Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީކުޑަކުދިންގެދީނީ

ޔޫސުފްގެފާނު – 3

Zainul-Aabidheen Yoosuf Level 1
January 10, 2022 One Min Read
0 Comments

ބޭބެއިންނާއެކު ޔޫސުފްގެފާނު ބައްޕާފުޅު އަރިހުން ނިކުމެ ވަޑައިގެން ދަތުރު ފެއްޓެވިއެވެ. ބައްޕާފުޅުގެ އަރިހުން ތަންކޮޅެއް ދުރަށް ދެވުމުން އެބޭބެއިން ޔޫސުފްގެފާނަށް އެއްޗެހި ގޮވަން ފެށިއެވެ. އަދި ޔޫސުފްގެފާނު ގޮވައިގެން ފުންވަޅެއްގެ ކައިރިއަށް ގޮސް ގަދަކަމުން އެކަލޭގެފާނުގެ ގަމީސްކޮޅު ބޭލުވިއެވެ. އަދި ވާގަނޑެއް ޖަހައި ޔޫސުފްގެފާނު އެވަޅަށް ތިރިކޮށްފައި އެބޭބެމެން ދިޔައެވެ.
މާތްﷲ ގެ ރަޙްމަތްފުޅުން،އެކަލޭގެފާނަށް ފައިންޕުޅު އެޅުއްވުނީ ބޮޑު ހިލައެއްގެ މަތީގައެވެ. އެހިނދު އެކަލޭގެފާނަށް ބިރުވެރިކަން އިހުސާސް ކުރެވުނެވެ. ނަމަވެސް މާތްﷲ އެބިރުވެރިކަން ފިލުއްވައި ދެއްވިއެވެ. އަދި އެކަލޭގެފާނަށް އިލްހާމުން އެކަލޭގެފާނު އެ މުސީބާތުން ސަލާމަތް ވާނެކަން އެންގިއެވެ.
ޔޫސުފްގެފާނަށް އެގޮތަށް ކަންތައް ކުރުމަށްފަހު އެ ދިހަ އަޚުން ވަކި ހިސާބަކަށް ގޮސް މަޝްވަރާ ކުރަން ފެށީ ޔޫސުފްގެފާނާ ބެހޭ ގޮތުން ބައްޕާފުޅަށް ދަންނަވާނޭ ވާހަކަ އަކާ ބެހޭ ގޮތުންނެވެ. ހުރިހާ ބޭބެމެން މަޝްވަރާ ކުރުމަށް ފަހު ނިންމީ މިނިކާޖަނަވާރެއް ކޮއްކޯފުޅު ކައިލާފިއޭ ދެންނެވުމަށެވެ. އަދި މިކަމުގެ ހެކި ދެއްކުމުގެ ގޮތުން އެ ސަރަޙައްދުގައި އުޅުނު ޖަނަވާރެއް ކަތިލައި އޭގެ ލޭ ޔޫސުފްގެފާނުގެ ހެދުންކޮޅުގައި އުނގުޅިއެވެ. އެއަށްފަހު އިރުއޮއްސުމުން ބައްޕާފުޅު އަރިހަށް ރޮމުންރޮމުން ދިޔައެވެ. ޔައުޤޫބުގެފާނަށް އެމީހުންގެ ތެރެއިން ޔޫސުފްގެފާނު ފެނިވަޑައި ނުގަތުމުން އެކުދިންނަށް ވިދާޅުވިއެވެ. ޔޫސުފްގެފާނު ކޮބައިހެއްޔެވެ ؟ އެއުރެން ދެންނެވިއެވެ. އޭ އަހަރުމެންގެ ބައްޕާއެވެ. ތިމަންމެން ޔޫސުފްގެފާނާއެކު ކުޅެ މަޖާ ކުރަނިކޮށް ވަލު ޖަނަވާރެއް އައިސް އެކަލޭގެފާނު ކައިލާފިއެވެ. އެހިނދު ޔައުޤޫބުގެފާނު ހުންނަވާ ވިދާޅުވިއެވެ. ތިޔަކުދިން ތިޔަ ދޮގު ހަދަނީއެވެ. އެކުދިން ބައްޕާފުޅަށް ދެންނެވިއެވެ. މިއޮތީ ކޮއްކޯފުޅުގެ ގަމީސްކޮޅެވެ. އެ ގަމީސްކޮޅުގައި އެހެރީ އެކަލޭގެފާނުގެ ލޭ ކަން ބައްޕާފުޅަށް ފެނިވަޑައިގަންނަވާނެއެވެ. ޔައުޤޫބުގެފާނު ގަމީސްކޮޅަށް ބެއްލެވިއިރު ލޭ ހުއްޓެވެ. ނަމަވެސް ގަމީސްކޮޅުގެ އެއްވެސް ތާކުން ވީދިފައި ހުއްޓައި ފެނިވަޑައެއްނުގަތެވެ. މިނިކާ ޖަނަވާރެއް ޔޫސުފްގެފާނު ކައިލި ނަމަ އެގަމީސްކޮޅުގެ އެކި ތަންތަންކޮޅުން ވީދިފަ ހުންނާނެކަން އެކަލޭގެފާނަށް ވިސްނިވަޑައިގަތެވެ. އެވަގުތުން ފެށިގެން ޔައުޤޫބުގެފާނު ވަރަށް ބޮޑަށް ހިތާމަ ކުރައްވަން ފެއްޓެވިއެވެ. ދެން އެކުދިންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ތިޔަކުދިން ތިޔައީ ޔޫސުފްގެފާނާބެހޭގޮތުން ނުބައިކަމެއް ކޮށްފައެވެ. ކެއްކުރެއްވުމެވެ.

Share Article

Follow Me Written By

Zainul-Aabidheen Yoosuf

Level 1

Other Articles

Previous

ވީމޭ އިންތިޒާރުގައި – 2

Next

އާބާދުވެގެން ދިޔަ ހަޔާތް

Next
January 10, 2022

އާބާދުވެގެން ދިޔަ ހަޔާތް

Previews
January 10, 2022

ވީމޭ އިންތިޒާރުގައި – 2



All Right Reserved!