ރަނާ ގައިދުކޮށްގެން ގެންގުޅު ކޮޓަރިއާ ހަމަޔަށް ޝައިބާން ދިޔައެވެ. ފަރުނީޗަރުތައް ވަނީ އެބަޑިބަޑިން ޖަހާފައެވެ. މުޅި ކޮޓަރިތެރެ ބެލި އިރުވެސް ރަނާގެ ނިޝާނެއްވެސް ފެންނާކަށް ނެތެވެ. ދެއަތް ފޮޅާލަމުން ބޭރަށް ނުކުތީ ޝިފާން ގާތު ރަނާ އެތާކު ނެތޭ ބުނަމުންނެވެ. އެވަގުތު ޝިފާން ހަނދާންވިއެވެ. “ގައިމު ރަނާގެ އަތެއް ނުމޮހެން… ދެން އޭނަ ކިހިނެއް ސަލާމަތްވީ؟….” ޝިފާންގެ މި ޖުމްލަ ނިމުނުއިރު ޝިފާންހުރި ގާފުނި ދަށުން ގުޑުމެއް ވީހެން ހީވިއެވެ. ގާފުނިމަތިން ފައިބައި، ގުދުވެ އެ ސަރަހައްދު […]
އާނާއާއި ޒަޔާލް ކާ ގެއަށް ގޮސް ކާން އިށީނެވެ. ރައުނާގެ ލޯ އަމާޒުވެފައި ހުރީ އާނާއަށެވެ. ކުއްލިއަކަށް އިނދެފައި ވެސް އާނާއަށް ކަމެއް ވެދާނެއަތީއެވެ. ނަމަވެސް ކަން ދިމާވީ އޭނާ ހީކުރިގޮތަކަށް ނޫނެވެ. އާނާއަށް އެއްވެސް ބަދަލެއް ނާދެއެވެ. ކައި ނިމެންދެންވެސް ރައުނާ ހުރީ އެފަދަ ހާލެއްގައެވެ. އާނާވެސް މާ ބޮޑު ކަމަކަށް އެކަން ނަހަދައެވެ. ރޭގަނޑެވެ. އެންމެން ސިޓިންގް ރޫމްގައި ތިބި އިރު ޝައުނާ އާއި އަނޫފް އަދި ޒަޔާލް ވެސް އެގޭގައި ތިއްބެވެ. ރައުނާގެ […]
ހަތަރުވަނަ ބައި އައިޝާއި ލީނާ ތެޅިގެންފައި ނިދީގައި ހަޅޭއްލަވަމުން ދިޔަ އައިހަމަށް ގޮވަންފެށިއެވެ. އެސޮރަށް ލޯހުޅުވުނުއިރު އޮތީ ދާހިއްލާފޯވެފައެވެ. ބިރުގެންފައި އޮތް އައިހަމަށް ހޭވެރިކަންވުމާއިއެކު މަންމަގެ ގައިގައި ހިފާބައްދައިގަތެވެ. އަދި ރޮމުން މަންމާ، މަންމާއޭ ކިޔަންފެށިއެވެ. ލީނާއި އައިޝާ، އައިހަމް ހަމައަކަށް އަޅުވަމުން އޭނާއާއި ސުވާލުކުރަންފެށިއެވެ. “ދޮނޫ !ކިހިނެއްވީތަ… އެއްޗެއް ފެނުނީތަ؟” އައިޝާ އައިހަމްގެ ބުރަކަށީގައި ފިރުމަމުން ސުވާލުކުރިއެވެ. “ބައު ތޫތުއެއް ފެނުނީތަ ކޮއްކޯ؟” ލީނާވެސް އައިހަމްގެ ބޮލުގައި ފިރުމަމުން އަހާލިއެވެ. “އާ، ބޮޑު ބައު ތޫތުއެއް! […]
ޝިފާން ގެއިން ނިކުމެގެން ދިޔަ މަންޒަރަށް ބަލަން ޒީކް ހުރީ އެއްމިޔަކަނުން ހިނިއައިސްފައެވެ. ލުޔޫނާ އެކި ވާހަކަތައް ޒީކާ ހިއްސާ ކުރަމުން ދިޔައީ ރަނާކަމަށް ހީކޮށްހުރެއެވެ. ހެނދުުގެ ސަޔަށް އައުމަށް ޒީކަށް ދައުވަތު ދިނުމަށްފަހު ރަނާއަށް އެންމެ މީރު ތަކެތި ލުޔޫނާ ތައްޔާރުކުރީ ރަނާއަށް ހާއްސަ ކެއުމެއްގެ ގޮތުގައެވެ. ސައި ބޮއި ނިމިގެން ވާހަކައިގައިި ދެމީހުން އެހެން ތިބޭތާ ކިތެންމެ އިރެކެވެ. ޒީކްގެ މޫނުމަތިން ފާޅުވަމުން ދިޔަ ހިނިތުންވުމުން އޭނާއަށް ކޮންމެވެސް ކަމެއް އެނގޭކަން ކަށަވަރެވެ. ލުޔޫނާ […]
ނައީމްވެސް އެމީހުންގެ ފަހަތުން ހަލުވި ހިނގުމެއްގައި ދިޔައެވެ. އާނާ އެނދުމަތީ އިނދެ ހަޅޭލަވަމުން ދިޔަ މަންޒަރު އެ ކޮޓަރި ދޮރު ހުޅުވާލި އާލިމް އަށާއި ރައުނާއަށް ފެނުނެވެ. އާނާ ހަޅޭލެވުން ހުއްޓާލީ ރައުނާ ފެނުމުންނެވެ. އޭރު އޭނާގެ ލޮލުން ހޯސްލާފައި ކަރުނަަތަށް އާދެއެވެ. ރައުނާ ދުވެފައި އައިސް އާނާގައިގާ ބައްދާލިއެވެ. “މަންމާ..! މަންމާ.. އޭތި ޒަޔާލް. މަންމާ ޒަޔާލް … މަރާލަން.. މަންމާ!!” އާނާ މައި ނޭވާތަކެއް ލަމުން ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާއަކަށް އިތުރަކަށް […]
ތިންވަނަ ބައި ގަޑިން ރޭގަނޑު ދަންވެ 11 ޖަހައިފިއެވެ. ފާތުން އޭނާގެ އެނދުގައި އެއޮތީ އަރިއަކަށް ނިދާފައި އޮތް އާލިޔާގެ މަގަތުގައެވެ. އެނދުގެ ބޯލާކޮޅުގައި ލައްކޮށްފައިވާ ބާލީހުގައި ބޯއަޅައިގެން، ކަނާތުން އާލިޔާގެ ގައި ގައި މަޑު މަޑުން ފިރުމާލަ ފިރުމާލައެވެ. ނިތްްކުރި މައްޗަށް އަނެއްއަތްއަރުވައިގެން ބޯމަތީ އެނބުރެމުން ދިޔަ ފަންކާއަށް ނަޒަރު ހުއްޓިފައި އޮވެވުނީ، އޭނާއާއި މިރޭ ދިމާވި ކަންތަކާމެދު ފިކުރު ބޮޑުވެގެންނެވެ. ދިމާވި ހާދިސާ އެންމެނަށް ކިޔައިދިނުމުން ބައްޕަ ކޮޓަރި ތެރެއަށް ލަވަޖަހާ ސެޓެއްވައްދައި ޤުރުއާން ސީޑީއެއް […]
ރަށަށް ދެވުމާއި އެކުހެން އާލިމްގެ ކާރަށް އާނާ އަރުވައިގެން ގެއަށް ގެންދިޔައެވެ. އެންމެންވެސް ބަނދަރުމަތީ ކަންބޮޑުވެފައި ތިއްބެވެ. ހިތާ ހިތުން ދުޢާ ކުރަމުން ދިޔައީ އާނާ އެ ނުރައްކަލުން ސަލާމަތް ވޭތޯއެވެ. ޒަޔާލްވެސް ނުގޮސް މަޑުކުރީ ގެއަށް ގޮސް ފެންވަރާ ތާޒާވެގެން އެގެއަށް ދިއުމުގެ ބޭނުމުގައެވެ. ޝައުނާ ކާރު ގޮސް އޮބާލަންދެން ފެންކަޅިވެފައި އެ ދިމާލަށް ބަލަން ހުއްޓެވެ. އޭނާއަށް ކުޅަދާން ވެގެން ވާނަމަ އެ ނުބައި ޖިންނި އޭނާ މަރާލާނެއެވެ. އޭނާ ގަބޫލު ކުރި ގޮތުގައި […]
ފޯނު ކަނޑާލުމުން ރަނާ އެ ފޯން ޝިފާނަށް ދިއްކޮށްލުމުން ޝިފާން އަދި އިރުކޮޅަކުން ދާން މަޑުކުރުމަށް އެދުނެވެ. ރަނާގެ އިންތިޒާރުގައި މިރޭ ގޭގައި މީހަކު ނުހުންނާނެއެވެ. މިކަހަލަަ ދެވަނަ ފުރުސަތެއް ނުލިބޭނެތީ ރަނާވެސް ގަސްތު ކުރީ ޝިފާނާ އެކީގައި މަޑު ކުރާށެވެ. މަޑުމަޑުން ކޯކު ދަޅުން އެތިފޮދު ބޮމުން އެކިވާހަކަ ދައްކާ ހީ ސަމާސާ ކުރަމުން ދިޔައެވެ. އެހިސާބުގަނޑަށް އިވެނީ މޫދުގެ ރާޅުޖަހާ އަޑެވެ. ރޭގަނޑު 11 ޖެހުމުން ގެމެންދޫ މަގެއްގެ މަތިންވެސް މީހެއްގެ ހިލަމެއް ނުވެއެވެ. […]