އައްކިޔުންގެ ވާހަކަތައް އަޑުއަހަން ފޯނުގައި އޮތް ނައިޝާގެ ތުންފަތްމައްޗަށް އުފާވެރިކަމުގެ ހިނިތުންވުމެއް ވެރިވިއެވެ. “އައްކި އަބަދުވެސް ތިގޮތަށް ނައި އަށް ތެދުވެރި ވައްޗޭ” ހިތްހަމަޖެހިފައިވާ ނައިޝާ ބުނެލިއެވެ. “އިންޝާﷲ…. އައްކިޔުންގެ ހިތަކުނެތް ދޮގު ހަދާ ބޭވަފާތެރި ވާކަށް..އެކަން ކުރާކަށް ބޭނުމެއްވެސް ނޫން” ނައިޝާއަށް ޖަވާބުގައި އައްކިޔުން ބުނެލިއެވެ. ********** ފޯނުގައި އޮތް ނައިޝާއަށް ނިދޭގޮތް ވިއެވެ.ނަމަވެސް އޭނާ ފޯނު ބާއްވާކަށް ގަސްތެއް ނުކުރެއެވެ.އައްކިޔުންގެ އަޑުގައިވެސް ނިދީގެ އަސަރު ގަދަވާން ފެށިއެވެ.މަޑުމަޑުން ދެމީހުންނަށް ކޯލުގައި އޮއްވާ ނިދުނެވެ. ******* […]
އާދައިގެ މަތިންމިރޭވެސް އަހަރެންނަށް ހޭލެވުނީ ހޫނުވާތީ އެވެ. ނަމަވެސް ކޮންމެރެޔެކޭވެސް އެއްގޮތައް ފަންކާ އެ އެނބުރޭ އުސޫލުން އެނބުރެމުން ދެ އެވެ. އަހަރެންނަށް ހޭލެވުމަށްފަހު ދެން ނިދޭނީ ފެންވަރައިގެން ކަމުގައިވާތީ މިރޭވެސް ތުވާލި ހިފައިގެން ފެންވަރަން ދިޔައީމެވެ. އަހަރެންނަކީ ރާއްޖެތެރޭގެ ރަށެއްގައި ދިރިއުޅެމުންދާ މީހެއްކަމުގައިވެފައި ރާއްޖެ ތެރޭގެ ދިރިއުޅުމުގެ ހާލަތު ހުންނަގޮތުން ގިފިލި ހުންނަނީ ގެޔާއިވަކިން ނެވެ. ގިފިއްޔަށް ވަދެ ތުވާލި ރޯނުމަތީ އަޅުވާޅުމަށްފަހު ފެންވަރަން ފެށީމެވެ. ނަމަވެސް ފެންވަރަން ހުއްޓައި ފަހަތުން މީހަކު އަހަރެންގެ ނަމުން […]
އެކިގޮތްގޮތަށް ވަރަށް ވިސްނުމަށްފަހު އައްކިޔުންނާ ރައްޓެހިވާން ނައިޝާ ނިންމިއެވެ. ********* “ވަރަށް އުފާވެއްޖެ ހަފްތާއެއް ފަހުން ވިއަސް “އާނ”ބަސް ބުނީތީ” ވަރަށްބޮޑަށް އުފާވެފާ ހުރެ އައްކިޔުން ބުނެލިއެވެ. އައްކިޔުންނާ ނައިޝާ އާދައިގެމަތިން ބީޗުގެ ދޮންވެލިިގަނޑު މަތީގައި އިށީނެވެ.މިރޭ ނައިޝާ ވެސް ވަރަށް ހިތްހަމަ ޖެހިލައިގެން އިނެވެ.ދެމީހުން އެކި އެކި ވާހަކަ ދައްކަމުން ދިޔައެެވެ.ކިތަންމެ ގިނައިން ވާހަކަ ދެއްކި ކަމުގައި ވިޔަސް ނައިޝާ އޭނާގެ މާޒީގައި ކަންތައް ވެފައިވާ ގޮތް އައްކިޔުންނަށް ކިޔައިދޭން ފަސްޖެހެއެވެ. “ނައި ކީއްވެ އަބަދު […]
ނައިޝާ ހިނިތުންވެލުމާއެކު އައްކިޔުން ނައިޝާ ކައިރިއަށް މަޑު ހިނގުމެއްގައި ހިނގާފައި އައެވެ. “އިށީންދެލަންތަ؟” ނައިޝާ ކައިރިއަށް އައިސް އައްކިޔުން އަހާލިއެވެ.އައްކިޔުންނަށް އާނ އެކޭ ބުނުމުގެ ގޮތުން ނައިޝާ ހިނިތުންވެ ހުރެ ބޯ ޖަހާލުމުން އައްކިޔުން ނައިޝާ ކައިރީގައި އިށީންނެވެ.”ކޮންނަމެއް ކިޔަނީ؟” އައްކިޔުން އަހާލިއެވެ.ނައިޝާ އައްކިޔުންނަށް އޭނާގެ ނަން ބުނެދިނެވެ. ދެމީހުން ބީޗުގެ ދޮންވެލިގަނޑު މަތީގައި ތިބެ އެކަކު އަނެކަކާ ވާހަކަދައްކާލިއެވެ.އެދެމީހުންގެ މޫނުމަތިން ހިނިތުންވުން އެންމެ ސިކުންތަކަށް ވެސް ނުކެނޑެއެވެ. ނައިޝާއަށް އައްކިޔުން ކިޔައިދިން ގޮތުގައި އޭނާ އަކީ […]
އެޒުވާނާއަށް ހިނިތުންވެލައިގެން ހުރި ނައިޝާއަށް ހޭވެރިކަންވީ ކާރެއްގެ ބަރުގޮނުގެ އަޑަށެވެ.ސިއްސައިގެން ގޮސް ނައިޝާ ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ. ********* ގެއަށްވަދެ ފެންވަރައިގެން ދުވަންލީ އެއްޗެހި ދޮވެ ހިއްކަން އެޅުވުމަށްފަހު ނައިޝާ ސޯފާގައި އިށީންދެލިއެވެ.މިއަދުވީ ކަންތަކާ ދޭތެރޭގައި ނައިޝާ ވިސްނާލިއެވެ.އިތުރަށް މީހަކު ދެކެ ލޯބިވާން ނުވަތަ ގަޔާވާންވެސް ނައިޝާ ފަސްޖެހެއެވެ.އޭނާއަަށް އަނެއްކާވެސް ލަނޑެއް ލިބިދާނެތީއެވެ.އެހެންކަމުން ރީތި އެޒުވާނާގެ ޚިޔާލު މުޅިން ފުހެލަން ނައިޝާ ނިންމިއެވެ.އެފަދަ ރީތި ޒުވާނަކަށް ކިތަންމެ އަންހެނުންނެއްވެސް ވާނެކަމާއި އެމީހުންގެ ރީތިކަމަށްޓަކައި ކިބުރުވެރި ވާނެކަން […]
“ތިކަން އެނގެޔޭ… އެކަމަކުވެސް އަބަދު އެއްގޮތެއް ނުވާނެ ކަންނޭނގެ…އިރެއްގަ ނައި އަށް ގޯސްމީހެއް ލިބުނަސް ހުރިހާ ފަހަރަކު ގޯސްމީހުނެއް ނުލިބޭނެ…ނައިގެ މާޒީ ކަފުންކޮށް ވަޅުލިފަހުން މިހާރު ފަސް އަހަރު ތިވީ…ތިގޮތަށް ހުރެ ހަޔާތް ބޭކާރު ކޮށްލުން އެއީ ބުއްދިވެރިކަމެއް ނޫން….ޔުދާއަށް ނައިގެ ކުރީގެ ފޮޓޯއެކޭ ކިޔާފަ ދެއްކި ފޮޓޯގަނޑަށާއި މިހާރު ނައިއަށް ބަލައިފި މީހެއްނަމަ ނުބުނާނެ އެއީ ނައި އެކޭ…ބަލާބަ ނައި މާޝާﷲ މިހާރު ލޯބިކަން…ތިއީވެސް ކިހާ ބޮޑު ހެޔޮ ބަދަލެއް… ވިސްނާލަބަލަ” ޔުދާ ނައިޝާއަށް ވިސްނާދިނެވެ. […]
“އަޅެ ބައްޕާ ކާރެއްްވެސް ގަތީތަ؟” ނައިޝާ އަހާލިއެވެ. “އާނ… ނައި ލަންކާގަ ހުރިއިރު ކާރުދުއްވަން ދަސްކުރީމަ ބައްޕަ ހިތަށްއެރީ ދަރިފުޅަށް ކާރެއް ގަނެދޭން…ކަމުދޭތަ މިކާރު؟… ނައިއަށް ރީތީ ޕިންކު ކުލައަށްވާތީ ބައްޕަ މިކުލަ ގަތީ” ނައިޝާއަށް އޭނާގެ ބައްޕަ ބުނެލިއެވެ. “ވަރަށް ރީތި… އެކަމަކު…” ނައިޝާ ބުނަން އުޅުނެެވެ. “ދަރިފުޅު އަނެއްކާވެސް ދެކޮޅުހަދަންދޯ ތިއުޅެނީ… ތިބުނީނު ވަރަށް ރީއްޗޭ އެހެންވީމާ ނިމުނީ…ދެން ދަރިފުޅު ލައިސެންސް ނަގަންވީ” ނައިޝާގެ ބައްޕަ ބުނެލިއެވެ. “މެންދުރު ކައްކާނެ ކަމެއްނެތް ތަނަކަށް ގޮއްސަ […]
“ނައީ ދަރިފުޅާ އާދެބަލަ” ހެނދުނު އަށެއް ޖެހިއިރު ކޮޓަރީގެ އެނދުމަތި ރީތިކުރަން ހުރި ނައިޝާއަށް އޭނާގެ ބައްޕަ ގޮވާލި އެވެ. ނައިޝާ އޭނަގެ ބައްޕަ ކައިރިއަށް ސިޓިންރޫމަަށް ނިކުތްއިރު ނައިޝާގެ މަންމަވެސް އޭނާގެ ބައްޕަ ކައިރީގައި އިނެވެ. “ބައްޕަ އިއްޔެ ބުނީމެއްނު ފޮޓޯތަކެއް ފޮނުވާނޭ ތަންތަނުގެ….މިހުރީ ފޮޓޯތަކެއް…މިތަނުން ދަރިފުޅު ބަލާފަ ހިތްހަމަ ޖެހޭތަނެއް ބައްޕަ ގާތު ބުނޭ” ނައިޝާގެ އަތަށް އޭނާގެ ބައްޕަ ފޯނު ދިއްކޮށްލަމުން ބުނެލިއެވެ. ފޯނުގައި ހިފުމަށް ފަހު ފަހަރަކު ފޮޓޯއެއް ނައިޝާ ބަލަމުންދިޔައެވެ.ކޮންމެ […]
ފަރި ހިނގުމެކެވެ. ރަކި ބެލުމެކެވެ. ކޯތާފަތުގައި ވީ ޖަންބު ކުލައެވެ. ތުންފަތުން ހަދިޔާކުރީ ލުއި ހިނިތުންވުމެކެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ސިއްރެއްވާ ފަދަ އެވެ. ތުނި ހަށިގަނޑެކެވެ. ލާފައި ހުރި ލިބާހުގެ ފެހިކަން ގަދައެވެ. ބޯވަޅުގައި ހުރި ރަނާއި ރިހި ކުލައިގެ ވިދުން ގަދައެވެ. ކަޅުކަންގަދަ އިސްތަށިގަނޑުގެ ކަނޑުރާމަތިން ހުޅިއަކަށް އައްސާލާފައި އޮތް އިރު ހުޅީގެ ހައްޔަރުން ބޭރުވެފައި ހުރި އިސްތަށިތައް ދިޔައީ އޭނާގެ މޫނުގައި ފިރުމަމުންނެވެ. އެއީ އެފަދަ ދެވަނައެއް ނުވާ ގޮއްޔެއެވެ. މަގޭ ގޮއްޔެއެވެ. […]