

ނިމުނީ

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

ވިންދު 4

Next

ކޮމެޑީ ލޭންޑްގެ ކިޔުން ތެރީންގެ ސަމާލުކަމަށް!

Next
April 14, 2022

ކޮމެޑީ ލޭންޑްގެ ކިޔުން ތެރީންގެ ސަމާލުކަމަށް!

Previews
April 14, 2022

ވިންދު 4

4 Comments!

  1. Ibna says:
    April 14, 2022 at 2:31 pm

    ވަރަށް ރީތި ވާހަކައެއް… މާޝާ ﷲ
    Keep going ?❤️✨?

    1. Aayaa Aayaa says:
      April 15, 2022 at 7:47 am

      Thank you ❤️?

  2. Yaan says:
    September 30, 2024 at 5:11 pm

    Nice story 😄

    1. Aayaa Aayaa says:
      June 6, 2025 at 8:13 pm

      Thank you Yaan! 😊

Comments are closed.



All Right Reserved!