Skip to content
އެސްފިޔަ

ސިންގާ

[box type=”note” align=”aligncenter” ]މިވާހަކަ އަކީ އއ. ފެރިދޫ އަފްސަލް، އެސްފިޔައިގެ އެދުމުގެމަތިން ހަދިޔާކުރައްވާފައިވާ ވާހަކައެކެވެ.[/box]

ޒައިންގެ ދެލޯ ބޮޑުވެ ، މޫނުމަތީން އޮށްދާ ހިއްލަމުން ދިޔައިރު، މުޅި ހަށިގަނޑުގައި ”ބަބުރު” ވަހޭ މިކިޔާ ވަހެއް އެކުލެވިފައިވިއެވެ. އެންމެ ސިކުންތަކަށްވެސް މަޑު ކޮއްލުމެއްނެތި ޒައިން ބާރަށް ދުވަމުން ދިޔައެވެ. ފަހަތުން ސިންގާއެއްގެ ނުބައި އަޑު އިވެމުން ދިޔައެވެ. އަނެއްކޮޅުން ރޭގަނޑުގެ ކަނު އަނދިރިކަން ވެރިވެފައިވުމުން، ކަނު މީހެއްގެ ޙާލުގައި ހުރެގެން ކުރިއަށް ދުވަމުން ދިޔައެވެ. އޭރުވެސް ހުއްޓުމެއްނެތި ޒައިންގެ ފަހަތުން ސިންގާއެއްގެ ނުބައި އަޑު އިވެމުން ދިޔައެވެ. ޖީބުގައި އޮތް ފޯނު ވައިބުރޭޓުވަމުން ދިޔަ ނަމަވެސް ފުރާނަ މަރަށް ހުށަހެޅިފައިވާއިރު ފޯނު ނަގަން އުޅޭނީ މޮޔައެއް ނޫނީ ކާކު ހެއްޔެވެ؟

ޒައިން ނެތްހިރުވަރު ލާފައި، ދުވަމުން ގޮސް ވަލުތެރޭ ގަހެއްގައި އަޅައިގަނެފާ ވެއްޓުނެވެ. ވެއްޓި ޒައިންގެ މުޅި ގައިގެ އެތަން މިތަން ކެނޑިގެން ލޭ އަންނަމުންދިޔައީ ކަށިކުނބުރު ގަސްތަކުގެ ކަށިތަކުގައި އަޅައިގަތުމުންނެވެ. ކޮޅަށްތެދުވެ އަނެއްކާވެސް ދުއްވައިގަތީ ސިންގާގެ ބަރު އަޑު އިވެން ފެށުމުންނެވެ. ލައިގެން ހުރި ޓީޝާޓު ގަހެއްގައި އެލުވިފައިވުމުން އެ ނައްޓައިލަމުން ދުވަމުން، ދުވަމުން ގޮސް ރުކެއްގައި ޖެހި ތަރަވެ، ބޮލަށް އެނބުރުން އަރާފައި އިރުކޮޅަކު ހުއްޓައި އަނެއްކާވެސް އެ ސިންގާގެ އަޑު އިވުމުން އޭނާ ޖެހުނު ރުކަށް އަރަން އުޅެފައި، ވިސްނާލިއެވެ. އޭރު ގޮނޑުދޮށުން ރާޅު ޖަހައި އަޑު އިވެމުން ދިޔައެވެ. ޒައިން ވަރަށް އުނދަގޫ ޙާލުން ރާޅުގެ އަޑު އައި ދިމާ ހޯދައިގެން ގޮންޑޯޅި މަތީ ހުރެ، މޫދަށް ފުންމާލިއެވެ.

ވަގުތުން ސިންގާގެ ނުބައި އަޑު ކެނޑުނެވެ. ގަނެފައި ހުރި ބިރު ފިލައި، އެއްކޮށް ހަމައަކަށް އެޅިއްޖެއެވެ. ޒައިން އޭނާގެ ފޯނަށް ގުޅީ ކާކުތޯ ބަލާލަން ހަނދާންވެއްޖެއެވެ. ނަމަވެސް ސެމްސަންގ ގެލެކުސީ ފޯނާއެކު މޫދަށް ފުންމާލުމުން، ގައިގާ ވެފައި ހުރި ޒަޙަމް ތަކަށްވުރެ ބޮޑެތި ޒަޙަމްތަކެއް ހިތަށްވެ، ދެރަވެއްޖެއެވެ.

ޒައިންއަށް ރަނގަޅަށް ވިސްނާލެވުނެވެ. ސިންގާގެ އަޑު އައީ ކޮންތާކުންތޯއެވެ؟ ޒައިން ހަނދާންވިއެވެ. އޭނާގެ އަންހެނުން މީޝަލް ބިރުގަންނަވަން ސިންގާއެއްގެ އަޑު ފޯނަށް އެޅި ހަނދާންވިއެވެ. އެހެންވެއްޖެކަމަށްވާނަމަ، އެ އަޑު އައީ އެރޭ ދަންވަރު ނިދަން އޮށޯންނަ ގަޑިއަށް އޭނާ ފޯނު އެލާމްކޮށްފައިވުމުން ތިރީސް މިނެޓު ވަންދެނެވެ.

Comments (13)

  1. azma

    salhi

  2. ހަސަނު

    ފޭހުނު އިލޮށިގަނޑު ހެރުނީތާ! ރީތި ވާހަކަެއް

  3. hasan

    feyhunu iloshi gadu herunee….. varah salhi

  4. haa

    V hadi vaahaka eh

    1. swyt
      haa

      kocheh kiyantha thiulheny… afsal ah mi dhairain kuri erun libeythy dhw eyna ah thivarah jahsaalain thiulheny e ulhey bayaku.. eyna liyun huhtalymaves hinhama eh nujehunu dhw… afsal go ahead …. i love ur stories…

  5. yama leeko

    gadha ingey

  6. Elyyyy

    VARAH SALHI

    1. SA
      Elyyyy

      VARAH SALHI

  7. princess

    3> nice lol

  8. testing carried

    mashah vure nubai dhoa… mashah ves thihen vi…… nice

  9. Faxoo

    varah reethi adhi varah majaa 😀

  10. HONEY

    Hehehe… funny.. assu ibaaraiyythah hama varah perfect ingey.. keep it up dude..

    1. Iyaadh
      HONEY

      Yh……..Ibraiytheri vaahaka akaa gulhey……. Nice One BRW

Comments are closed.