Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ހަތިޔާރު (ނިމުމުގެ ފެށުން: ދެވަނަ ބައި)

Jaishan Level 110 Stories
February 26, 2014 4 Mins Read
4 Comments

އިރަމް

   އަތް މުށްކަރުވާލައިގެން ހުރެވުން އިރެއް އަހަރެންނަކަށް ނޭގެއެވެ. އެހެން ނޫންނަމަ އެއްޗެއް ހަމަ ގައިމުވެސް ހަލާކުވީހެވެ. އަހަރެން ގާތަށް އައި ރުޅި ބަޔާން ކުރަން ވެސް ނޭނގެއެވެ. މި ވަގުތު ޝަހުދު އަހަރެން އަތް ޖެހޭ ފަށުގައި ހުރި ނަމަ އޭނާ މަރާލާނަމެވެ. އަހަރެންނަށް ކުރިންވެސް ޝަހުދަށް އިތުބާރު ނުކުރެވޭނެކަން އެނގެއެވެ. ނަމަވެސް މިހާރު މާބޮޑަށް ލަސްވީއެވެ.

   އަހަރެންނަށް ދެން ކުރަންވީ ކަމެއްވެސް އެނގެއެވެ. އަހަރެންނަށް ކުރެވެން އޮތް ހަމަ އެކަނި ކަމަކީވެސް އެއީ ކަންނޭނގެއެވެ. ޝެނިންއަށް ސަލާމަތްކަން ދިނުމަކީ މިހާރު އަހަރެންގެ ހަމަ އެކަނި މަގްޞަދެވެ. ލިވީއަށްވެސް އަހަރެން ހިތުލައިން ހުރި އެއްޗެއް އެނގުން ކަހަލައެވެ. އަހަރެންގެ އަތުގައި ހިފިއެވެ.

   “ދާން ވީތަ؟” ލިވީ މަޑުމަޑުން ބުންޏެވެ. އަހަރެންނަށް ޖަވާބު ދެވުނީ ބޮލުންނެވެ. މި ދެމަސް ދުވަސް ވަންދެން ދުވަމުން އައި މީހުންތައް ކައިރިއަށް އަލުން ދާން ޖެހުނީއެވެ. އަމިއްލަ އެމީހުންނާއި ހަވާލު ވާން ވިޔަސް އަހަރެން އެ ނޫން ކަމެއް ނުކުރާނަމެވެ. “ރެޑީ؟” ލިވީ އަހަރެންގެ އަތުން ދޫކޮށްލަމުން ބުންޏެވެ. މިފަހަރުވެސް އަހަރެންނަށް ޖަވާބު ދެވުނީ ބޮލުންނެވެ.

   ލިވީ ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ލޯ ދިއްލުނީ ދެނެވެ. ބިއްލޫރި އަލިފާން ކުލައަކުންނެވެ. އަހަރެން ބެލީމެވެ. ދެން އަންނަން އޮތް އެއްޗަކަށް ތައްޔާރު ވަމުންނެވެ. ނަމަވެސް އަހަރެންނަށް އެއްޗެއް ވިސްނުނީ ދެނެވެ. “ހުއްޓަ އިހަށް.” އަހަރެން ބުނީމެވެ. “ތައްޔާރު ވެގެން ދޯ ދެވޭނީ.” އަހަރެން ބުނީމެވެ. އަހަރެންނަށް އެނގެއެވެ. އެމީހުން ތިބޭނީ އަހަރެމެންނަށް ތައްޔާރު ވެއެވެ. އަހަރެމެންނަށް ކުރެވޭނޭ މާކަށް ގިނަކަމެއް ނެތެވެ. ފުޅިތައް ފިޔަވައެވެ.

   އެއްމަސް ދުވަސް ވަންދެން އެމީހުންގެ ހުދު ކޮޓަރިތަކުގައި އުޅުމުން ކުރި ފައިދާއަކީ އެއީއެވެ. އަހަރެމެން ގަޔަށް އެމީހުން އަބަދު ހުންނަނީ އިންޖެކްޝަނެއް ޖަހާފައެވެ. އަހަރެމެންގެ ބާރުތައް ފިއްތަންށެވެ. އަހަރެމެންގެ ބާރުތައް އަހަރެމެންނަށް ބޭނުން ނުކުރެވޭ ގޮތް ހަދާފައެވެ. އެއްމަސް ތެރޭގައި އަހަރެންނަށް އެތާގެ އެންމެ ކުދި ކުދި ކަނަށް ދަންދެން ވަނީ އޮތީ ހިތު ދަސްވެފައެވެ.

   އަހަރެން އެތަން ރަނގަޅަށް ބެލީމެވެ. އޭގެތެރެއިން އަހަރެމެންނަށް ދޭ އަނެއް ފުޅިތަކުން ފުޅިތަކެއް ނެގީމެވެ. ކޮންމެވެސް ސަބަބަކާއި ހުރެ އަހަރެމެންގެ ގައިން ބާރު ދުއްވާކުމަށްފަހު އަހަރެމެންނަކަށް ތަހުގީގެއް ނުކުރެވެއެވެ. އެހެން ކަމުން އެމީހުން ހެދީ ދެވަނަ ފުޅިއެކެވެ. އެއީ ބާރުތައް އަލުން ގެންނަ ފުޅިއެވެ. ނަމަވެސް އެ އަހަރެމެންނަށް ދެނީ އަހަރެމެން ހޭ ނައްތާލުމަށްފަހުއެވެ. އަހަރެމެންގެ ނުރައްކާތެރި ކަމާއެވެ.

   އަހަރެންގެ ކޮނޑުގައި އިން ދަބަސް އަހަރެންނާއި ދިމާލަށް ދަމާލަމުން ޒިބު ކަހާލީމެވެ. އެއަށްފަހު ތިން ފުޅި ނެގުމަށްފަހު ލިވީ އަށް ދިނީމެވެ. “އެމީހުން އަނެއްކަތި ޖަހާފިއްޔާ މިތި ޖަހާނީ.” ތިން އިންޖެކްޝަން ދިއް ކުރަމުން އަހަރެން ބުނީމެވެ. “ސޯ… މިއީތަ ޕްލޭން އަކީ؟ އެތަނަށް ގޮސް މި ޖަހާނީ؟ އެއަށްފަހު ކަބޫމް؟ އެމީހަކުގެ ބާރު އަންލީޝް؟” ލިވީ އިންޖެކްޝަންގައި ހިފަމުން އެހިއެވެ. “ޕްރިޓީ މަޗް. އެބައޮތްތަ އައިޑިއަރ އެއް؟” އަހަރެން އެހީމެވެ. “އެކްޗުއަލީ، އައި ޑޫ……..” ލިވީ ބުންޏެވެ.

***********

  “ތި ޕްލޭން ހަމަ ވޯރކް ކޮށްފާނެ. އެހެން ނޫނަސް އިތުރު ގޮތެއް ނެތެންނު ދޯ.” އަހަރެން ލިވީ އޭނާގެ އައިޑިއަރ ކިޔައިދީ ނިމުމުން ބުނީމެވެ. “ސޯ ދާން ވީނުން ދޯ.” ލިވީ ބުންޏެވެ. “ލެޓްސް ގޯ.” އަހަރެން ލިވީ ކައިރީ ބުނީމެވެ. ވަގުތުން ލިވީގެ ލޯ ދިއްލުނެވެ. ބާރުތަށް ބޭނުން ކުރާއިރުގައި ލިވީއާއި ޝެނިންގެ ލޯ ދިއްލެއެވެ. ލިވީގެ އަލިފާން ކަޅިން ބިރުވެރިކަން ފެންނައިރު، ޝަނިންގެ ނާރުތައް އަރާފައި ހުންނަ ލޮލަކީ ބިރުވެރި ކަމުގެވެސް އެހެން ދަރަޖައެކެވެ. އަހަރެންނަށް ޝެނިންގެ އެ ސިފަ ފެނުނީ އެންމެ ފަހަރަކުއެވެ. އެއީ އޭނާ ގޮނޑިއެއްގައި ބަންނަން އުޅުނު އިރުއެވެ. އަދިވެސް އެދުވަސް އަހަރެން ހަނދާން އެބަހުއްޓެވެ. އޭނާ ހިފަހައްޓަން އުޅުން މީހުންވެސް ބިރުން ފަހަތައް ޖެހުން ހަނދައިން ވެއެވެ.

   އެތަނުން މީހަކު އެކަހަލަ ކަމެއް ވީތަނެއް ދުވަހަކުވެސް ނުދެކޭތަންވެސް ބުންޏެވެ. ޝެނިން ގަޔަށް ހުރީ ބޭސް ޖަހާފައެވެ. ނަމަވެސް އެވަގުތަކަށް އެޔެއް މަސައްކަތެއްވެސް ނުކުރެއެވެ. އަހަރެން ބޯ ހޫރާލީމެވެ. ލިވީއާއި ދެމީހުން ހިނގައި ގަތީ އަތިރިއާއި ދިމާލަށެވެ. ދަން ގަޑިއެވެ. މާލެއާއި ޚިލާފަ ބަޔަކު ރަށު ތެރެއަކު  ނޫޅޭނެއެވެ. އެއީ ނަސީބެކެވެ. ލިވީ ކުރާ ކަމެއް އާދައިގެ މީހަކަށް ފެނިއްޖެއްޔާ އެމީހަކު ބިރުން ހޭނެތޭނެއެވެ.

   ހިނގަމުން އަހަރެމެން ގޮސް އަތިރީ ގޮނޑުދަށަށް ހުއްޓުނީމެވެ. ރާޅުޖަހާ ހިސާބާއި ކައިރި ވުމާއި އެކު ލިވީގެ އިސްތަށިގަނޑު މަޑުމަޑުން މައްޗަށް އަރަން ފަށައިފިއެވެ. ފެނުން ބާރު ނަގަނީއެވެ. ލިވީ މާ ބިރުވެރިއެވެ. ލިވީ ވަކި ތަނަކުން ދެރައެއް ނުވާނެއެވެ. އެލެމެންޓަލް އަކަށް ވީމައި ‘އެލެމެންޓް’ ތަކާއި ކުޅެވެއެވެ. އަލިފާން، ފެން، ވައި، ބިން މި ހަތަރު އެއްޗާއި ކުޅުމަށް އެމީހަކު ކުޅެދުން ވާނެއެވެ. ނަމަވެސް ލިވީއަކީ އޭގެވެސް އާދައިގެ މިހެއް ނޫނެވެ. އެހެން މީހުންނަށް ބޭނުން ކުރެވޭނީ އެއިން ކޮންމެވެސް އެކައްޗެކެވެ. ނަމަވެސް ލިވީ އަކީ އެހެން މީހެއް ނޫނެވެ. އަހަރެމެންހެން ލިވީގެ ޑީ. އެން. އޭ. ވެސް އެވަނީ ޓްވީކް ކޮށްފައެވެ. އެހެން ކަމުން ލިވީއަށް އެ ހަތަރެއްޗާއި ކުޅެވެއެވެ. އޯ ގުޑީ…

   ލިވީގެ ލޯ ނޫކުލައިން ދިއްލުނީ ދެނެވެ. އަތަރު އެއްޗާއި ބެހެންޏާއި ލިވީގެ ލޯ ދިއްލެނީ ހަތަރު ކުލައިންނެވެ. އަލިފާން- އޮރެންޖް. ފެން- ނޫ. ވައި- އަޅި. ބިން- ޗޮކްލެޓް. ކޮންމެ ކުލައެއްވެސް ދިއްލޭނީ މިހާރު ދިއްލިފައި ހުންނަހެން ބިއްލޫރި ކޮށެވެ.  އަހަރެން ތައްޔާރު މިވަނީ ލިވީ ދެން ކުރާނެ ކަމަކަށެވެ.

   ލިވީ ކުރިއަށް ހިނގަމުން ގޮސް ފެންގަނޑުމައްޗަށް އެރިއެވެ. އާއެކެވެ. ލިވީ ހުރީ ފެން ގަނޑުމަތީގައެވެ. ކޮންމެ ފަހަރަކުވެސް އޭނާ އަހަރެން ހައިރާން ކުރާނެއެވެ. ލިވީ ހުރި ހިސާބު- އޭނާގެ ފަޔަށް ވާ ވަރަށް ހުރީ ގަނޑު ވެފައެވެ. އަހަރެންނަށް ކުރިއަށް އައުމަށް ލިވީ އިޝާރާތް ކުރިއެވެ. އަހަރެންވެސް މަޑުން ދިޔައީމެވެ. އަހަރެންވެސް ލިވީއާއި އެއްވަރު ވުމުން ފެންގަނޑު އަހަރެން ފަޔަށް ވާވަރަށް ގަނޑުވިއެވެ.

   އަހަރެން މިހުރީ ލިވީގެ ސީދާ ފުރަގަހުގައެވެ. “އަހަރެން ގައިގާ ހިފަހައްޓާ. އެހެންނޫނީ ވެއްޓޭނެ.” ލިވީ ބުންޏެވެ. “އަހަރެންނަށް ވެދާނެ.” އަހަރެން ހެމުން ބުނީމެވެ. “އިފް ޔޫ ސޭ ސޯ.” ލިވީ ބުންޏެވެ. “މި ނައްޓާލަނީ” އެއަށްފަހު ބުނުމެއް ނެތި ލިވީ ނައްޓާލިއެވެ. އަހަރެން އެއްލައިގެން ނުދިޔައީ ކިރިޔާއެވެ. މިހާރު ލިވީ ހެނީއެވެ. އަހަރެން ލިވީ ގައިގައި ހިފެހެއްޓީމެވެ.

    އަހަރެމެން މިދަނީ ފެންގަނޑުމަތީގައެވެ. އައި ނޯ… ގަބޫލު ކުރަން އުނދަގުލެވެ. ނަމަވެސް މިއީވެސް ސައިންސެވެ. ލިވީ ސައިންސަށް މޮޅުވާނެއެވެ. ލިވީ ފެން ގަނޑުކުރީ އަހަރެމެން މަތީގައި ތިބުމަށެވެ. އެއަށްފަހު ވައި ބޭނުންކޮށްގެން ކުރިއަށް ދަނީއެވެ. ވަރަށް ބާރަށެވެ. މާލެ ކައިރި ރަށެއް ކަމަކީ އަހަރެންގެ ނަސީބެވެ. “ލިވީ ފަޔަށް ފިންޏެއް ނުވޭތަ؟” އަހަރެން އެހީމެވެ. “ނޫން އައްސި ވެފަ. އެކަމު ދެވެން ދެން މަޑު ކުރާނީ ދޯ” ލިވީ ވައިގެ އަޑަށްވުރެ ބާރަށް ހަޅޭ ލަވަމުން ބުންޏެވެ.

   މާލެއަށް އެރުނީ ވިލިނގިލި ޓާރމިނަލް ވީ ހިސާބަށް ވުރެ ތަންކޮޅެއް ދުރުން ނެވެ. ބަޔަކަށް ފެނިދާނެތީއެވެ. “އިތުރު ރައިޑަކަށް ދާނަންތަ؟” ލިވީ އަތުން ވައިކޮޅެއް އަނބުރާލަމުން ބުންޏެވެ. “ނޯވޭ. ހިނގާ މިފަހަރު ހިނގާފައި ދާން. އެހެން ނޫނަސް އިސްކަންދަރުކޮށި މިހިސާބަކާ އެހާ ދުރެއްވެސް ނޫނެއްނު.” އަހަރެން ބުނީމެވެ. ލިވީ ކޮނޑުއަރުވާލަމުން ހިނގައިގަތެވެ. އަހަރެނެވެސް ހިނގަން ފެށީމެވެ.

   އިސްކަންދަރު ކޮށްޓާއި ކައިރި ވަމުން ދިޔަ ވަރަކަށް އަހަރެންގެ ހިތުގެ ތެޅުން ބާރު ވަމުން ދިޔައެވެ. އަހަރެމެންގެ ޕްލޭން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އިރުކޮޅަކަށް ފަހު އިރުކޮޅެއް ދިޔައީ ކުޑަވަމުންނެވެ.  ނަމަވެސް ފަހަތައް ޖެހެވޭ ވަރަށްވުރެ އަހަރެންނަށް މިހާރު ކުރިއަށް އާދެވިއްޖެއެވެ. ދެން ކޮންމެ ގޮތެއް ވިޔަސް އަހަރެން މި ނިމެންދެން ބަލާނަމެވެ.

   ލިވީވެސް ހުރީ ހާސް ވެފައެވެ. އޭނާ ބުނާކަށް ނުޖެހޭނެއެވެ. އޭނާގެ ހިތުގެ ތެޅުން ރަނގަޅަށް ބުނެއެވެ. އަހަރެން ލިވީ އަތުގައި ހިފީމެވެ. “ޔަގީންތަ؟ ލިވީ ބޭނުމިއްޔާ ދިޔަޔަސް އެންމެ ރަނގަޅު.” އަހަރެން ބުނީމެވެ. “އެންޑް މިސް އޯލް ދަ އެކްޝަން؟ ނޯވޭ. އަހަރެން ދާނަން.” ލިވީ ބުންޏެވެ.

   “އޯކޭ. ލިވް އޯ ޑައި. ވީ އާރ ޑުއިން ދިސް.” އަހަރެން އެންމެ ފަހުން ބުނީމެވެ. އަހަރެންނަށް މަންމަ ދަސްކޮށްދިނީ އެ ގޮތަށެވެ. މުސީބަތަކާއި ކުރިމަތި ލާނީ އޭގެ ތެރެއިން ހިނގައިންނެވެ. އޭގެ ވަށައިގެން ގޮހެއް ނޫނެވެ. އަހަރެން ދާނީ ތޫފާން މެދުންނެވެ.

(ނުނިމޭ)

Tags:

ފިކްޝަން

Share Article

Follow Me Written By

Jaishan

Level 110 Stories

Other Articles

Previous

ކަރުނަ އޭގެ އިންތިހާ……..10 ވަނަބައި

Next

SAMSUNG GALAXY NOTE….

Next
February 26, 2014

SAMSUNG GALAXY NOTE….

Previews
February 26, 2014

ކަރުނަ އޭގެ އިންތިހާ……..10 ވަނަބައި

4 Comments!

  1. hhv says:
    February 26, 2014 at 8:27 pm

    house of night ga zoey 7 elements control kurevey gothah livi ah ves mivany :O!! e story ga ves konme priestess akah ves enme element eh use veveny. but she is diffrnt just like livee.. not bad. waiting for the next part. hoping to see the next part real soon <3

    1. Jaishan says:
      February 27, 2014 at 8:57 pm

      ތެންކިޔު އެޗް އެޗް ވީ.. އަޅުގަނޑު އަތުގައި އެ ވާހަކައިގެ ހުރިހާ ފޮތެއް އެބައޮތް.. 🙂

  2. sophie says:
    March 6, 2014 at 6:11 pm

    Livvy is the Avatar

  3. Jaishan says:
    March 6, 2014 at 11:02 pm

    Damn Right
    Actually Shes Better
    🙂

Comments are closed.


All Right Reserved!