Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

އަނދިރީގެ ތެރެއިން……

zoyasham Level 110 Stories
March 28, 2013 7 Mins Read
25 Comments

ނާޝްއަށް ހޭލެވުނީ ހަށިގަނޑު ފިނިވެގެންނެވެ. ނިދީގެ އަސަރު ހުރުމާއިއެކު އޭނާއަށް ދެލޯހުޅުވާލެވުނީ ގަދަކަމުން ކަހަލަ ގޮތަކަށެވެ. ލޯހުޅުވާ ލުމާއިއެކު ފެނުނީ ހާމަ އުޑެވެ. އަދިރިކަން ގަދަ ރޭނގަޑެކެވެ. ހަނދުގެ އެއްވެސް އަލިކަމެއް ނެތެވެ. ބޯ ވިލާތަކުން ތަރިތަކާއި ހަނދުގެ އަސަރުވަނީ ފޮރުވިފައެވެ. ސާފު ފިނި ވައިރޯޅިތައް ނާޝްގެ މޫނުގައި ބީހިލާފައި ދެއެވެ. ރާޅުގެ މަޑުއަޑެއް ކަންފަތުގައި ޖެހޭތީވެ ނާޝް ބޯހިއްލާލާފައި ބަލާލިއެވެ. ނާޝްއަށް ފުންމައިގެން ތެދުވެވުނެވެ. އޭނާ އޮތީ ދޮންވެލި ގަނޑުމަތީގައި ރާޅު ބީއްސާ ހިސާބުގައެވެ. ހަށިގނަޑު ފިނިވީ ދޮންވެލިގަނޑުމައްޗަށް ބީއްސަމުންދިޔަ ކުޑަކުޑަ ރާޅުތަކުގެ އަސަރު ހަށިގަނޑަށް ފޯރުމުންނެވެ. ނާޝް ވަށައިގެން ބަލާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެއްކޮޅުގައި އޮތީ މާސިންގާ ބިޔަކަނޑެވެ. އަނެއްކޮޅުގައި އޮތީ އަނދިރި ރަށެކެވެ. ހިމޭންކަމުން ފުރިގެންވާ އެއަނދިރި މާހައުލުގައި އޭނާ ހުރީ އެކަންޏެވެ.

ނާޝް ދެލޯ މަރާލިއެވެ. ހުވަފެނެއް ކަމުގައި ހީކޮށް ނިދިން ހޭލުމަށްޓަކައިއެވެ. ނަމަވެސް ދެންވެސް ލޯހުޅުވާލިއިރު އޭނާ ހުރީ ހަމައެތަނުގައެވެ. އެކަނިމާއެކަންޏެވެ. ނާޝް ހަނދާންވީ ދެނެވެ. މިފަޅުރަށަށް މިއަދު އެމީހުން އޭނާގެ ދޮންތަގެ ކައިވެނީގެ އުފަލުގައި ދަތުރުއައި ހަނދާނެވެ. ނާޝް ހަނދާންވާގޮތުން އޭނާ ނިދީ އަންހެނުންގެ ޓެންޓުތެރޭގައެވެ. އެއްފުރާވަރުގެ ހުރިހާ ރައްޓެހިންނާއިއެކު މަޖާކޮށް އަނގަތަޅަން ތިބެފައެވެ. ނާޝް ހިތަށްއެރިއެވެ. މިހާރު އެންމެން ކޮބާހެއްޔެވެ؟ އޭނާ މިހުރީ ކޮންތާކުހެއްޔެވެ؟ ދެންވެސް ނާޝް މަޑުމަޑުން ވަށައިގެން ހޯދާލިއެވެ. އަޑެއްއިވޭތޯ ސަމާލުކަންވެސް ދިނެވެ. ނަމަވެސް މީހަކު ނުފެންނަ ތާކަށް ދުރުން މީހެއްގެ އަޑެއްވެސް ނީވެއެވެ. ވައިރޯޅިއާއިއެކު ގަސްގަހުގެ ފަތްތަކުން ބީހިގެންއަންނަ ބިރުވެރި އަޑެއް ފިޔަވައި މުޅި ފަޒާއޮތީ ހިމޭންކޮށެވެ. ނާޝްއަށް މަޑުމަޑުން އޭނަގެ މަންމަޔަށް ގޮވާލެވުނެވެ. އަދި ދޮންތަޔާއި ކޮއްކޮއަށްވެސް ގޮވާލެވުނެވެ. ނަމަވެސް އެއްވެސް ހިލަމެއް ނުވިއެވެ. ހަނދާނަށް ދެންއައީ ޝާންގެ ނަމެވެ. ފިރިޔަކަށް އަދި ނުވިޔަސް އެކަހަލަ ކޮންމެ ވަގުތެއްގައި އޭނާ ނާޝްއާއި އެންމެކައިރީގައި އަބަދުވެސް ހުންނާތީއެވެ. އަދި އޭނާޔަށް އެހީވާތީއެވެ. ނަމަވެސް މިފަހަރު ޝާންގެ ޚަބަރެއްވެސް ނުވިއެވެ. އަނެއްކާވެސް ނާޝްގެ ހިތަށްއެރިއެވެ. މިއީ ކޮންކަންތައް ގަނޑެއްހެއްޔެވެ. އޭނާ މިރަށުގައި އެކަނި ހުންނަންވީ ކީއްވެހެއްޔެވެ؟ އަނެއްކާ އެންމެން އޭނާ މިރަށުގައި ބަހައްޓާފައި ދިޔައީ ބާވައެވެ؟ ނޫނެކެވެ. ނާޝްއަށް ބޯތަޅުވާލެވުނެވެ. އަތުކުރީ ގަޑިއަށް ބަލާލެވުނީ އެވަގުތުއެވެ. ގަޑިން އަށެއްޖެހިގޮތަށް އެގަޑިއޮތީ ހުއްޓިފައެވެ. ނާޝް ފިނިވިއެވެ. ބިރުންނެވެ.

ނާޝް ކުރިޔަށް އެޅި ފިޔަވަޅާއިއެކު އަޑެއްއިވުނެވެ. ވަރަށް ކައިރިންނެވެ. ހާސްވެފައިވާވަރުން އެއީ ކޮންކަހަލަ އަޑެއްކަން ދެނެގަންނާކަށް ނޭގުނެވެ. ނާޝްއަށް ވަށައިގެން އެނބުރިލާފައި ހޯދާލެވުނެވެ. އަދި ތެޅެމުންދިޔަ ބާރުހިތާއިއެކު ކާކުހޭ އަހާލެވުނެވެ. ހިލަމެއްނުވެ ދެތިން ސިކުންތު ވެފައި އަނެއްކާވެސް ހިނގައިގަންނަން އުޅުނުތަނުން އެއްކަލަ އަޑު އިވުނެވެ. ކުރިއަށްވުރެ ކައިރިންނެވެ. މިފަހަރު އެއީ ކޮންއަޑެއްކަން ނާޝްއަށް އެނގުނެވެ. ކުޑަކުއްޖެއްގެ ހުނުމުގެ އަޑެވެ. މާހައުލަށް އަނދިރިކަން ވެރިވެފައިވީނަމަވެސް ކައިރީގައި މީހަކުހުރެއްޖިއްޔާ ފެންނަވަރުވެއެވެ. ނާޝް ހޯދާހޯދާވެސް މީހެއްގެ އަސަރު ނުފެނުމުން ހިތަށް ކުރިއަށްވުރެ ބޮޑަށް ބިރުވެރިކަން ވަނެވެ. ޚިޔާލަށް ސިފަވަމުން ދިޔައީ ރޭދުވާ ބަލަމުންދާ ބިރުވެރި ފިލްމުތަކުގެ މަންޒަރުތަކެވެ. އޭގައި އުޅޭ ކުޑަކުދިންތަކެވެ. ނާޝް ބިރުން ތުރުތުރު އަޅަމުންދިޔައެވެ. އެއޮށް ފިނީގައިވެސް މީހާ އެއްކޮށް ދާހިއްލައި ފޯވިއެވެ. ނާޝް ބަލާކަށް ނުހުރެ ދުއްވައިގަތެވެ. ރަށުތެރެއާއި ދިމާލަށެވެ. އެމީހުން ޓެންޓު ޖަހާފައިވާ ސަރަޙައްދަށް ދިޔުމަށްޓަކައިއެވެ. ރަށުތެރެއަށް އަރައިގެން ކިރިޔާދާއިރަށް އެހިސާބަށް ދެވޭނެވެ. ނަމަވެސް ނާޝް ދުވަމުން ދުވަމުންގޮސް ވަރުބަލިވީއިރުވެސް އެހިސާބަށް ނުދެވުނެވެ. ހަމަދެވެނީ ހަނިމަގަކުންނެވެ. ވަރުބަލިވެގެން ނާޝް ހުއްޓާލިއެވެ. އެވަގުތު ހަނދަށް އެޅިވައިވާ ވިލާތައް ސާފުވެ ފުރިހަމަ ހަނދުގެ އަލިން މުޅި ހިސާބަށް އަލިކަން ފެތުރުނެވެ. ނާޝްގެ ކުރިމަތިން ފެންނަން އޮތީ ހަނި ދިގުމަގެކެވެ. ފަސްއެނބުރި ބަލާލިއިރުވެސް ހަމަ ފެންނަނީ އެހެންނެވެ. ނާޝް އަޖައިބުވިއެވެ. އެހާމެ ބިރުވެސް ގަތެވެ. ހިތް ރޯމަހެއް ތެޅޭހެން ބާރުބާރަށް ތެޅޭމުންދިޔައެވެ. އަނބުރާ އައިކޮޅަށް ދިޔުމަށްވުރެ ކުރިޔަށް ދިޔުން ބުއްދިވެރި ކަމުގައި ހީކޮށް ނާޝް ކުރިޔަށްދާން އެނބުރުނެވެ. އެވަގުތު ކުރިމަތިން ހުދުހެދުމެއް ލައިގެންހުރި އަންހެންކުއްޖަކު ފެނުނެވެ. ނާޝްއަށް ފުރަގަސްދީގެން ހުރި އެކުއްޖާގެ ކަޅު ދިގު އިސްތަށިގަނޑުން ހަށިގަނޑުގެ ބޮޑުބައިވަނީ ފޮރުވިފައެވެ. ފެންނަފެނުމަށް ބާރަވަރަކަށް އަހަރުވެދާނެވެ. ފުރަގަސްދީގެން ހުރުމުން އެއީ ކާކުކަން ނާޝްއަށް ނޭނގުނެވެ. ނަމަވެސް އެކުއްޖާ ފެނުމުން ނާޝްގެ ހިތަށް ކުޑަ ހިންހަމަޖެހުމެއް ލިބުނެވެ. ކައިރިޔަށްގޮސް އެންމެން ކޮބާހޭ ނާޝްއަށް އަހާލެވުނީ އެހެންވެއެވެ. ޖަވާބެއް ނުލިބުމުން ނާޝް އެކުއްޖާގެ ކޮނޑުގައި ހިފާލިއެވެ. އެއާއިއެކު އެކުއްޖާ ކުއްލިއަކަށް ނާޝްއަށް ފަސްއެނބުރި ބަލާލިއެވެ. ނާޝް ދިޔައީ ބިރުން ސިހިގެންނެވެ. އެކުއްޖާގެ ސިފަފެނިފައެވެ. ސިހިފައި ފަހަތަށް ދިޔަގޮތަށް އެއްޗެއްގައި އަޅައިގެންފައި ނުވެއްޓުނީ ހަމަކިރިޔާއެވެ. އެވަގުތު އެކުއްޖާ ހީނލަމުން ގެއްލުނެވެ. އެހުނުމުން އެއީ އަތިރިމަތިން އޭނާޔަށް އިވުނު އަޑުކަން ނާޝްއަށް ޔަގީންވިއެވެ. ބިރުގެންފައި ހުރިވަރުން ފަހަތުން ހަމަ އެހުނުމުގެ އަޑުއިވުމުން ނާޝް ދިޔައީ ސިއްސައިގެންނެވެ. ތެޅެމުންދިޔަ ބާރުހިތާއިއެކު ނާޝްއަށް އިޚްތިޔާރަކާއިނުލައި ފަސްއެނބުރި ބަލާލެވުނެވެ. އޭރު އެކުއްޖާ އޭނަޔަށް ބަލަހައްޓައިގެން ކުރިމަތީގައި ހުއްޓެވެ. އެކުއްޖާ ފެނުމުން ނާޝްއަށް އިޚްތިޔާރަކާއިނުލައި އަނެއްކާވެސް ފަހަތަށް ޖެހެވުނެވެ. އޭނާގެ ސޫރަ ބިރުވެރިކަމުންނެވެ. އެކުއްޖާގެ މުޅިމޫނުގެ އެކިއެކި ތަންތަން ކެނޑިފައި ކަހަލަ ގޮތަކަށް ފަޅަފަޅައިގެންގޮސްފައި ހުއްޓެވެ. ދެލޯވަށައިގެންވަނީ ކަޅުކޮންނެވެ. ލޮލުގެ ކަޅިވަނީ ހުދުކުލައިންނެވެ. ލޮލުން ލޭތިކިތައް ފައިބަފައިބާ ހުއްޓެވެ. އެސްފިޔަ ޖަހާލާހާ ސިކުންތު ކޮޅެއްގެ ތެރޭގައި އެކުއްޖާ އަނެއްކާވެސް ގެއްލިފައި ފެނުނީ ނާޝްއާއި ދާދި ކައިރިންނެވެ. އަދިއެހާމެ އަވަހަށް އެކުއްޖާ ނާޝްގެ އަތުގައި ބާރަށް ހިފާލިއެވެ. އެވަގުތު ނާޝްއަށް ހީވީ މީހަކު އަލިފާން ޖައްސާލިހެންނެވެ. ބާރުބާރަކަށް ހަޅޭލަވައިގެންފައި ނާޝްއަށް ދެލޯ މަރާލެވުނެވެ.

ލޯ ހުޅުވާލިއިރު ނާޝްހުރީ ޓެންޓުކައިރީގައެވެ. ވަށައިގެން ބަލާލިއިރު އެއްވެސް މީހަކު ފެންނާކަށްނެތެވެ. ނަސީބަކުން ޓެންޓުގެ ބޭރުގައި ދިއްލާފައިވާ ބޮކީގެ ފަނޑު އަލިކަން ހުރުމާއިއެކު ތަންތަން ފެންނަވަރުވިއެވެ. އަނދިރިކަމާއި ހަމަހިމޭންކަމުގެ ތެރެއިން ގަސްގަހާއި ރުއްތަކުގެ ހިޔަނިތައްވެސް ނާޝްއަށް ފެންނަމުންދިޔައީ ބިރުވެރި ސިފަތަކަށެވެ. އަތުން ދިލަނަގާތީވެ ނާޝް ބަލާލިއިރު އެއްކަލަތަން ރަތްވެފައި ހުއްޓެވެ. ކުޑަ ފޮޅުތައްވެސް ނަގާފައި ހުއްޓެވެ. ނާޝްގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ. ނަމަވެސް ހިތްވަރުކޮށްލާފައި ކުޑަހިންހަމަޖެހުމަކާއިއެކު ނާޝް އަވަސްއަވަހަށް ޓެންޓުތެރެއަށް ވަނެވެ. އެއާއިއެކު ބާރަށް ހަޅޭލަވައިގަނެވުނެވެ. ފެނުނު މަންޒަރުންނެވެ. އަޑުގެ ނެތްތަނަށް ހަޅޭލަވައިގަތަސް ނާޝްގެ އަޑު ބޭރަކަށްނީވެއެވެ. އެއަޑު ބެދިފައިވާކަހަލައެވެ. ނާޝްއަށް އޭނަޔާއިއެކު އެރަށަށް ދަތުރުއައި އެންމެން ފެނުނެވެ. ނަމަވެސް ރަޙުމެއްނެތް ގޮތަށް ކޮށާލެވިފައިވާ މަސްގަނޑުތަކާއި ގުނަވަންތަކެވެ. މުޅި ތަނުގައި ހުރީ ހުސްލެއެވެ. ހޯދަމުން ދަނިކޮށް ނާޝްއަށް އޭނަގެ މަންމަގެ ބޯފެނުނެވެ. ކައިރީގައި އޭނާގެ ދެ ކޮއްކޮގެ ބޯވެސް އޮތެވެ. ހެދުމުން އެމީހުންގެ ގުނަވަންތައްވެސް ވަކިކުރަން ނާޝްއަށް އެނގުނެވެ. ނާޝް ދެލޯ މަރާލިއެވެ. ފެންނަ މަންޒަރު ގަބޫކުރަން ދަތިވުމުންނެވެ. ހިތް ގަބޫލުކުރީ އެއީ ހަމައެކަނި ހީވާ ހީވުމެއް ކަމަށެވެ. އިރޮކޮޅަކު އެހެން ހުރެލާފައި ނާޝް މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. ފެނުނީ ހަމަ އެމަންޒަރެވެ. ނާޝްއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. ނުރޯން ކިތަންމެ މަސައްކަތް ކުރިޔސް ރޮވުނެވެ. އަޑުގެ ނެތް ތަނަށް ރޮވުނެވެ. އޭނާޔަށް ކުރިމަތިލާން މިޖެހުނީ ކޮންފަދަ ކަންތައް ގަނޑަކާއިބާވައޭ ހިތަށްއެރިއެވެ. މިފަދަ ރަޚުމެއް ނެތް ގޮތުގައި އެންމެންގެ ފުރާނަ ދުއްވާލީ ކާކުބާވައޭވެސް ހިތަށްއަރިއެވެ. އަދި މިކަމުން ސަލާމަތްވާނީ ކިހިނެއްބާވައޭވެސް ނާޝްގެ ހިތަށް އަރަމުންދިޔައެވެ.

ފައިގައި އެއްޗެއް ޖެހޭހެން ހީވެގެން ނާޝް ސިހިފައި ބަލާލިއިރު އެއީ ޝާންގެ ބޮލެވެ. އެބޯއޮތީ ތެޅިތެޅިއެވެ. ނާޝްއަށް ބިރުން ފަހަތަށް ޖެހިލެވުނެވެ. ޝާން އެސްފިޔަޖަހަމުން ދިޔައެވެ. އަދި އުނދަގުލުން ކަހަލަގޮތަކަށް ނާޝްގެ ނަންކިޔަމުން ދިޔައެވެ. ނާޝް ބިރުން އަވަހަށް ޓެންޓުތެރެއިން ބޭރަށް ނުކުތެވެ. ބޮލަށް ހުރީ އެނބުރުން އަރާފައެވެ. އެހާގިނަ ލެޔާއި މީހުން ކޮށާފައިވާ މަންޒަރު ހަމަލޮލުން ފެނުމުންނެވެ. ނާޝްއަށް ހޮޑުލެވުނެވެ. ބަނޑުގައި ހުރި ހުރިހާއެއްޗެއްހެން ބޭރަށް އައެވެ. ނާޝްގެ ހަށިގަނޑަށް ވަރުބަލިކަން އިހުސާސްވިއެވެ. އެވަގުތު ފަތްތަކުގެ ތެރޭގައި އެއްޗެއް ދެމޭކަހަލަ އަޑެއް އިވުނެވެ. ނާޝްއަށް ދެލޯބޮޑުކޮށްލަމުން ވަށައިގެން ހޯދާލެވުނެވެ. ވަށައިގެންވަނީ ހުސްއަނދިރިކަމެވެ. ފަހަރަކަށްވުރެ ފަހަރެއް އެއަޑު ދިޔައީ ގަދަވަމުންނެވެ. ނާޝްއަށް ރޮވުނެވެ. ބިރުންނެވެ. މިހާލުގައި އުޅެންނުޖެހި އޭނާވެސް މަރުވިނަމައޭ އެވަގުތު ހިތަށްއެރިއެވެ. ތަންކޮޅެއް ދުރުން ކުރިމަތިން އެއްޗެއް ބިންމަތީގައި ދެމެމުން އަންނަތަން ނާޝްއަށް ފެނުނެވެ. ޓެންޓުގެ ބޭރުގައި ދިއްލާފައިވާ ބޮކީގެ ފަނޑުއަލިކަން ނެތްނަމަ މީހަކު ކައިރީގައި ހުރެގެން ނޮޅާލިޔަސް ނޭނގޭނެޔޭ ނާޝްގެ ހިތަށްއެރިއެވެ. އެއްޗެއް ކައިރިވަމުން އައިވަރަކަށް ސިފަ ފާޅުވަމުންދިޔައެވެ. ނާޝްއަށް ބިރުން ފަހަތަށް ޖެހިލެވުނެވެ. އެއީ އެއްކަލަ އަންހެން ކުއްޖާކަން އެގުމުންނެވެ. އެކުއްޖާގެ ދިގު އިސްތަށިގަނޑު ބިންމަތީގައި ކޭއްތެމުންދިޔައެވެ. އަތުގެ ދިގުނިޔަފަތިތައް ބިންގަނޑުތެރެއަށް ވައްދަމުން ނުލަފަހަ ފާޑަކަށް ހެވިލާފައި، ތަނަކަށް އަރައިގެންދާހެން ބިންމަތީގައި ކޭއްތެމުން، އެކުއްޖާ ނާޝްއާއި ދިމާލަށް މަޑުމަޑުން އަންނަމުން ދިޔައެވެ. ނާޝް ފަހަރަކަށްވުރެ ފަހަރަކަށް ފަހަތަށް ޖެހެމުންގޮސް ބަރު އެއްޗެއްގައި ޖެހިފައި ކުރިޔަށް ޖެހުނެވެ. ޖެހުނުހާ އަވަހަށް އެއީ ކޯޗެއްތޯ ފަސްއެނބުރި ބަލާލިއެވެ. އެތާ ހުރީ މީހެކެވެ. އެމީހާ އަތުގައި ލެއިން ތަތްތެޅިފައިވާ ބޮޑު ފުރޯއެއްއޮތެވެ. ނާޝްއަށް ހަޅޭލަވައިގަނެވުނެވެ. ކޮށާލެވިފައިވާ މީހުންގެ މަންޒަރުތައް ސިފަވުމުންނެވެ. ފަސްއެނބުރި ކުރިޔަށް ބަލާލިއިރު އެއްކަލަ އަންހެން ކުއްޖާއެއްނެތެވެ. އެހެންވެ ކުރިޔަށް ދުއްވައިގަންނަން އުޅުމުން ފައި ބިންމަތިން ނުނެގުނެވެ. މީހަކު ބާރަށް ހިފަހައްޓާފައިވާ ކަހަލައެވެ. ނާޝްއަށް ގިސްލެވުމުންދިޔައެވެ. އަޑުގެ ނެތްތަނަށް ސަލާމަތަށްއެދި ގޮވަމުންދިޔައެވެ. ”ކާކަށް އަޑުއިވޭނެކަމަށްތަ މާބާރަށް ތިގޮވަނީ؟” އެއަޑު އެންމެ ވައްތަރީ ގުގުރީގެ އަޑާއިއެވެ. ނާޝް ބިރުންހުރެ ފަހަތަށް ބަލާލިއެވެ. ނަމަވެސް ފަހަތުގައި އެކަކުވެސް ނެތެވެ. ހިންހަމަޖެހުމާއިއެކު ކުރިޔަށް ބަލާލިއިރު ނާޝްދިޔައީ ސިހިގެންނެވެ. ކުރިމަތީގައި ހުތުރު ސިފަޔަކަށް ހުރި ބިޔަ މީހާ ފެނުމުންނެވެ. އެމީހާ ހުރީ ނާޝްއާއި ތިންފޫޓެއްހާ ދުރުގައެވެ. އެމީހާގެ ގައިގެ ތަންތަން އެއްކޮށް ހުރީ އަނދާފައެވެ. އެތަންމިތަނުގައި ބޮޑެތި ފޮޅުތައް ނަގާފައި ހުއްޓެވެ. ކަޅުކަމުން އެހެންތަންތަން ވަކިކުރަން ނޭނގުނަސް ރުޅިއައިސް ރަތްވެފައިވާ ދެލޯ ފެންނަން ހުއްޓެވެ. އޭނާގެ އިސްކޮޅު އާދައި އިންސާނަކާއި އެއްވަރެވެ. އޭނާހުރީ ނާޝްއަށް ބަލާށެވެ. ރުޅިއައިސް ރަތްވެފައެވެ. އޭނާގެ ފަހަތުން އެއްކަލަ އަންހެންކުއްޖާ ނުކުތެވެ. ނުލަފަހަ ފާޑަކަށް ހިނިއައިސްފައި، މޫނު އަރިކޮށްގެން ނާޝްއަށް ބަލަން ހުރިގޮތުން ހީވަނީ ދެންމެދެންމެ ފުންމައިގެން އައިސް ކާލަފާނެހެންނެވެ. ނާޝްއަށް އަދިވެސް ހުރިތަނުން ގުޑާވެސް ނުލެވެއެވެ.

ނާޝް ރޮމުން ގިސްލަމުން ތިއީ ކޮންބައެއްހޭ އަހާލިއެވެ. އަދި އެމީހުން އެންމެން މަރާލީ ކީއްވެތޯވެސް އަހާލިއެވެ. އެމީހާ ވާހަކަދައްކަން ފެއްޓިއެވެ. ”އަހަރުމެންނަކީ އިންސާނުއްނެއް ނޫން. ތިމީހުން އައިސްގެން ތިއުޅެނީ އަހަރުމެންގެ ރަށަށް. އަހަރުމެންގެ ގެއަށް. އަހަރުމެންނަކީ އަހަރުމެންނަށް ގޯނާ ނުކުރަނީސް އެހެންމީހުންނަށް ގޯނާ ކުރާ ބައެއްނޫން.” ”އަހަރުމެން ތިމީހުންނަށް ކުރީ ކޮންގޯނާއެއްތަ؟” ބިރުންހުރެ ނަމަވެސް ނާޝްއަށް މިހެން އަހާލެވުނެވެ. ”ކޮން ގޯނާއެއްހޭ؟… ނޭނގެނީތަ؟… އިންސާނުންން ނޫނަސް އެހެން މަޚްލޫގުން އުޅޭކަމެއް؟…. ތިމީހުން އެވަރު ބަލައިގެން އުޅުނުނަމަ މިއަދު ތިހެން ނުވީމުސް….” އެމީހާގެ ބާރު އަޑުން ރުޅިވެރިކަން އިތުރަށް ދައްކުވައިދިނެވެ. ”އަހަރުމެންގެ ފަރާތުން ކޮންއުދަގުލެއްވީ؟” ނާޝް އަނެއްކާވެސް އަހާލުމާއިއެކު އެމީހާ ކުރިޔަށް ޖެހިލިއެވެ. އެމީހާގެ ފިޔަވަޅުން ބިންގަނޑަށް ލޮޅުން އަރައިގެން ދިޔައެވެ. ”ހަނދާންއެބަހުރިތަ…؟ ކަލޭ އިރުއޮއްސުނުގަޑީގައި ރައްޓެހިންނާއެއްކޮށް ފުއްޓަރުފަރާތުގައި ފުޅިބުއި ހަނދާން…. އެގަޑީގައި އަހަރެންވެސް އަހަރެންގެ ދެކުދިންނާއިއެކު އެތާ އުޅުނިން. ކަލޭ ފުޅި ބޯލާފައި އަތުގެ ކޮޅަށް ފުޅިއެއްލާލީ… އެނގޭތަ އެފުޅިގޮސް ޖެހުނީ އަހަރެންގެ ހަގުދަރިފުޅުގެ ބޮލުގައޭ…. އެފަކީރު އަދިވެސް ހޭނާރާ…..” އެމީހާ އެވާހަކަތައް ދައްކަމުން ދިޔައިރު އެމަންޒަރުތައް ނާޝްއަށް ސިފަވަމުންދިޔައެވެ. އެމީހާ އެބުނީ ތެދެކެވެ. އެއްވެސް އެއްޗެކޭ ނުކިޔާ އެފަދަގަޑިއެއްގައި އެއްޗެހި އުކަން ނުވާނޭވެސް އެގަޑީގައި ރައްޓެހިން އޭނާގާތުގައި ބުންޏެވެ. ނަމަވެސް އޭރު އޭނާ ފުޅިއެއްލާލައިފިއެވެ. ”ހަނދާންވެއްޖެތަ؟….” ނާޝް ސިހުނީ އެމީހާގެ ބާރު އަޑުންނެވެ. ”އަހަރެންގެ މިދަރިފުޅު އެވަގުތުން ވަގުތަށްވެސް ކަލޭގެ ދުވަސް ދުއްވާލަން އުޅުނު. އެކަމަކު އަހަރެން ބުނެގެން އޭނަ އެކަން ނުކުރީ… އަހަރެން ބޭނުންވީ ކަލެއަށް ހިތުން ފިލުވާނުލެވޭވަރުގެ ފިލާވަޅެއްދޭން.” އެމީހާގެ ވާހަކަތަކުން ނާޝް އިތުރަށް ބިރުގަންނަމުންދިޔައެވެ. ”ދެން ކީއްވެ އަހަރެން ކުރިކަމެއްގެ ސަޒާ އެހެންމީހުންނަށް ދިނީ؟….” ކަރުނަ ފޮހެމުން ނާޝް ބޭރުން ބިރުނުގަންނަ ކަމަށް ހެދުނެވެ. ”އެމީހުން ކުރި ކަންތައް ކުޑައެއްނޫނޭ… އަހަރުމެން ގެ އަޅައިގެން އުޅޭތަން ތިމީހުންގެ ބަޔަކުގޮސް ކޮށާ ހަލާކުކޮށްލީ…. އެހެންނޫނަސް އަހަރެން ބޭނުމެއްނޫން ކަލޭމެންގެ ތެރެއިން އެކަކުވެސް ސަލާމަތުން މިރަށުން ދާކަށް. ކަލޭމެން އިންސާނުންނާއި ހެދި އަހަރުމެންނަށް ހާދަ އުނދަގުލެއްވެޔޭ….” އެމީހާ ނާޝްއާއި ކައިރިވެލާފައި ފުރޯ އަތަށް ހެޔޮވަރުކޮށްލިއެވެ. ”ހެޔޮ ނުވާނެ އަހަންނަށް ތިހެން ނަހަދާ… އަހަރެން ދޫކޮށްދީ…..” ބިރުން ހުރެ ނަމަވެސް ނާޝް މިފަހަރު އެމީހާކައިރިން ސަލާމަތަށްއެދުނެވެ. އެމީހާ ބާރުބާރަށް ހޭންފެށިއެވެ. އެއަޑު ފަޒާގައި ގުގުމާލިއެވެ. އެވަގުތު ދޫނިތަކެއްވެސް ގަސްތަކުން އުދުހިގަތެވެ. ”ދޫކޮށްނުލާނަން. އެކަކުވެސް ދޫކޮށްނުލާނަން..” އެމީހާ ބާރު ހުނުމާއިއެކު ނާޝްގައިގައި ޖަހަން ފުރޯ މަޅާލިވަގުތު ނާޝް ބިރުން ދެލޯމަރާލިއެވެ. އަޑުގެ ނެތްތަނަށް ހަޅޭލަވަމުންނެވެ.

”އޭތް…. ކިހިނެއްވީ؟” ނާޝް ނިދީގެ ތެރެއިން ކުއްލިއަކަށް ހަޅޭލަވަންފެށުމުން ނާޒްނީން އޭނާގެ ދެކޮޑުގައި ހިފާ ތަޅުވާލިއެވެ. ނާޝް ދެލޯ ހުޅުވާލުމާއިއެކު ނާޒްނީން ފެނުމުން ދޮންތާއޭ ކިޔާފައި ބާރަށް ބައްދައިގަތެވެ. ނާޒްނީން ނާޝްގެ ބޮލުގައި ފިރުމާލަމުން ކިހިނެއްވީހޭ އަހާލިއެވެ. ނާޝް އޭރުވެސް ދިޔައީ ފުންނޭވާލަމުންނެވެ. މީހާހުރީ އެއްކޮށް ދާހިއްލާފައެވެ. ހިތްވެސް އޮބިނޯންނަވަރަށް ތެޅެމުންދިޔައެވެ. ނާޝް ވަށައިގެން ހޯދާލިއެވެ. ހުރިހާ އަންހެނުން ނިދާފައި ތިއްބެވެ. ނަމަވެސް އޭނާގެ މަންމަ ފެންނަން ނެތުމާއިއެކު އަވަސްއަވަހަށް މަންމަ ކޮބާތޯ އަހާލިއެވެ. ”މަންމަވީ ބޭރުގައި. ފަތިސް ނަމާދަށް ވުޟޫކުރަން ގޮސްވީ…” ނާޝް ފުންމައިގެން ތެދުވެ ބޭރަށް ނުކުތެވެ. ބޭރުގައިވަނީ ހަމަހިމޭންކަމާއި އަނދިރިކަމެވެ. އެވަގުތު ހުވަފެނުގައި ވީކަންތައް ލޯމަތިން ހަގީގަތެއްހެން ސިފަވެގެންދިޔައެވެ. އެއީ ހުވަފެނެއް ކަމުގައި ވިޔަސް ފުޅީގެ ކަންތަކަކީ ހަގީގަތެކެވެ. ނާޝް ބިރުގަތީ އެހެންވެއެވެ. ނާޝްގެ ފަހަތުން އޭނާގެ ދޮންތަވެސް ބޭރަށް ނުކުތެވެ. ނާޝް ވަށައިގެން ހޯދާލިއެވެ. ހުވަފެނުގައި ފެނުނުހެން މުޅި ހިސާބުގައިވަނީ އަނދިރިކަމެވެ. ބޭރުގައި ދިއްލާފައިވާ ބޮކީގެ ފަނޑު އަލިކަން ފިޔަވައެވެ. އޭނާގެ މަންމަ ފެންނަން ނެތުމުން ނާޝް ހާސްވިއެވެ. ރޮވޭގޮތްވިއެވެ. އެވަގުތު ގަސްތަކުގެ ތެރެއިން ފެންފުޅިއަކާއިއެކު އޭނާގެ މަންމަ ނުކުތްތަން ފެނުނެވެ. ނާޝް ދުވެފައިގޮސް މަންމަ ގައިގައި އޮޅުލައިގަތެވެ. ”މަންމަ ކޮންތާކުން ތިއައީ.. އެކަނި ދިޔައީ ކީއްކުރަން…” ނާޝް ހަލުވިރާގަކަށް އެއްފަހަރާ ބުނެލިއެވެ. ހަފީޒާ ލޯބިން ނާޝްގެ ބޮލުގައި ފިރިމާލާފައި ކިހިނެއްވީހޭ އަހާލިއެވެ. ”ނޭނގޭ ކހިނެއްވީކަމެއް… ނިދީގައި އޮވެފައި ހަޅޭލަވައިގަންނަމުން ތެދުވީ…” ނާޒްނީން އެމީހުން ކައިރިޔަށް ދިޔައެވެ. ”ތެދެއް ދަރިފުޅާ…. ބިރުވެރި ހުވަފެނެއް ފެނުނީތަ؟….” ހަފީޒާ މިހެން ބުނެލުމާއިއެކު ނާޝް ސިހިފައި އޭނާގެ މަންމަގެ ގައިން ދޫކޮށްލިއެވެ. އަދި ގަސްތަކުން އެޅިފައިވާ އަނދިރި ހިޔަނިތަކަށް ނަޒަރު ހިންގާލިއެވެ. ނާޝްގެ ހިތުން ބިރުވެރިކަން އަދިވެސް ނުފިލައެވެ. ހިތް އަދިވެސް ބާރުބާރަށް ތެޅެމުންދިޔައެވެ. ”މަންމަ ދިޔައީ ކޮންތާކަށްތަ؟ އެކަނި ދިޔައީ ކީއްވެގެން؟…” ނާޝް އަނެއްކާވެސް ސުވާލުކުރިއެވެ. ”މަންމަދިޔައީ ފާޚަނާއަކަށް.. އެހެންނޫނަސް ބިރުގަންނަންވީ ކީއްވެ؟… ފަތިސް ވަގުތުވެސް ވެއްޖެ. އަދި އެތާ އެފަރާތުގައި އަދިވެސް ޝާންމެން ހޭލާ އެބައުޅޭ…” ހަފީޒާ ހިނގައިގަތެވެ. ފަހަތުން ނާޝްމެންވެސް ހިނގައިގަތެވެ.

އެފަހުން ނިދަންއުޅެއުޅެ ނާޝްއަށް ނުނިދުނެވެ. ބިރުންނެވެ. ބިންމައްޗަށް އަލިވީއިރުވެސް ނާޝްއިނީ ޓެންޓުތެރޭގައި ހުވަފެނާއިމެދު ވިސްނާށެވެ. މީހާހުރީ ހުންވެސް އައިސްފައެވެ. އަތުން ދިލަ ނަގާހެންހީވާތީވެ ނާޝް ބަލާލިއިރު އަތުގައި އެއްކަލަތަން ހަމަ ހުވަފެނުގައި ރަތްވެފައި ހުރިގޮތަށް ރަތްވެފައި ހުއްޓެވެ. ނާޝްއަށް ބިރުން ދެލޯ ބޮޑުކޮށްލެވުނެވެ. ހައިރާންވީވަރުން ނާޝްއަށް ރަނގަޅަށް އެތަނަށް ބަލާލެވުނެވެ. ހަމަގައިމުވެސް ނިދިއިރު އޭނާގެ އަތުގައި މިކަހަލަ އެއްވެސް ނިޝާނެއް ނުވާނެޔޭ ނާޝްގެ ހިތްބުނަމުން ދިޔައެވެ. ފޮޅުތައް ނަގާފައި ނެތަސް މީހަކު ބާރަށް ހިފާފައިވާ ކަމުގެ އިނގިލީގެ ނިޝާންތައް ފެންނަން ހުއްޓެވެ. ނާޝް ވާނުވާ ނޭނގި ހުއްޓިފައި އިނެވެ. އަނެއްކާ އެހުވަފެން ހަގީގަތަކަށް ވެދާނެބާވައޭ ނާޝްގެ ހިތަށްއެރިއެވެ. ނާޝްގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ނިދާފައިއޮތް އޭނާގެ މަންމަޔާއި ދޮންތަޔަށް ރަނގަޅަށް ބަލާލެވުނެވެ.

ހެނދުނުގެ ނާސްތާކޮށްގެން އެންމެން އަވަސްވެގަތީ ރަށަށް ފުރުމަށެވެ. ނާޝްގެ ހާލު މާބޮޑުވުމުންނެވެ. މީހާ ހުންގަދަކަމުން އަތްލެވޭވަރުނުވެއެވެ. ނިދިފައި އިރިއިރުކޮޅާ ސިއްސަ ސިއްސައިގެންދެއެވެ. ދެބަދޭތެރޭގައި ފާޑެއްގެ ވާހަކަތަކެއްވެސް ދައްކައެވެ. އެންމެނަށްވެސް ނާޝްގެ އަތުގައިވާ އިނގިލީގެ ނިޝާންތައް ފެނުނެވެ. ނާޝްއަށް ކުއްލިއަކަށް އައި ބަދަލުން އެއީ އާދައިގެ ކަމެއްނޫންކަން އެންމެންވެސް ބުނަމުންދިޔައެވެ. އެންމެންގެ ހިތުގައިވެސް ނޭނގޭ ބިރުވެރިކަމެއް އުފެދިފައިވިއެވެ. އެންމެން އެރަށުން ވީހާވެސް އަވަހަކަށް ދާން ނީންމީ އެހެންވެއެވެ. ޝާން ފެންކަޅިވެފައި ނާޝްގެ އަތުގައި ހިފައިގެން ކައިރީގައި އިނެވެ. ޑިންގީއިން ހުރިހާއެއްޗަކާއި އެންމެން ދޯންޏަށް އަރުވާނިމުމުން އިންޖީނު ސްޓާޓް ކޮށްލިއެވެ. އެވަގުތު ނާޝް ދެލޯ ހުޅުވާލިއެވެ. އޭނާ ވަށައިގެން އެންމެން ތިބިތަން ފެނުމުން ހައިރާންވިއެވެ. އުނދަގުލުން ކަހަލަގޮތަކަށް ނާޝް އޭނާގެ މަންމަގެ އެހީގައި ތެދުވެލިއެވެ. އަނބުރާ ރަށަށްދާން ދޯނީގައި އެންމެން ތިބިތަން ފެނުމުން ނާޝްގެ ހިތަށް ހިންހަމަޖެހުން ލިބުނެވެ. މޫނުމައްޗަށް ހިނިތުންވުމުގެ އަސަރު ފާޅުވިއެވެ. ނަމަވެސް އެއްސިކުންތުން އެހިނިތުންވުން ބިރުވެރިކަމަށް ބަދަލުވިއެވެ. ކުރިމަތިން ފެންނަމުންދިޔަ ރަށުގެ ފުއްޓަރުފަރާތުގެ ދޮންވެލިގަނޑުމަތީގައި ހުރި އެއްކަލަ މީހާ ފެނުމުންނެވެ. އޭނާ ކައިރީގައި އޭނާބުނި ދެކުދިންވެސް ތިއްބެވެ. ހަމަ ނުލަފަހަ ފާޑަކަށް ހެވިފައެވެ. އެމީހުންތިބީ ހަމަ ހުވަފެނުގައި ފެނުނު ވައްތަރަށެވެ. އެމަންޒަރު ފެނުނީ ދުރުން ކަމުގައި ވިޔަސް ނާޝްއަށް ހީވީ ވަރަށް ކައިރިން ފެނުނުހެންނެވެ. ދެލޯ ބޮޑުކޮށްލައިގެން ނާޝް އެދިމާލަށް ބަލަންއިނުމުން ފަހަރަކު މީހެއް ކަހަލަ ގޮތަކަށް އެދިމާލަށް ބަލަމުން ދިޔައެވެ. ނަމަވެސް އެހެންމީހަކަށް އެމަންޒަރު ނުފެނެއެވެ. ”ދަރިފުޅާ…. ކިހިނެއްވީ؟….” ހުއްޓިފައި އިނުމުން ހަފީޒާ ނާޝްގެ ބޮލުގައި ލޯބިން ފިރުމާލިއެވެ. ނާޝް އޭނާގެ މަންމަޔަށް ބަލާލަމުން މަންމަގެ ހަށިގަނޑުގައި ބާރަށް ބައްދާލިއެވެ.

ނާޝްމެން އެރަށުން ފުރައިގެން ދިޔައީ ދެންދުވަހަކުވެސް އެމީހުން އެރަށަށް ދަތުރު ނާންނަން ހިތުގައި އަޒުމް ކަނޑައަޅައިގެންނެވެ. ނާޝް ގެއްލެންދެން އެރަށަށް ބަލަންއިނެވެ. އެންމެން ނާޝްކައިރިން ވީ ކީއްތޯ ސުވާލުކުރިއެވެ. އަތުގައިވާ ނިޝާނަކީ ކިހިނެއްވީކަމެއްތޯ ސުވާލުކުރިއެވެ. ނާޝްއެވަރަށް ބިރުގަތީ ކީއްވެތޯވެސް ސުވާލުކުރިއެވެ. އެކަކުގެ ސުވާލަކަށްވެސް ނާޝްއަށް ޖަވާބެއް ނުދެވުނެވެ. މީހާއިނީ ހުއްޓިފައި ކަހަލަ ގޮތަކަށެވެ. ވެދިޔަ ކަންތައް ގަބޫލު ކުރާނީ ކިހިނެއްތޯކަން ނޭނގިފައެވެ. އަނދިރީގެ ތެރެއިން އޭނާއަށް ފެނުނު ކަންތައްތަކަކީ ހުވަފެނެއްކަން ނުވަތަ ހަގީގަތެއްކަން ވަކިކުރަން ނޭގިފައެވެ. ދުވާލުގެ އަލިކަމުގެ ތެރެއިންވެސް ފެނުނީ ހަގީގަތެއްކަމެއް ނުވަތަ ހީވި ހީވުމެއް ކަމެއްކަން ވަކިކުރަން ނޭނގިފައެވެ. ނާޝްގެ ސިކުޑީގައި ޖަވާބުނޭނގޭ އެތަކެއް ސުވާލެއް އެނބުރެމުން ދިޔައެވެ. ހިތުގައި ބިރުވެރިކަން އިންތިހާޔަށް ހަރުލާފައިވިއެވެ. ނާޝްގެ އަޒުމަކަށްވީ ރޭނގަޑުގެ ވަގުތުގައި ދެން އޭނާ ކޮންމެ އެއްޗެއް އެއްލިކަމުގައި ވިޔަސް އެއްލާނީ ކިޔަންވާ އެންމެ ރަނޅު އެއްޗެއް ކިޔުމަށްފަހުގައިކަމެވެ. ފުންނޭވާއެއްލަމުން ނާޝް އޮށޯވެލިއެވެ. ހަމަޖެހިލުމަށްޓަކައެވެ. އަދި އެބިރުވެރިކަމުން ސަލާމަތްވީ ކަމަށްޓަކައި ހެއްދެވި ފަރާތަށް ޝުކުރު އަދާކުރިއެވެ.

………ނިމުނީ ………

Share Article

Follow Me Written By

zoyasham

Level 110 Stories

އަހަރެންގެ ވާހަކަތަކާއި އެހެނިހެން ލިޔުންތައް zumzoyasham.blogspot.com މި ބްލޮގުންވެސް ކިޔާލެވޭނެ.

Other Articles

Previous

ލާރާ …… 8 (ފަހުބައި)

Next

ހިތް އަދު ރޮނީއޭ ނުދާށޭ – 16 ވަނަ ބައި –

Next
March 30, 2013

ހިތް އަދު ރޮނީއޭ ނުދާށޭ – 16 ވަނަ ބައި –

Previews
March 28, 2013

ލާރާ …… 8 (ފަހުބައި)

25 Comments!

  1. މުހަައްމަދު says:
    March 30, 2013 at 12:47 am

    ވާހަކަ ވަރަށް ކަމުދޭ

    1. zoyasham says:
      March 31, 2013 at 7:39 pm

      ވ. ތޭންކްސް….. މުހައްމަދު

  2. އަނޫ says:
    March 30, 2013 at 12:48 am

    އަނޫ ހީކުރީ ޒޯޔާޝަމް އަށް އެނގެނީ ލޯބީގެ ވާހަކަ ލިޔަން އެކަނި ކަމަށް

    1. zoyasham says:
      March 31, 2013 at 7:42 pm

      ލޯބީގެ ވާހަކަ އާންމުކޮށް ލިޔެ އުޅެނީ…. މިފަހަރު ޓްރައި ކޮށްލީ ބިރުވެރިކޮށްލަން……

  3. ަަަަަަިިާާއައިކާ says:
    April 14, 2013 at 5:01 pm

    ވވ ރީތި………

  4. ޝިފާ says:
    June 23, 2013 at 7:02 pm

    ވ ސަޅި

  5. އައިޝާ says:
    July 8, 2013 at 8:54 am

    ވަރަށް ކަމުދޭ ވާހަކަ… ވާހަކައިގެ ނިންމުން ސަޅި ކަމުން ވާހަކަ އިތުރަށް ފުރިހަމަވޭ!!

  6. ޒުނޭނާ says:
    September 10, 2013 at 3:48 pm

    ވަރަށް ހަބޭސް…………..ވވވވވވވވވވވވވވވވވވ ރީތި…..!!!!!!

  7. aku says:
    November 12, 2013 at 5:48 pm

    V sakhi

  8. Lovely girl says:
    November 13, 2013 at 1:16 am

    Aku haadha lahun thi comment kohlee.

  9. bitch says:
    June 30, 2014 at 11:47 pm

    Ehaa kamaku nudhey.. Hageegatheh nun dhw eu.. Huvafeneh. Dhn keeve naash ah gabool nukureven v.. Heyli iru enmen thiby salaamathun.. So dats jst astupid nightmare

  10. el..... says:
    November 24, 2014 at 2:54 pm

    ވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވރީތި ވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވބިރުވެރި
    ވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވގވބބބބވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވސަިޅި
    I love the story
    lol
    jk

  11. ޒީށާ says:
    July 23, 2015 at 11:09 am

    ހަމަ ވ ހަބޭސޫ

  12. naii says:
    October 25, 2015 at 10:52 am

    nyc

  13. think says:
    November 14, 2015 at 5:15 pm

    Mivaahaka news akun kin.
    …btw v salhi….

  14. lia says:
    November 19, 2015 at 8:09 pm

    Vara salhi adhi vara biruveri

  15. rasha says:
    November 28, 2016 at 10:03 am

    v salhi

  16. Mujey says:
    November 29, 2016 at 10:33 am

    kada eh noon ???

  17. fazaa says:
    February 26, 2017 at 11:34 am

    ma mivaahaka konmmeves ehenthaakun keen……. dhogu nahadhaa reethikoh bune! copy kuree dho?!

  18. hhhh says:
    May 23, 2017 at 9:16 am

    Mee story eh noon huvafeneh!!!!!!¡
    Heeheehee
    ??????
    ????????

  19. Aaaaa says:
    July 5, 2017 at 2:27 pm

    V salhi ???

  20. Ikaasha says:
    January 27, 2018 at 3:41 pm

    Mee copy eh,hama rangalhah ingey?

    1. Sana says:
      February 7, 2018 at 12:11 pm

      You shut up this is nice story and don’t jealous too much ??????????

  21. jilEybee says:
    October 28, 2018 at 10:57 am

    varah varaha varah reethi

  22. IsHa IsHa says:
    August 31, 2019 at 9:22 am

    REEEEEEEEEEEEEEEETHIIIIII

Comments are closed.



All Right Reserved!