Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ދަންވަރު

ENDHERI Level 1
May 3, 2013 2 Mins Read
19 Comments

މިއީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ބޮޑު ރަށެއްގައި ހިނގާފައިވާ ހާދިސާއެކެވެ.
އަތޮޅު ހޮސްޕިޓަލް 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމަށް ސަރުކާރުން އެންގުމުން ، އޭރު ތަނުގައި ތިބި ނަރުހުންގެ މަދުކަމުން ،ނަރުހުންނާއި ފެމެލީ ހެލްތް ވޯކަރުން ޑިއުޓީ އަދާކުރަންޖެހޭގޮތަށް މެނޭޖްމެންޓުން ހަމަޖެއްސިއެވެ.
ގާތްގަނޑަކަށް 11:30 ހާއިރު ގެއިން ނިކުމެގެން ބައިސްކަލުގައި ހޮސްޕިޓަލަށް ދެވޭނީ 15 ވަރަކަށް މިނިޓުންނެވެ. މަގުގެ މެދަކާއި ހަމައަށް ދެވުނުތަނުން ގަހެއްގެ ގޮފިގަނޑެއް ދަމާފައި ގެނދާއިރު އިވޭ ވައްތަރެއްގެ އަޑެއް އިވެން ފެށިއެވެ.މަގުމަތިން އެއްވެސް މީހެއްގެ ހިލަމެއްނުވެއެވެ. މިއަޑު އަންނަނީ މަގުގެ ކަނާތްފަރާތުގައި ހުރި ފަޅުގެއަކުންނެވެ. އެއީ މިހާދިސާ ދިމާވި ފަރާތުގެ ބޮޑު ދައިތައެއްގެ ގެއެކެވެ. އޭނަ ބުނާގޮތުން އެގޭގެ މީހުންނަށްވެސް އެގެއިން ވަރަށްގިނަ ކަންތައް އޭގެކުރިންވެސް ދިމާވެފައިވެއެވެ.
އެގެއާއި އަރާހަމަވެފައި ބަލާލިއިރު މަގާވީފަރާތަށް ހުރި ކޮޓަރި އާއި މަގު ފާރާއި ދެމެދުހުރި އަނބުގަހެއް މަގާވީ ފަރާތައް ލެނބިގެން އަންނަނީއެވެ. ކޮންމެއަކަސް އެހާހިސާބުން ހަމަ ފަސްދެވުނުތަނާ އެގަސް ވެއްޓުނު އަޑު އިވުނެވެ. ކިތަންމެ ބިރުގަތްނަމަވެސް ފަހަތްނުބަލާ ހިތްވަރުކޮލާފައި ދިޔައީ ހޮސްޕިޓަލަށެވެ.
ޑިއުޓީ ނިންމާފައި އައިއިރު އެ ގަސް ހުރިތަނުގައި އެގަސް ހުއްޓެވެ.
ޖެހިގެން އައިރޭ ވެސް ކޮންމެވެސް ކަމެއް ދިމާވެގެން ޑިއުޓީއަށް ނިކުންނަން ޖެހިއްޖެއެވެ. ކުރީރޭ ދިމާވި ހާދިސާ އާއި ހެދި ބިރުންހުރެވެސް ޑިއުޓީ އަށް ދާން ތައްޔާރުވެގެން ސޫރަތް ފޮތެއް ދަބަހަށްލައިގެން ގޮސް އެގެ ފަސްދީފައި ،ބޮޑުމަގުގެ ކަންމަތީހުރި ގެއާއި އަރާ ހަމަވިތަނުން އެގެ ކައިރީ ހުންނަ ގެއެއްގެ ކުޑަ އަންހެން ކުއްޖަކު ފާރު ކައިރީ ހުއްޓާފެނިއްޖެއެވެ.
މިކުއްޖާއަކީ އޭނަގެ ތިމާގެ މީހެއްގެ ހުރި އެންމެ އަންހެން ކުއްޖެކެވެ.އުމުރުން ވާނީ 5 ވަރަކަށް އަހަރެވެ. އެކުއްޖާ އަކީ ވަރަށް ދޮން ، އަބަދުވެސް ވަރަށް ރީތިކޮށްފައި ހުންނަ ކުއްޖެކެވެ. އެނަގެ މަންމަ އާއިއެކު ނޫނީ ދުވަހަކުވެސް އެކަނި ޖެހިގެންހުންނަ ގެއަށްވެސް ނުދާނެއެވެ.އެކުއްޖާ ފެނުނު ގެއަކީ އޭނަގެ ބައްޕަ ފަރާތު މާމަގެ އަށް ވުމުން އޭނަ ހީކުރީ އެގޭގަ ހުރެފައި އޭނަ ގެއަށް ދާން ނިކުމެ މަންމަ އަންނަންދެން ހުރީކަމަށެވެ.
އެގަޑީގަ އެކުއްޖާފެނުމުން ، ޑިއުޓީފެށެން ވަގުތުވެސް އޮތުމާއެކު އޭނަ ކައިރީ މަޑުކޮށްފައި ކަނބުލޮ މިތާ އެކަނި ތިހިރީ ކިހިނެތް ވެފައި ތޯ ، މަންމަ ކޮބައިތޯ އެހުމުން އަނގައިންވެސް ނުބުންޏެވެ.
އެހެންނޫނީ އެކުއްޖާއަކީ އެހެންމީހުންނަާއި ވާހަކަ ނުދެއްކިޔަސް މިހާދިސާ ދިމާވި ފަރާތާއި ވަރަށް ގާތްކޮށް އުޅޭ، އަދި ދިމާވާގޮތަކުން އަނގައިން ނުބުނެވި ދިއަޔަސް ރޮއެ ހަދާ ކުއްޖެކެވެ.
އޭނަ އެގެއަށް ވައްދަން ބަލިއިރު ހުރީ ދޮރުލައްޕާފައެވެ.
ގެއަށް އެކަނިދާން ނުކެރިފަ ދޯ އޭ ދައްތަ އާއެކު ގެއަށްދާން ހިނގާށޭ ބުނެ އައިކޮޅަށް ބައިސްކަލު އަނބުރާލިތަނާ އެކުއްޖާ ވަރަށް ބާރަށް ދުވެފައިގޮސް ޖެހިގެން އޮތް ގޯޅިއަށް ވަދެއްޖެ އެވެ. އެކުއްޖާގެ ގެ ހުންނަނީ އެގޯޅި ތެރޭގައެވެ.
ގޯޅި ކަންމައްޗަށް އަރާ ބަލާލިއިރު އޭނަ ފެންނާކަށްވެސް ނެތެވެ.
އެއްފަހަރުވެސް އެކުއްޖާ ނޫން ކަމަކަށް ހީނުކުރާތީ ، އެގެއަށް ގޮސް ޓަކި ޖަހާލުމުން ދޮރު ހުޅުވީ އޭނަގެ މަންމައެވެ. އޭނަކުރެން ކަނބުލޮ ކޮބައިތޯ އެހުމުން އެއޮތީއޭ ބުނެ އެގޭ އުނދޯލި ދައްކާލިއެވެ. އެކުއްޖާ އޮތީ ނިދިފައެވެ. އުނދޯލި ހެއްލަން އޭނަ ބައްޕަ އިނެވެ.
ކަންތައް ވީގޮތް ކިޔައި ދިނުމުން އެ ދެމަފިރިން ތިބީ ހައިރާންވެފައެވެ.މިދުވަސްކޮޅު ވަރަށްގިނަ މީހުންނަށް އެހާހިސާބުން ތަފާތު ކަންތައް ދިމާވާމަށާއި އެކަނި ނުދިއުމަށް ބުނެ އެ ގޭގައި ބައިސްކަލު ބަހައްޓާފައި ތިމަންނަ އާއިއެކު ސައިކަލުގައި ދިޔުމަށް އެކުއްޖާގެ ބައްޕަ ބުނުމުން ދިޔައީ އޭނަޔާ އެކުއެވެ.
އޭގެފަހުން ދަންވަރު ޑިއުޓީއަށް ދަނީ އާއިލާ މީހަކާއިއެކު ސައިކަލްގައެވެ.
މިހާރުވެސް ދޭތެރެއަކުން އެހިސާބުން ކުޑަކުއްޖެއް ފެންނަކަމަށް މީހުން ބުނެއެވެ.

Share Article

Follow Me Written By

ENDHERI

Level 1

Other Articles

Previous

ޤަބޫލްކުރަންދަތި ހަޤީޤަތް…؟؟؟ އަށްވަނަބައި

Next

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 17

Next
May 4, 2013

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 17

Previews
May 2, 2013

ޤަބޫލްކުރަންދަތި ހަޤީޤަތް…؟؟؟ އަށްވަނަބައި

19 Comments!

  1. ނާ says:
    May 3, 2013 at 1:18 pm

    ވަރަށް ސަޅި

  2. fathimath Asim says:
    May 3, 2013 at 7:08 pm

    މި ނިމުނީތަ

  3. pinky says:
    May 3, 2013 at 7:47 pm

    އޯސަމް..

    1. Anonymous says:
      December 11, 2024 at 3:12 pm

      Awesome

  4. މަޣޭ says:
    June 3, 2013 at 12:25 pm

    ވަރަަްްުްފދްސްސްގްސއދބއނދވއގޗދެޗެދ

  5. ޖަމީ says:
    June 14, 2013 at 9:55 pm

    ނިމުނީތަ؟ ހާދަ ކުރޭ…… ތަންކޮޅެއް ދިގުކޮށް ބިރުވެރި ވާހަކަ ބޭނުމީ….

    1. more effectively says:
      September 22, 2014 at 3:47 am

      Apparently this is what the esteemed Willis was talkin’ ’bout.

  6. ހޫދު... says:
    November 23, 2013 at 2:45 pm

    ސަޅި…. ބަޓް މާ ކުރު…… ތަންކޮޅެއް ދިގުކޮއށް ގެނެސްދީބަލަ…….

  7. zeenaa says:
    January 19, 2014 at 1:05 pm

    Hama aslu tha.
    Ekam haadha kurukoh.
    Ekam dhen ok……

  8. yoohaa says:
    October 30, 2014 at 5:17 pm

    Fahkaa hama habeyx

  9. Duff mummy says:
    November 7, 2014 at 10:37 pm

    Dotted then

  10. el..... says:
    November 24, 2014 at 2:13 pm

    cxvjxdgj vaagh na

  11. el..... says:
    November 24, 2014 at 2:15 pm

    va………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………….. gothh nange …………………………………………

  12. ijaa says:
    April 21, 2015 at 1:44 am

    Maa kuru..bt, neiy ehcheh ithureh nukureveyne dhw,.., bt the story was awesome

  13. rai de lilly says:
    May 14, 2015 at 10:17 am

    Salhi

  14. Ibthi says:
    July 5, 2015 at 2:44 pm

    Salhi

  15. Angel says:
    November 14, 2017 at 8:55 pm

    vvvvvvvvvvv ryythi ekm thankolhe kuru but vvvv rythi and it’s so creepy……. kyp it up

  16. aakko says:
    April 14, 2018 at 6:47 pm

    good

  17. Anonymous says:
    December 11, 2024 at 3:15 pm

    Vvvvvvvvvv salhi

Comments are closed.



All Right Reserved!