Skip to content
އެސްފިޔަ

މުޅިން ތަފާތު…..

ފޯނު އެލާމްވީއިރުވެސް އަހަރެން އޮތީ ހޭލައެވެ. އެލާމް ނިއްވާލުމަށްފަހު މަޑުމަޑުން އެނދުން ތެދުވީމެވެ. ގަޑިން ފަތިހު ފަސްގަޑި ބައިވީއެވެ. ޓެސްޓް އޮތީ 7 ޖަހާއިރުއެވެ. އޭގެ ކުރިން އަދިވެސް އެއްފަހަރު ފޮތް ކިޔަލަން އަހަރެން ބޭނުމެވެ. ނަތީޖާ ކުރިއަށްވުރެ ދަށްވެއްޖެ ނަމަ ދެން ވާނެ ގޮތް ހަމަ ރަނގަޅަށްވެސް އަހަންނަށް އެނގެއެވެ. “އޭ” ރިޕޯޓެއް ލިބިއްޖެނަމަ ބައްޕަ ދޭން ބުނި އައި ފޯން އަހަރެން ބޭނުމެވެ. މިހާރު މި ގެންގުޅޭ “ބައްތި ނޮކިޔާ” ގެ އުނދަގުލުން ސަލާމަތްވެގެން، “ސްމާރޓް” ފޯނުގެ ދުނިޔޭގައި ފީނާލަން ބޭނުމެވެ.

ދެލޯ އުނގުޅާލުމަށްފަހު އާ ފުރިލަމުން އަހަރެން އައިސް އިށީނީ އަހަރެންގެ ކިޔަވާ މޭޒު ކައިރީގައެވެ. އެއްވެސް ތަރުތީބެއްނެތި މޭޒުމަތީ އުކާލެވިފައިވާ ފޮތްތަކަށް ބަލަހައްޓައިގެންވެސް ފަސްވަރަކަށް މިނެޓް ވަންދެން އަހަންނަށް އިނދެވުނެވެ. ރޭ ނިދަން ދަމުން ކިޔަން ހުޅުވާފައި އޮތް އިސްލާމު ފޮތް އެއިރުވެސް އެ އޮތްގޮތަށް އޮތެވެ. ކިތަންމެ ފޫހިވިޔަސް ދަސް ނުކުރިއްޔާ ފާހެއް ނުވާނެކަން އަހަންނަށް އެނގެއެވެ.

ގަޑިން 6 ގަޑި ބައިވަންދެން އަހަރެން އިނީ ފޮތްކިޔަށެވެ. އެއަށްފަހު ފާހާނައަށްވަދެ މަތިމަތިން ފެންތަޅާލައިގެން ނުކުމެ ޔުނީފޯމު އެޅީމެވެ. މޭޒުމަތިން ގަލަމަކާއި ފަންސުރަކާ ނަގައިގެން ސިޓިން ރޫމަށް ނުކުންއިރު މަންމަ ސައި ހަދައިގެން ހުއްޓެވެ. ކިރު ސައިތަށި އެއް ނޭވައިން ދަމާލުމަށްފަހު މަންމަ އެއްޗެހި ގޮވަ ގޮވާ އޮއްވާ އަހަރެން ގެއިން ނުކުތީމެވެ.

ހެނދުނުގެ ވަގުތަށްވުމާއެކު މަގުމަތިން މުޅިވެސް ފެންނަމުންދިޔައީ، އޮފީސްތަކަށް މިސްރާބު ޖަހާފައިވާ “ޓައީ” ތަކާއި ކުދިން ގޮވައިގެން ސުކޫލާ ދިމާއަށް ހަލުވި ފިޔަވަޅުތައް ގިރާކުރަމުންދިޔަ “ދަބަސްތަކެވެ.” އަތުގައި އޮތް ގަލަން ފަޓުލޫނުގެ ޖީބަށް ޖަހާލުމަށްފަހު އަހަރެންވެސް ހިނގުން ބާރުކޮށްލީމެވެ. އެއިރު ގަޑި ނުޖެހި ބާކީ އިނީ އެންމެ ފަސްމިނެޓެވެ. ދަސްވީ ކޯންޗެއްކަމެއް، ދަސް ނުވަނީ ކޯންޗެއްކަމެއްވެސް އަހަންނަކަށް ނޭނގެއެވެ. އަވަސް ވެފައިވާ ހިތުގެ ތެޅުމާއެކު އަހަރެން ބެލީ ގަޑި ނުޖެހި ސުކޫލާ ހަމައަށް ފޯރާތޯއެވެ.

މަގު ހުރަސް ކުރުމަށްޓަކައި އަހަރެން ހިނގައިގަތީ އެންމެ ވެހިކަލްތައް މަދުވި ވަގުތު ބަލާފައެއް ނޫނެވެ. އަހަރެންގެ ގަޔާ ދިމާއަށް އައި ޓެކްސީ ގައިގާ ޖެހުނުއިރު އަހަންނަށް ހުރެވުނީ މަގުގެ މެދުގައެވެ. ފުރަތަމަ ވީ ގޮތެއްވެސް ނޭނގުނެވެ. ވިއްސައިގެން ގޮސް ވަރަށް ދުރަށް ޖެހުނުކަން އެނގުނެވެ. ދެން ލޯ ހުޅުވާލެވުނު އިރު ފެންނަން އޮތީ ސާފު ނޫ އުޑެވެ. އަހަރެން އަވަސް އަވަހަށް ކޮޅަށް ތެދުވީމެވެ. އަދި ގައިން ވެލި ފޮޅާލުމަށްފަހު އަނެއްކާވެސް ސުކޫލާ ދިމާއަށް މިސްރާބު ޖެހީމެވެ. އެމަގުން ދިޔަ ދެތިން މީހަކު އެދިމާއަށް ދުވެފައި ކަހަލަ ގޮތަކަށް އައިތަން އަހަރެން ދުށީމެވެ. ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ އަހަރެން ބެލީ ގަޑި ނުޖެހި ޓެސްޓަށް ދެވޭތޯއެވެ. ފަހުން، ފަސް އެނބުރި ނުވެސް ބަލަމެވެ. ކިތަންމެ ބާރަށް ޖެހުނު ކަމުގައި ވިއަސް އަހަރެންނަކަށް ތަދެއް ނުވިއެވެ. އެއީ ކީއްވެ ހެއްޔެވެ؟ ޖެހުނު ގޮތުން ކަމަށް ވެދާނެއެވެ.

ސުކޫލުގެ ގޯތި ތެރެއަށް ވަދެވުމާއެކު އަހަރެން ދުއްވައިގަތީމެވެ. އެއިރުވެސް 3 މިނެޓް ލަސް ވެއްޖެއެވެ. ދުވެފައި ގޮސް ކުލާހުގެ ދޮރުމައްޗަށް ހުއްޓުނީމެވެ. އެއިރު އަހަރެން ފިޔަވާ އެހެން ހުރިހާ ކުދިން ޓެސްޓް ހަދަން ފަށައިފިއެވެ. އަހަރެންނަށް ވީ މޭޒު ހުރީ ހުސްކޮށެވެ. މޭޒުމަތީ ޕޭޕަރު ބާއްވާފައި އޮތެވެ. އިންވިޖިލޭޓަރ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އަހަރެން ގޮސް މަޑުމަޑުން ގޮނޑި ދަމާލުމާފަހު އިށީނީމެވެ. އަދި ޖީބުން ގަލަން ނެގުމަށްފަހު ޕޭޕަރު ހެދުމައިގެން މަސްއޫލުވީމެވެ.

5 މިނެޓް ފަހުން ކުލާސް ތެރެއަށް އައިސް ވަނީ ޕްރިންސިޕަލް އެވެ. ޕްރިންސިޕަލް ހުރިހާ ކުދިންނާ ދިމާއަށް ނަޒަރު ހިނގާލުމާށްފަހު އިންވިޖިލޭޓަރ ގާތު ކޮންމެވެސް ސުވާލެއް ކުރިތަން އަހަރެން ދުށީމެވެ. އަހަރެންގެ ހިތުގައި ސުވާލު އުފެދުނީ ޕްރިންސިޕަލް ސިއްރުން ސުވާލެއް ކުރީމައެއް ނޫނެވެ. އެ ސުވާލު ކުރިއިރު ޕްރިންސިޕަލްގެ އިނގިލި ސީދާ ވެފައި ހުރީ އަހަރެންނާ ދިމާއަށް ކަމުގައިވާތީއެވެ.

ޕްރިންސިޕަލް ކުރި ސުވާލުގެ ޖަވާބުގައި އިންވިޖިލޭޓަރ ބުނިއެތި އަހަންނަށް ވަރަށް ރަނގަޅަށް އަޑުއިވުނެވެ. އޭނާ ބުނީ އަހަރެންގެ ނަމެވެ. އެއީ ކީއްވެހެއްޔެވެ؟ އަހަރެން ލަހުން އައިމަހެއްޔެވެ؟ ނަމަވެސް އިތުރު ވާހަކައެއް ދެއްކުމެއްނެތި ޕްރިންސިޕަލް ނުކުމެގެން ދިޔައީއެވެ. އިންވިޖިލޭޓަރ ވެސް އިތުރު އެހެން ކަމެއް ނުކުރިއެވެ.

ޕޭޕަރު ވަރަށް ފަސޭހަ އެވެ. ދީފައިވާ ގަޑިއިރު ހަމަވުމުގެ 30 މިނެޓް ކުރިން އަހަރެން ޕޭޕަރު ނިންމާލީމެވެ. ސުކޫލުގެ އުސޫލަކީ، ޕޭޕަރު ހަދާ ނިމުމުން ޕޭޕަރު މޭޒުމަތީ ބޭއްވުމަށްފަހު ކުލާހުން ނުކުމެގެން ދިއުމެވެ. އަހަރެން އެހެން ހުރިހާ ކުދިންނަށްވުރެ ކުރިން ޕޭޕަރު ހަދާ ނިންމާލުމަށްފަހު ކުލާހުން ނުކުމެގެން އައީމެވެ. އަހަރެން ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ޕޭޕަރު ފަސޭހަ ވީމައެވެ. އަންގައިން މަޑު ރާގެއް ލައްވަމުން ލަސް ހިނގުމެއްގައި ގެޔާ ދިމާއަށް އަހަރެން މިސްރާބު ޖެހީމެވެ.

ތަންކޮޅަކަށް ދެވުމާއެކު އަހަރެންގެ ލޮލުގައި އަޅައިގަތީ 10 ވަރަކަށް ފޫޓު ދުރުގައި ހުރި 14 ވަރަކަށް އަހަރުގެ އަންހެން ކުއްޖެކެވެ. އެކުއްޖާ ކަޅި ޖަހާވެސް ނުލާ އަހަރެންނާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އިސްކޮޅުން ދިގު މި ކުއްޖާއަކީ އަދަޔާ ހިލާފަށް ހަމުގެ ކުލަ އަލި، ހިކި ކުއްޖެކެވެ. ލާފައިވާ ސާފު ހުދު ހެދުމުގެ އެކި ދިމަދިމާލުގައި ލޭގެ ނިޝާންތައް ހުއްޓެވެ. މަގުމަތިން ހިނގާބިނގާވެ އުޅޭ އެއްވެސް މީހަކު އެ ކުއްޖާއާ ދިމާއަކަށް ނުބަލައެވެ. އަހަރެންވެސް އެކުއްޖާއާ ދިމާއަށް ނުބަލަން މަސައްކަތްކުރީމެވެ. ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. ހީވަނީ ކޮންމެވެސް ނުފެންނަ ބާރަކުން ގަދަ ކަމުން އެކުއްޖާ އަހަންނަށް ދައްކަން އުޅޭހެންނެވެ.

އެ ކުއްޖާއާ ކައިރިއަށް ދެވޭ ވަރަކަށް ހިތުގެ ތެޅުން ބާރުވަމުން ދިޔައެވެ. އެހިސާބަށް ދެވުނު އިރު އަހަރެންގެ ހިތް ހީވަނީ މޭފަޅާލާފައި ނުކުމެދާނެ ހެންނެވެ. ކައިރިއަށް ދެވުމާއެކުވެސް އެކުއްޖާ އެއްވެސް ވާހަކައެއް ދައްކާކަށް ނޫޅެއެވެ. ނަމަވެސް މޫނުމަތިން ހީވަނީ ކޮންމެވެސް ބޮޑު ވާހަކައެއް އަހަރެންގާތު ބުނަން އުޅޭހެންނެވެ. އަހަރެން އަޅާނުލާ އަނެއްކާވެސް ކުރިއަށް ހިނގައިގަތީމެވެ. އެއިރުވެސް އެކުއްޖާ ހުރީ އަހަރެންނާ ދިމާއަށް ބަލަހައްޓައިގެންނެވެ. އަހަރެން ފަސްއެނބުރި ބެލުމެއްނެތި ކުރިއަށް ދިޔައީމެވެ. ނަމަވެސް ހިތަށް ވަރަށް އުނދަގޫވިއެވެ. އެއީ ކާކުހެއްޔެވެ؟ އެ ކުއްޖާ ބުނަން އެއުޅެނީ ކޮން ވާހަކައެއް ހެއްޔެވެ؟ އެ ކުއްޖާއަށް ލިބިފައި އެވާ އަނިޔާތަކުގެ ސިއްރަކީ ކޮބައިބާއެވެ؟

ސުވާލުތަކުން ފުރިފައިވާ ހިތަކާއެކު އަނެއްކާވެސް އަހަރެން އިސްއުފުލާލުމާށްފަހު ކުރިއަށް ބަލާލީމެވެ. މިއާއެކު ބިރުން ހިތް ހަލާކު ނުވީ ކިރިޔާއެވެ. ކާރުބާރު ބޮޑު މަގުގެ މެދުގައި ދެފައި ވައްކޮށްލައިގެން އިށީނދެ އެއިނީ ވިއްސަކަށް އަހަރުގެ ޒުވާން ފިރިހެނެކެވެ. ބޮލުގެ އިސްތަށިގަނޑު ބުޅިވެފައި ބޮޑެވެ. ހަމުގެ ކުލަ އައްޔެވެ. ދެލޯ ވަޅުޖަހާފައެވެ. ލާފައިވާ ޓީޝާޓާއި ޖީންސުގެ އެކި ދިމަދިމާލުން ވީދިފައެވެ. ކުޑަކުޑަ ދެލޯ އަމާޒުވެފައިވަނީ އަހަންނާ ދިމާއަށެވެ. ކޮޅުކޮޅު މައްޗަށް ދުއްވަމުންދިޔަ ވެހިކަލްތައްވެސް ދަނީ އޭނާގެ ގައިތެރެއިން ލާފައެވެ. އެއްވެސް އެއްޗެއްގައި އޭނާ ނުޖެހެއެވެ. އަހަރެން ބޮޑަށް ބިރުގަތީ އެހާ ހިސާބުންނެވެ. ކޮންމެވެސް ކަމެއް ވެއްޖެއެވެ. އެމީހާއާ ދިމާއަށް ނުބަލާ އަހަރެން އަނެއްކާވެސް ދިޔައީ ކުރިއަށެވެ. ހިނގުން ބާރުކޮށްލީމެވެ.

އިރުކޮޅަކުން އަހަންނަށް ނުކުމެވުނީ އެއްކަލަ މަގަށެވެ. އަހަރެން އެކްސިޑެންޓް ވީ މަގަށެވެ. އެ މަގު ވަނީ އެއްވެސް ވެހިކަލަކަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައެވެ. 15 ވަރަކަށް މީހުން އެތަނަށް އެއްވެފައި ތިއްބެވެ. އެކްސިޑެންޓް ވި ޓެކްސީ ހަމަ އެ އޮތްގޮތަށް އެތާ އޮތެވެ. އެއިރު އެތަނުގައި ދެތިން ފުލުހުން ހަރަކާތްތެރި ވަމުންދިޔައެވެ. ސުވާލުން ފުރިފައިވާ ހިތަކާއެކު އަހަރެން އެދިމާއަށް ހިނގަމުންދިޔައިމެވެ. އެތަނާ ކައިރިވި ވަރަކަށް ނުތަނަވަސްކަން ބޮޑުވަމުންދިޔައެވެ. ޓެކްސީއަށް މާބޮޑަށް ގެއްލުންވީބާއެވެ؟ ނަމަވެސް ގެއްލުމެއް ލިބުނަސް ލިބެންވީ އަހަންނަށެވެ. ވިއްސައިގެން ގޮސް ޖެހުނީ އަހަރެން ވިއްޔާއެވެ.

މަގުމަތިން މި ދިމާވި ކަންތައްތަކާމެދު ވިސްނަމުން އަހަރެން ކުރިއަށް ދެވޭތޯ މަސައްކަތްކުރީމެވެ. ނަމަވެސް އެއްލިކަޅިއަކުން ފެނުނީ، އެކްސިޑެންޓުގައި އަހަރެން ވެއްޓިފައި އޮތް ތަނެވެ. އެތަން ވަނީ ލެއިން ކަޅިވެފައެވެ. މީހެއްގެ ބައްޓަމަށް، ޗޯކުން އެތަން ފަވާލާފައިވެއެވެ. އެތަން ފޮޓޯ ނެގުމުގައި ފުލުހަކު ހަރަކާތްތެރި ވަމުންދިޔައެވެ.

ހީވީ ބޮލުގައި އެއްޗަކުން ޖެހިހެންނެވެ. އަހަރެންނަކަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ. އަހަރެން ހަމަ ރަނގަޅެވެ. ވީއިރު އެއީ ކޮން ލެޔެއް ހެއްޔެވެ؟ އެވަގުތު އަނެއްކާވެސް އަހަންނަށް ފެނުނީ އެއްކަލަ އަންހެން ކުއްޖާއެވެ. ހުދު ހެދުމުގައި ހުރި އަންހެން ކުއްޖާއެވެ. އެ ކުއްޖާގެ ފަހަތުން ކަހަލަ ގޮތަކަށް އެ ޒުވާނާވެސް ފެނުނެވެ. އެ ދެމީހުންގެ ފަހަތުން އެފަދަ އެތައް ބަޔަކު ފެނުނެވެ. އެ އެންމެންގެ ނަޒަރުވެސް ހުއްޓިފައިވަނީ އަހަންނާ ދިމާއަށެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަން ހުރީ ހިތާމަވެރިކަމުގެ އަސަރެވެ.

އެވަގުތު އަހަންނާ ދިމައަށް ފުލުހަކު އަންނަން ފެށިއެވެ. އަހަރެން ހީކުރީ އަހަންނާ ސުވާލުކުރަން އައި ފުލުހެއްކަމަށެވެ. ނަމަވެސް 5 އިންޗިއަށް ގާތްވެވުނުއިރުވެސް އެ މީހާ ނުހުއްޓުނެވެ. އޭނާ ދިޔައީ އަހަރެންގެ ގައިތެރެއިންލާފައެވެ. އާނއެކެވެ. އެއްވެސް މީހަކަށް އަހަރެންނެއް ނުފެނެއެވެ. ހަމަ އެއްވެސް މީހަކަށް އަހަރެންނެއް ނުފެނެއެވެ. ޕްރިންސިޕަލް ވެސް އިންވިޖިލޭޓަރ ގާތު ސުވާލުކުރީ ޓެސްޓަށް ހާޒިރު ނުވަނީ ކާކުތޯއެވެ. އެމީހުންނަށް އަހަރެން ނުފެންނާތީ އަހަރެންގެ މޭޒު އިނީ ހުސްކޮށެވެ. އަހަރެންނަށް މިހާރު ހުރިހާ ކަމެއް ސާފު ވެއްޖެއެވެ.

ސިއްސައިގެން ދިޔައީ ފަހަތުން މީހަކު ކޮނޑަށް އަތްލުމުންނެވެ. ބަލާލިއިރު އެއްކަލަ ހުދުހެދުމުގައި ހުރި އަންހެން ކުއްޖާއެވެ. އަހަރެން ބަލާލުމާއެކު އޭނާ “މަރުވެފައިވާ” ހިނިތުންވުމެއް ހަދިޔާކުރިއެވެ.

“އަހަރެމެންގެ މުޅިން ތަފާތު ދުނިޔެއަކަށް މަރުޙަބާ!!” އޭނާ ބުންޏެވެ.

ނިމުނީ

 

Comments (42)

  1. Hoody

    Hey guys!! Here is a short story!! Dhuvas kolhakah fahu Short story eh mi liyely!! Enjoy!!
    Please leave a comment! 🙂 😀

  2. kiyaa meehaa

    markhabaa eh noon maruhabaa kiyaa iru innaanee arabi haa eh. khaa eh noon.

    1. Hoody
      kiyaa meehaa

      Oww! Ehntha!! Thanks kiyaa meehaa!

  3. Enaash

    V salhi hoody ge konme story eh ves kyp it up…

  4. lada

    amaaa tskaaAA

  5. Mizna

    Hoooodss. Vrh vrh Interesting..

  6. Hoody

    Thanks all!

  7. Youme

    Hoodh aneh vaahaka liye nimijjetha

    1. Hoody
      Youme

      No youme! E vaahaka nimmumuge masakkai kuramun midhanee!! dheythere dheythrere in kuru vaahaka thah genesdheynan In Sha Allah!! 🙂

  8. smilebuddy

    v interesting n unique story eh i love it……..

  9. Aish

    Hei vrh salhi. Vrh thafaathu mi story ves. Mikahala vaahaka ginain genesdhehchey hoody, and aneh vaahaka liye nimunyma avahah up kohdhehchey. I knw u will do ur best.. And Best of luck hoodyy. ??

  10. Hoody

    Thankx Smilebuddy and Aish 🙂

  11. sabeeha

    nice story

  12. Marsh

    Ure great hoody… i lve u

  13. #

    Koky gadhaa varah reethi mi vaahaka ves…. haalu kihineh tha koky ge?…varah inrhizaari kurevey ebha ane vaahaka ya ves n hykuran kokoy mi gothah kuru vaahaka thah ves ginain kiyaalan libheyne kama. Ufaaveri musthagu balakan edhen koky…

    1. Hoody
      #

      Thankx #.. Alhuganduge haalu rangalhu, alhamdhu lillah… ☺ labba hama migothah kuriah dhaanan, Insha Allah.. ?

  14. Rani

    Nice story

  15. Mau

    Mivaahaka kuriyah gendheba

    1. Hoody
      Mau

      Mua… Mee kuru vaahaka eh ingey… Mivaahaka meenee nimifa…. ?☺

  16. Shaai

    Aslu vaanuva nenge dhw

    1. Hoody
      Shaai

      Shaai.. Aslu ves neygey tha!! ? e vaany maa funn koh genevifa huryma vee gothakah… Adhi effaharu kiyaala dhevvun edhen… Shukuriyyaa… ☺?

  17. Hoody

    Thankx all…. ?

  18. engeyne kamah heekuran :P

    thiththi vaahakaeh… it was more like kuda filmeh mind ga kulhely ey.. sifa kurun salhi… off to a great start… nicely done !!.. hope to get more from your side… good luck bro… 🙂 hoodh thee hama enme beshtu… 😛

  19. korean king

    haha….hood Korean drama balan dhw….lol

    1. Hoody
      korean king

      Ahaha… Yea korean one drama series eh belin.. Ithurakah nubalan… Im not a huge fan of Korean dramas… ?

  20. Shai

    Whaat??kiyaakiyaa bali wejje mihaaru..ehgothakah wes meega waagotheh hama neyngun?Kihineh tha miwanee..keewwe tha eyna e nufennanee ehen meehunnah..?

    1. Hoody
      Shai

      Shai… Eyna car ga jehifa maruvy… Ehnve nufennany… ☺

  21. Anonymous

    Salhi

    1. Hoody
      Anonymous

      Thankx Anonymous… ?☺

  22. Shuhy

    Vaahakaige namaa eh gothah vaahkah vs varra thafaaathu… abadhu ehkala vaahkah nuliyeh mi kahala thafaathu unique vaahakah genes dheythi..

  23. Blackangle

    Hoody mi story get nuvi
    . i gues tht is my problem…. Ehen story thah ves kiyan. Ekam get veyy..
    Bt y nt this… Huh.

    So sad…

  24. keefa

    wow .v v v v v v v v v vv v v v salhi. e kujja maru vee. haadha thafaathey. dhen vaany kihineh baa????? plx avahah next part up kurahchey. waiting waiting,,,,,,,,,,,,,,,,,,,,

    1. sofie
      keefa

      Keefa.. Mi vaahaka miothy nimifa… Mee kuruvaahakaeh… Nimunu thaanga ebaothennu “nimuny” jahaafa…

  25. Naash

    Varah salhi.. itz great

  26. HAMBEY

    not bad at all nice … adhi mi story kuriyah gendhevey nehnu ….

  27. Maiiii

    Wow.hoody ge vaahaka tha heevany varah real vaahaka takeh hen.amazing.and best of luck for future. ☆☆ 🙂

  28. Avrill

    Loved it

  29. Nuzuu

    Nice story. I loved it!!

  30. raf

    nice

  31. raf

    hoody ge ithuru vaahaka e genes deebaaa plex raf beynun hoody ge vaahaka ekiyan

  32. Croscent

    Hoody. Kihinakun e vee?
    Eyna maru veedhw?

  33. Angel

    WOW! mi stry vvv rythi , Ma Sha Allah , keep it up

Comments are closed.