Skip to content
އެސްފިޔަ

ކަށިމާ

މިއީ އަޅުގަނޑުގެ މަންމަ ފަރާތު މުނިމާމަ އަޅުގަނޑަށް ކިޔައިދިން ވާހަކަ އެކެވެ.

ދުވަސްވަރަކީ ނަވާރަ ސަތޭކައިގެ ކުރީކޮޅުގެ އަހަރެކެވެ. އޭރު މާމަގެ އުމުރުން ވާނީ ގާތްގަޑަކަށް ނުވަވަރަކަށް އަހަރެވެ. ގުރުއާން ކިޔަވަން ދަނީ ހެނދުނާއި ހަވީރު ރަށު ހުކުރު މިސްކިތަށެވެ. އެތަނާ އިންވެގެން ވަރަށްބޯ ކަށިކެޔޮ ގަސްތަކެއް އޮވެެއެވެ. މުޅި ހިސާބު ގަނޑު އޮންނަނީ ކަށިމާ ވަހުން އެއްވަސް ވެފައެވެ.
ކިޔެވުން ނިމުމުން ހުރިހާ ކުދިންވެސް ކަށިމާ ބިނދެގެން ބޮލުގެ ހުޅިގަނޑުތެރެއަށް ލައެވެ. އެދުވަހު ކިޔެވުން ނިމުނީ އެހެން ދުވަސްދުވަހަށްވުރެ ލަހުން ކަމަށްވުމުން އޭރު މަޣުރިބް ނަމާދު ވަގުތު ޖެހެން ވަރަށް ކައިރިިވެއްޖެ އެވެ.
މާމާ އަތްފޯރާ ހިސާބު ތިރިން ވަރަށް ބޮޑު ކަށިމަލެއް ފެނުމުން ބިންނަން ކަމަށް އަތް ޖައްސާލިތަނާ މާ ވެއްޓިިއްޖެެވެ. ބިިންމަތިން މަާ ނެގުމާ އެކު ވެއްޓިއްޖެއެވެ. މިިގޮތަށް ހަތަރުވަނަ ފަހަރު މާނަގައިގެން ހުޅިއަށް ކޮއްޕާލައިގެން އެކުގައި އައި ކުދިންތަކާއިއެކު ދިޔައީ ގެއަށެވެ. އެރޭ ކައިގެން ނިދަން އަރާ އޮށޯތްތަނާ ނިދިއްޖެެއެވެ. ހުވަފެނުން ފެންނަނީ ބޭރުގަހުރި ވަރަށް ބޮޑު އަންހެނަކު ތިމާ ދޭށޭ ، ތިއީ ތިމަންނަގެ މަލެކޭ ކިޔާ ގޮވާ އަޑެވެ.

އެގޭގައި އުޅެނީ މާމަގެ ބައްޕަ އާއި ދޮންމަންމަ އެވެ. މާމަ މިމާ ނުދޭނަމޭ ކިޔާ ރޯ އަޑަށް ބައްޕަ އައިއިރު މާމަ އިސްތަށިގަނޑުގައި ހިފަހައްޓައިގެން އޮވެ ރޮނީ އެވެ.ކައިރިއަށްގޮސް ގޮވާލިއިރު މާމަ އޮތީ ވަރަށްބޮޑަށް ހުން އައިސްފައެވެ. ރޮނީ ކިހިނެތްވީތޯ އަހާލުމުން ބޭރުގަހުރި މީހާ މާމަގެ މާ އަތުލަން އުޅެނީ ކަމަށް ބުނުމުން.ބައްޕަ ހީކުރީ ހުންގަދަކަމުން މާމަަ މޮޔަގޮވަނީ ކަމަށެވެ.
މާމަ ގޮވައިގެން ގޮސް ދޮންމަންމަ އާއި ބައްޕަ އާއި ދެމީހުން މާމަ މެދުގައި ބާއްވައިގެން ނިދަން އޮށޯވެއްޖެއެވެ.އިރުކޮޅަކުން އިވެނީ ގޭގެ ބިތުގައި ބާރަށް އައިސް އެއްޗެއް ޖެހިގަންނަ އަޑާއި، އެކިއެއްޗެހި ތަޅާ އަޑެވެ.އަނެއްކާ ތިމާ ދޭށޭ ކިިީ އަޑު ބައްޕަ އަށް އިވިގެން ، ތިއުޅެނީ ކަށިމަލެއް ބޮލުގައި ލައިގެން ދޯއޭ މާމަކުރެން އެހިއެވެ. މާމަ އާއެކޭ ބުނުމުން ބައްޕަ މާމަގެ ހުޅިން އެމާ ނަގާ ބޭރު ދޮރުހުޅުވާ މިއޮތީ މަލޭ ދެން އުނދަގޫނުކުރާށޭ ބުނެ މާ އެއްލާލަފައި ދޮރުލެޕީއެވެ.
ކޮންމެއަކަސް މާ އެއްލާލިފަހުން އިތުރު އުނދަގުލެއް ނުވެ އެވެ. ފަތިހު ބަލާލިއިރު މަލެއް ނެތެވެ. މާމަ ބުނީ އޭގެފަހުން ދުވަހަކުވެސް ކަށިމަލެއްގައި އަތްވެސް ނުލައެވެ.

Comments (13)

  1. ސަނަ

    ރީތި

    1. rayya
      ސަނަ

      DOOOOOOOOO

  2. އަޚްމަދު ފާތިޙް

    “ތިމާ ދޭށޭ ، ތިމާ ދޭށޭ” 😛

    ސަޅި..

  3. nishan

    ހަޤީޤީ ހާދިސާއެއްތަ؟

  4. Milli Adam

    ކަށިމާ، ލޮސްޓް ކޮށްފިން.

  5. azra aishath

    ދެން ނުކެރޭނެ ކަށިމަލެއްގަ އަތް ލާކަށް ވެސް…..

  6. މަޣޭ

    ވަރައް ހަބެެޭސް

  7. rayya

    BUNAVANEE VARA REETI VAAHAKAAH KAMAH HAMA HABAS

    1. rayya
      rayya

      ADI AHAMA BIRUVARI EE GA FAHUN KAHIMALA GAI ANULAN

  8. Ibthi

    Kashi male fenunas neigene ekams salhi vahaka in

  9. xil

    True Story Haaaaaaaan ??????

  10. rifa

    HAHAHAHAHAHA

  11. leee

    kashi maa dhw………..nice

Comments are closed.