އެސިއްރު……….. ތިން ވަނަ ބައި
ފިޒާން ކޮޅަށް ތެދުވާން އުޅެނިކޮށް މާއީ އާއެކޭބުނެ ގޮސް ފިޒާންގެ ގައިގާ ބައްދައިގަތެވެ. އެއާއިއެކު ޕާޓީއަށް ހާޒިރުވެ ތިބި އެންމެންގެ އަތްތިލަބަޑީގެ އަޑުން މުޅިތަން ގުގުމައިގެން ދިޔައެވެ. ” އަހަރެން ހީކުރީ ބޭބް ނޫނެކޭ ބުނަން އުޅެނީ ކަމަށް، ކުޑަ ހިނދިކޮޅަކަށް ނަމަވެސް މަގޭ ހިތް ހުއްޓުނު” ފިޒާން އާއި މާއީ ވާހަކަދައްކަން ތިބީ ޕާޓީއަށް އައިސްތިބި އެހެން މީހުންނާ ތަންކޮޅެއް ދުރުގައެވެ.
” ނޫނެކޭ ބުނަންވީ ކީއްވެ، ލޯބިއަށް އިނގެއެއްނުން އަހަރެން މިދުވަހައް ވެއިޓް ކުރާވަރު އަސްލު ކުޑަވަރެއްގެ ޝޮކެއް ލިބުނީ ލޯބި ފެނުމުން، އައި ވޯޒް ނޮޓް އެކްސްޕެކްޓިން ދިސް ”
” އެހެން ވިއްޔާ އަހަރެންގެ ޕްލޭން ސަކްސެސްފުލްވީ ” ފިޒާން މާއީގެ ވާހަކަ މެދުކަނޑާލަމުން ބުންޏެވެ.
މާއީ އާއި ފިޒާންގެ ކައިވެނި ކުރަން ހަމަޖެހިފައިވަނީ ކުރިއަށް އޮތް ދެހަފްރާތެރޭގައެވެ. އެންމެން ވެސް އުޅެމުން ދިޔައީ ޕާޓީގެ ކަންތަކާ އަވަދިނެތިއެވެ. ފިޒާން އޭނާގެ ބައްޕަ ފަރާތު އާއިލާގެ މީހުން ކެނެޑާއަށް ގެނައުމުގެ މަސަތްކަތުގައި އުޅޭއިރު މާއީ އާއި ކޭޓް އަދިވެސް އުޅެނީ ޝޮޕިންކޮށް ނުނުމިގެންނެވެ.
ބޮލުގައި ދެއަތް އަޅައިގެން އޮތް ފިޒާން ސިއްސައިގެން ދިޔައީ އޭނާގެ ފޯން ރިންގުވާން ފެށުމުންނެވެ. ނުދަންނަ ނަންބަރެއް ކަމުން ކުޑައިރުކޮޅަކަށް ފޯނާދިމާލަށް ބަލަހައްޓައިގެން ހުރެފައި ފޯނަށް ޖަވާބުދިނެވެ. ” ހެލޯ ފިޒާން އިޓްސްމީ ލަޔާން، ހަމަ ދެންމެ ފްލައިޓް ލޭންޑްކުރީ.”
“އަނހަ! ލަޔާން ދޯ؟ ސޮރީ މަށަށް މިހާރު ނެތް އެޔަރޕޯޓަށް ދެވޭކަށް، އަދި ފަސްމިނިޓް ތެރޭ މަށަށް ގުޅާބަލަ ގޮތެއް ހަމަޖައްސާނަން.”
ލަޔާން އާއި ފިޒާން އަކީ ކުޑައިރުއްސުރެ ވަރަށް ގާތް ދެއެކުވެރިންނެވެ. ފިޒާން ކެނެޑާއަށް ބަދަލުވީ ފަހުންވެސް ދެމީހުންގެ ގުޅުމަކަށް ބަދަލެއްނާދެއެވެ. އަބަދުވެސް ގުޅާ ޗެޓްކޮށް ހަދައެވެ.
” ހެލޯ ކޭޓް ވެޔާރ އާރ ޔޫ ” ފިޒާން ކޭޓްއަށް ގުޅާފައި އެހިއެވެ. ” އައި އެމް އެޓް ޝެޔާރވޭއި ގާރޑްން ” ކޭޓް ޖަވާބުދިނެވެ. ކޭޓް އެވަގުތު ހުރި ޝޮޕިން މޯލް އަކީ ޕިއާރސަން އެޔާރޕޯޓާ ވަރަށް ކައިރީގައި ހުންނަ ތަނެއް ކަމުން ފިޒާންގެ އެދުމުގެ މަތިން ލަޔާން ބަލާ އެޔާރޕޯޓަށް ދިޔައީ ކޭޓް އެވެ. ފިޒާން ކޭޓްއަށް ގުޅާފައި ފޯނު ބޭއްވިތަނާހެން އަނެއްކާވެސް ލަޔާން ގުޅިއެވެ. ” މިހާރު ކޭޓްދާނެ އެޔަރޕޯޓަށް ލަޔާން ބަލާ، އޭނަ ލައިގެން ހުންނާނީ ރަތް ކުލައިގެ ހެދުމެއް ” ފިޒާން ފޯނައް ޖަވާބުދެމުން ބުންޏެވެ.
ލަޔާން އެޔާރޕޯޓުގައި ހުންނަތާ ފަނަރަ ވަރަކަށް މިނިޓް ފަހުން އޭނަޔާދިމާލަށް ރަތް ކުލައިގެ ހެދުމެއް ލައިގެން ހުރި އަންހެން ކުއްޖަކު އަންނަތަން އޭނާއަށް ފެނުނެވެ. އޭނާގެ ރީތިކަން ފެނި ލަޔާން ހުރީ އާޝޯޚްވެފައެވެ. އަދި އެެވަގުތު ލަޔާނައް ބޭއިޚްތިތާރުގައި ކިޔަންފެށުނީ
” ތުނި ތުނި ފަތިހަށި ހެދިހުރި އިސްކޮޅު ލިބިހުރިހޫރު ޕަރީއޭ
ފިނިފެން ޖަންބެކެ ނިޔަނެތި މޫނެކެ ރިވެތިޗާލު މަލާއޭ
ފެނިފާ އާގަމަ ވެވެނީއޭ ހަމަ ކުޅަދުން ވަންތަކަމާއޭ….”
” ވަޓް؟ ކީކޭ ތިކިޔަނީ؟ ” ލަޔާން އަށް ސިހުން ލިބުނީ އެ އަންހެންކުއްޖާ އައިސް ވާހަކަ ދައްކަން ފެށުމުންނެވެ. ފިރިހެނަކަށް ވިޔަސް މިފަހަރު އޭނާ ލަދުގަނެއްޖެވެ. “ހިނގާ ދާން” އެ އަންހެންކުއްޖާ ފާޑަަކަށް ހިނިއައިސް ހުރެ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
” ބޭބް ކޮންތާކު؟ ” ފިޒާން މާއީ ފޯނަށް ޖަވާބު ދިނުމުން އަހާލިއެވެ. ޖަވާބުގައި މާއީ މަގުމަތީގައޭ ބުނުމުން ގެއާ ދިމާލަށް ނުދިއުމަށް އަންގަމުން ފޯނު ބޭއްވިއެވެ. ” އެ ގުޅީ ފިޒާން ގެ ކައިރީ ހިސާބެއްގައި ލޭންޑް ސްލައިޑެއް ވީޔޯ. އެހެންވީމާ އަހަރެެމެންނަށް ގެއަށް ދެވޭނީ އަދި
ގާތްގަނޑަކަށް ހަތަރު ގަޑިއިރު ފަހުން، ލަޔާން ވަރަށް ވަރުބަލި ވެފަތަ؟” ފޯނު ބޭއްވުމަށްފަހު މާއީ ލަޔާން އާ ސުވާލުކޮށްލިއެވެ. ” އެހާ ވަރުބައްޔެއް ނޫން އެކަމް ވަރަށް ބަނޑުހައި ހިނގާބަލަ ކޮންމެވެސް އެއްޗެއް ކާން ދަމާ، ފްލައިޓް މަތިންވެސް އެހާ ރަނގަޅަކަށް ނުކެވުނު” ލަޔާން މިހެން ބުނުމުން މާއީ މިސްރާބުޖެހީ ރީގަލް ޕެލެސް އާދިމާލަށެވެ. މާއީ އާއި ލަޔާން ރީގަލް ޕެލެސްއަށް ވަންތަނާހެން މާއީގެ ފޯނު ރިންގުވާން ފެށިއެވެ. މާއީ ފޯނައް ބަލާލުމުން އެއީ ކޭޓްގެ ކޯލެއްކަން އެނގުމުން އަނެއްކާވެސް ފޯނު ދަބަހައްލިއެވެ. ކޭޓްއަށް ގުޅާފަ ފިޒާން ލަޔާން ބަލާދާން ބުނުމުން ތިމަންނަ އަދި ވެޑިން އޮންނަ ދުވަހު ލާނޭ ހެދުމެއް ނެތޭ ބުނެ ކޭޓް އެޔާރޕޯޓައް ފޮނުވީ މާއީއެވެ.
ލަޔާން އާއި މާއީ ކާންތިބެ އެކި ވާހަކަ ދައްކަމުން މަޖާކުރަމުން ދިޔައެވެ. އެދެމީހުންނަށް ބަލާފައި ހީވަނީ ވަރަށް ގާތް ދެރަހުމަތްރެރިން ހެންނެވެ. ލަޔާންގެ ކިބައިގައި ހުރި މަޑުމައިތިރިކަމާއި ހިތްހެޔޮކަން އޭނާގެ ވާހަކަތަކުން މާއީއަށް އެނގުނެވެ. މާއީ ވާހަކަ ދައްކަމުން ދިޔައިރު ލަޔާން ހުރީ އޭނާގެ ފަރި ހަރަކާތްތަކަށް ބަލާށެވެ. އެރީތި މޫނަށާއި ތުންފަތަށް ޖައްސާލަނީ ހާދަ ހިތްގައިމު ވައްތަރުތަކެވެ. މާއީގެ އެފަރި ހަރަކާތްތަކަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭގުނެވެ.
ލޭންޑްސްލައިޑް ކްލިޔާވުމަށް އަދިވެސް ތިންގަޑިއިރު ބާކީ ހުރުމުން މާއީ ލަޔާން ގޮވައިގެން ޓޮރޮންޓޯގެ ބައެއް މަޤުބޫލް ތަންތަން ދައްކާލަން ދިޔައެވެ. ކާރު ޓޮރޮންޓޯގެ އެންމެ މަޤުބޫލު އެއް މިއުޒިޔަމް ކަމުގައިވާ ރޯޔަލް އެންޓްރިޔޯ ކައިރިން ހުރަސްކުރި ވަގުތު އަތުގެ އިޝާރާތުން މާއީ އެތަން ލަޔާންއަށް ދެއްކިއެވެ. އެކަމަކު އެހުރިހާ ތަންތަނަށް ވުރެންވެސް މާއީގެ ކިބައިގައި އެހުރި ސިފަތައް ލަޔާންއަށް މާކަމުދިޔައެވެ. ތިންގަޑިއިރު ވަންދެން ޓޮރޮންޓޯގެ ވަރަށް ގިނަ ތަންތަނަށް މާއީ ލަޔާން ގޮވައިގެން ދިޔައެވެ. ޓޮރޮންޓޯގެ އެއްވެސް ތަނެއް ހިސާބެއް ލަޔާންއަށް ނޭގުނަސް އޭނާއަށް މިހާރު މާއީއާބެހޭ ވަރަށް ގިނަ ކަންތައްތައް އެނގިއްޖެއެވެ. އޭނާ އަށް ފުރަތަމަ ފަހަރަށް ލޯބިވެވިއްޖެއެވެ. މާއީގެ އެހެރަ ރިވެތި އާދަތަކާ ލޫޅާފަތި ހަށިގަނޑުދެކެ އޭނާއަށް ލޯބިވެވިއްޖެއެވެ. މީގެކުރިން ފުރަތަމަ ނަޒަރުންވެސް ލޯބި ވެވިދާނެޔޭ މީހަކު ބުނެފިނަމަ ލަޔާންގެ ގާތަށް އަންނަނީ ހިންޏެވެ. އެކަމަކު މިއަދު އޭނާއަށް އެއީވެސް ވާކަމެއްކަން އެނގިއްޖެއެވެ. ވާނީވެސް އެހެންތާއެވެ. ލޯތްބަކީ ފާޑެއްގެ އެއްޗެކެވެ.
ފިޒާންގެ ގެކައިރިޔަށް މާއީ އައިސް ކާރު މަޑުކޮށްލިއެވެ. އަދި ލަޔާން ކައިރީ އެތެރެއަށް ދިއުމަށް ބުންޏެވެ. ” ހޭއި ކޭޓް ވަރަށް ބޮޑަށް ތޭންކްސް، އައި ރިޔެލީ ހޭޑްއަ ނައިސް ޓައިމް.” ލަޔާން ގެޔާދިމާލަށް ހިގައިގަންނަމުން ބުނެލިއެވެ. ލަޔާން އެހެންބުނުމުން މާއީގެ ހަނދާނަށް އައީ ކޭޓްގެ ބުނި ވާހަކައެވެ.
” ހޭ! ސްވީޓްސް، ޕްލީޒް ޕްލީޒް ކޭން ޔޫ ގޯ، އައި ސްޓިލް ހޭވް ޓު ބައި ސަމްތިންގް ރިޔަލީ އިމްޕޯޓެންޓު.” ކޭޓް ވަރަށް އާދޭހާއެކު މާއި އާއި ވާހަކަ ދެއްކިއެވެ. އެންމެ ފަހުން ފިޒާން ގާތު ނުބުނުމަށް ވައުދު ކުރުވައި ލަޔާން ބަލާ އެޔާރޕޯޓަށް ކޭޓްގެ ބަދަލުގައި ދިޔައީ މާއީ އެވެ. ލަޔާނަށް މީގެ ކުރިއަކުން މާއީ ފެނިފައި ނުވާތީ އޭނާ އެހެރި ރަނގަޅަށްވެސް އޮޅިފައޭ މާއީގެ ހިތަށް އެރިއެވެ. އެވަގުތު އޭނާގެ ތުންފަތާ ކުޅެލީ ލާނެތް ހިނިތުން ވުމެކެވެ.
ދުވަސްތައް އާދައިގެ މަތިން ފާއިތުވަމުންގޮސް މާއީ އާއި ފިޒާންގެ ކައިވެނި ކުރަން ހަމަޖެހިފައިވާ ދުވަސް އައިސް ޖެހިއްޖެވެ. އެންމެންގެ މޫނު މަތިންވެސް ފެންނަމުން ދަނީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. އެންމެންވެސް އިންތިޒާރު ކުރަމުން އެދަނީ މާއީ އާއި ފިޒާން ކައިވެނިކޮށް ނިމިގެން ރިސެޕްޝަން ހޯލަށް ނިކުންނާނެ ވަގުތަކަށެވެ. ކޭޓް އާއި ފިޒާންގެ ކޮއްކޮ މާވިން ތިބީ އޭރުވެސް ކޮންމެވެސް ކަމަކާ ބަހުސްކުރާށެވެ. އެދެމީހުން ބައްދަލް ވެއްޖެއްޔާ އަބަދުވެސް ވާވަރަކީ އެއީއެވެ.
ލަޔާންެގެ ނަޒަރު އޭރުވެސް ހޯދަނީ އޭނާގެ ލޯބިވެރިޔާ ކޭޓް ފެނޭތޯއެވެ. އެންމެންގެ ޚާޒިރުގައި ވެސް ކޭޓް ނެތުމުން އޭނާ މާޔޫސްވިއެވެ. ޕާޓީއަށް އައިސްތިބި އެންމެން އަތްތިލަބަޑި ޖަހަައިގަތް އަޑަށް ފިޒާން އާއި މާއީ އައިކަން ލަޔާނަށް އެނގުނެވެ. ފަސްއެބުރި ބަލާލުމާއި އެކު އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ފިޒާންގެ އަތުގައި ހިފައިގެން އެއަންނަނީ އޭނާ އެންމެ ލޯބިވާ އަންހެން ކުއްޖާއެވެ. ކޭޓްއެވެ. ލަޔާން ހުރީ ހައިރާންވެ ބުނާނެ އެއްޗެއް ނޭގިފައެވެ. ފިޒާން ކައިވެނި ކުރީ ކޭޓް އާއި ހެއްޔެވެ؟. އެހެންވީއިރު މާއީ ކޮބައިހެއްޔެވެ؟. ލަޔާން ހިތުގައި ސުވާލުތަކުގެ ބާނިއެއް އުފެދުނެވެ. އެސުވާލުތަކަށް ޖަވާބުދިނީ ފިޒާންއެވެ.
” ހޭއި ލަޔާން މީއީ މާއީ އަހަރެންގެ ވައިފް، އަދި އަލަށް ދޯ މި އިންޓްރޮޑިއުސްކޮށް ދެވުނީ؟. ”
ފިޒާންގެ ވާހަކައާއި ގުޅުވާލައިގެން ވާހަކަ ދެއްކީ މާއީއެވެ. ” އާނ އަސްލު އިންޓްރޯމިވީ އަދި ކިރިޔާ ދޯ ލަޔާން. އެކަމް އަހަރެމެން އަސްލު މާކުރިންވެސް ދިމާވެއްޖެ ދޯ؟ އެދުވަހު ލޯބި ލަޔާން ބަލާ އެޔާރޕޯޓަށް ދިއުމަށް ކޭޓް ކައިރީގައި ބުނުމުން އެނާގެ އެދުމުގެ މަތިން އަހަރެން ދިޔައީ. ވީ ހޭޑް އަލޮޓް އޮފް ފަން ދޯ” މާއީ ދޯ އެއްލާލީ ލަޔާންއަށެވެ. ތަޤްދީރު އޭނާޔާ ކޮއްލީ ކޮންފަދަ ސަމާސާއެއް ހެއްޔެވެ. ލޯބި ވެވުނު އިރު އަދި ލޯބިވެރިޔާގެ ނަމެއްވެސް ނޭގެއެވެ. ލޯތްބަކީ ކޮންފަދަ އެއްޗެއް ހެއްޔެވެ؟. އޭނާއަށް ލޯބިވެވުނުއިރު ވެވުނީ އޭނާގެ އެންމެ ގާތް އެކުވެރިޔާގެ އަނބިމީހާދެކެއެވެ. ފުރަތަމަ ފަހަރަށް އޭނާގެ ލޮލުން ކަރުނަ އަންނަގޮތްވިއެވެ. ނޭގިނަމަވެސް ލަޔާންއަށް މާއީ ދެކެ ހަޤީގަތުގައިވެސް ބޭއިންތިހާއަށް ލޯބި ވެވިއްޖެއެވެ……
(ނުނިމޭ………)
10 Comments
Comments are closed.
ވ ވ ވ ވ ރީތި. .ހާރޓް ޓަަަަަަޗިން ސްޓޯރީ.. އައި ރިއަލީ ލައިކް ދިސް..
ަަަަަަރޯސް އަރާމަގުގައި މިވާހަކަ އަޕްކުރޭ ގަވާއިދުން…. ތޭންކްސް އަލޮޓް 🙂
ވ. ރީތި ވާހަކައެއް….
That’s a quick-witted answer to a difficult question
Waiting for forth part….Mari when will it be introduced
Koba part 4 waitting
Very cool story
nice
???where is the 4th part. I really wanna know what happens next.
i couldn’t find the next part.. upload nukuranee tha??.. or am i not being able to find it??.. if so someone please tell me how i can find the next part.. vaahaka varah reethi..