Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީކުޑަކުދިންގެދީނީ

ޔޫސުފްގެފާނު – 2

Zainul-Aabidheen Yoosuf Level 1
January 7, 2022 2 Mins Read
0 Comments

އެއްދުވަހަކު ޔައުޤޫބުގެފާނު އިންނެވީ އެކަލޭގެފާނުގެ އެންމެ ތުއްޕުޅު ދެބޭފުޅުން ކަމުގައިވާ ޔޫސުފްގެފާނާއި ބިންޔާމީންއާއެކު ކުޅުއްވާށެވެ. ދެން ތިއްބެވި ދިހަ ބޭފުޅުން ތިއްބެވި އެމަންޒަރު ބައްލަވާށެވެ. އަދި ބައްޕާފުޅު އެބޭފުޅުންނަށް އެއްވެސް ސަމާލުކަމެއް ނުދެއްވާކަން ފާހަގަ ކުރެއްވިއެވެ. އަދި ބައްޕާފުޅުގެ ލޯބި ޔޫސުފްގެފާނަށާއި ބިންޔާމީނު އަށް ލިބިވަޑައިގަންނަވާތީ އެކަމާ ނުރުހުންވެ ތިއްބަވާ އެތަނުން ދުރަށް ވަޑައިގެން ވާހަކަފުޅު ދައްކަވަން ފެށްޓެވިއެވެ. ފަހެ އޭގެ ތެރެއިން އެއް ބޭފުޅަކު ކޯފާވެވަޑައިގެން ހުންނަވާ ވިދާޅުވިއެވެ. ހަމަކަށަވަރުން އަހަރުމެންގެ ބައްޕާފުޅު އަހަރެމެންނަށް ވުރެ ލޯބިވެވަޑައިގަންނަވަނީ ޔޫސުފްގެފާނާއި އެކަލޭގެފާނުގެ އަޚު ބިންޔާމީންއަށެވެ. އަނެއް ބޭފުޅަކުވެސް ކޯފާވެވަޑައިގެން ހުންނަވައި ވިދާޅުވިއެވެ. ހަމަކަށަވަރުން އަހަރުމެންނީ ދިހަ މެންބަރުންގެ ޖަމާޢަތެކެވެ. އަދި ޔޫސުފްގެފާނާއި އޭނާގެ އަޚު ބިންޔާމީނަށްވުރެ، ބައްޕާފުޅުގެ ލޯބި ތިމަންމެންނަށް ލިބުން މާ އައުލާންކަން ބޮޑެވެ. ތިންވަނަ ބޭފުޅަކު ވިދާޅުވިއެވެ. ހަމަކަށަވަރުން ބައްޕާފުޅު ފާޅުވެގެންވާ ފުރެދުމެއްގައެވެ. ދެން ހަތަރުވަނަ ބޭފުޅަކު ވިދާޅުވިއެވެ. ޔޫސުފްގެފާނު ޤަތުލު ކޮށްލަމާ ހިނގާށެވެ، ނުވަތަ މިރަށަށް ނުގެންނެވޭ ފަދަ ދުރު ހިސާބަކަށް ކޮއްކޮ ގެންދަމާ ހިނގާށެވެ، އޭރުން ބައްޕާފުޅުގެ ލޯބި ތިމަންމެންނަށް ލިބޭނެއެވެ. ދެން އެއަށްފަހު ތިމަންމެން ކުޅަނުބައިކަމުން ތައުބާވެ ރަނގަޅު ޞާލިޙުން ކަމުގައި ވާނީއެވެ. ފަސްވަނަ ބޭފުޅަކު ހަރުއަޑުފުޅުން މިއީ ރަނގަޅު ރައުޔެކޭ ވިދާޅުވިއެވެ. އަދި އެގޮތަށް ތިމަން އެއްބަސް ވަމެވެ. އަވަހަށް ތިމަންމެން އެންމެން ވެގެން ޔޫސުފްގެފާނު ޤަތުލު ކުރަމާ ހިނގާށެވެ. އޭރުން ތިމަންމެން އެންމެންނަށްވެސް ފަސޭހަވާނެއެވެ. މިގޮތަށް ދިހަ ބޭފުޅުން އެއްބަސްވެވަޑައިގަތުމާ ކައިރިވެފައި ވަނިކޮށް އޭގެ ތެރެއިން އެއް ބޭފުޅަކު ވިދާޅުވިއެވެ. ނޫނެކެވެ. ތިޔަބައިމީހުންގެ ކޮއްކޮ ޔޫސުފްގެފާނު ޤަތުލު ނުކުރާށެވެ. ތިޔަބައިމީހުން ޔޫސުފްގެފާނަށް ކަމެއް ކުރަންޏާ އެކަލޭގެފާނު އަނދިރި ވަޅުގަނޑެއްގެ ތެރެއަށް އެއްލައިލާށެވެ. އޭރުން، ދަތުރު ކުރަމުންދާ ބަޔަކު ޔޫސުފްގެފާނު ގެންގޮސްފާނެތެވެ. އޭގެ ތެރެއިން އެހެން ބޭފުޅަކު ހަރުއަޑުފުޅުން ގޮވައިލައްވާ ވިދާޅުވިއެވެ. މިއީ އެންމެ ރަނގަޅު ރައުއެވެ. ދެން ހުރިހާ ބޭފުޅުން އެގޮތަށް އެއްބަސްވުމަށްފަހު ވަޑައިގެންނެވީ ބައްޕާފުޅު ޔައުޤޫބުގެފާނުގެ އަރިހަށެވެ. އޭރުވެސް އެކަލޭގެފާނު ހުންނެވީ ޔޫސުފްގެފާނާއެކު ކުޅުއްވާށެވެ. ފަހެ އެ ދިހަ ބޭފުޅުންގެ ތެރެއިން އެއްބޭފުޅަކު ދެންނެވިއެވެ. އަޅުގަނޑުމެންނާއެކު ކުޅުއްވަން ޔޫސުފްގެފާނު ނުފޮނުއްވާނަންތޯއެވެ؟ އެހިނދު ޔައުޤޫބުގެފާނު ވިދާޅުވިއެވެ. އެންމެ ހިނދުކޮޅަކަށް ވެސް އެދަރިފުޅާ ވަކިވެ ވަޑައިގަންނަވާކަށް ތިމަންކަލޭގެފާނު އެދިވަޑައެއް ނުގަންނަވަމެވެ. އޭގެ ތެރެއިން އެހެން ބޭފުޅަކު ދެންނެވިއެވެ. އޭ ބައްޕާފުޅާއެވެ ! މާދަމާ ތިމަންމެންނާއެކު ކޮއްކޯފުޅު ކުޅުއްވައި، އުފާފުޅުކުރައްވައި ހައްދަވަން ފޮނުއްވާށެވެ. އެހިނދު ޔައުޤޫބުގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ޔޫސުފްގެފާނު ގޮވައިގެން ތިޔަ ކުދިން ދިޔުމަކީ ބައްޕައަށް ވަރަށް ބޮޑު ހިތާމައެއް ލިއްބައިދޭނޭކަމެކެވެ. އެ ދަރިފުޅު މިތަނުގައި ތިމަންނަޔާއެކު ކުޅެ އުފާކޮށް ހެދުމަށް ތިޔަކުދިން ދޫކޮށްލާށެވެ ! ތިމަން އެންމެ ބޮޑަށް ބިރުފުޅުގެންވަޑައިގަންނަވާ ކަމަކީ ތިކުދިން ޔޫސުފްގެފާނު ގޮވައިގެން ގޮސް އުޅެނިކޮށް، މިނިކާ ޖަނަވާރެއް އައިސް ޔޫސުފްގެފާނު ކައިލަފާނެތީއެވެ. ދެންފަހެ އޭގެ ތެރެއިން ބޭފުޅަކު ދެންނެވިއެވެ. ތިމަންމެންގެ ވަރުގަދަ ބޮޑު ޖަމާޢަތެއްގެ މީހުން ތިއްބާ، މިނިކާ ޖަނަވާރެއް ޔޫސުފްގެފާނު ކައިލާނީ ކިހިނަކުންތޯއެވެ؟ އެތަކެއް ފަހަރަކު އެމީހުން ޔައުޤޫބުގެފާނު އަރިހުގައި ދެންނެވުމުން އެބޭފުޅުން އެދިވަޑައިގަތް ކަންތައް ޤަބޫލު ކުރައްވާ، އެބޭފުޅުންނާއެކު ޔޫސުފްގެފާނު ފޮނުއްވެވިއެވެ.

Share Article

Follow Me Written By

Zainul-Aabidheen Yoosuf

Level 1

Other Articles

Previous

ހިނިތުންވެލަށޭ ކަލާ 2

Next

ހަނދާންވޭ 2

Next
January 7, 2022

ހަނދާންވޭ 2

Previews
January 7, 2022

ހިނިތުންވެލަށޭ ކަލާ 2



All Right Reserved!