ހަތަރުވަނަބައި ނިހާޔަތުމެން ދޯނިން ފޭބުމާއެކު މެދުއުމުރުގެ އަންހެނަކު އައިސް އަސްރާ އުރާލިއެވެ. ހަމައެހެންމެ ނިހާޔަތުގެ މޫނަށް ބަލާލަމުން ހާލު ކިހިނެތްތޯ އަހާލި އެވެ. އޭރު އޭނާގެ މޫނުމަތިން ފާޅުވަމުންދަނީ އުފަލާއި ހިތްހަމަޖެހުމުގެ އިތުރުން ގާތްކަމާއި އޯގާތެރި ކަމެވެ. އަސްރާ އުރައިގެންހުރެ ނިހާޔަތާއި ވާހަކަދައްކަމުންދާ އަންހެންމީހާ އަކީ ސިފާންގެ މަންމައާ އެއްބަނޑު އެއްބަފާ މީހެއްކަމާއި ސިފާންގެ ބޮޑުދައިތަ ފާރިސާ ކަމަށް ނިހާޔަތުގާތު ސިފާން ބުންޏެވެ. އަދި ދެމީހުން ދެމީހުންނަށް ތަޢާރަފް ކޮށް ދިނެވެ. ނިހާޔަތުގެ މޫނުމަތިން ވެސް ފާޅުވަމުންދަނީ […]
ތިންވަނަބައި ސިފާންމެން ރަށުގައި ސިފާންމެން ދިރިއުޅުނު ގެ މިހާރު ވެސް ރަނގަޅަށް އެބަހުއްޓެވެ.އެގޭގައި އެއްވެސް ބަޔަކު ދިރިނޫޅޭތާ މިހާރު ހައެއްކައަހަރު ވެފައިވާތީ އެގެ ހުންނާނެގޮތެއް ސިފާނަކަށްވެސް ނޭނގެއެވެ. ސިފާންމެން މާލެއައިފަހުން އެގޭގައި ދިރިއުޅެމުން ދިޔައީ ރަށުންބޭރުން އައިސް ކުއްޔަށް އުޅުނު މީސްމީހުންނެވެ. އެހެނަސް އެފަދަބަޔަކު ވެސް އެގޭގައި ނޫޅޭތާ މިހާރު ހައެއްކައަހަރު ވީއެވެ. ނިހާޔަތާއި ސިފާން ވާހަކަދައްކާ މަޝްވަރާކުރުމަށްފަހު ނިންމީ،އެދެމަފިރިންގެ ދަރިފުޅަށް ދެއަހަރުފުރުމުން ސިފާންމެންގެ ރަށަށް ދިރިއުޅުން ބަދަލުކުރާށެވެ. އޭރަށް ފައިސާކޮޅެއް ޖަމާކޮށް އެފައިސާއިން ގޭތެރޭގެ މަރާމާތުތައް […]
ދެވަނަބައި ދުވަސްތައް މާޒީއާއި އެކުވަމުންދިޔައިރު ނިހާޔަތާއި ސިފާންގެ ލޯބީގެގުޅުންވެސް ތަރައްޤީވަމުންކުރިއަރަމުންބަދަހިވަމުން ދިޔައެވެ. އެކަމުގެ ސަބަބުން އެދެޒުވާނުންނަށް ލިބެމުންދިޔަ އުފަލާއި ހިތްހަމަޖެހުން ވެސް އިތުރުވަމުން ދިޔައެވެ. ސިފާންމެން ވަޒީފާއަދާކުރަމުންދާ ފިހާރައިގެ ފަރާތުން ރާއްޖެތެރެއަށް ކުރަމުންދާ ދަތުރުތަކުގައި ސިފާން ވެސް ވަރަށްގިނައިން ދާންޖެހެއެވެ. ހަމައެހެންމެ ރާއްޖެތެރޭގައި ހިންގާ ފިހާރަތަކުގެ އެކިއެކި މަސައްކަތްތަކުގައި ރާއްޖެތެރޭގައި އުޅޭން ވެސް ޖެހެއެވެ. އެފަދަކަންކަން ތަކުރާރުވަމުން ދާންފެށުމުން ސިފާން ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހުނު ނަމަވެސް ނިހާޔަތު އެދެމުންދިޔަ އެދުމުގެ މަތިންނާއި އެކަމުން ލިބޭ ފައިސާ އިތުރުވަމުންދާތީ […]
ފެށުން ސިފާނާއި ނިހާޔަތުބައްދަލުވީ އެއްފިހާރައެއްގައި ވަޒީފާ އަދާކުރަމުން ދިޔަ ދުވަސްވަރު އެތަނުންނެވެ. ނިހާޔަތަކީ އުމުރުންވިއްސަކަށްއަހަރުގެޒުވާނެކެވެ.ހެދިހުރި ފުރިހަމަ ހަށިގަނޑަކާއި ހެޔޮވަރުގެއިސްކޮޅެއް ލިބިފައިވާނިހާޔަތުގެމޫނާއިހަށިގަނޑުގެ ކުލައައްޔެވެ. ބައްޓަންތަކާއިހަށިގަނޑުގެގުޅުންބަދިހިކަމަށްއިތުރު ފުރިހަމަކަމެއްލިބެނީ އޭނާ ބޭނުންކުރާ ޒަމާނީ ހެދުންތަކުގެ ސަބަބުންނެވެ. އޭނާގެ ކުލައަލި އޮމާންމޫނަށް އިތުރު ފުރިހަމަކަމެއްލިބިފައިވަނީ އޭނާގެ ބޮޑުދެލޮލާއި ހިތިފަތުބުމައިގެ އިތުރުން ކޯތާފަތްމަތިން ފާޅުވާ ޖަންބު ކުލައިގެ ސަބަބުންނެވެ. ހަމައެހެންމެހީލުމުން ކޯތާފަތްމަތިންފާޅުވާއަޑިކޮޅަކީ ވެސް އޭނާގެ މޫނަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ކަމެކެވެ. އޭނާއަށް ލިބިފައިވާ ކަޅުކުލަގަދަ ފަން އިސްތަށިގަނޑަކީ ވެސް އޭނާއާމެދުގައި މީހުން ޝައުޤުވެރިވާ […]
އެސްފިޔަ ކުރުވާހަކަ މުބާރާތް 2013 އަކީ 1434 ވަނަ އަހަރުގެ ރޯދަ މަހާއި ގުޅުވައިގެން އެސްފިޔަ.ކޮމް އިން ކުރިއަށް ގެންދާ ކުރުވާހަކަ މުބާރާތެކެވެ. މިބުރާތުގެ މަޤްޞަދަކީ ދިވެހި ބަހަށް ލޯބިޖެއްސުމާއި ދިވެހި ބަސް ކުރިއެރުވުމެވެ. މިމުބާރާތުގެ ވަނަތަކާއި ވަނަ ހޮވޭގޮތްތައް އަދި މުބާރާތުގެ ޤަވާއިދު ތިރީގައި އެވަނީއެވެ. މިމުބާރާތަށް ވާހަކަ ހުށައެޅުމަށް މި ލިންކް ބޭނުންކުރައްވާ. އެސްފިޔަ ކުރުވާހަކަ މުބާރާތް 2013ގެ ފޭސްބުކް އިވެންޓް ވަނަ ހޮވޭ ގޮތް: o މިމުބާރާތުގެ ވަނަ ހޮވުމުގައި ބެލެވޭ […]
ނިމުން އަހްމަދު ފޯނުކޮށް އެވާހަކަ ބުނުމާއެކުހެން ދެފަރާތު ޢާއިލާގެ އިސްމީހުންތައް ގެއަށް ޖަމާވާން ފެށިއެވެ. މަރުވެފައިވާ މުދިންބެގެ ހަށިގަނޑު ފެނުނު އެންމެން ވެސް ބުނަމުންދަނީ މުދިންބެގެ މަރަކީ ގުދުރަތީ މަރެއްކަމަށް ގަބޫލު ކުރާން އުނދަގޫ ކަމަށެވެ. އެހެނަސް އެންމެން ވާހަކަ ދައްކާ މަޝްވަރާ ކުރުމަށްފަހު މުދިންބެ ހިނަވާ ކަފުންކޮށް ވަޅުލުމުގެ މަސައްކަތް ފެށިއެވެ. އަންހެންވެރިންނާއި ޒުވާން އަންހެން ކުދިންތައް މަސައްކަތް ކުރަމުން ދިޔައީ އިނާ އާއި ޒޭބީ އަދި ދިޔާނާ ހަމައަކަށް އަޅުވާށެވެ. މުދިންބެގެ މަރުގެ ޚަބަރު […]
ސޯޅަވަނަބައި ވިސާމަކީ ވެސް މުދިންބެ ކޮންމެވެސް ވަރަކަށް ދަންނަ މީހެކެވެ. ހަމައެހެންމެ ވިސާމް އުޅެނީ ރަށުންބޭރު ކުއްޖަކާއި އިނދެގެން ކަމާއި އެއަންހެންކުއްޖާ ދިރިއުޅެމުންދަނީ މިރަށުގައިކަން މުދިންބެއަށް އެނގެއެވެ. އަދި އެއަންހެންކުއްޖާއަކީ މިރަށަށް އެންމެފަހުން ދިރިއުޅުން ބަދަލުކުރި އަންހެންކުއްޖާކަން ވެސް މުދިންބެއަށް އެނގެއެވެ. އަސްރުނަމާދު ކޮށްގެން ޤުރުއާން ކިޔަވާން ބައިގަޑިއެއްހާއިރު މިސްކިތުގައި މަޑުކުރުމަށްފަހު މުދިންބެ މިސްކިތުން ފޭބިއިރު މިސްކިތުގައި އެހެން މީހަކު ނެތެވެ. މިސްކިތުން ފައިބާގެން ގޮސް ގަބުރުސްތާނުގައި ފަނަރަވަރަކަށް މިނިޓް ހޭދަކުރުމަށްފަހު މުދިންބެ އެތަނުން ނުކުތެވެ. އަދި […]
ފަނަރަވަނަބައި ކޮށި ހުޅުވާލުމަށްފަހު ހިނިތުން ވެލަމުން ނީނާ އެތެރެއަށް ވަނެވެ. އެއާއެކުހެން ދޫނި ތަކުގެ ހަރަކާތް އަވަސްވެ އަޑު ބާރު ވިއެވެ. ނީނާ މަސައްކަތް ކުރަމުން ދިޔައީ އެތަނުން ދޫންޏެއް ހިފާން ނަމަވެސް އެކަމުގައި އޭނާ އަކަށް ކާމިޔާބެއް ކުރި އެރުމެއް ނުލިބުނެވެ. އެހެންވެ އޭނާ ހިތްހަމަ ނުޖެހުނުކަން އޭނާގެ މޫނުމަތިން ފާޅުވި ކުލަވަރުން އެނގުނެވެ. މެންދަމުގެ ވަގުތު ގާތްވަމުން އަންނާތީ ރަށުތެރޭން ފެންނަމުންދަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. މަގެއްމަތިން ނުވަތަ އާންމުން އެއްވެ އުޅޭ މައިދާނަކުން ވިޔަސް […]
ސާދަވަނަބައި ހޭއެރުމާއެކުހެން އަންޖާމު ފެށީ ރޯށެވެ. އެހެނަސް މަރީނާ އާއި އަބްދުލް ހާދީމެންގެ ހެޔޮނަސޭހަތާއި ވިސްނައިދެމުންދިޔަ ވިސްނައި ދިނުން ތަކުގެ ސަބަބުން އަންޖާމު ކޮންމެ ވެސް ވަރަކަށް ހަމައަކަށް އެޅުނެވެ. ޒުބޭދާގެ މަރުގެ ޚަބަރު ލިބުމާއެކުހެން ޒުބޭދާގެ ޢާއިލާމެންބަރުންނާއި އަންޖާމުގެ ޢާއިލާމެންބަރުން ލޯންޗެއްގައި އެރަށަށް އައިސް ފިއެވެ. އޭރު އެއެންމެންގެ މޫނުމަތިން ވެސް ފެންނަމުންދަނީ ހިތާމައާ ހިތްދަތިކަމުގެ އަސަރުތަކެވެ. ކަރުނައިގެ ސަބަބުން ލޯތައް ވަނީ ފެންކަޅި ވެފައެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނެތި ނެގިމަޑުވެފައި ތިބި […]