ލެއްޕިފައިހުރި ފާހާނައިގެ ދޮރު މަޑުމަޑުން ހުޅުވުނެވެ. އެ ފާހާނައިގެތެރެއިން ފެންނަމުންދިޔަ ފުން އަނދިރިކަމުގެ ތެރެއިން ކުއްލިއަކަށް ކުޑަކުޑަ ރަތް ދެލޯ ދިއްލުނެވެ. އެ ދެލޯ އަމާޒުވެފައިވަނީ ނިދާފައި އޮތް ޖަޒްލާއާ ދިމާއަށެވެ. އެހެން އިރުކޮޅަކު އިނުމަށްފަހު މަޑުމަޑުން އެ ދެލޯ ފަނޑުވަމުންގޮސް ގެއްލުނެވެ. ****** ހަމަ ހިމޭން ރޭގަނޑަކަށްފަހު މާހައުލު ހަލަބޮލި ކުރަމުން އިރު އުދަރެހުން ބޯދިއްކޮއްލިއެވެ. ފިނިފިނި ފަތިހަކަށްފަހު މަޑުމަޑު ހޫނުކަމެއް ފަޒާގައި ފަތުރާލިއެވެ. ކާޅުތަކައި ކޮވެލިތަށް އޭގެ ޑިއުޓީ އެންމެ ފުރިހަމަ ގޮތުގައި […]
އަނދިރިކަން ވެރިވެފައިވާ ކޮޓަރީގައި ހުރި އެނދުދަށުން ނުކުމެގެން ބިންމަތީ ދެމެމުން ދިޔަ ކަޅުކުލައިގެ ދަވަގަނޑެއްފަދަ މަހުލޫޤު ފެންނާނީ ވަރަށް ފަރުވާތެރިކަމާއެކު ބެލިމީހަކަށް އެކަންޏެވެ. ބަލާބެލުމަށް ހީވަނީ ބޯވާއެއް ހެންނެވެ. ޓައިލްސް މަތީގައި ދެމެމުން ދިޔައިރު އޭގެ ބޮޑުމިނަކީ ގާތްގަނޑަކަށް 2 ވަރަކަށް ފޫޓެވެ. އޭތި ދިޔަ މަގު ލޮނދިފަށަކުން ފާހަގަވެފައި ހުއްޓެވެ. ކުޑަކުޑަ ދެލޯ އަނގުރުކޮޅެއްފަދައެވެ. މިސްރާބު ހުރީ ހުޅުވިފައި ހުރި ފާހަނައާ ދިމާއަށެވެ. ******** މުޅި މާހައުލު ވަނީ ބޮކިފަތި ތަކުން ޒީނަތްތެރި ކުރެވިފައެވެ. […]
އަހަރެން އިނީ ގަސްތަކުތެރޭ ފިލައެވެ. އަހަރެންނާ އެއް އުމުރެއްގެ ކުދިން ފުޓުބޯޅަ ކުޅޭތަން ބަލާށެވެ. ކިތަންމެ ކުޅޭހިތްވިއަސް މަންމަގެ ނަސޭހަތްތަކަށް ފުރަގަސްދޭހިތް ނުވަނީއެވެ. ” ދަރިފުޅާ…. އެ ކުދިންނާއެކު ކުޅެންނުދާތި…. ކިތަންމެ ކުޅޭހިތްވިއަސް ނުދާތި… އޭގެން ކުއްޖަކާ ގާތްވެސް ނުވާތި….. އެކުދިންނަށް ފެންނަހިސާބަށްވެސް ނުދާތި…..” މަންމަގެ މި ނަސޭހަތް ތަށް އަބަދުވެސް އަހަރެންގެ ހިތުގައި ބިންވަޅުނެގިފައި ހުރެއެެވެ. އެ ކުދިންނަކީ ވަރަށް އަނިޔާކުރާ ބައެއްކަމަށް މަންމަ ބުނެއެވެ. ނަމަވެސް އެ ކުދިން ކުޅޭތަން ބަލަން އިންނައިރު އެކަހަލަ […]
އަނދިރިކަން ވެރިވެފައިވާ ކޮޓަރީގައި ހުރި އެނދުދަށުން ނުކުމެގެން ބިންމަތީ ދެމެމުން ދިޔަ ކަޅުކުލައިގެ ދަވަގަނޑެއްފަދަ މަހުލޫޤު ފެންނާނީ ވަރަށް ފަރުވާތެރިކަމާއެކު ބެލިމީހަކަށް އެކަންޏެވެ. ބަލާބެލުމަށް ހީވަނީ ބޯވާއެއް ހެންނެވެ. ޓައިލްސް މަތީގައި ދެމެމުން ދިޔައިރު އޭގެ ބޮޑުމިނަކީ ގާތްގަނޑަކަށް 2 ވަރަކަށް ފޫޓެވެ. އޭތި ދިޔަ މަގު ލޮނދިފަށަކުން ފަހަގަވެފައި ހުއްޓެވެ. ކުޑަކުޑަ ދެލޯ އަނގުރުކޮޅެއްފަދައެވެ. މިސްރާބު ހުރީ ހުޅުވިފައި ހުރި ފާހަނައާ ދިމާއަށެވެ……………… ********************* އަންނަނީ!!! އިންތިޒާރު ކޮށްލައްވާ!!!!
މިއީ، ހިނގާފައިވާ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. ލޯނޗުގައި އަހަރެން އިންއިރު ވިސްނެމުން ދިޔައީ އަހަރެންގެ ދިރިއުޅުމާމެދުގައެވެ. އަހަރެން މީ މީހެއްގެ ފިރިއަކީމެވެ. 3 އަހަރުގެ ކުޑަކުއްޖެއްގެ ބައްޕައަކީމެވެ. އަނބިމީހާ އަހަރެންދެކެ ލޯބި ވާވަރު އަހަންނަށް އެނގެއެވެ. އޭނާދެކެ އަހަރެން ލޯބި ވާވަރާއި އިތުބަރު ކުރާވަރު އޭނާއަށް ފަހަރެއްގައި ނޭނގިދާނެއެވެ. އަހަރެން އޮފީސް ދަތުރެއްގައި އަލިފުއްޓަށް ފުރަން އުޅުމުން އޭނާ ދެރަވެފައި ހުރި ވަރު އަހަރެން ދުށީމެވެ. “އެންމެ މަހަކަށް ވިއަސް އަހަރެން […]
ޖެހިގެން އައި ދުވަހު އިބްރާހީމްބެ އައުމުގެ ކުރިން އަހަރެން ބެހެއްޓީ ކޮޓަރީގެ ކުޑަދޮރުގެ ތަންޑު ނައްޓުވާލާފައެވެ. އިބްރާހީމްބެއާއި އޭނާ ގެނައި ކުދިންކޮޅު ކިޔަވަންފެށިތާ 10 ވަރަކަށް މިނެޓްފަހުން އަހަރެންނާއި ޝާއިލް ގެ ފުރަގަހުންގޮސް އެދޮރު ކައިރި ހުއްޓިލީމެވެ. އޭރުވެސް ކޮއްކޮގެ ގިސްލުމުގެ އަޑުއިވެއެވެ. އަހަރެން މަޑުމަޑުން ކުޑަދޮރު ފޭކޮށްލީމެވެ. އަދި ކޮޓަރި ތެރެ އެއްލޮލުން ބަލާލީމެވެ. ނަމަވެސް އެއްވެސް މީހެއް ނުފެނުމުން ތަންކޮޅެއް ބޮޑަށް ދޮރު ހުޅުވާލީމެވެ. އެވަގުތު “އެފުރޭތަ” ފެނިފައި އަހަރެންގެ ހެޔަށްގޮތްވެގެން ދިޔައެވެ. ޝާއިލް […]
މަރުވެފައިވާ ކުއްޖާއާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން ހަލީމާ ހުއްޓެވެ. ދެލޮލުން ކަރުނައިގެ އަސަރު ހުއްޓެވެ. އެތަނުގައި ބާއްވާފައި އޮތް ނާހްގެ ހަށިގަނޑުގައި އޭރުވެސް އެތަށް އަނިޔާގެ ނިޝާނެއް ހުއްޓެވެ. އެ ތުއްތު ކުއްޖާގެ އޮތީ ކޮން ކުށެއް ހެއްޔެވެ. އެފަކީރު އެ ތަހައްމަލް ކުރަން ޖެހުނީ އެކުއްޖާއަށް ހައްގު އަނިޔާ ހެއްޔެވެ. މީގެ ޒިންމާ ނަގާނީ ކާކު ހެއްޔެވެ. ހަލީމާ ސިހުނީ އެތަނަށް މީހަކު އައުމުންނެވެ. ކަރީމް ވަދެ ހަލީމާގެ ކޮނޑުގައި އަތް ބާއްވާލަމުން ހިތްވަރު ކުރުމަށް […]
އަހަރެންނަށް އިވެމުން ދަނީ ކޮއްކޮގެ އަޑެވެ. އެހީ އަކަށްއެދި ކޮއްކޮ ހަޅޭލަވާ އަޑެވެ. މަންމަ އަށާއި ބައްޕައަށް އަދި އަހަރެންނަށް ގޮވަމުން ރޯ އަޑެވެ. ކައިރިނުވުމަށް އެދި އާދޭސް ކުރަމުން ގިސްލާ އަޑެވެ. އަހަރެންނަށް އެއަޑުތައް ސާފުކޮށް އިވެއެވެ. އަޑުއިވެނީ ކޮޓަރި ތެރެއިންނެވެ. އަހަރެންނާއި މަންމަ އާއި ބައްޕަ ތިބީ ކޮޓަރިން ބޭރުގައެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. ކޮއްކޮއަށް އެހީތެރިވުމަށް އަހަރެންގެ ހިތާ ސިކުނޑި ބުނަމުންދިޔައެވެ. ނަމަވެސް ހިތްވަރުކުރީމެވެ. އެކޮޓަރިއަށް ނުވަދެ ހުރެވޭތޯއެވެ. ކޮއްކޮގެ […]
ސާދުނާއަށް ހޭލެވުނީ ބާރު އަޑުފައްގަނޑެއްގެ ސަބަބުނަނެވެ. ފުންމައިގެން ތެދުވެ ކޮތަރީގެ ހުޅުވިފައިހުރި ކުޑަދޮރުން ބޭރު ބަލާލިއެވެ. ނަމަވެސް އެއްވެސް އެއްޗެއް އަދި މީހެއްވެސް އެވަގުތަކު މަގުމަތީގައެއް ނޫޅެއެވެ. މަގުމަތި ވަރަށް ހަމަހިމޭނެވެ. ވާނީވެސް އެހެންތާއެވެ. އެއީ މެންދަމުގެ ވަގުތެކެވެ. “މި ހިތް ގައިމު ވަގުތުގައި އަހަންނަށް މި އިވުނީ ކޮން އަޑެއްބާ؟!..” މި ސުވާލު ސާދުނާއަށް އަމިއްލަ ނަފުސާ ކުރެވުނެވެ. ނަމަވެސް އެކަމާމެދު ވިސްނުމަށް މާކަ ކިނަ ވަގުތެއް ހޭދައެއް ނުކުރެވުނެވެ. ސާދަ ވިލޭރޭގެ ބޮޑު ހަނދުން […]