Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ކަޅި (ފަސްވަނަ ބައި)

Ummu Level 1
July 21, 2016 4 Mins Read
14 Comments

ކޮންމެވެސް ތާކުން މިކުއްޖާ ދެކުނު ހަނދާންވެއެވެ. ނޫނެކެވެ! ނޫނެކެވެ! މިއީ އެކުއްޖާއަކަށް ނުވާނެއެވެ! “ނޫން، ނޫން!” އަހަރެންނަށް ބާރުބާރަށް ބުނެވުނެވެ. އަހަރެންނާއި ދިމާއަށް އެތަށް ލޯތަކެއް ބަލަމުން ގެންދާކަން ފާހަގަވީ ދެނެވެ. އަހަރެން މީ ދުވަހަކުވެސް ކުލާހުގައި ބާރަށް ވާހަކަ ދައްކާ، ނުވަތަ ސަކަރާތް ޖަހާ ކުއްޖެއް ނޫނެވެ. އެހެންވުމުން، އަހަރެން ވަރަށް ލަދުގަތެވެ. އަހަރެންގެ ލަދުރަކި ކަމުން އަހަރެންނަށް އެތައް ފިރިހެން ކުދިންނެއް މަލާމާތް ކުރިއެވެ. އެއީ އޭގެން އެއްވެސް ކުއްޖަކާއި ވާހަކަ ނުދައްކާތީއެވެ.

“އިސް ސަމްތިންގް ރޯންގް؟” ޒަފަރު ސަރ އައިސް ކައިރީގައި ހުއްޓިފައި ސުވާލުގެ ނަޒަރަކުން އަހަރެންނާއި ދިމާއަށް ބަލައިލިއެވެ. އަހަރެންނަށް އެއްވެސް އެއްޗެކޭ ނުބުނެވި ލަދުން އިސްޖަހާލެވުނެވެ..

ބްރޭކު ގަޑީގައި ހުރިހާ ކުދިންތައް ތިބީ ކެންޓީނުގައެވެ. ހުދު ކުލައިގެ ޔުނިފޯރމް ތަކުގައި ދަރިވަރުން އެތާގައި ހޭހަންކުރާއިރު ވަރަށްވެސް ނަލައެވެ. ހީވަނީ ކިރުދޫނިތަކެއް ބައިބައި ގަނޑުހަދައިފައި އުޅޭ ހެނެވެ. އެއްބައި ކުދިން ތިބީ އަތަށް ރުފިޔާ މަހާލައިގެން ކާއެއްޗެއް ގަންނަން ކެންޓީނުގެ ސަފުގައި މަޑުކޮށްލައިގެނެވެ. އަނެއްބައި ކުދިން ހެނދުނުގެ ނާސްތާއަށް ދިޔައީ ގެއަށެވެ. ދެންތިބި ކުދިން ދަނީ ސުކޫލުގެ އެކިތަންތާގައި ފިރިހެންކުދިންނާއެކު ބައްދަލުތައް ބާއްވަމުންނެވެ. އަހަރެން ހުރީ ލުބުނާ އާއި އެކީގައި ކާއެއްޗެއް ގަތުމަށްޓަކައި ކެންޓީނުގެ ދިގުވެފައިވާ ސަފުގެ މެދެއްހާ ހިސާބުގައެވެ. ރަމްލާ ވީކޮންތާކު ކަމެއް އަހަރެންނަކަށް ނޭނގެއެވެ.

އެތައް މިނެޓެއްގެ ފަހުން އަހަރެންނާއި ލުބުނާއަށް އެހިސާބަށް ވާސިލުވުނެވެ. އަހަރެން ގަތީ ދެތިން ބަޖިޔަލެކެވެ. އަދި ލުބުނާ ގަތީ މަސްހުންޏާއި ރޮއްޓެވެ. އަހަރެންނާއި ލުބުނާ މަޑުމަޑުން ކުލާހަށް ދިޔައީމެވެ. ކުލާހުގައި އެއްވެސް ކުއްޖަކު ނެތެވެ. އެހެންވުމުން އަހަރެންގެ ބޮލަށް ވެރިވެފައިވާ ހާސްކަމާއި ބުރަކަން އެތައް ގުނައަކަށް ލުއިވެގެން ދިޔައެވެ. ސަބަބަކީ މިކުލާހަކީ މަސްމާރުކޭޓަކަށްވުރެވެސް އަޑުގަދަ ކުލާހެކެވެ. އަބަދު ކަމަކަށް އޮންނާނީ އެކަކު އަނެކަކާއި ދިމާކުރުން ނުވަތަ މަލާމާތް ކުރުމެވެ. ކުލާހުގައި ތިބެނީ 15 ކުދިންނެވެ. ޝަޒްލާ ލައިގެން 16 އެވެ. އެއީ އަށް އަންހެން ކުދިންނާއި އަށް ފިރިހެން ކުދިންނެވެ.

“ރޫސީ ދިޔައީ ކޮންތާކަށް؟ ބޭރަކުވެސް ނެތް ދޯ؟” އަނގައަށް ރޮށިކޮޅެއް ލަމުން ލުބުނާ އަހާލިއެވެ. “ވެދާނެ ގެއަށް ދިޔަކަމަށްވެސް!” އަހަރެން ބުނީމެވެ. މަޑުމަޑުން އަނގަތަޅަން ތިއްބާ، ޝަޒްލާ ކުލާހަށް ވަދެގެން އައިތަން ފެނުނެވެ. އެހާއިރުން އަހަރުމެން ދެމީހުންގެ ނަޒަރުވެސް ޝަޒްލާއަށް ހުއްޓުނުވެ. ޝަޒްލާ އައިސް އިށީންނީ ރަމްލާ އިން ގޮނޑީގައެވެ. “ހާއި، ކޮންނަމެއް ކިޔަނީ؟” ހީލަމުން ޝަޒްލާ އަހައިލިއެވެ. “ކިޔަނީ ސަމާ! އެކަމަކު ފްރެންޑްސް ކިޔަނީ ސިމީ!” އަހަރެން ބުނަން ނުބުނަން އިނދެފައި ބުނީމެވެ. “އެންޑް އައިމް ލުބޫ! ދި ބެސްޓް ހީރޯ އިންދި މޯލްޑިވްސް!” ލުބުނާ ބުނެލިއެވެ. “މަ ކިޔާނީ ޝަޒޫ އެނގޭ!” ލުބުނާ އަހަރެންނާއި ދިމާއަށް ލޯ އަޅާލަމުން، ޝަޒްލާއާއި ދިމާއަށް ބުންޏެވެ. “އޯކޭ! އެކަމަކު މައި ފޮރެންޑްސް ކޯލް މީ ޝުޒޫ!” ޝަޒްލާ ހީލަމުން ބުންޏެވެ. “ދެން ރަނގަޅު ވާނެ ޝަޒޫ ކިޔަސް، ކިހާ ފައްކާ ނިކް ނޭމް އެއްތަ؟” ލުބުނާ ހީވަނީ ކުޑަކުއްޖެއް ހެނެވެ. އަހަރެންނާއި ޝަޒްލާ ވާހަކަ ދައްކަފާނެތީ އަހަރެން އިނީ ބިރުން ވިރިވިރިއެވެ. މިއީ އިންސިއެއްކަމެއް، ފުރޭތަ އެއްކަމެއް، ޖިންނިއެއްކަމެއް ކަމަށް  އަހަރެން ޝައްކުކުރެވޭތީއެވެ. “ސިމީ އާއި ލުބޫ ބެސްޓްފްރެންޑްސްތަ؟” އަހަރެންނާއި ދިމާއަށް ބަލާލަމުން ޝަޒްލާ ސުވާލުކުރިއެވެ. “އާން، އެހެން!” އަހަރެން ތިރި ބަލާލަމުން ބުނެލީމެވެ. “ޝަޒޫ މިހާރު އިށީންދެގެން ތިއިންތާގައި އިންނާނެ ރޫސީ ކިޔާކުއްޖެއް! އެވެސް ބެސްޓް ފްރެންޑްއެއް” ލުބުނާ ހާދަހާ އަނގަގަދައޭ އަހަރެންގެ ހިތަށްއެރިއެވެ. އަހަރެން މަޑުމަޑުން ލުބުނާ އާއި ދިމާއަށް ބަލައިލީމެވެ. އެއަށްފަހު އަހަރެން ޝަޒްލާއާއި ދިމާއަށް ބަލައިލީމެވެ. ޝަޒްލާ އިނީ އަހަރެންނާއި ދިމާއަށް ބަލަހައްޓާގެންނެވެ. ހީވަނީ އަހަރެން ވަރަށް ރަނގަޅަށް ދެނެގަންނަންވެގެން އުޅޭހެނެވެ.

ހެމުންހެމުން ކުލާހަށް ވަދެގެން އައިބައިގަނޑު ފެނިފައި ޝަޒްލާ ތެދުވެގެން ގޮސް ޝަޒްލާ އިންނަ ގޮނޑިއަށް ބަދަލުވިއެވެ. ޖަރީރާއި މަސްއޫދާއި ރައްސާމާއި ޝިފާޒް އަދި ނޫރެވެ. އެއީ ކުލާހުގައި ވެރިކަން ކުރާ ކުދިންކޮޅެވެ. އަބަދު އުޅޭނީ ކޮންމެވެސް މީހަކާއި ދިމާކޮށްލައިގެނެވެ. “ކޮބާތަ މަގޭ ލޯބި ރޫސީ؟” ޖަރީރު އައިސް އަހަރެންގެ މޭޒުގައި ޖަހާލަމުން އެހިއެވެ. “ކަލޭ އޭނަ ކާލީއެއް ނޫންތަ؟” ލުބުނާ ފުންމައިގެން ތެދުވެ ދިމާކޮށްލިއެވެ. “ލުބޫ އަކާ ނޫން ސިމީ އާއި މިވާހަކަ މިދައްކަނީ!” ޖަރީރު ލާނެތް ގޮތަކަށް އަހަރެންނާއި ދިމާއަށް ބަލައިލުމުން އަވަހަށް އަހަރެންގެ ބެލުން ތިރިކުރީމެވެ. “ނޭނގެ!” އަހަރެން ދިނީ ކުރު ފިނި ޖަވާބެކެވެ.

ބްރޭކް ގަޑިއާއި ޖެހިގެން އޮތީ އިސްލާމް ގަޑިއެވެ. އިސްލާމްގަޑި ފެށެން ދެތިން މިނެޓަށް ވެފައި އޮއްވާ ރަމްލާ ވަރަށް ބާރަށް އައިސް ކުލާހަށް ވަނެވެ. ރަމްލާ ވަނުމުން ކުލާހުގެ ހުރިހާ ކުދިން ހަމަވީއެވެ. “ކޮންތާކަށް ދިޔައީ ރޫސީ؟” ލުބުނާ ލޯ ހަނިކޮށްލަމުން ރަމްލާ ގާތު އެހިއެވެ. “ގެއަށް ގޮސްލާފައި މިއައީ! ގަޑި ނުޖެހޭކަން ނަސީބެއްނު!” ރަމްލާ ޓިޝޫކޮޅަކުން ނިތްކުރީގައި ހިއްލާފައި ހުރި ދާތަށް ފޮހެމުން ބުންޏެވެ.

އަހަރެން ސިއްސައިގެން ދިޔައީ ބޮނޑިކޮށްލާފައިވާ ގަނޑެއް އައިސް އަހަރެންގެ ކޮނޑުގައި ޖެހުމުންނެވެ. އެ ގަނޑު ނަގާ ހުޅުވާލިއިރު ފެނުނީ “ސިމީ އަށް، އެއްވެސް މީހަކަށް ނުދައްކާތި” މިހެން ލިޔެފައި އިންތަނެވެ. މީތި ލުބޫ އާއި ރޫސީއަށް ދައްކަންވާނެއެވެ. ނޫނެކެވެ. ނުދައްކާށޭ ބުނެފައި އޮތިއްޔާ ނުދައްކާނީއެވެ. އިތުބާރު ކުރެވޭ މީހަކަށް ވާންވާނެއެވެ. އެގަނޑުގައި ލިޔެފައިވާ ޖުމުލަ ކިޔާ ނިމުނު އިރު އަހަރެން ދާހިއްލާ ފޯވެއްޖެއެވެ. “ސިމީ! ކިހިނެތްވީ؟” ތަންކޮޅެއް ގާތްވެލަމުން ރަމްލާ އެހިއެވެ. “އޭ.. ކީއްވެ މޫނުމަތި ރަތްވެފައި ތިހިރީ؟ އަތުގައި ތީ ކާކު ދިން ގަނޑެއް؟ ކޮންތާކުން ލިބުނީ؟ ލަދުގަނެފައި ދޯ ތިހިރީ؟” ލުބުނާ ބޮޑު ސުވާލު ފައްތަރެއް އަތުރާލިއެވެ. “ދައްކަބަލަ ބަލާލަން ސިމީ!” ރަމްލާ އާއި ލުބުނާ އާއި ދެމީހުން އެއްފަހަރާ ބުންޏެވެ. “މީގައި އެބައޮތޭ އެކަކަށްވެސް ނުދައްކާށޭ ލިޔެފަ!” އަހަރެން އެގަނޑު ބޮނޑިކޮށްލަމުން ބުނީމެވެ. “ތިގަނޑު ނުދައްކާށޭ ދޯ އޮތީ ލިޔެފަ؟ އެހެންވީމާ އަނގައިން ބުންޏަސް ކުއްވެރިއެއް ނުވާނޭ ސިމީ!!” ލުބޫ ފާޑަކަށް ދިމާކޮށްލަމުން ބުނެލިއެވެ. “އޭން، ނުކެރޭނެ! އެހެންނޫނަސް ޔަޤީން މީ ޖައްރެގެ މަސައްކަތެއްކަން، އޭނަ އެއުޅެނީ މަ ބޭޒާރު ކޮށްލަން ތޯއްޗެ ދުނިޔެއަށް، ނޫނެކޭ ބުނާނީ!” އަހަރެން ވިސްނާލުމަށްފަހު ބުނީމެވެ. “ނޫނެކޭ؟؟ އަނެއްކާ ރައްޓެހިވާން އެހީތަ؟” ރަމްލާ ކައިރިއަށް ޖެހިލަމުން އެހިއެވެ. “ހޫމް! އަހަރެންނަށް އެނގޭ ޖައްރެ އެއުޅެނީ ކީއްކުރަންކަން! އެއުޅެނީ ރޫސީ ހާސިލްކުރަންވެގެން ހަދާނެ ޕުލޮޓެއް ނޭގިގެން!” އަހަރެން ވަރަށް ޔަޤީންކަމާއެކު ބުނީމެވެ. “ކީކޯތަ ލިޔެފައި އޮތި؟” ލުބުނާ އަހަރެންގެ ބޮލުގައި ފުށްޓަކެއް ޖަހަމުން އެހިއެވެ. “ތެދެއް؟” ރަމްލާ ލުބުނާ އާއި ބައިވެރިވަމުން ބުންޏެވެ. “މީގައި އިނީ، ޔޫޝޭ ރައްޓެހިވާން އަހާފަ!” އަހަރެން ވަރަށް ރަކިވެލަމުން ބުނީމެވެ.

“ޔޫޝޭޔޭ! ސިމީ އާއި އެންމެ ގުޅޭ ކުއްޖާ އެއީ މިކުލާހުން، ސިމީ ކަހަލަ މޮޅު، ސިމީ ކަހަލަ ރީތި، ސިމީ ކަހަލަ ލަދުރަކި ސިމީ ކަހަލަ ހިކި ބަސް އަހާ ކުއްޖެއް! ޔޫ ޓޫ ވިލް މޭކް އަ ގްރޭޓް ކަޕްލް! ބުނޭ އާނއެކޭ!” ލުބުނާ ހީވަނީ އެހެން ފަދަ ކަމެއްހެނެވެ. “ނުބުނާނަން، އަހަރެން އުމުރު ދުވަހުގަވެސް! އަހަރެން ވަރަށް ފޫހިވޭ ފިރިހެނުން ދެކެ! އެއްވެސް ލޯތްބެއް ނުވޭ! އެކަހަލަ މީހުން އަހަރެންނާއި އަހަރެންގެ ފެމިލީ އަށް ދިން ކެހި އެބަހުރި ހަނދާނުގައި އަދިވެސް!” އަހަރެން ވަރަށް ބާރަށް ބުނީމެވެ.”ސިމީ!! ޔޫޝޭ އެބައިން ވަރަށް ލަސްވެފައި! ޖަވާބެއް ސެޓް ކޮށްފިންތަ؟”. އަހަރެން ފަހަތަށް ބެލުމަށް ފަހު އަތުގެ ދެ ޝަހާދަތްއިނގިލި ހުރަސް ކޮށްލަމުން ނުބައިފާހަގައެއް ހެދީމެވެ. “އޭން؟؟ ކީއްވެ؟” ޖަރީރު ބުންޏެވެ. އޭރު ޔޫޝައު އަށް ކަމެއްވާހެނެއްވެސް ހިޔެއް ނުވެއެވެ. “ސިމީ! ޝަޒޫ ބޭނުން ސިމީ އާއި އެކަނި ބައްދަލުކޮށްލަން!” ކުއްލިއަކަށް ޝަޒްލާ ބުންޏެވެ. “އޮންލީ މީ؟” އަހަރެން ދެލޯ ބޮޑުކޮށްލަމުން އަހާލީމެވެ. ޝަޒްލާ ބޯޖަހާލިއެވެ. “ޝަޒޫ ހާދަ އަވަހަށް ސިމީ އާއި ރައްޓެހިވެއްޖޭ ދޯ؟ މަށާއި ނުދައްކާ ވާހަކަވެސް!” ހިނިގަނޑެއް ޖަހާލަމުން ރުވެއިޝާ ބުންޏެވެ. ރުވެއިޝާ އިންނަނީ ޝަޒްލާގެ ވާތް ފަރާތަށްށެވެ. ޝަޒްލާގެ ކަނާއަތް ފަރާތަށް އިންނަނީ ނޫރެވެ. އެއީ އަހަަރެން ވަރަށް ފޫހިވާ ކުއްޖެކެވެ.

އިސްލާމް ޓީޗަރ ޒުލޭހާ އައިސް ވަދެ ސަލާމް ގޮވާލިއެވެ. ހުރިހާ ކުދިން ސަލާމުގެ ޖަވާބު ދިނެވެ. އަދި އަދަބުވެރިކަމާއެކު ޖަރީރާއި ރައްސާމް ނޫނީ ހުރިހާ ކުދިން އިށީންނެވެ. ޖަރީރާއި ރައްސާމް އިށީންނީ މިސްއާއި ދިމާއަށް މޫނު ހުތުރު ކޮށް ވައްތަރު ޖައްސަމުންނެވެ. ނަމަވެސް ޒުލޭހާ މިސްއަށް ކަމެއް ވާހެނެއްވެސް ހީނުވެއެވެ. “ހުރިހާ ކުދިން، މިސް ގޭގައި ހަދަން ދިން ފިލާވަޅުތައް ނިންމިންތަ؟ ނުނިންމާ ކުއްޖަކު ހުރިއްޔާ ކޮޅަށް!” ޒުލޭހާ މިސްގެ ބަރު އަޑުން ގޮވާލިއެވެ. ޝަޒްލާ، ޖަރީރު، ނޫރު، މަސްއޫދު، ރައްސާމު އަދި ޝިފާޒް ތެދުވިއެވެ. “މީއާކުއްޖެއް ދޯ؟ ކޮންނަމެއް ކިޔަނީ؟” ޒުލޭހާ މިސް ޝަޒްލާ ގާތު މަޑުކޮށްލަމުން ސުވާލުކުރިއެވެ. “ޝަޒްލާ!” ޝަޒްލާގެ ނަން ބުނުމާއެކު އަހަރެން ދިޔައީ ސިއްސައިގެނެވެ. ޝަޒްލާގެ އަޑުނުކުތީ އަސްލު އަޑަށްވުރެ ބަރުކޮށް ކަމަށްވާތީއެވެ.

ޒުލޭހާ މިސް ގޮސް ޖަރީރު ގާތު މަޑުކޮށްލިއެވެ. “އެއްވެސް ދުވަހެއްގެ ފިލާވަޅެއް ނަހަދާ! އެއްވެސް ދުވަހެއްގެ!” މިސް ޖަރީރަށް ފުރަގަސްދީފައި ހިނގާގަތުމުން، ޖަރީރު މޫނު ކުނިކޮށްލާފާއި މިސް އާއި ދިމާއަށް ކުޅެއް ޖެހިއެވެ. “ޖަރީރު މިހާރު ވަރަށް ގިނައިން މިކަހަލަ ކަންތައް ކުރާކަން މިސްއަށް ވަނީ ފާހަގަ ކުރެވިފައި، ދެނެއް މަޑެއް ނުކުރެވޭނެ، ފިލާވަޅު ނަހަދާ ހުރިހާ ކުދިން އޮފީހަށް، ލީޑިންގް ޓީޗަރ އާއި ބައްދަލުކުރަން ހިނގާ!” ޒުލޭހާގެ އަޑު އިވުމުން، އަދި ޖަރީރު ފަޟީޙަތް ވުމުން އޭނާ ހުރީ ވަރަށް ބޮޑަށް ސިހިފައެވެ. “ލައިން ހަދާ! މިސްގެ ފަހަތުން އާދޭ!” މިސް އެކުދިންނަށް އަމުރުކުރިއެވެ. ޝަޒްލާ ފިޔަވައި ހުރިހާ ފިލަވަޅު ނަހަދާ ކުދިން އައިސް ސަފެއް ހަދާލިއެވެ. މިސް ބޭރަށް ނިކުންނަމުން ބުނެލިއެވެ. “މޮނީޓަރ ހުރިހާ ކުދިން މަޑުން ތިބޭތޯ ބަލާތި!” މޮނީޓަރ އަކީ އަހަރެންކަން ހަދާންވީ އަދި ކިރިޔާއެވެ. އަހަރެން ލުބުނާ އާއި ވާހަކަ ތަކެއް ދައްކާފައި ރަމްލާ އާއި ދިމާއަށް އެނބުރުނީ، ރަމްލާ މަޑުމަޑުން ގޮވާތީއެވެ. އަހަރެންނަށް ފެނުނު މަންޒަރުން ދެލޯބޮޑުވެ ބިރުގަތެވެ. “ސިމީ! އެހީތެރި ވެދީ! ނޭވައެއް ނުލެވޭ!” ރަމްލާ އަޑު ނިކުތީ ކެނޑިކެނޑިގެނެވެ. އަހަރެން ލުބުނާ ގައިގައި ކޮށްޓާލީމެވެ. ލުބުނާވެސް ރަމްލާ އާއި ދިމާއަށް ބަލައިލިއެވެ. “ރޫސީ!” އަޑުގެ ނެތްކޮޅަށް ލުބުނާ ހަޅޭއްލަވައިގަތެވެ. ޝަޒްލާ އޮތީ ރަމްލާ ގެ ކަރުގައި ހިފައިގެން، ޝަޒްލާގެ މޫނު ރަމްލާގެ ބުރަކަށީގައި ތަތްކޮށްލައިގެނެވެ. “މީހެކޭ އެހީއެއް ވެދީ! ރޫސީއަށް އެހީއެއް ވެދީ!” ލުބުނާ ގޮވަމުން ދިޔައެވެ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ummu

Level 1

Other Articles

Previous

I’m So sorry

Next

އަސަރު 27

Next
July 21, 2016

އަސަރު 27

Previews
July 21, 2016

I’m So sorry

14 Comments!

  1. Nauher says:
    July 21, 2016 at 5:45 pm

    Wow…avahah nxt part up kohdhehcheyy ???

  2. Shin says:
    July 21, 2016 at 6:33 pm

    Wow nice story

  3. blakbeuty says:
    July 21, 2016 at 7:52 pm

    shazlaa aky phsyco ehh thaaa

  4. Faathee says:
    July 21, 2016 at 8:01 pm

    Wow v salhi. Sazlaa eii aslu insaaneh noon dhw. Islam gadeega Kiyava dheefaane thee birun dhw aslu e ulhenee. Hehe.

  5. lilaa says:
    July 21, 2016 at 9:31 pm

    vara rythi next part up kodhechey avaha <3

  6. Saajidh says:
    July 21, 2016 at 10:36 pm

    V reethi… e Shazlaa aky jinniehthaa dhw… next part ah eba v inthizaaru kurevey… next part avahah up kollahchey…

  7. ifaa says:
    July 22, 2016 at 10:13 am

    ya heevany ehen hen shazlaa akee jinni eh

  8. ifaa says:
    July 22, 2016 at 10:27 am

    kobaa tha mi story ga ulhey SHEEXAN sir

    1. Ummu says:
      July 22, 2016 at 1:22 pm

      Dhen oyyi partga insha allah

  9. Marsh says:
    July 22, 2016 at 12:46 pm

    Ebunaahen kba sheexan

  10. ifaa says:
    July 22, 2016 at 8:29 pm

    marsh vx sheexan ah hoadhanee thrr

  11. ifaa says:
    July 22, 2016 at 8:31 pm

    marsh don’t mind igeyyy

  12. kayaal says:
    July 23, 2016 at 3:47 pm

    Ummu ah kithah aharutha?

  13. Sahul muhammadh says:
    November 25, 2018 at 9:56 pm

    Vrh reethi plss aneh part avaha up kohdhehchey ingeyy
    ❤❤

Comments are closed.

Next Episodeކަޅި (ހަވަނަ ބައި)←


All Right Reserved!