ތޭރަވަނަބައި ސިއްސައިގެން ގޮސް ޒުބޭދާއަށް ހޭލެވުނީ ނޭވާ ހާސްވެގެންނެވެ. އެއްވެސް މީހަކު ފެންނާން ނެތް ނަމަވެސް ވަރަށް ބާރަށް ކަރުގައި ހިފާފައިވާ ކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ. ފެނުނު މަންޒަރުން ގަތްބިރާއި ލިބެމުންދާ ވޭނުން ސަލާމަތްވުމަށްޓަކައި ޒުބޭދާ ހަޅޭލެވޭތޯ މަސައްކަތް ކުރި ނަމަވެސް އަޑެއް ބޭރެއް ނުވިއެވެ. ނުހަނު ބާރަށް އިވޭންފެށި ތޫލިއަޑުގެ ސަބަބުން ކަންފަތަށް ވެސް އުނދަގޫވަމުން ދިޔައެވެ. ކަރުގައި ހިފާ އޭނާގެ ނޭވާ ހާސްކުރާން މަސައްކަތް ކުރަމުންދިޔަ ނުފެންނަ އަތުގެ ކިބައިން ސަލާމަތްވުމަށް މަސައްކަތް […]
ބާރަވަނަބައި އިރުގެ ހަލުވި ދައުރުވުމާއެކު ވަގުތުތައް ފާއިތުވަމުން އައިސް މެންދުރުގެ ހޫނުކަމުގެ މައްޗަށް ހަވީރުގެ ފިނިކަން ގަދަވެ ގަނެއްޖެއެވެ. ކުރިއްސުރެ ވާހަކަދައްކާ މަޝްވަރާ ކޮށްފައިވާ ފަދައިން ހަވީރު ސައިބޮއިގެން އަންޖާމުމެން ހަމީހުން ނުކުތީ ނީނާގެ ޚަބަރެއް ވޭތޯ އެވެ. ޒުބޭދާ އާއި އަންޖާމު ބޭނުންވަނީ ކޮންމެ ގޮތަކުން ނަމަވެސް ނީނާއާ ބައްދަލު ކުރާށެވެ. ނީނާއާ އެންމެ ފަސޭހައިން ބައްދަލުވާނީ ވިސާމްމެން ގެއިން ކަމަށްވާތީ ޒުބޭދާ އާއި ވިސާމް ގޮވައިގެން އަބްދުލް ހާދީ ދިޔަގޮތަށް ދިޔައީ ވިސާމްމެން ގެއަށެވެ. […]
އެގާރަވަނަބައި ވިރާސްގެ ރައްޓެހިން އެރަށުގައި ތިބިވަރު ފެނި އެމީހުންގެ އޯގާތެރިކަމާއި ހިތްހެޔޮކަން ފެނުމުން ޒުބޭދާ އާއި އަންޖާމު ތިބީ ވަރަށް އުފާވެ ހިތްހަމަ ޖެހިފައެވެ. ހަމައެހެންމެ ހިތާހިތުން އެފަރާތްތަކަށް ޝުކުރު އަދާކުރުމުގައެވެ. ” އަހަރުމެންނާއި އެކުގައި ބައްޕަ އައިނަމަ ގޭގައި މަޑުކޮށްލާނެ ވަގުތެއް ނުވާނެދޯ؟ ” އަންޖާމާއި ދިމާއަށް ހިނިތުން ވެލަމުން ޒުބޭދާ ބުންޏެވެ. އެއާއެކުހެން އާނއެކޭ ބުނާފަދައަކުން އަންޖާމު ބޯ ޖަހާލިއެވެ. ހޮނިހިރު ދުވަހެއްގެ ހެނދުނު ދިހައެއް ޖަހާކަން ހާއިރެވެ. ރަށުގެ އަތިރިމައްޗާއި ދިމާއަށް ހިނގަމުންދިޔަ […]
ދިހަވަނަބައި ޒުބޭދާއާ ކައިވެނިކުރުމަށް އެތައް ޒުވާނުންނެއް އެދިއެދި ތިއްބާ އަންޖާމާއި ޒުބޭދާ ކައިވެނި ކުރުން ވެގެން ދިޔައީ ވަރަށް ގިނަ ޒުވާނުން ރުޅިއައި ކަމަކަށެވެ. ފާޅުގައި އެއްޗެކޭ ނުބުނި ނަމަވެސް އެކަމާ ޙަސަދަވެރިވެ ނުބައި ރޭވުންތައް ރާވަމުންދިޔަ ބަޔަކު ތިބި ނަމަވެސް ޒުބޭދާ އާއި އަންޖާމަކަށް އަދި އެދެ ޢާއިލާގެ މީހުންނަކަށް އެކަމެއް ނޭނގެއެވެ. ރާއްޖެތޭރެގެ އެކިސަރަހައްދުތަކުގައި ދިރިއުޅެމުންދާ ރައްޓެހިންގެ ތެރޭން ވިރާސްގެ އެންމެގިނަ ރައްޓެހިން ތިބި ރަށަކީ ރަސްދޫ ކަމަށްވާތީ އާއި ރަސްދޫއަކީ ކުރިއަރަމުން ތަރައްޤީވަމުން […]
ނިމުން އަސްފާން ހުރީ ވަގުތަކަށް ބަލަބަލަ ކަހަލައެވެ. އަސްފާންގެ ފަރާތުން ލިބެމުންދިޔަ ލޯބީގެ އިސްގީ މަސްތީ ފިރުމުން ތަކުގެ ސަބަބުން ، ހަށިގަނޑަށް ލިބެމުންދިޔަ އުފަލާއި ހިތްހަމަޖެހުމުގެ އަވާގައިޖެހި، އެކަމަށްއެދި ގެއްލިފައިހުރި ބިސާރާއަށް ވަގުތުތައް ހޭދަވަމުންދިޔަގޮތެއް ޢަމަލުކުރެވެމުންދިޔަގޮތެއް ވެސް ނޭނގޭ ކަހަލައެވެ. މިސްކިތުތާޅަފިލީން ރަށުތެރެއަށް ފެތުރިގެންދިޔަ އިސާނަމާދު ބަންގީގެ ބާރުއަޑާއި އެކުހެން ބިސާރާ ސިއްސައިގެން ދިޔައެވެ. އެއާއެކުހެން މުޅިތަނަށް ފެތުރިގެން ދިޔަ ދުންގަނޑުގެ ތެރޭން އުފެދުނު އަލިފާންގަނޑާ އެކުވެގެން އަސްފާން މައްޗަށް އަރައިގެން ގޮސް ޖައްވުގެތެރެއަށް ގެއްލިއްޖެއެވެ. […]
ފެށުން އުމުރުން އަށާރަވަރަކަށް އަހަރުގެ ބިސާރާއަކީ ރީތިކަމާއި ފުރިހަމަކަމަށް ބަލާނަމަ ފާހަގަކުރެވޭފަދަ ރީތި އަދި ފުރިހަމަ ޒުވާނެކެވެ. ހިމަތޮޅި ލޫޅާފަތި ހަށިގަނޑެއް ލިބިފައިވާ ބިސާރާއަކީ އެންމެ މިހާރުގެފެޝަންތަކަށް ލޯބިކުރާ އަދި ބިސާރާ ބޭނުންކުރާ ޒަމާނީ ހެދުންތަކާއި ރީތިވުމަށް ބޭނުންކުރާ ޒަމާނީތަކެތީގެ ސަބަބުން އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ލިބިފައިވާ ޒުވާނެކެވެ. ބިސާރާގެ މަންމަ ނަޒްމީނާ އާއި އާމިލްގެ މަންމަ ސާމިޔާއަކީ ދުރުތާ ތިމާގެ ދެމީހުނަށް ވުމުގެ އިތުރުން ކުޑައިރުއް ސުރެ އެކުގައި އުޅެމުންއައި ވަރަށް ގާތް ދެއެކުވެރިންނެވެ. […]
ނުވަވަނަބައި ރަށުތެރޭން ފާޅުވަމުންދާ ހަމަހިމޭންކަމާއި ފަޅުކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. ވިސާމް ގެއަށް ދިޔައިރު އަލީ އަހްމަދު އޮތީ ނިދާފައެވެ. އަލީ އަހްމަދުގެ ސަބަބުން އޭނާއަށް އޭނާގެ ލޯބި ކާމިޔާބުވީތީ ހިތާ ހިތުން އޭނާއަށް ޝުކުރުއަދާކުރަމުން ވިސާމް އަރާ އެނދުގައި އޮށޯތުމާއެކުހެން އޭނާއަށް ނިދިއްޖެއެވެ. ފަތިސްނަމާދު ވަގުތުގެ ބަންގިއާއެކުހެން ރަށުތެރެއަށް ހަލަބޮލިކަން ވެރިވާން ފެށިއެވެ. އަޅުވެރިން މިސްކިތާއި ދިމާއަށް ދިޔައިރު ބައެއް މީސްމީހުން އެހެން ކަންކަމާއިގެން ވެސް އުޅެން ފެށިއެވެ. ހާލާއި ކާޅުގެ އަޑު ފަހަރަކަށްވުރެ ފަހަރެއް […]
އަށްވަނަބައި ދުންކިބައިގެ ދުމުގެ ކުލަ ރަތަށް ބަދަލުވެގެން ދިއުމާއެކު އަލީ އަހްމަދު ކިޔެވެލީގެ އަޑު ބާރުކޮށްލީ ކަމެއް އެނގިގެން ކުރި ފަދައަކުންނެވެ. އަދި ވަރަށް ޝައުޤުވެރިކަމާއެކު އަވަސް އަވަހަށް ވަށައިގެން ހޯދާލިއެވެ. އޭރު އޭނާގެ މޫނުމަތިން ފާޅުވަމުން ދަނީ ހިތްހަމަޖެހުމާއި ކާމިޔާބުގެ އަސަރުތަކެވެ. އޮޔާއި ވަޔާ ރާޅާއެކު ވެލިގަނޑުގައި ބީހެމުންދިޔަ ފަންވަތްތަކުގެކުލަ ރަތްވާން ފެށިތާ މާގިނައިރެއް ނުވަނީސް ހުރިހާ ފަންވަތެއްގެ ކުލަ ރަތަށް ބަދަލުވެގެން ދިޔައެވެ. ފަރުމަސްވެރިކަމުގައި އުޅުމަށްފަހު ރަށާއިދިމާއަށް ދަތުރުކުރަމުން އައި ދޯނީގެ ކުނބުކުރިން ކުއްލިއަކަށް […]
ހަވީރު ހަތަރުގަޑި ތިރީސްކަން ހާއިރެވެ. ރަށުގެ އަތިރިމަތީގައި ހަރަކާތްތެރިވަމުން ދިޔަ މީހުންގެ ތެރެއިން ގިނަބަޔެއްގެ މިސްރާބަކަށް ވެފައިވަނީ ފެރީގިމަތަ އެވެ. ސަރުކާރުން ދެމުންދާ ދަތުރުފަތުރުގެ ފަސޭހަ ނިޒާމުގެ ތެރެއިން މާލެއިން އަންނަ ގާތް ތިމާގެ މީހުންނާއި ރައްޓެހިންނާއި ބައްދަލުކޮށްލާ އެމީހުންނަށް މަރުޙަބާ ކިޔުމަށް އެބައިމީހުން އަވަސްވެފައި ވެއެވެ. ހެދިހުރި ކަސްރަތީ ހަށިގަނޑަކާއި ފުރިހަމަ އިސްކޮޅެއް ލިބިފައިވާ ވިސާމަކީ އުމުރުގެ ޒުވާންދުވަސްތައް ގުނަމުންދިޔަ ޒުވާނެކެވެ. ވިސާމަށް ލިބިފައިވާ ފުރިހަމަކަމަށް އިތުރު ކުރިއެރުމެއް ލިބިފައިވަނީ އޭނާގެ ފުނާއެޅުމުގައި ގެންގުޅޭ ޒަމާނީ […]