Skip to content
އެސްފިޔަ

ހަތިޔާރު (ނިމުމުގެ ފެށުން: ތިންވަނަބައި)

ޝެނިން

    އެއްމަހުގެ ރޭވުމާއި ދެމަސް ދުވަހުގެ ފިލުމުން އަހަރެންނަށް އާދެވުނީ ކޮންތާކަށް ހެއްޔެވެ؟ ހަމަ ފެއްޓި ހިސާބަށެވެ. މީހަކަށް ކަނު އިތުބާރެއް ކުރުމުން ލިބޭ ނަތީޖާ އަކީ މިއީ ކަންނޭނގެއެވެ. ޝަހުދް އަހަރެންނަށް މިކަހަލަ ގޮތެއް ހަދާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަމެވެ. ގައިގެ ތުރުތުރު އެޅުން ހުއްޓުމަކަށް ނާދެއެވެ. އަހަރެންގެ ބޮލަށް ވަމުންދާ ތަދަށްވުރެ ބޮޑަށް ތަދުވަނީ ހިތަށެވެ. މީހެއްގެ އޮޅުވާލުމެވެ.

    ލޯ ހުޅުވައިން އަހަރެން ހަމަ އޮތީއެވެ. ބަނދެފައިވާ އޮތް ގޮނޑިން އަހަރެން ގުޑާވެސް ނުލަމެވެ. މާނައެއް ނެތް ކަމެއް ނޫން ހެއްޔެވެ؟ ހުދު ސީލިންގ އަށް ބަލަން އޮވެ މި ވޭތުވެ ދިޔަ ދުވަސްތައް އަހަރެންގެ ސިކުނޑީގައި ކުޅެލީމެވެ.

*****************

    “ކާ ގަޑި ޖެހުނީ. ނުކުމޭ.” އަހަރެންނާއި ލިވީގެ ކޮޓަރި ކައިރީ ހުންނަ ގާރޑު ދޮރު ހުޅުވަމުން ބުންޏެވެ. އަހަރެންނަށް މިހާރު އެ އަމުރަށް ކަމޭ ހިތަން އެނގެއެވެ. ދެ ދުވަހަކު ދެކޮޅު ހެދީމެވެ. ނަމަވެސް އަހަރެންނަށް އެމީހުނެއް ކާކަށް ނުދެއެވެ. އެމީހުންގެ މެސެޖު އަހަރެންނަށް އެވަގުތު ރަނގަޅަށް ލިބުނެވެ. ބާރު އޮތީ އެމީހުންގެ އަތުގައި ކަމެވެ. އަހަރެމެންނަކީ ހަމަ އެކަނި މަނާފުއްތަކެކެވެ.

  ލިވީ އަހަރެންނަށް ބަލާލިއެވެ. އެއަށްފަހު އޭނާ ތެދުވިއެވެ. އަހަރެންވެސް އެއްޗެކޭ ނުބުނެ އޭނާ ފަހަތުން ނުކުތީމެވެ. އަލިފާން ފޮއްޓަކަށްވުރެ ކުޑަ ކޮޓަރިއަކަށް އަހަރެމެން ވެއްދުމަށްފަހު އޭނާ ދޮރު ލެއްޕުމަށްފަހު ނުކުތެވެ.

   ކޮޓަރީގެ މެދުގައި ވައް މޭޒެއް އިނެވެ. އިރަމް އާއި ޝަހުދް އޭރު ދިބީ އެތަނުން ދެގޮނޑި ފުރައިގެންނެވެ. ލިވީ މަޑުން ގޮސް އިރަމް ކައިރީ އިށީނެވެ. އަހަރެންވެސް ގޮސް އެންމެ ފަހުން ވަކިން އިން ގޮޑީގައި އިށީނީމެވެ. އަހަރެމެން އަޅުން ހެން ގެންގުޅެންޏާ ކާންވެސް އަހަރެމެންގެ ކޮޓަރިއަށް ނުގެންދިޔައީ ކީއްވެބާއެވެ. ހަމަ ގައިމުވެސް އެމީހުންނަށްވެސް އަހަރެމެން އެއްވެދާނެތީ ބިރުން އުޅޭކަށް ނުޖެހޭނެއެވެ. އެހެނަސް ނޫނެކެވެ. އަހަރެމެން ކާން ވެއްޖެއްޔާ އަންނަން ޖެހޭނީ މި ކޮޓަރިއަށް އަންނާށެވެ.

    ޝަހުދް އަހަރެންނަށް ބަލަން އިންތަން ފެނުނީ ދެނެވެ. ފުރަތަމަ ފަހަރެއް ނޫނެވެ. އަހަރެންނަށް ޝަހުދް ބަލާ ތަން ކިތަންމެ ވަރަކަށްވެސް ފެނެއެވެ. މިވީ ހަފްތާއެއްގެ ތެރޭގައި  އަހަރެންނަށް ހަމަ ގައިމުވެސް އެކަން ޔަގީނެވެ. އިރަމް އަށް ބަލަން އުނދަގޫ ވާއިރު ޝަހުދަށް ބަލާކަށް އެއްވެސް އުނދަގުލެއް ނޫނެވެ. ނަމަވެސް އިރަމް މަތިން ހަނދާން ވަނީއެވެ.

   ސަމްސަލެއް ތަށިމުށި ތަޅުންގަނޑަށް ވެއްޓުން އަޑަށް އަހަރެން ދިޔައީ ސިއްސައިގެންނެވެ. އިރަމް އެވެ. “ދިސް އިޒް ސްޓޫޕިޑް. މިތަނުން ނުކުމެވޭކަށް ގޮތެއް ނެތްތަ؟” އިރަމް، ވެއްޓިފައި އޮތް ސަމްސާ ނަގަމުން ބުންޏެވެ. ކިތަންމެ ދޮގެއް ހަދަން ބޭނުން ވިޔަސް އެމީހުން އަހަރެމެންނަށް ކާން ދެނީ ރަނގަޅު އެއްޗެއްސެވެ. އިރަމް ޝަހުދަށް ބަލަން ހުއްޓެވެ. އޭނާގެ ފަރާތުން ޖަވާބަކަށް އިންތިޒާރު ކުރާ އުސޫލުންނެވެ. ޝަހުދު އަރުވާލީ ކޮނޑެވެ.

   އިރަމް އެބުނީ ތެދެކެވެ. އެހެން ކަމުން އަހަރެންގެ ވާހަކަ ފެށީމެވެ. “އެހެން ވީމާ ކުރަން ވީ ކަމަކީ، އަހަރެމެން ވެގެން އެއްވެސް ކަހަލަ ލޫޕް ހޯލެއް ސެކިއުރިޓީގައި އިންތޯ ބަލާނީ.” އަހަރެން އަޑުމަޑު ކުރަމުން ބުނީމެވެ. ދުރުން ބަލާ މީހަކަށް ޝައްކު ނުވާ ގޮތަށެވެ. ސަބަބީ ބޮޑު ކެމެރާއެއް އަހަރެމެން ކުރާ ހުރިހާ ކަމެއް ބަލާތީއެވެ. އަހަރެމެން ކުރާ ހުރިހާ ކަމެއް ހުންނަނީ ކެމެރާގެ ބެލުމުގެ ދަށުގައެވެ. ފާހާނައިގައި ކެމެރާ ނުލާ ކަމަކީ އަހަރެމެންގެ ނަސީބެވެ.

   ދުވަހަކީ އާދިއްތަ ދުވަހެވެ. އަހަރެންގެ ވާހަކަ ދެއްކުމުގެ ‘ތެރަޕީ’ އޮންނަ ދުވަހެވެ. އެއަށްފަހު ލިވީއެވެ. ދެން ޝަހުދެވެ. އެއަށްފަހު އިރަމް އެވެ. އަހަރެން މައްސަލަ ޖެއްސުމެއް ނެތެވެ. ކައި ނިމުމުން އަހަރެންނަށް ދާން ޖެހޭ ވަގުތު ކައިރި ވަނީކަން އެނގެއެވެ. އެހެން ކަމުން އަހަރެން ދެކޮޅަށް ހިނގެނީއެވެ. “ތި ހުއްޓަ ފާނަންތަ؟ މިހާރު އަހަރެންވެސް ބޯ އަނބުރަ. އަދި އަހަރެން މި ހުރީ ބަލަން.” ލިވީ އިރުކޮޅަކުން ބުންޏެވެ.

    “މިތަނުން ނުކުންނަން ގޮތެއް ފެނޭތޯ ބަލަންށޭނުންވީ.” ދަތުން ނިޔަފަތި ކަނޑަމުން އަހަރެން ބުނީމެވެ.  އެމީހުން އެ ހަދާ ގޮތަކުން އަހަރެންނަށް މަރުވެފައި ތިބޭ މީހަކާވެސް ވާހަކައެއް ނުދެއްކެއެވެ.  ފުރަތަމަ ހައްލެއް ހޯދަންވީ އެކަމަށް ކަންނޭނގެއެވެ.

   ދޮރު ހުޅުވުމާއި އެކު އަހަރެން ވަގުތުން އެދިމާލަށް ބަލާލީމެވެ. ގާޑެއް ހުއްޓެވެ. އޭނާ އެއްޗެކޭ ނުބުނެ ހުރިހާ ކަމެއް ނިންމަން ބޭނުންވާ ކަހަލައެވެ. އެހެން ކަމުން އަހަރެން ހިނގައިގަތީމެވެ. އަހަރެން ކޮޓަރިއަކަށް ވެއްދުނެވެ. މުޅި މި އިމާރަތުގައިވެސް ހުދު ކުލަ ނޫން އެހެން ކުލައެއް ހުރި ހަމައެކަނި ކޮޓަރި ކަންނޭނގެއެވެ. އެއްފަޅީގެ ފާރު އެއްކޮށް ވަނީ ފޮރުވާލެވިފައެވެ. ބޮޑު ފޮތް ހަރު ގަނޑަކުންނެވެ. މުޅި ކޮޓަރި ވަނީ މަޑު ނޫ ކުލައަކުން ކުލަ ލެވިފައެވެ. ކުޑަކޮށް ނަމަވެސް ގެއެއްގެ އިހްސާސް މިތަނުން ކުރެވެއެވެ.

   ދޮރު ޖެހުމާއި އެކު އަހަރެން ގޮސް ފޮތް ހަރު ކައިރިއަށް ހުއްޓުނީމެވެ. އެއްޗެއް ވަކި ބެލުމުގެ ނިޔަތަކކު ނޫނެވެ. ހަރު ޒީނަތްތެރި ކުރެވިފައިވަނީ ވަރަށް ބާ ފޮތްތަކެއްގެ ބަދަތަކުންނެވެ. ސިނައީ ތާރީހެވެ. އިނގިރޭސި. ދިވެހި. ދެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ނަމަވެސް އަހަރެންގެ ނަޒަރު އަޅައިގަތީ އެތަނުން އެންމެ ފޮތެވެ. ނެކްރޮމެންސީއެވެ. އަހަރެން ވަގުތުން ފޮތް ހުޅުވާ ހާވަން ފެށިމެވެ. އަވަހަށް ބެލުމެއް ނެތި އަހަރެން ގަނޑެއް ނައްޓާލުމަށްފަހު ލައިގެން ހުރި ޖީންސްގެ ޖީބަށް ލީމެވެ. ދޮރުގައި މީހަކު ހިފި އަޑު އިވުނީ އެވަގުތެވެ. އަހަރެން އަވަހަށް ފޮތް ހަރަށްލީމެވެ. އެއަށްފަހު އެނބުރުނީމެވެ.

    ހިނިތުން ވެގެން އަހަރެންނާއި ދިމާލަށް ބަލަން އިސްމާއިލް ހުއްޓެވެ. “އިށީނދެ.” އޭނާ ގޮނޑިއަކަށް އިޝާރާތް ކުރަމުން ބުންޏެވެ. އަހަރެން ބަސް އަހާ ކުއްޖެއްހެން ގޮސް އިށީނީމެވެ. އެއަށްފަހު ގަޑިއިރެއް ވަނދެން އޭނާ އަހަރެންގެ ހަޔާތުގައިވާ ކަންތައްތަކާއި ސުވާލު ކުރިއެވެ. އޭނާއަށް އެ ހުރިހާ ކަމެއްވެސް އެނގޭނެ ކަމަކީ ހަމަ ގައިމުވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.  އަހަރެން ހަމަ ކުރި ސުވާލަކަށް ޖަވާބު ދެމުން ދިޔައީއެވެ.

    ކޮޓަރިއަށް އާދެވުމާއި އެކު އަހަރެން ވަގުތުން ޖީބުގައި އޮތް ގަނޑުކޮޅު ނެގީމެވެ. އެއަށްފަހު އަހަރެން އަހަރެން ބަލާލީމެވެ. ނަމަވެސް ގަނޑަކު އަހަރެންނަށް ނޭނގޭއެއްޗެއް ނެތެވެ.  ހިތްވަރު އެލުވާލުމަށްފަހު އަހަރެން ފާރުގައި ލައްވެލަމުން ބިންމަތީ އިށީނީމެވެ. ލޯ މެރީމެވެ. އެއަށްފަހު އެއްވެސް މީހަކަށް ވިސްނޭތޯ ބެލީމެވެ. އެލީޝާ އަށެވެ. ހިތުން ގޮވީމެވެ. ލިވީ އެއްޗެކޭ ނުބުނާކަން ނަސީބެވެ.

   އެތައް އިރަކަށް ފަހު އަހަރެން ލޯ ހުޅުވީމެވެ. ނާކާމިޔާބެވެ. ނަމަވެސް އަނެއްކާވެސް އަހަރެން ލޯ މެރުމަށްފަހު އަހަރެން ވިސްނީމެވެ. ވަރަށް ގަދައަށް ގޮވީއެވެ. ނަމަވެސް މިފަހަރު ވަކި މީހަކަށް ނޫނެވެ. ހަމަ ގޮވީއެވެ. ވަރަށް ގަދައަށެވެ. ލޯ ވަރަށް ބާރަށް ހުޅުވުނީ އެހެންވެއެވެ. ކޮށިއެރުން ލެއް ބާރު ކަމުންނެވެ. އަހަރެން އަނގަމަތީ އަތް އެޅުމަށްފަހު ވަރަށް ގަދައަށް ކެއްސީމެވެ. އަތް ނެގުމާއެކު އަހަރެން ބިރުން ހަލާކު ނުވީ ކުރިޔާއެވެ. އަނގައިން ހުރީ ލޭ އައިހެވެ. އަތް އެޅިމެވެ. ނޫނެކެވެ. ލޭ އަންނަނީ ނޭފަތުންނެވެ. ވަގުތުން އަހަރެންގެ އަތަށް ބާރުވާން ފެއްޓެވެ.

*************

   “ޝެނިން… ޝެނިން!” އަހަރެންނަށް ލޯ ހުޅުވުނެވެ. އަހަރެން ބިންމައްޗައް ވެއްޓުނީ ކޮން އިރަކު ހެއްޔެވެ؟ ނޭފަތުން ލޭ އައި ކަން ހަނދާން އެބަ ހުއްޓެވެ. ނަމަވެސް އެއަށްވުރެ ބޮޑުކޮށެއް ނެތެވެ. “ކިހިނެއް ވީ….؟” އަހަރެން ތެދުވަމުން ބުނީމެވެ. ލިވީއަށް ބަލާލީމެވެ. ލިވީ ޖަވާބެއް ހޯދަން އުޅޭ ކަހަލައެވެ. “އަ…” އޭނާ ބުނަން ފެއްޓެވެ. އަނެއްކާ އެހެން ދިމަ ދިމާލަށް ބަލަން ފެއްޓެވެ. “ކޮންމެވެސް މީހަކު ޝެނިން ގަޔަށް ވަނީ..!” ލިވީ އެންމެ ފަހުން ބުންޏެވެ.

    ފުރަތަމަ އަހަރެންނަށް ލިވީ ކިޔަމުން ދިޔަ އެއްޗެއް ނުވެސް އެނގުނެވެ. “އައި…… ވަޓް!!؟” އަހަރެން ބާރަށް އެހީ ބުނި އެއްޗެއް ފަހުމް ވުމުންނެވެ. އަހަރެން ލިވީއާއި ދިމާލަށް ލޯ އަޅަން ހުރީއެވެ. ނަމަވެސް ލިވީ އަރުވާލީ ކޮނޑެވެ. އޭނާއަށްވެސް ރަނގަޅަށް ވީ ގޮތް ހަޖަމް ނުވާ ކަހަލައެވެ.

    “ކިހިނެއްވީ!” އަހަރެން ކުރެވުނީ ސުވާލަކަށް ވުރެ ބޮޑަށް އަމުރެކެވެ. “އޯ……” ލިވީ ވިސްނާލިއެވެ. “އޭނާ ބުނީ އަހަރެމެންނަށް ކަމެއް ވާނީ އަހަރެމެންގެ ބާރުތައް އައިސްގެންނޯ..” ލިވީ ބުންޏެވެ. “ނޭނގޭ ވާހަކައެއް ބުނާކަށޤ ނޭނގުންދޯ އޭނާއަކަށް”  އަހަރެން ބުނީމެވެ. “މަ ނިމެންދެން މަޑުކޮށްބަލަ.” “އޭނާ ބުނީ އަހަރެމެންނަށް އެކްސްޕެރިމެންޓް ހަދާ ކޮޓަރީ ހުންނާނެޔޯ ބާރުތައް އެމީހުން ގެންނަ ފުޅި ތަކެއް. އެމީހުން އަހަރެމެން ހޭ ނައްތާލުމުގެ ކުރިން ބޭނުން ކުރާނީ އެ އެއްޗެހި. އެހޯދައިން ވާނީ.” ލިވީ ބުންޏެވެ.

    ***************

    އަހަރެންނަށް ސިއްސައިގެން ގޮސް ލޯހުޅުވުނީ މީހަކު އަހަރެންގެ ކޮލުގައި ޖެހުމުންނެވެ. ގާށޑެކެވެ. ގޮނޑިއެއްގައި ބަނދެވިފައިވާކަން އަހަރެން ހަނދާންވިއެވެ. އެހެން ނޫން ނަމަ އޭނާ ގައިގައި ޖެހީމުހެވެ. ނަމަވެސް އަހަރެން ގަނޑުވީ ޝަހުދް ފެނުމުންނެވެ.

    އިސްމާއިލް އިދުރީސް ފަހަތުން ޝަހުދް އައެވެ. އަހަރެން އެސްފިޔަވެސް ޖެހުމެއް ނެތި ބަލަން ހުރީމެވެ. އަހަރެން ބޭނުން ވަނީ ހަޅޭ ލަވަންށެވެ. ނަމަވެސް ކުކުރުމުގެ އަޑު ނޫނިއްޔާ ނާންނާނެކަން ޔަގީނެވެ. އެހެން ކަމުން އަހަރެން ތުންފަތުގައި ދަތްއަޅައިން އޮތީއެވެ.

    “ބައްޕަ އަށް އެނގޭތަ؟ މަޖާ ކަމެކެ އެއަކީ. އިރަމް މީނާ އާއި ހޭބަލި ވާއިރު މީނަ ކުރި ކަމަކީ އޭނާއާއި ވާހަކަ ނުދައްކަނީ. އޭނާ އަދި މީނާއަށް މީނާގެ ބާރުތަށް ކިޔައިދެން އަހަރެމެންނަށް އިރަމް ޝެނިންގެ އިނފޮ ދިނީ. އޭނާ އެހާ ލޯބި ވޭ ޝެނިން ދެކެ. އެކަމު ވެސް މީނާ! އޭނާއަށް މަޢާފް ނުކުރަން އެއުޅެނީ.!” ޝަހުދް އަހަރެންނާއި ދިމާލަށް ބަލަމުން ހީފައި އިސްމާއިލް ކައިރީ ބުންޏެވެ. ވެއިޓް… ވަޓް!؟ ޝަހުދް އަކީ އިސްމާއިލްގެ ދަރި؟ ވަޓް؟

    ދެމީހުންގެ ހުނުމުގެ އަޑު މައިތިރިވީ ފަހަތުން މީހަކު ގޮވުމުންނެވެ. އަހަރެންވެސް ބޯ ހިއްލައިން ފެނޭތޯ ބެލީމެވެ. އިރަމް އެވެ. އަހަރެން ލަދު ގަތީ ދެނެވެ. އަހަރެން އެހާ ދަށު ދަރަޖައަށް އޭނާއާއި ދޭތެރޭ ކަންތައް ކުރީމައިވެސް އޭނާ އެ އައީއެވެ. ކައިރީ ލިވީވެސް ހުއްޓެވެ. “އޯ ވެލްކަމް ވެލްކަމް… މިހާރު ތިމީހުންނަށޭ މި އިންތިޒާރު ކުރަނީ.” އިސްމާއިލް ބުންޏެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (12)

  1. ishaa

    varah fahkaa

    1. Jaishan
      ishaa

      Thank yuh ishaa

  2. kitty

    vv nice

    1. Jaishan
      kitty

      Thank yuh kitty

  3. favat

    nice , wen next part ?

    1. Jaishan
      favat

      Mirey noony maadhama iraadha kurevviyya
      thank yuh vaahaka ah inthizaaru kuraathy

  4. favat

    man , habeys ingey , mi fenvaru ge story eh adhi neh , gadha , adhi salhi kollahchey miahvuren ves meege nimun , varah thafaathu vaan jeheyne ingey nimun

    1. Jaishan
      favat

      Yuh can count on it!!

  5. sham

    waaawu. the best story i have ever read. this is awesome man.

    1. yoolaa
      sham

      Thank yuh sham
      means alot to me

  6. Yoolaa

    This is amazingggggggggggg <3 <3 <3

    1. yoolaa
      Yoolaa

      Thank Yuh Bodu Koh. <3

Comments are closed.