މަކުނުދޫގެ ޒިޔާރަތް (ބަނދި)

- by - 43- April 14, 2018

ޒިޔާރަތޭ ޒިޔާރަތޭ               މަކުނުދޫގެ ޒިޔާރަތޭ

އަޑު އިވެޔޭ ބިރުވެރިޔޭ            ދެލޯރަތޭ ކެހެރި ހުރޭ

ހޯލިތަކެއް މުގުރާފާ              އަންނަ އަޑެއް  އިވޭ ބުނޭ

އަންނަ ތަނެއް ވަންނަ ތަނެއް       އެކަކަށްވެސް ނުވެއްފެނޭ

އަލިގުޅަތައް ރޭގަނޑުގައި          އެދިމާލަށް ފައިބާނޭ

އަޑުފައްގަނޑަކާއެކުގައި           ގަސްތައްވެސް މުލުންލުހޭ

އެބަނުކުމޭ އެބަނުކުމޭ            އެއްކަލައެތި އެބަނުކުމޭ

ހަންޑިއެކޭ ޖިންނިއެކޭ            ފުރޭތައޭ އިފުރީތޭ

ހަސަންބެއާ އިދުރީހާ             މުހަންމަދާ ކާސިމުއާ

ލަސްނުވެ ފަަންޑިތަ ހެދުމަށް        ފަށައިގަނޭ އަވަސް ކުރޭ

އޭތިދުވޭ ފިލަންދުވޭ             ބިންގަޑު ހަލުވާލާފާ

ގެއްލިއްޖޭ ގެއްލިއްޖޭ            ފުރޭތަ ދެން ގެއްލިއްޖޭ

ފޭބީއޭ ފޭބީއޭ                 ނޫކުލަ ގަދަ މާކަނޑަށޭ

އޭގެފަހުން އަދި އަދަކަށް          އޭއްޗެއް އުނދަގޫ ނުކުރޭ

43

Ilmaan Ahmed

I love to read and write about dhivehi literature im not working but still studying and hope is there to become a -----------

You may also like...

11 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ

Leave a Reply

Your email address will not be published.