ބޭބެއިންނާއެކު ޔޫސުފްގެފާނު ބައްޕާފުޅު އަރިހުން ނިކުމެ ވަޑައިގެން ދަތުރު ފެއްޓެވިއެވެ. ބައްޕާފުޅުގެ އަރިހުން ތަންކޮޅެއް ދުރަށް ދެވުމުން އެބޭބެއިން ޔޫސުފްގެފާނަށް އެއްޗެހި ގޮވަން ފެށިއެވެ. އަދި ޔޫސުފްގެފާނު ގޮވައިގެން ފުންވަޅެއްގެ ކައިރިއަށް ގޮސް ގަދަކަމުން އެކަލޭގެފާނުގެ ގަމީސްކޮޅު ބޭލުވިއެވެ. އަދި ވާގަނޑެއް ޖަހައި ޔޫސުފްގެފާނު އެވަޅަށް ތިރިކޮށްފައި އެބޭބެމެން ދިޔައެވެ. މާތްﷲ ގެ ރަޙްމަތްފުޅުން،އެކަލޭގެފާނަށް ފައިންޕުޅު އެޅުއްވުނީ ބޮޑު ހިލައެއްގެ މަތީގައެވެ. އެހިނދު އެކަލޭގެފާނަށް ބިރުވެރިކަން އިހުސާސް ކުރެވުނެވެ. ނަމަވެސް މާތްﷲ އެބިރުވެރިކަން ފިލުއްވައި ދެއްވިއެވެ. އަދި […]
އެއްދުވަހަކު ޔައުޤޫބުގެފާނު އިންނެވީ އެކަލޭގެފާނުގެ އެންމެ ތުއްޕުޅު ދެބޭފުޅުން ކަމުގައިވާ ޔޫސުފްގެފާނާއި ބިންޔާމީންއާއެކު ކުޅުއްވާށެވެ. ދެން ތިއްބެވި ދިހަ ބޭފުޅުން ތިއްބެވި އެމަންޒަރު ބައްލަވާށެވެ. އަދި ބައްޕާފުޅު އެބޭފުޅުންނަށް އެއްވެސް ސަމާލުކަމެއް ނުދެއްވާކަން ފާހަގަ ކުރެއްވިއެވެ. އަދި ބައްޕާފުޅުގެ ލޯބި ޔޫސުފްގެފާނަށާއި ބިންޔާމީނު އަށް ލިބިވަޑައިގަންނަވާތީ އެކަމާ ނުރުހުންވެ ތިއްބަވާ އެތަނުން ދުރަށް ވަޑައިގެން ވާހަކަފުޅު ދައްކަވަން ފެށްޓެވިއެވެ. ފަހެ އޭގެ ތެރެއިން އެއް ބޭފުޅަކު ކޯފާވެވަޑައިގެން ހުންނަވާ ވިދާޅުވިއެވެ. ހަމަކަށަވަރުން އަހަރުމެންގެ ބައްޕާފުޅު އަހަރެމެންނަށް ވުރެ […]
އެއްރެއަކު ޔޫސުފްގެފާނު އަވަހާރަފުޅުލައްޕަވާފައި އޮންނަވަނިކޮށް ހުވަފެންފުޅެއް ދެކެވަޑައިގަތެވެ. އެއީ އެގާރަ ތަރިއާއި އިރާއި ހަނދު އެކަލޭގެފާނަށް ސަޖިދަ ކުރާތީއެވެ. އެކަލޭގެފާނު އަވަހާރަފުޅުން ތެދުވެވަޑައިގެން ބައްޕާފުޅު ޔައުޤޫބުގެފާނުގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. އޭ ބައްޕާފުޅާއެވެ ! އަޅުގަނޑަށް ޢަޖާއިބު ކުރުވަނިވި ހުވަފެންފުޅެއް ފެނިވަޑައިގެންފިއެވެ. ބައްޕާފުޅު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ. އެހުވަފެނަކީ ކޮބައިހެއްޔެވެ؟ ޔޫސުފްގެފާނު ބައްޕާފުޅަށް ދެންނެވިއެވެ. އަޅުގަނޑަށް ފެނުނު ހުވަފެނަކީ އެގާރަ ތަރިއާއި، އިރާއި ހަނދު އަޅުގަނޑަށް ސަޖިދަ ކުރާތީއެވެ. ޔައުޤޫބުގެފާނު އެހުވަފެންފުޅާމެދު ވިސްނާވަޑައިގަންނަވަން އިންނެވިއެވެ. ދެންފަހެ […]
ހަނގުރާމަ އަކީ މުސްލިމުން ކުރި އެންމެ ބޮޑު އެއް ހަނގުރާމައެވެ. އެހަނގުރާމާގައި މުސްލިމުންގެ އެތައް ހަނގުރާމަ ވެރިންނެއް ޝަހީދުވިއެވެ. އޭގެ ތެރޭގައި މުސްލިމުންގެ އެންމެ މޮޅު އެއް ހަނގުރާމަ ވެރިއެއް ކަމަށްވާ حمزة رضي الله عنه ޝަހީދު ވެގެން ދިޔައެވެ. މީގެ އިތުރުން مصعب بن عمير رضي الله عنه އާއި حنظله رضي الله عنه ވެސް ޝަހީދު ވެގެން ދިޔައެވެ. މުޅި ޖުމްލަ ހަތްދިހަ ބޭކަލުން ޝަހީދު ވެގެން ދިޔައެވެ. އުޙުދު […]