Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ލޭކޯރު (ތިންވަނަ ބައި)

shyx
February 6, 2017
15 Mins Read
65 Views
18 Comments

” ތީނައަށް ކިޔަނީ ކޮން ނަމެއްތަ؟” ދެކަކޫ ޖަހައި ގޮނޑިމައްޗަށް އަރަމުން ތަނާލް އަންޝްއަށް ބަލައިލީ ވަރަށް ލޯބިންނެވެ. އެންމެންނަށް އެކުގައި ބަލައި ލެވުނީ ތަނާލްގެ މޫނަށެވެ. ނައިލް ހައިރާންވެފައި ބަލައިލިޔަސް އަންޝްގެ ހަނދާނާ ކުޅެލީ ފުރަން އައި ގަޑީ ތަނަލް ބަލަންހުރިގޮތެވެ. ” އަހަންނަށް ކިޔަނީ އަންޝް. ” ” އޯހ.. އަންޝް ވަރަށް ރީތި ނަމެއް. އަހަރެންބޭނުން އަންޝް ގެ ފޯންނަންބަރ ވެސް. ނޫނީ އެފް ބީ އައިޑީ ގެނޭ..” ތަނާލް އޭނަގެ ޑައިރީ ނަގައި އެނަންބަރ ލިޔަން ތައްޔާރުވެލައިފިއެވެ.” ތަނޫ… ނަންބަރ ލިޔާނީ ފަހުން.” ނައިލް އަވަސްއަވަހަށް އެފޮތް ތަނާލް އަތުން އަތުލައިފިއެވެ.” އެކަމަކު ދޮންބެ..މަރީ…” “ޝޫ.. މަޑުންއިންދޭ….” އެއްމެން ހޭތަންފެނުމުން ނައިލް އެފޮތް ދަބަހައްލައިފިއެވެ.” ދޮންބެ އެއީ އެވަރު ކަމެއްތަ؟ ވަރަށް ފޫހިވޭ ކުދި ކުދި ކަންތަށް ދޮންބެ މަނާކުރާތީ. އަހަރެން މީ ކުޑަކުއްޖެއްނޫން މިހާރު..” ތަނާލް ގޮނޑީގައި އިށީއިނީ ޗުކުޗުކު ލައްވަމުންނެވެ. ތަނާލް ގެ ޅަކަމާއި މައުސޫމުކަން އެހާވަރުން އެއްމެންނަށް ވިސްނުނެވެ.” ހާސް ކަނޑާލާ… މަ ހޯދަދޭނަން ނަންބަރ. ދެން މަށަށް ކިޔަނީ މާސް. ޕާރޓޭ އެންހެން ކަރުގަ ފަށް އަޅައިގެން އުޅުނަސް މަންމަ ގެ ޒީލަގަދަކަމުން އަދި މިއުޅެނީ ކަމެއްނުކުރެވިގެން. އަނެއްކޮޅުން ގާރލް ފުރެންޑަކަށް……” ” ތިޔަހެންވިއްޔާ ކީއްކުރަން ގޮވައިގެން ތި އުޅެނީ. ދޫކޮއްލާފަ ދޭބަލަ. މަށަށް ކީތް؟ ” މާސް ގެ ވާހަކަ ނިމެންދެނަވެސް އިލާ އަށް ނީނދެވުނެވެ. ” މަޖުބޫރު ވެގެން ގޮވައިގެން މި އުޅެނީ. ހީކުރީ ތީ މާރީތި އަންހެނެއްކަމަށްތަ؟ ” ” ސާބަސް ތި ދެމީހުނަށް. ލޯބި ނުވަންޏާ ދެމީހުން ވާހަކަ ދައްކައިގެން ދުރައްދޭބަލަ. މައިންބަފައިންގެ މަޖުބޫރުން ކައިވެނި ކުރާ ޒަމާނެއް ނޫނެއްނުމީ… ” މިފަހަރު އެއްޗެއް ނުބުނެ ޒަހުނާ އަކަށް ނީނދެވުނެވެ. ” އަދި ނުބައިކޮށް ތިބުނީ. އެކުގައި އުޅެން އެ ދެ މީހުނަށް މަޖުބޫރު ކުރަނީ އެކަކު އެނެކަކު ދެކެ ވާ ލޯބި… ނޫޅެވޭނެ އެކަކު އަނެކަކާ ވަކިން. ” ހައްލެ ބުނެލީ ޔަޤީން ކަމާއެކުގައެވެ. ” ކަލާންގެ ރަސްކަންފުޅަށްޓަކައި ތި ބޭކާރު ވާހާކަ ހުއްޓާލާފަ މާލެ ދެވޭތޯ އުޅެބަލަ.” މޫމިނާ ކޮޅަށް ތެދުވީ ކެތްނުކުރެވިގެނެވެ. އެންމެނަށް ބަލައިލެވުނީ މޫމިނާގެ މޫނަށެވެ. ވަރަށް ބޮޑަށް މޫމިނާ ހުރީ ރުޅި ގަދަވެފައެވެ. ” ދައްތާ…..” ” ދައްތަ އަށް ވިސްނަދޭން މަސައްކަތް ނުކުރޭ. ކަލޭމެންތީ އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ހިތުގައި ނެއްބައެއްކަން ދައްތަ އަށް ވިސްނިއްޖެ. ޒަމާން ބަދަލް ވިއަސް އިންސާނުންގެ ސިފައިގައި ކަލޭމެން ކުދިން ތިތިބީ. މިލޯންޗްގަ ހުރި ކުއްޖަކު ކަރު ބުރި ކޮށްލާފަ އެއްލާލިތާ އަދި ސައުވިސް ގަޑި އިރު ނުވޭ. އެކަމަކު ހީ ހީފައި މަޖާކުރުން ނޫން ކަމެށް ކުރަން ކަލޭމެންނަށް ނޭނގުނު. މަންމަ ބުނީ ދޮގެއްނޫން، މިހާރު އުޅޭ ކުދިންނަކީ ބިރެއް ސިހުމެއް ރަހުމެއް ކުލުނެއް އެކައްޗެއް ވެސް ނެތް ބައެއް. ނޫންނަމަ ރަށު ކުއްޖަކު ލޮލުގެ ކުރިމަތީ މަރާލީމަ ތިހެން ހީ މަޖާކުރާކަށް ކަލޭމެން ކުދިންނަކަށް ނުކެރޭނެ. ” މޫމިނާ ހަލޭލަވައިގަތުމުން އެންމެން މައިތިރިވެފައި ތިއްބެވެ. ” ދައްތާ ރާއްޖޭގައި އާންމު ކަމެއް އެއީ މިހާރު. ދައްތަ ހަބަރެއްނުބަލަންދޮ.” ހައްލެ ބުނެލީ ހަމަޖެހިލާފައި އެވެ. ” ހައްލެ މަޑުން އިންދޭ.” ނައިލް ރުޅިއައީ ހައްލެ ދެކެ އެވެ. ” ނޫނޭ… ކަލޭމެން ހުރިހައި ކުދިންގެ ހިތުގައި އޮތްގޮތަށް އެ ބުނީ. ނޫންނަމަ އެކަހަލަ މަންޒަރެއް ފެނުނީމަ ކަލޭމެން ތިބޭނީ ތިޔަހެނެއް ނޫން. ” މޫމިނާގެ އަޑުގައިވީ ފޫއްސާއި މަލާމާތެވެ. ރުޅިއާއި ނަފްރަތެވެ. ” އަހަރެން ނުދެކެން ކަރު ބުރި ކޮއްލި ތަނެއް. ” މޫމިނާގެ ވާހަކައިން ތަނާލް ހުރީ ރޮވިފައެވެ. އެހެން މީހުން އަދިވެސް ތިބީ އިސްޖެހިފައެވެ. ” އެހެންތަ… ދައްތަވެސް ނުދެކެން ކަރުގައި ވަޅި އެޅުވިތަނެއް، އެކަމަކު އެއްލާލި ތަން ނުދެކޭ މީހެއް ނުހުންނާނެ މި ލޯންޗްގައި. އަނެއްކޮޅުން މަރުގެ ތުންފަތް މަތިން ކިރިޔަ ކިރިޔާ ސަލާމަތް ވެފައި ތިތިބީ. އެކަމަކު ކަލޭމެންގެ ތި ނުބައި ޖާހިލު ހިތްތަކަށް އަސަރެއްވެސް ނުކުރި. ތިކަހަލަ މީހުން ބިރުގަންނާނީ އަމިއްލަ ކަރުގައި ވަޅިޖެއްސީމަ އެކަނި. އެކަމަކު ވާވަރު ވެއްޖެ މިހާރު. ހަވިރު ފުލައިޓްގައި ދައްތަ ޖެހޭ އިންޑިޔާއަށް ފުރަން. ކެންސަރު ޖެހިފައި ހުރި ބަލިމީހަކު ގޮވައިގެން ދައްތަ މިއުޅެނީ. ކަލޭމެން ކުޅިވަރު ކުޅެ އެކަކު އަނެކަކަށް ތައާރަފް ވާން ދައްތަ މާލެއަށް ލައިފަ އައިސް މިތަނުގައި ތިބޭ. ” މޫމިނާ ދުވަހަކުވެސް ބަޔަކު ދެކެ އެހާ ރުޅިނާދެއެވެ. މޫމިނާގެ ހަޅޭކަށް އެއްވެސް އެއްޗެއް އެމީހުންނަށް ނުބުނެވުނެވެ. ކުރެވުނު ކުއް ޤަބޫލު ކުރެވި ލަދުން އިސް ނުނެގިފައި ޒަހުނާ ހުއްޓެވެ. ” ދައްތަ ބުންޏަސް ތެދެއް އެބުނީ. އެހެންނޫނަސް މިހެން ތިބެންވެއްޖިއްޔާ ކަނޑުފޭރޭ ބަޔަކުވެސް އަހަރުމެން އަތުލައިގެން ފާނެ. އެލޯންޗް ވެސް ނޭންގެ އަހަރުމެން ނުހޯދާ ކަމެއް.” އެއްޗެއް ބުނީ މިހާއިރު އަނގައިން ނުބުނެ ދުރުގައި ހުރި މުބާ އެވެ.

އެއްވެސް އެއްޗެއް ނުބުނެ ސަމާޙް ހިންގައިގެންފިއެވެ. އެމީހުންގެ ކުޅިވަރު ދެކެން މިހާއިރު މަޑުމަޑުން އިން ކޮމާންޑް އަޑުލައްވަން ފެށީ އެހާ ހިސާބުންނެވެ. އެއްޗެއް ބުނަން ކޮމާންޑް މަސައްކަތް ކުރާ ތަން ފެނުމުން އެންމެ ކައިރީގައި ހުރި މާސް ކޮމާންޑް އަނގަމަތީ އައްސާފައި ހުރި ފޮތިގަނޑު ތިރިއަށް ދަމައިގެންފި އެވެ. ” އަހަރެން ކޮމާންޑް ކިޔަނީ…. ” ” އޭ އޭ ކަލޭ ކައިރީ ނަން އެހީ ކާކު؟ ” ހައްލެ ކޮޅުފައިން އަޅައި ބެހެއްޓީ ކޮމާންޑް އުނަގަނޑު ތެރޭގައި އެވެ. ވީ ތަދުން ކޮމާންޑް ނޭވާވެސް ދިޔައީ ކުރުވެގެން ނެވެ. އެހެނަސް ބަލަންތިބި ނައިލް މެންގެ ހިތުގައި ކޮމާންޑުގެ މައްޗަށް ރަހުމުގެ ކަންފުޅެއްވެސް ނެތެވެ. ޒަހުނާ އާއި އިލާ އަދި ތަނާލް ވެސް ބަލަންހުރީ ރުޅިއައިސްފައެވެ. ” ކަލޭމެން ބޯ ރަނގަޅު ނެތީ… ” ” ބޯ ރަނގަޅު މީހެއް ކަލޭއަށް ދައްކާލާނަން ރާއްޖެ ގޮސް. ” މާސް ކޮމާންޑުގެ އިސްތަށިގަނޑު ހިފައި އިންގިލި ދިއްކޮއްލީ ކޮމާންޑުގެ މޫނަށެވެ. ” ތި ބޭކާރު ވާހަކަ އަޑު ނާހައި ސަމާޙް ދޭބަލަ ލޯންޗް ދުއްވަން. ” ކޮމާންޑުގެ ވާހަކަ އަޑުއަހަންވެސް ނައިލް ބޭނުމެއްނުވި އެވެ. ” މި ލޯންޗް ދެ ގަޑި ދުއްވާ އޮއިލު ނެތީ…. އޮއިލު ނެތީމަ ރާއްޖެ ނުދަނީ ދޯ… ” އަނިޔާ ކުރަންފެށުމުން ކޮމާންޑުގެ އަޑުވެސް ވީ ބާރެވެ. ” ވަޓް…؟ ” ބާރު ހުރި އެތިފަހަރެއް އަންޝް ގައިގައި މީހަކު ޖެހި ކަހަލަ އެވެ. މާސް އަށް ކޮމާންޑު އިސްތަށިގަނޑުން ދޫކޮށްލެވިއްޖެ އެވެ. ކޮމާންޑުގެ ވާހަކައިން އެހެންމީހުންނަށްވެސް ލިބުނީ ވަރުގަދަ ސިހުމެކެވެ. މޫމިނާ އަށް ވެސް އެދިމާއަށް ބަލައިލެވުނީ ދެލޯ ބޮޑުކޮއްލާފައި އެވެ. ދުރުގައި ހުރި އަންޝް އަށް އަވަސް އަވަހަށް ހިނގައިގަނެވުނީ ކޮމާންޑާއި ދިމާ އަށެވެ. ” ގިނަ ގަޑި ދުއްވަނީމާ ތެލު ނުހުންނަނީ..” ރުޅިމަޑުކޮށް އިތުރަށް ކޮމާންޑު ކިޔައިދިނެވެ. އެމީހުންނެކޭ އެއްގޮތަށް ކޮމަންޑު ވެސް ހުރީ ކަންބޮޑުވެފައި އެވެ. މިހެން ވެދާނެ ކަމަށް ކޮމާންޑް ފަހަރެއްގައިވެސް ހީނުކުރެ އެވެ. އެކަކު އަނެކެއްގެ މޫނަށް މާސް މެންނަށް ބަލައިލެވުނީ ކޮމާންޑުގެ ވާހަކައިން ވަރަށް ބޮޑަށް ބިރުގަންނަ ގޮތް ވެފައިއެވެ. ” އެކަމަކު ބާރަ ޖެހި ފަހުން ނޫންތަ ކަލޭމެން އިންޖީނަށް ޕެޓްރޯލް އެޅީ” ” އަހަރެން ތޭލް ގެންނަނީ މިހިސާބު އަންނަނީވަރު.. އެހެންވީމައި އަހަރެން މީހުން ގެންދަނީ އެލޯންޗް އަންނަނީ” ކޮމާންޑް ޖަވާބު ދިނީ ސުވާލު ކުރި އަންޝް އަށެވެ. އިތުރަށް ބުނާނެ އެންމެ ލަފްޒެއްވެސް އަންޝް ގެ ދުލަކަށް ނައެވެ. “ސ..ސަމާޙް މީނަ ދޮގުހަދައިފާނެ އަހަރުމެން މާލެ ދިޔަ ނުދެން. ލޯންޗްގައި ޕެޓްރޯލް ހުރެދާނެ މިމީހުން ފޮރުވާފައި. އަހަރުމެން މީނަ ބުނިހާ އެއްޗެއް ޤަބޫލް ކޮއްގެން ނުވާނެ.” ދުލުން ކޮންމެ އެއްޗެއް ބުންޏަސް ޒަހުނާ ބިރުގެންފައި ވާ ވަރު އެއަޑުން ހާމަވެއެވެ. ” މަށަށްވެސް ފެންނަނީ ބަލާލަން” ޒަހުނާގެ ވާހަކައަށް ތާއީދު ކުރީ އަންޝް އެވެ. އެހެންކަމުން އެންމެން އެކުވެ ލޯންޗް ތެރޭ އަތްފުނާ އަޅަން ފަށައިފިއެވެ. ޒަހުނާ އާއި ތަނާލް ވެސް އެމީހުންނާއި އެއްބައިވެގެން އުޅުނެވެ. މާލެ ނުދެވިދާނެތީ ބިރުން މިހާރުވެސް އިލާ ހުރީ ރޮވިފައި އެވެ. އިރުކޮޅެއް ކުރިން ރުޅި އައިސްގެން ހަޅޭ ލެވިއަސް އެމީހުންނާއި އެއްބައިވެ މުމިނާ ވެސް މިހާރު މަސައްކަތް ކުރަމުން ދިޔައީ ޕެޓްރޯލް ފެނޭތޯއެވެ.

އިރުގަނޑެއްގެ މަސައްކަތަށްފަހު އެމީހުން މަސައްކަތް ހުއްޓާލަން ޖެހުނީ ހުސްއަތާއެވެ. އިންޖީނުގައި މިހާރު ހުރިޕެޓްރޯލްގެ އިތުރަށް އެލޯންޗްގައި އެންމެ ޕެޓްރޯލް ހަމެއްވެސް ނެތެވެ. އެންބުރި މާލެ ދެވޭނެ ކަމުގައި ފޮނި އުއްމީދުގައި ތިބި އެންމެން ގޮތްހުސްވެ ބަސްހުސްވެފައި ތިބީ ދެންހަދަންވި ކިހިނެއްކަން ހިތަށް އަރުވާލަންވެސް ނޭނގިފައި އެވެ.

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތް މޫސަ ފެނުނީ އެދުވަހު ހަވީރު އަތަށް އަޅާލާފައިވަނިކޮށް މާލެ ދަތުރުކުރަމުން ދިޔަ ކަންނެލި ދޯންޏަކަށެވެ. ދޯނީގެ ކައްޕި އެ ޙަބަރު އަވަސް ގޮތެއްގައި ފުލުހުންނަށް ރިޕޯޓް ކުރިއެވެ. އެހެނަސް ފުލުހުންނަށް އެހާ ހިސާބަށް އާދެވުމުގެ ކުރިން ދޯނީގެ ފަޅުވެރިން އެފްބީ އާއި ޓުވިޓާގެ ޒަރިއްޔާއިން އެ ޙަބަރު ދުނިޔޭގެ އެކިދިމަދިމާއަށް ފަތުރާލައިފި އެވެ. އެ ލޯންޗް ގެއްލުނީ އިންޖީނު ހުއްޓިގެން ނޫންކަން މޫސަގެ ފޮޓޯ ފެނުނު ކޮންމެ މީހަކަށް ޔަޤީން ކުރެވުނެވެ.

މައްސަލަ ސީރިއަސް ވެގެން ދިއުމުން އަވައްޓެހި ޤައުމު ތަކުގެ އެހީ ލަސްތަކެއް ނުވެ ލިބެންފަށައިފި އެވެ. ހުއްޓައި ނުލައި ލޯންޗް ހޯދުމުގެ މަސައްކަތް ކުރެވެމުންދިޔަ އިރު ލޯންޗްގައި ދަތުރު ކުރި މީހުންގެ އާއިލާތަށް ދުޢާ ކުރަމުން ދިޔައީ އެމީހުންގެ ދަރިން ހެޔޮހާލުގައި ވުމަށް އެދިއެވެ.

ވަކި މިސްރާބެއްނެތި ލޯންޗް ދާނެދިމާއަކަށް ދާން ދޫކޮށްލާފައި އޮތެވެ. އިރުއޮއްސެމުން ދިޔަ އިރު ތަނާލް އޭނަ ގޮނޑީގައި ފަރުވާ ކުޑަ ގޮތަކަށް ލެގިލައިގެން އިނެވެ. ހެނދުނު ކެއި ފަހުން ތަނާލް އަދި އެއްވެސް އެއްޗެއް ނުކައި އެވެ. އެންމެންގެ ހާލަކީ ވެސް އެ އެވެ. އެންމެ ހިނދުކޮޅަކަށްވެސް މޫމިނާގެ ލޮލުން ކަރުނަ ނުހިކެ އެވެ. މުޅި ދުވަސް ހޭދަވެ ދިޔަ އިރު ދައިތަވެސް އިނީ އެކަހަލެ ގޮތަކަށެވެ. އެމީހުންގެ ހާލު އަންޝް އަށް ވިސްނެއެވެ. ދައިތައަށް ވެދާނެ ގޮތަކާއި މެދު ވިސްނާލާފައި ބިރުވެސް ގަނެއެވެ. އެހެނަސް އަންޝް ވަކި ކުރާނީ ކީއްހެއްޔެވެ؟ ހެދޭނެ އިތުރު އެއްވެސް ގޮތެއް ނެތުމުން ލޯންޗް ތެރެ ހާވައި ބަލަބަލާފައި ކޮމާންޑް ގޮވައިގެން ގޮސް ކުރީ ކޮޅުގައި އިށީއިންދެގެން އަންޝް އިނެވެ. ދެމީހުންގެ މެދުގައި ވާހަކަ ތަކެއް ދެކެވެމުން ދިޔަސް އެހެން އެއްވެސް މީހެއްގެ ސަމާލުކަން އެކަމަކަށް ނުހުއްޓުނެވެ. ” އިރުއޮއްސިއްޖެ… ” އެނބުރި ތަނާލް ބަލައިލީ ނައިލް އަށެވެ. ” ދޮންބެ ބުނީމެއްނު އަހަރުމެން ބަލާ ކޮންމެވެސް ބަޔަކު އަންނާނެ އޭ..” ތަނާލް އަށް ހުރީ ގިސްލެވިފައި އެވެ. މުޅި ދުވަސް ހޭދަވެ ދިޔަ އިރު ތަނާލް އަށް ހިތްވަރު ދީދީ ނައިލް ވަރުބަލި ވެއްޖެއެވެ. އިތުރަށް އެންމެ ލަފްޒެއްވެސް ނައިލް އަށް ނުބުނެވުނެވެ. ” އަހަރުމެން ބަލާ އެކަކުވެސް ނާންނާނެ. ” މާސްގެ އަޑުގައި ސަލާމަތް ވާނެކަމުގެ އުންމީދެއް ނެތެވެ. ތަނާލް ބަލައިލީ އިލާ ގެނެސް ގައިގައި ލައްކޮށްލައިގެން އިން މާސް އަށެވެ. ލޯމެރިފައި އިން އިލާ އިނީ ހުންއައިސް ރަތް ވެފައިއެވެ. ” މަރުވަންދެން އަހަރުމެން ޖެހޭނީ މިހެންތިބެން، މިހާހިސާބަށް އަހަރުމެން ހޯދަން އެކަކުވެސް ނާންނާނެއެވެ. ”  ” އެކަމަކު އަހަރެންގެ ހިތެއްނުބުނެ ތިހެން ”  އަންޝް މާސް އާއި ދެކޮޅެވެ. ރޮވިފައި ތިބި އެންމެނަށް ބަލައިލެވުނީ އައިސް އެތެރެއަށް ވަތް އަންޝްގެ މޫނަށެވެ…

އެކަމަކު އަހަރެންގެ ހިތެއްނުބުނެ ތިހެން ”  އަންޝް މާސް އާއި ދެކޮޅެވެ. ނެގިމަޑުވެފައި ތިބި އެންމެނަށް ބަލައިލެވުނީ އައިސް އެތެރެއަށް ވަތް އަންޝްގެ މޫނަށެވެ… އަވަސް އަވަހަށް ތަނާލް ކޮޅަށް ދެތުވެއްޖެއެވެ. ” މާލެ ދެވޭނެގޮތެއް ފެނުނީތަ؟ ” ” އިންޝާﷲ!! ވަރަށް އަވަހަށް ފެންނާނެ.. އަހަރުމެން ހޯދަން އެކި ޤައުމުތަކުން މިހާރު ނުކުމެދާނެ.” އުއްމީދުގެ ހުޅުކޮޅު އަންޝް ނިވައެއް ނުލައެވެ. އެހެނަސް ތަނާލް އަލުން ގޮނޑީގައި އިށީއިނީ ނާ އުއްމީދު ވެފައެވެ. ތަނާލް އެހާދެރަވުމުން އަންޝް މާ ބޮޑަށް ދެރަވިއެވެ. އަންޝް ބަލައިލީ ލޯންޗުގައިތިބި އެހެން މީހުންނަށެވެ. ވަރުބަލިކަމާއި ހައިހޫނުކަން ރީތިކޮށް އެމީހުންގެ މޫނުމަތިން ހުރީ ފެންނާށެވެ. ” ކޮމާންޑް ވަރަށް ކުޑައިރު ބަޔަކު ވަޅިން ހަމަލާދީ ކޮމާންޑް ބައްޕަ މަރާލި. ކޮމާންޑް މަންމަ އޭރުވެސް ދުނިޔެއަކު ނެތް. ހުރިހަމަ އެކަނި އަންހެން ކޮއްކޮގެ ޒިންމާ އެޅުނީ ކޮމާންޑްގެ ބޮލުގައި. އެކަނި އުޅެގެން ބޮޑުކުރި ކޮއްކޮ ކައިވެނިކުރާ އުމުރަށް އެޅުނީމަ ރައްޓެއްސެއްގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ކޮމާންޑް ފައިސާ ހޯދަން އައީ ރާއްޖެ. މޫސަބެގެ ބައްޕަ ގާތު ކޮމާންޑް އުޅޭތާ ހަތަރު އަހަރުވެއްޖެ. ވަޑާންކުރާއިރު ބައްޕައަށްވުރެ ބުރަކޮށް އުޅެންޖެހެނީ ކޮމާންޑް. އެހާވަރު  ނުވެގެން ބައްޕަ ގޯތީގައި ކުރަންޖެހޭހާ ކަމެއް ކުރަނީ ކޮމާންޑް. މި ލޯންޗަކީ މޫސަބެ އާއި މޫސަގެ ބައްޕަގެ ނަމުގައި ލޯނެއް ނަގައިގެން ގަނެފައިވާ ލޯންޗެއް. ލޯންޗު ގަނެފައި ލޯންޗުގެ ފަޅުވެރިއަކަށް ވެސް ހެދީ ކޮމާންޑް. ލޯންޗް ދަތުރު ނުކުރާ ދުވަސް ދުވަހު އުޅެންޖެހެނީ ބައްޕަ އާއި އެކު އަވަދިނެތި. އަރާމުކޮށްލުމަށް ހުކުރު ދުވަސް ވެސް ކޮމާންޑަށް ނުލިބޭތާ ކިތަންމެ ދުވަހެއް. އެކަމަކު އެމީހުން ކޮމާންޑަށް މުސާރަ ދެނީ ކޮމާންޑް ރޮއެ އާދޭސްކޮށް ސަލާން ޖެހީމަ. ދޭ ފަހަރަކުވެސް ދެނީ ފަސް ސަތޭކަ އެއްހާ ރުފިޔާ. އެގޮތަށް މަސައްކަތް ކުރަން ބޭނުންނުވާ ވާހަކަ ބުނީމަ ދެންބިރުދައްކަނީ ރާއްޖެ ނާދެވޭގޮތަށް ބޭރަށް ފޮނުވާލާނަމޭ ކިޔާފަ. އެހާވަރުން ނުވެގެން ކަމެއް ވާއިރަށް އަތް އިސްކުރޭ. ކޮއްކޮއަށް 24 އަހަރު ވެގެންދިޔަ އިރުވެސް އެންމެ ރުފިޔާއެއް ވެސް ކޮމާންޑަށް ސޭވް ނުކުރެވުނު. 24 އަހަރުވާއިރު ކައިވެނި ނުކޮށް އަންހެންކުއްޖަކު ހުރުމަކީ އެއަވަށުގައި ވަރަށް ބޮޑު މައްސަލައެއް. މީހުން ކުރާ މަލާމާތަށް ކެތް ނުކުރެވިގެން ކޮއްކޮ އަމިއްލަ އަށް މަރުވީ ދަންޖެހިގެން. އެންމެ ފަހު ފަހަރު ކޮއްކޮގެ މޫނުވެސް ކޮމާންޑަށް ނުފެނުނު. އަނިއްކޮޅުން ދަންޖެހުމުގެ ކުރިން ދޫކޮށްދިޔަ ނޯޓްގައި ބުނެފައިއޮތީ ތިމަންނައަށްޓަކައި ބޭބެ ބައެއްގެ އަޅުވެތިވެގެން އުޅޭކަށް ދެން ނުޖެހޭނޭ. ކޮމާންޑްގެ މުޅި ދިރިއުޅުން ބިނާވެފައި އޮތީ ކޮއްކޮގެ މައްޗަށް. އެމީހުން ކޮމާންޑް ކުރި ބުރަ މަސައްކަތުގެ އަގުދިންނަމަ ކޮއްކޮ މަރުވާކަށް ނުޖެހުނިސް. ކޮމާންޑްގެ ނަޒަރުގައި ކޮއްކޮ މާރާލި ޤާތިލުންނަކީ އެ ދެ މީހުން. ދެން ހުރި ފަޅުވެރިޔާ ޑެޑް އަށް ވެސް އެމީހުން ހެދީ އެހެން. ކުރިން ވެސް ޑެޑް ހުރީ ރުޅިގަދަވެފަ. ދެ މީހުންނަށް ވެސް ފެނުނީ މޫސަބެ މަރާލާފައި ރާއްޖެއިން ފިލައިގެން ދާން. އެކަމަކު އެހެން ހެދޭނެ ގޮތެއް ނުވިސްނުނީމަ ޑެޑް މައިކްއަށް ގުޅާފައި އެހީއަށް އެދުނީ. މައިކް އަކީ އެމީހުން އަވަށުގެ އެންމެން ޖެހިލުންވާ ގޭންގުގެ ބޮޑެއް. ލޯންޗުގައި ފިލަން ހިޔާލު އައީ މައިކްއަށް. ރާއްޖެ އިން ބަޔަކު ކިޑްނެޕް ކޮށްފިއްޔާ ދިވެހި ސަރުކާރުން އެމީހުން ބުނި ވަރަކަށް ފައިސާ ދޭނެކަން ޔަޤީންކޮށްގެން ތިބެ އެމީހުން މި ގޭމް ކުޅުނީ. ހަތަރު މަސް ވެއްޖެ އެމީހުން މި ކަންތައްގަނޑު ޕްލޭން ކުރާތާ. ދެން ރޭ އައި ލޯންޗުގައި ތިބީ އެމީހުންނާއި ގުޅިގެން އުޅޭ އެހެން މީހުން..”  ކޮމާންޑް ކިޔައިދިން ވާހަކަ އަކުރެއް ފިއްޔެއް ވައްޓާނުލައި އަންޝް އެމީހުންނަށް ކިޔައިދިނެވެ. ކުރިން ރުޅި އަޔަސް ތަނާލްގެ ހިތުގައި ކޮމާންޑްގެ މައްޗަށް ހަމްދަރުދީ އުފެދުނެވެ. ” ބިދޭސީން ގެނެސްފައި ގިނަ ދިވެހިން ހަދަނީ އެހެން”  ” އެކަމަކު އޭގެ ބަދަލު އަހަރުމެންނަށް ލިބޭކަށް ނުޖެހޭނެ” މުބާ ތަނާލްއަށް ބަލައިލީ ވަރަށް ބޮޑަށް ރުޅި އައިސްފައެވެ. ” ތިހެން ތި ބުނަނީ މުބާގެ އަންހެން ކޮއްކޮއެއް ނެތީމަ. އަހަރުމެންނަށް މިހާލު މިޖެހުނީ ހަމަ ދިވެހިންނާއިހުރެ”  ތަނާލް ރައްދު ދިނީ މުބާ އަށެވެ. ތަނާލްގެ ވާހަކައަށް ނައިލް ވެސް ދެކޮޅެއް ނޫނެވެ. އެހެން ކަމުން ތަނާލް ހުއްޓުވާކަށް ނައިލް ނޫޅުނެވެ.  ” ކޮންމެ ބަޔަކާއިހުރެ ހާލުގައި ޖެހުނަސް އަހަރެން ވިހާ ދުވަސް މިއޮތީ ކުރިމަތީގަ..”  ގިސްލެވިފައި އިން ޒަހުނާ ދެ އަތުން ހިފެހެއްޓީ އޭނާގެ ބަނޑުގައެވެ. ލޯންޗުގައި އެހާލުގައި ތެޅެން ޖެހުމުން ޒަހުނާގެ މުޅި ގައިގައި އެބަ ރިއްސައެވެ. ” ކުރީފަހަރުވެސް އަހަރެން ވިހަންޖެހުނީ އެއް ހަފްތާ ކުރިން. ދަރިފުޅު ފުރަތަމަ ވެސް ޖެހުނީ ނާސަރީއަށް ލާން. އަނިއްކޮޅުން ކިރިޔާ އަހަރެން ސަލާމަތްވީ..” އެ ހާދާން އާވި ވަރަކަށް ބިރުން ޒަހުނާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ. ސަމާޙު ޒަހުނާ ގެނެސް ގައިގައި ލައްކޮށްލީ ޒަހުނާއަށް ހިތްވަރުދެމުންނެވެ. ” އެކޮއި.. ރޯ އެއްޗެއް ނޫން. ދައިތަ އަކީ ފޫޅުމައެއް..އެހެން ގޮތެއް ނެތިއްޔާ ދައިތަ މިހުރީނު..”  ދައިތަ ތެދުވެގެން ގޮސް ޒަހުނާ ގާތު އިށީއިދެ ޒަހުނާ ބުރަކަށީގައި ފިރުމައިދީ ހިތްވަރުދޭން ފަށައިފިއެވެ. ޒަހުނާއަށް ދައިތަ މޫނަށް ބަލައިލެވުނީ ދައިތަ އަކީ ފޫޅު މައެކޭ ބުނުމުންނެވެ. ލޮލުން ކަރުނަ އައިސްފައި މޫމިނާ ބަލަން އިނެވެ. އެހެން މީހުންނާއި މެދު ވިސްނާ ފިކުރު ކުރާއިރު އެ ލޮންޗުގައި އެންމެ ނިކަމެތި ހާލު ޖެހިފައިހުރީ ދައިތައަށެވެ.

” ތިހުރިހައި ކަމެއް ކުރާކަށް އަހަރުމެން ނުޖެހޭނެ. ކާ އެއްޗިއްސާއި ނުލައި އެއްވެސް ބަޔަކަށް ދުނިޔޭގައި މާ ގިނަ ދުވަހު އުޅެވިފައެއް ނެތް..” ބަނޑުހައިވެގެން ގޮނޑީތެރެއަށް ޖެހިފައި އިން ހައްލެ އިނީ ސަލާމަތް ނުވާނެ ކަން ޔަޤީންކޮށްގެނެވެ. މަރުވާ ވާހަކަ ދެއްކުމުން އެންމެ ބޮޑަށް ބިރުގަތީ މުބާ އެވެ. ” މަށަށް ފެންނަނީ ލޯންޗު ދުއްވަން ދުއްވުނު ހިސާބަކަށް. ރާއްޖެ އާއި އަދި ބޮޑަށް ކައިރީގައި ތިބިއްޔާ ހޯދާ ބަޔަކަށް އަހަރުމެން ހޯދަން ފަސޭހަވާނެ..” އެހާއަވަހަށް މަރުވާކަށް އެއްގޮތަކަށް މުބާ ބޭނުމެއް ނޫނެވެ.. ” އެއީ ތެދެއް.. މަށަށް ވެސް ފެންނަނީ އެހެން ހަދަން.. މިހާދުރުގައި ތިބެގެން ހޯދަން އަންނަ ބަޔަކުވެސް އަބުރާލާފައި ދާނީ ކަންނޭގެ އަހަރުމެން ނުފެނިގެން. އެހެން ނޫނަސް ކައިބޮއި ހަދާނެ އެއްޗެއްސާއި ނުލައި ކިހާދުވަހަކު އަހަރުމެން މިހެން ތިބޭނީ. ދައިތަ އަކީ ވެސް ބަލީ މީހެއް. ޒަހޫ ވެސް ވިހަންވެފަ މި އިނީ..” މުބާގެ ވާހަކައަށް އެއްބަސްވެވުނީ ސަމާޙު އަށެވެ. ” ތިއުޅެނީ މި ލޯންޗުގައި ހުރި ޕެޓްރޯލް ކޮޅުވެސް ހުސްކޮއްލާނެ ގޮތެއް ނުފެނިގެން. ކަމެއް ލައިގަންނާނީ ބުނެފައެއް ނޫން. އެއްވެސް ޔަޤީންކަމެއް ނެތް ދަތުރެއް ކުރުމުގެ ބޭނުމެއް ނެތް.” މާސް އެމީހުންނާއި ދެކޮޅެވެ. ” ޖެހިފައި މިތިބަ ހާލަށްވުރެ ބޮޑު ހާލެއް ދެން ނުޖެހޭނެ. މި ލޯންޗު ތެރޭގައި ހައި ހޫނު ކަމާއި ހަނގުރާމަ ކުރާނެހާ ހިއްވަރެއް މަންމަ ގަޔަކުނެތް. ބުއްދިވެރިގޮތަކީ އުއްމީދެއް އޮތް ދިމާލަކަށް އަހަރުމެން ދިއުން..” “ދައްތަ ތިހެން ތިބުނަނީ މާބޮޑަށް ބިރުގެންފައި ހުރީމަ. ދައިތަގެ ހާލު އަހަރުމެންނަށް ވެސް ވިސްނޭ. ދައިތައަށް ކަމެއް ވެދާނެތީ އަހަރުމެން ވެސް ބިރުގަނޭ. އެކަމަކު އެއްވެސް ކަހަލަ ޔަޤީންކެމެއް ނެތް ދިމާއަކަށް ދުއްވުމުގެ ބޭނުމެއް ނެތް. ޕެޓްރޯލް ހުސްވެފައި ހުއްޓައި ރަށެއް ފެނިއްޖެއްޔާ މިކިޔާ އެއްޗެއް ދައްތައަށް ވިސްނޭނެ..” ނައިލް ހިފީ މާސް އާއި އެއްކޮޅަށެވެ. އެމީހެއްގެ ހިޔާލު އެމީހަކު ފާޅުކޮށް ލޯންޗު ތެރޭ އަނިއްކާވެސް އަޑުގަދަ ވާން ފަށައިފިއެވެ. އަންޝް އެމީހުން ހުއްޓުވޭތޯ މަސައްކަތް ކުރަމުންދިޔަ އިރު ހައްލެ އަޅާވެސް ނުލައި ހަމައިނީއެވެ. މައްސަލަ ހޫނުވެ އެއްބަޔަކު ރުޅިގަދަވާން ފެށުމުން އަންޝް އާއި އެކު އެމީހުން ހިފެހެއްޓޭތޯ އުޅެމުންދިޔަ ތަނާލް އަޑުގެ ނެތް ތަނަށް ހަޅޭލަވައިގެންފިއެވެ. އެންމެ ކައިރީގައި ހުރި ނައިލްއަށް އެޅުނީ ކަންފަތް މަތީގައި އަތެވެ. އެހެން މީހުން ވެސް ދިޔައީ ތެޅިގެންނެވެ. ތަނާލް ފަހަތުގައި ހުރި މުބާ ވެސް ދުރަށްޖެހުނީ ލޯމެރޭގޮތް ވެފައެވެ. އެހެން މީހުންނަށް ވެސް ވީ އެކަހަލަ ގޮތެކެވެ. ބޮލަށްވީ އުދަގުލުން ހައްލެވެސް އަތް އެޅި ދެ ކަންފަތް މަތީގައެވެ. ” ތަނޫ.. މިއީ ގެއެއް ނޫން” ތަނާލް އަގަމަތީގައި އަތް އަޅައި ނައިލް ތަނާލް ހިފަހައްޓައިފިއެވެ. އެ އަޑު ކެޑިގެންދިއުމުން ތަނަށް ވެރިވެގެން ދިޔައީ ކުއްލި ހިމޭން ކަމެކެވެ. އެހެނަސް ނައިލް އަތް ފޮޅުވާލާފައި ތަނާލް ކުރިމަތިލީ އެމީހުންނާއިއެވެ. ” މި ލޯންޗުގައި އެންމެ އިސްކޮށްހުރީ އަންޝް… އަންޝް ބުނާ އެއްޗެއް އެ ބުނަނީ ވިސްނާފައި.. ފުރަތަމަ އަންޝްގެ ވާހަކަ އަޑުއަހާފައި އެމީހަކަށް ފެންނަ ހިޔާލެއް އެމީހަކުދީ.. އެކަމަކު ޒުވާބު ކުރަންޏާ އަހަރެން އަދި މިއަށްވުރެ ބާރަށް ހަޅޭއް ލަވާނަން..” އެންމެނަށް ތަނާލް އިގިލި ދިއްކޮށްލީ ވަރަށް ބޮޑަށް ރުޅިގަދަވެފައެވެ. ތަނާލް ދެކެ ކިތަންމެ ރުޅި އަޔަސް މުބާއަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ.  މުބާ ގޮސް އިށީ އިނީ އޭނަ ގޮނޑީގައެވެ. ރުޅިގަދަވުމުން ހަޅޭލެވުމަކީ ތަނާލް އާންމުކޮށް ކުރާ ކަމެވެ. ނައިލް އަދި އެހެން މީހުން ވެސް އިށީއިދެއްޖެއެވެ. ތަނާލް ބަލައިލީ އަންޝް އަށެވެ. އަންޝް ބޯ ޖަހައިލީ ހިންހަމަޖެހިފައެވެ. ” އަހަރެން ބުނަން މިއުޅެނީ މި ލޯންޗުގައި ވަރަށް ބައިވަރު ކާނެ އެއްޗެހި އެބަހުރި. އަހަރުމެން ބަލައިގެން ކައިފިއްޔާ މަސް ދުވަހަކަށްވުރެ ގިނަ ދުވަހު އެއިން ކެވޭނެ. ފެން ވެސް އެބަހުރި 5 ލީޓަރގެ 2 ކޭހާއި ކުދި ފުޅީގެ 1 ކޭސް.. 5 ލީޓަރުގެ ފެން އެއީ ބަޔަކު ކިޑްނެޕްކޮށްގެން އުޅެންޏާ ގިނައިން ފެން ބޭނުންވާނެތީ ކޮމާންޑް މެން މޫސަބެއަށް ނޭގި އަރުވާފައިހުރި ފެން. ” ކޯއްޗެއް ކާންހުރީ..؟” އަވަސް އަވަހަށް އަހައިލެވުނީ ހައްލެ އަށެވެ. އަދި ތެދުވެ އިށީ އިދެއްޖެއެވެ. ” ހަތަރު ޑަބިޔާ ކުޅިރޮށި ފޮށިތައް ބިއްދަށުގައި އެބަހުރި..” ” ހަތަރު ޑަބިޔާ..!!” ތަނާލް ދިޔައީ ދެލޯ ބޮޑުވެގެންނެވެ. އެހެން މީހުންނަށް ވެސް ވީ އެކަހަލަ ގޮތެކެވެ. ” ކޮމާންޑް ބުނީ މޫސަ ދައްތަ މަހަކު ދެ ފަހަރު ކުޅި ރޮށި ހަދާފައި މާލެ ވިއްކަން ފޮނުވާ ވާހަކަ. ކުޅި ރޮށި ފޮނުވި ދަތުރަކާއި ދިމާކޮށްފައި ކޮމާންޑް މެން ލޯންޗު ހިފީ. އަހަރުމެންނަށް ވިސްނާފައި.. ސަރުކާރުން ވަކި ގޮތެއް ނިންމަންދެން ކާންދޭން ޖެހޭނެތީ އޭ ބުނި..” ތިހެންވިއްޔާ ތި ނެރޭ..” ހައްލެއަށް އިންތަނުގައި ވެސް ނީދެވުނެވެ. ” އަހަރެން އަތުގައި ވެސް އެބަހުރި ކާނެ އެއްޗެހި.” ތަނާލް އޭނަ ގެނައި ފޮށިގަނޑު ކަޑާލައި އެންމެންނަށް ދައްކައިލިއެވެ. ” ދައްތަ އަތުގައި ހުންނާނެ މަސް ކިލޯ އެއްވެސް.. ދެން މިއީ މަންމަ ބޯން ގެންދާ ޖޫސް ފުޅިއެއް.” ޖޫސް ފުޅި އާއި މަސްކިލޯ ނަގައި މޫމިނާ ބެހެއްޓީ ތަނާލް ގެންގުޅުނު ފޮށިގަނޑު މަތީގައެވެ. ” މައިލޯ ކޭހަކާއި ދެ ކޭކް ފޮށިވެސް އެބަހުރި.. އެއީ ލޯންޗް ތެރެ ބަހަން މޫސަބެ އަރުވާފައި ހުރި އެއްޗެހި..” އަންޝް ގޮސް އެ އެއްޗެހި ގެނެސް އެ ފޮށިގަޑު މަތީ ބަހައްޓައިފިއެވެ. ދެންތިބި ފިރިހެނުންތައް ފެން ކޭސް ތަކާއި ހަތަރު ޑަބިޔާ ނަގައިގެން ގެނެސް ބަހައްޓައި ހިންދެމިލީ އެހާ ބައިވަރު ކާ އެއްޗެހި ހުރުމުން ވަރަށް ބޮޑަށް ހިންހަމަޖެހިފައެވެ. އެ އެއްޗެހި ފެނުމުން އެމީހުންނަށް ވުރެ ބޮޑަށް އުފާވެފައިހުރީ ތަނާލް އެވެ. އެމީހުން ގޮތް ހުސްވެ މަރަށް އިންތިޒާރު ކުރަން އަދި ނުޖެހޭ ކަން އެންމެނަށް ވެސް ވިސްނުނެވެ. ހިންހަމަޖެހުނު ވަރުން އެންމެންނަށް ވެސް ހިތުގެ އަޑިން ޝުކުރު ދެންނެވުނީ އެމީހުންގެ ހާލު އެންމެ ބޮޑަށް ދެނެވޮޑިގެންވާ ކީރިތިވަންތަ މާތްﷲ ސުބްހާނަހޫ ވަތައާލާއަށެވެ.

އަންޝް އެމީހުން ދެކެން ބޭނުންވީ އެމީހުން އެގޮތަށް ތިއްބައެވެ. ކޭކް ފޮށިން ކޭކެއް ނަގައިގެން ދައިތަ އެތިކޮޅެއް ނައްޓައި ކައިލުމުން އެހެން މީހުންނަށް ވެސް ބަލާކަށް ނުތިބެވުނެވެ. ” މަޑުކުރޭ..” ވަގުތުން ޒަހުނާ އެމީހުން ހުއްޓުވައިފިއެވެ. އެންމެންނާއި އެކު އަންޝް ވެސް ބަލައިލީ ޒަހުނާ އަށެވެ. ” ތަނޫ ބުނީ ތެދެއް މި ލޯންޗުގެ އިސްކޮށް ހުރީ އަންޝް.. އަހަރުމެން އަތުގައި މި ނޫނީ ކާނެ އެއްވެސް އެއްޗެއް ނެތް. މި އެއްޗެހި އަހަރުމެން ބޭނުން ކުރާނީ ކިހިނެތް ކިހާވަރަކަށް ކަން އަންޝް އަހަރުމެންނަށް ބުނެދެން ދެން މަޑުކުރޭ” ޒަހުނާ ހުރިހައި ކަމެއް ދޫކޮށްލީ އަންޝްގެ އަތްމައްޗަށެވެ. އެންމެންވެސް އެވާހަކަ ގަބޫލު ކުރިއެވެ. ކޮމާންޑްމެންގެ އަތްދަށުން ވެސް އެމީހުންނަށް ސަލާމަތްވެވިފައި އޮތީ އަންޝް ބުނިގޮތް ހަދައިގެންނެވެ. ވިސްނުންތެރި ލީޑަރެއްގެ ބޭނުން އަނިއްކާވެސް އެމީހުންނަށް އެއޮތީ ޖެހިފައެވެ. އިންތިހާއަށް ބަނޑުހައިވެފައިވިޔަސް އެންމެންނަށް ވެސް ބަލައިލެވުނީ އަންޝް އަށެވެ. ނެގި ދަޅު ބަހައްޓާފައި ހައްލެ ވެސް ބަލައިލީ އަންޝް އަށެވެ. ކާން ބޭނުން ވެފައިހުރި ވަރަށް ކާން ނުލިބިދާނެތީ ކަންބޮޑުވީ ތަނާލް އެވެ. ބަލަހައްޓައިގެން ހުރި އަންޝްއަށް ތަނާލް ބަލައިލީ ފާޑަކަށެވެ. އެންމެން އަންޝް އިސް މީހަކަށް ހެދުމުން އަންޝް ހިންހަމަޖެހުނެވެ. އެހެނަސް އަންޝްގެ ވާހަކަ އަޑުއަހަން އެމީހުންނަށް އެމީހުން އެ ހީކުރިހައި ފަސޭހަ ނުވާނެކަން އަންޝްއަށް ޔަޤީނެވެ…..

ބަލަހައްޓައިގެން ހުރި އަންޝްއަށް ތަނާލް ބަލައިލީ ފާޑަކަށެވެ. އެންމެން އަންޝް އިސް މީހަކަށް ހެދުމުން އަންޝް ހިންހަމަޖެހުނެވެ. އެހެނަސް އަންޝްގެ ވާހަކަ އަޑުއަހަން އެމީހުންނަށް އެމީހުން އެ ހީކުރިހައި ފަސޭހަ ނުވާނެކަން އަންޝްއަށް ޔަޤީނެވެ. ” މިހިރަ އަދިރިވަނީ.. ކޮންމެވެސް އެއްޗެއް ބުނެބަލަ ތިހެން ނުހުރެ” އަންޝް އެއްޗެކޭ ނުބުނެ ބަލަން ހުރުމުން މާސްއަށްވީ އުދަގުލެވެ. އެހާބޮޑަށް މާސް ހުރީ ބަނޑުހައިވެފައެވެ. ” އަހަރުމެން މިތިބީ 12 މީހުން.. މިހެން ކަނޑުމަތީގައި އުޅެންޖެހޭނީ ކިހާ ދުވަހަކު ކަމެއް ބުނަންވެސް ނޭގޭ.. އެހެންވެ އަހަންނަށް ހީވަނީ ކާ އެއްޗެހި އަހަރުމެން ބޭނުން ކުރަންޖެހޭނީ ފުރަތަމަ ހައިހޫނު ކަމަށް ކެއްކޮށްފައި.. ކާ އެއްޗެއްސައްވުރެ ފެން މަދު އަހަރުމެން އަތުގަ.. އަހަރުމެން ފެން ބޭނުން ކުރަންޖެހޭނީ ލޮނުފެނާއި އެއްކޮށްގެން.. ނޫނީ މާގިނަ ދުވަހެއް ނުވެ ލޮނުފެން އެކަނި އަހަރުމެން ބޯންޖެހިދާނެ..” ” އަހަންނަކަށް ނުބޮވޭނެ ލޮނުފެނެއް..” ލޮލުން އައި ކަރުނަ ފޮހެމުން ތަނާލް ގޮސް އިށީ އިނީ އޭނަގެ ގޮޑީގައެވެ. ވަރަށް ބޮޑަށް ނައިލް ދެރަވިއެވެ. އެހެނަސް މިއަދު އެ ނޫން އެހެން ގޮތެއް ނެތުމުން އެއްވެސް އެއްޗެއް ނައިލް އަށް ނުބުނެއެވެ. އަންޝްއަށް ވެސް ހުރެވުނީ ތަނާލް އަށް ބަލާށެވެ. ” އަހަންނަކަށް ނުކެރޭނެ ލޮނުފެން ބޭނުން ކުރާން..” ސަމާޙް އަދި ޒަހުނާ ވެސް ބިރުގެންފައިހުރީ ދަރިފުޅަށް ކަމެއް ވެދާނެތީއެވެ. ” އެ ދައްކަނީ ބާކީ މިތިބަ ކުދިންގެ ވާހަކަ.. ތިހެން ނުހުރެ ދެން ކާ އެއްޗެހި ބަހަންއުޅޭ އަދިރިނުވަނީސް.. ކެތް ނުވާވަރު ވީމަ ކޮންމެ ކުއްޖަކުވެސް ޖެހޭނީ ފެންބޯން.. ދައިތަ ވެސް ރީތި ފެންފޮދެއްގައި އަތްލާނީ އެހެން ގޮތެއް ނެތިއްޔާ.. ބަނޑުހައިވެފައި ހުރިހާ ކުދިން އެތިބީ” ކޭކަކާއި މައިލޯ ޕެކެޓެއް ހިފައިގެން ދަމުން ދައިތަ ދިޔައީ އަންޝް ބުރަކަށީގައި ހިތްވަރުދޭ ކަހަލަ ގޮތަކަށް ޖަހައިލާފައެވެ. އަންޝްއަށް ދެން ވެސް ބަލައިލެވުނީ ތަނާލް އަށެވެ. ދުރަށް މޫނު އަބުރައިގެން ތަނާލް އިނީ ރޯށެވެ. ގާތު އިށީއިދެގެން އިދެ ނައިލް ތަނާލް އަށް ވިސްނަދެވޭތޯ މަސައްކަތް ކުރަމުންދިޔައެވެ. ވަރުބަލި ގޮތަކަށް ނޭވާއެއް ދޫކޮށްލަމުން އަންޝް ކާ އެއްޗެހި ބަހަން ފަށައިފިއެވެ. އެހެން މީހުންނަށް ނުދޭ އެއްޗަކަށް ޒަހުނާއަށް އިތުރަށް ދިނީ މައިލޯ ޕެކެޓެކެވެ. އެންމެނަށް ކާ އެއްޗެހި ދީފައި ނައިލް އާއި ތަނާލްގެ ބައި ހިފައިގެން ގޮސް އަންޝް ހުއްޓުނީ ނައިލް ކައިރީގައެވެ. ނައިލްގެ ބައި ނައިލްއަށް ދީފައި ތަނާލްގެ ބައި ތަނާލް އަށް ދިއްކޮށްލައިފިއެވެ. ހަ ކުޅިރޮށި ފެނުމުން ތަނާލް އަށް ޝަކުވާ އާއި އެކު ބަލައިލެވުނީ ނައިލްގެ މޫނަށެވެ. ބަނޑުފުރައި ކައިލައިގެން ކޮޓަރިއަށް ދާއިރުވެސް ތަނާލް އަތުގައި އެއަށްވުރެ ބައިވަރު ކާ އެއްޗެހި ހުންނާނެއެވެ. ” އަން.. ދޮންބެގެ ބައިން ވެސް ތިނެތި ތަނޫ އަށް..” ” އަހަރެން ނުކާނަން.. ރަށަށް ގެންގޮސްދީ އަހަރެން.. އަހަންނަށް މިތާކު ނުހުރެވޭނެ..” ” ތަނޫ ނުރޮއެބަލަ.. ވަރަށް އަވަހަށް އަހަރުމެންނަށް ރަށަށް ދެވޭނެ..” ” ކޮންއިރަކު.. މަންމަ ރޮއެ ރޮއެ ހަލާކުވާ ފަހުންތަ؟” މޫނުގައި ދެއަތް އަޅާފައި ތަނާލް ފެށީ ރޯށެވެ. ވީ ދެރައިން ނައިލްގެ ލޮލުން ވެސް އައީ ކަރުނައެވެ. އަންޝްއަށް ފަސް އެބުރި ބަލާލެވުނީ މުބާގެ މޫނަށެވެ. ލިބުނު އެތިކޮޅަށް ޝުކުރުކޮށްގެން އިދެ މުބާ ކަމުންދިޔަ އިރު ނަޒަރު ހުރީ ބޭރަށެވެ. ދުރު ދުރުން ނަމަވެސް ދުއްވާ އެއްޗެއްގެ ހިލަމެއް ވޭތޯ މުބާ ދިޔައީ ވަށައިގެން ނަޒަރު އުކަމުންނެވެ. ތަނާލްގެ ފިކުރެއް ވެސް މުބާ ނެތެވެ.

ތަނާލްއަށް ކާ އެއްޗެހި އިތުރަށް ދިނީ އަންޝްގެ ބައިންނެވެ. ނައިލް އެކަމާ ދެކޮޅު ހެދިއެވެ. ” ގިނައިން ކާތީ ބޮޑަށް ބަޑުހައި ވަނީ.. ތަނާލް އަށް އެވަނީ އެހެން.. އަހަންނަށް މިހާވަރުންވާނެ.” “ތެންކްސް..” ތަނާލްގެ ހާލު އަންޝްއަށް ވިސްނުނީތީ ނައިލް ވަރަށް ބޮޑަށް ހިންހަމަޖެހުނެވެ. ” މީ އެވަރުކަމެއް ނޫން..” ނައިލް ކޮޑުގައި ހިފާލައި ހިތްދަތިވެފައި ބަލަން އިން ތަނާލްއަށް ހިނިތުންވެއް ދީފައި އަންޝްދިޔައީ ލޯންޗުގެ ކުރިއަށެވެ. އަދި ކޮމާންޑަށް ކާ އެއްޗެހި ދީފައި އައިސް ފާހާނަޔަށް ފެންގެންދާ ޓައްޕު ނަގައި ރީތިކޮށް ދޮވެލުމަށްފަހު ރީތި ފެނާއި ލޮނުފެނުން އެ ޓައްޕު ފުރާލައިފިއެވެ.

ލޯންޗު ނުފެނި ދެވަނަ ރެއަށް އިރު އޮއްސި އަދިރިވީއެވެ. ފާއިޒާ އޮތީ ހޮސްޕިޓަލުގައެވެ. އިރުޝާ ނެތް މީހެއް ފަދަ އެވެ. އިރުޝާގެ މައިންބަފައިން އައިސް އިރުޝާ ގެންދިޔައީ އެމީހުންގެ ގެއަށެވެ. މޫސަ މަރާލާފައި އޮއްވާ ފެނުނު ފަހުން ޝިފާއު ވެސް ހުންނަނީ ޖެހި ބުދެއްހެން ބަސް ހުސްވެފައެވެ. ހަތަރު އުދަރެސް ފެނުޖެހިފައިވާހާލު އަޤީލް އެމީހުންނާއި ވެގެން އުޅެއެވެ. ލޯންޗު ހޯދުމުގެ މަސައްކަތް ހުއްޓައިނުލައި އަދިވެސް ދަނީ ކުރިއަށެވެ. ބަޔަކު ގަސްދުގައި ކުރިކަމެއްކަން ޔަޤީން ވެފައި އޮތުމުން އެބައެއްގެ ފޯން ކޯލަށް ވެސް ސަރުކާރުން ދިޔައީ އިންތިޒާރު ކުރަމުންނެވެ. މޫސަބެ ފެނުނު ފަހުން ޔާން އަދި ހަލީމާ އަށް ވެސް އިންތިޒާރު ކުރެވެމުންދިޔައީ އެ ފޯންކޯލަށެވެ. ކޮންމްވެސް އިރަކުން ގުޅާނެ ކަމަށް އެމީހުންތިބީ ޔަޤީންކޮށްގެނެވެ، އެހެނަސް ދެވަނަ ރެއަށް އިރު އޮއްސިގެން މިހިރަ ދަނީ އެވެ. އަދިވެސް އެމީހުންގެ ޙަބަރެއް ނުވެއެވެ.

ކޮންމެވެސް އެކަކު ހޭލައި ހުންނަންޖެހޭނެތީ އެރޭ ހޭލާ ހުރީ ސަމާޙެވެ. ދިގު ގޮޑީގައި ޒަހުނާ ބާއްވައިގެން ޒަހުނާ އަތްތިލައިގައި ހިފަހައްޓާލައިގެން ސަމާޙް އިށީއިދެގެން އިނީ ތިރީގައެވެ. ރޭ ނުނިދައި ތިބުމާއެކު ވެފައިވާ ވަރިބަލިކަމާއެކު ޒަހުނާ އަދި އެހެން މީހުންނަށް ވެސް ނިދުނީއެވެ. ނުނިދުނީ ތަނާލް އަށެވެ. ދެ ގޮޑި އެއްކޮށްލައިގެން ވެސް އެތަނުގައި އޮތުން ތަނާލް އަށް ވީ ބޮޑުކަމަކަށެވެ. އަނިއްކޮޅުން އަދިވެސް ތަނާލް ބަނޑުހައި ވަނީ އެވެ. ބަނޑުހައި ވެގެން ވެސް އެއްގޮތަކަށް ވެސް ތަނާލްއަށް ނޯވެއެވެ. އެހާލުގައި އުޅެންޖެހުމުން މަންމަ އާއި އާއިލާ މާ ބޮޑަށް ހަނދާންވެ އިރު އިރުކޮޅާއި ތަނާލްގެ ލޮލުން ކަރުނަ އާދެއެވެ. މުޅި ރޭ ހޭދަވެގެން ދިޔައީ އެކަހަލަ ގޮތަކަށެވެ. އާ ދުވަހަކަށް އެރި އިރާއި އެކު އެންމެ ފުރަތަމަ ވެސް ސަމާޙް އެދުނީ ޒަހުނާގެ ކިބައިން މާފަށެވެ. ސަމާޙް ޒަހުނާ ދެކެ އަދިވެސް އެހާ ލޯބިވާކަން މިދިޔަ ދެ ދުވަހު ޔަޤީން ވެފައި އޮތުމުން އެއްވެސް ޝަކުވާއެއް ނެތި ޒަހުނާ ސަމާޙަށް މާފްދިނެވެ. އެ ދެމީހުން ވަރިވެގެން އުޅޭކަން ވެސް ލޯންޗުގައި ތިބި އެހެން މީހުންނަށް އެގުނީ ސަމާޙް މާފަށް އެދުނީމައެވެ. އަލުން އެ ދެ މީހުންގެ މައްސަލަ ހައްލުވެފައިވާތަން ފެނުމުން އެންމެވެސް ހިންހަމަޖެހުނެވެ. އެހެނަސް އުފާވާކަށް ނޭގުނެވެ. އެކި ދިމަދިމާލަށް ބަލަބަލައި ތިއްބައި އެދުވަސް ވެސް ނިމިގެން ހިގައްޖެއެވެ. އެދުވަހު ކާ އެއްޗެހި ލިބުނީ ރެއަށް ވުރެވެސް މަދުންނެވެ. އަންޝް އާއި ނައިލް އެމީހުންގެ ބައިން މިއަދު ވެސް ތަނާލްއަށް ދިނެވެ. އެހެނަސް  ގިނަ ވަގުތު ތަނާލް އޮންނަނީ ހައި ވެގެން ދެމިފައެވެ. އެވަރުނުވިއަސް އެހެން މީހުން ވެސް ދިޔައީ ހައިހޫނުކަން ތަހައްމަލް ކުރަމުންނެވެ.

ހިމޭންވެ ގޮތް ހުސެވެފައި ތިއްބައި އެ ދުވަސް ވެސް ނިމިގެންހިގައްޖެއެވެ. ފަސް ނަމާދު ކޮށްލައިގެން ދުޢާ ކުރުން މަތީގައި ތިއްބައި އެގޮތުގައި ދިހަ ދުވަސް މަޑުމަޑުން މާޒީ އާއި އެކުވެގެން ހިގައްޖެއެވެ. މާ ބޮޑު ދިރުމެއް ލޯންޗު ތެރޭގައި ނެތަސް ތޭރަ ދުވަހުގެ ތެރޭ އެމީހުންގެ ސިފައަށް ވަނީ ބޮޑު ބަދަލުތަކެއް އައިސްފައެވެ. ހިކިފަސްތަނެއްގެ ހިލަމެއް ލޮލުކޮޅަށް ވެސް ނުފެނި އެހާ ދުވަސް ވުމުން އެއީ މިއަދު އެމީހުންނަށް ހުރި ގޮތް ކަން އެންމެވެސް ތިބީ މިހާރު ގަބޫލުކޮށްގެންނެވެ. ” ދޮންބެ.. އަހަރެންގެ ބަނޑު މިހާރު އެކީ ހިދިއްޖެދޯ.. ޖިންސްތައް ވެސް މިހާރުދޫވެއްޖެ އަހަންނަށް..” ތަނާލް އެކިގޮތްގޮތަށް ހެދުން ގަޔަށް ބާރުކޮށް ވަށައި ބަލަމުންދިޔައީ ހިކޭތީ ހިންހަމަޖެހިފައެވެ. ” އަހަންނަށް ހީވަނީ ކުރިއަށްވުރެ ރީތި ވެސް ވެއްޖެހެން ތަނޫ..” ނައިލް އެއްޗެއް ނުބުނުމުން ތަނާލްއަށް ތައުރީފްކޮށްލީ ނިދިފައި އޮތް އިލާ ބޮލުގައި ފިރުމާލަ ފުރުމާލައިން މާސް އެވެ. އަގައިން ނުބުންޏަސް އަންޝް ވެސް އޮތީ ހޭލައި ތަނާލްއަށް ބަލާށެވެ. ” އަސްލުވެސްތަ.. ދޮންބެ އަހަރެން…..” ” ތަނޫ ބާރަ ޖަހައިފި.. ނިދާފަ އެންމެން އެތިބީ.. ވާހަކަ ދައްކަންޏާ އުދަގޫވާނެ.. މިކޮޅަށް އާދޭ ދެން ނިދަން..” ” އަހަންނަކަށް ނުނިދޭނެ.. ދޮންބެ ނިދާބަލަ.. މިރޭ ރީތި ހަނދުވަރުވެސް އެބައޮތް.. އެހެން ނޫނަސް ނިދަން އުޅުނީމަ މާ ބޮޑަށް މަންމަ މަތިން ހަދާންވެ..” ” ތަނޫ އަބަދު ތިހެން ނުކިޔަބަލަ.. ދޮންމެ ބޮލުގައި ވަރަށް ގަދައަށް އެބަ ރިއްސާ.. މިކޮޅަށް އާދެބަލަ..” ނައިލް ރުޅި އަންނަ ގޮތް ވުމުން ތަނާލް އަވަސް އަވަހަށް ގޮސް އޮށޯ އޮވެއްޖެއެވެ. ” ޑިއުޓީގައި މިރޭ އިނީ މާސް އެވެ. އޮށޯ އޮތަސް ތަނާލްއަށް ވެސް ނުނިދުނެވެ. އެ ގޮޑީތެރޭ ހަމަޖެހިލައިގެން އަދި އެންމެ ރެއަކުވެސް ތަނާލްއަށް ނުނިދެއެވެ. މިރޭ ވެސް ވީ އެވަރެވެ. އުދަގޫވެގެން އެތައް އިރަކު އުޅެ އުޅެފައި ތަނާލް ތެދުވެ އިށީ އިދެއްޖެއެވެ. ނައިލް އާއި އެކު މާސް އަށް ވެސް އޭރު އޮތީ ނިދިފައެވެ. ” އަހަންނަކަށް ނުނިދޭނެ..” އެހާލުގައި ނުނިދި އުޅެން ޖެހުމުން ތެދުވެގެން ގޮސް ތަނާލް އިށީ އިނީ ލޯންޗުގެ ކުރީ ކޮޅުގައެވެ.  ވައިރޯޅިއެއްގެ ހިލަން ނުވިޔަސް އެއީ ފިނިރެއެކެވެ. ހަނދު އޮއްސުމާއި ގާތްވެފައި ވުމުން ހަނދުވަރުގެ ރިހި އަލި ރީތިކޮށް އޮތީ ކަނޑުތެރެއަށް އެޅިފައެވެ. ” ރަށުގައި އުޅޭ އިރުވެސް ދަންވަރު ހޭލާތަ ތަނާލް އުޅެނީ..” އަންޝް އަޑު އިވުމުން ތަނާލް ބަލާލީ ސިހިފައެވެ. އައިސް އަންޝް އިށީ އިނީ ތަނާލް ކައިރީގައެވެ. ލޯންޗު ތެރޭ އެކުގައި ދުވަސްތަކެއް ހޭދަވެފައި ވިއަސް އެހާ އެކަހެރިގޮތަކަށް އެ ނޫނިއްޔާ ދެ މީހުން ދިމާވެފައެއް ނެތެވެ. ” ބައެއް ރޭ ރޭ އުޅެނީ ހޭލައި.. ނުނިދިގެން އުޅޭ ރޭރޭ މަންމަ އޮންނާނީ އަހަރުމެން ކޮޓަރީގައި.. މަންމަ އައިސް ބޮލުގައި ފިރުމަދޭންފެށީމަ އަހަރެންނަށް ނިދޭނެ..” ތަނާލް ކިޔައިދިނީ މަންމަ ހަދާންވުމުން ދެރަވެފައެވެ. ތަނާލް އެހާ ދެރަވެފައި އެއްޗެއް ބުނާ ކޮންމެ ފަހަރަކުވެސް އަންޝްގެ ބަސް ހުސްވެއެވެ. މިފަހަރުވެސް އަންޝްއަށް އިދެވުނީ ތަނާލްގެ މޫނަށް ބަލާށެވެ. ” މަންމަ މަތިން ވަރަށް ހަދާންވޭ.. މަންމަ އުޅޭ ހާލެއްވެސް ނޭގޭ. އަހަރުމެން މަރުވެއްޖެ ކަމަށްދޯ މިހާރު އެންމެން ހީކުރާނީ..” ” އަހަންނަކަށް ނޭގޭ.. އަހަންނަށް އެގޭ އެއްޗަކީ ކޮންމެ މީހަކު ތިހެން ހީ ކުރިއަސް އަހަރުމެން އަދި މިތިބީ ސަލާމަތުން ދުނިޔޭގެކަން..” ” މިއީ ދުނިޔޭގަ ސަލާމަތުން ތިބޭ ގޮތްތަ؟؟ ޒަހުނާ އަބަދު އެ އިންނަނީ އަނޫގެ އަލްބަމް ހިފައިގެން.. ވިހާ ދުވަސް ކައިރިވާތީ ހިތް ނަގައި އަތްމައްޗަށް ލައިގެން ސަމާޙް އާއި ދެމީހުން އެތިބެނީ.. އަނިއްކޮޅުން ދައިތަ ވެސް މިހާރު ހުންނަނީ ކެއްސާލަ ކެއްސާލައި.. މޫމިނާއްތަ ވިސްނައި ވިސްނައި އެހަރަ ހަލާކުވަނީ.. އިލާ އަގައިން ވެސް ނުބުނެ އަބަދު އެ އޮންނަނީ ލޯ މަރައިގެން.. އަހަންނަށް ސިއްރުން ދޮންބެ ވެސް ރޮއެ.. އަންޝް އެކަނި ހަމަޖެހިފަ ތި ހުންނަނީ..” ” އެހެން އެވަނީ ހިތްވަރުކޮށް ކެތްތެރިވަން އަހަންނަށް އެގޭތީ..” ” އެހެންތަ.. ތިހެންވިއްޔާ ބުނެބަލަ.. އަންޝް ސަމާޙްގެ މަޤާމުގައި ހުރި ނަމަޔޯ..” އަންޝްގެ ވާހަކަ އިން ތަނާލް ރުޅިގަދަ ވެއްޖެ އެވެ. ” ބަލަ އަދި ރުޅި އަންނާކަށް ނުވެއެއްނު.. އޯކޭ.. ސޮރީ.. އަހަންނަށް އެހެން މީހުންގެ އިހްސާސްތަކެއް ނޭގޭ.. އަހަރެން ޤަބޫލްކޮށްފިން.. އެކަމަކު އަހަންނަށް އެގޭ އެކައްޗެއް އެބައޮތް.. ފުރަން އަހަރެން އައި ގަޑީ ތަނާލް ޖޯކުޖެހީ މަށަށް..” އަންޝް މައުލޫ ބަދަލުކޮށްލީ  އަބަދު އެވާހަކަތައް ދައްކައި ބޯ ހާސްކުރަން ބޭނުން ނުވާތީއެވެ. ތަނާލް އަންޝްއަށް ބަލައިލީ ދެލޯ ބޮޑުކޮށްލައިފައެވެ. ” ނޫން.. އަހަރުމެން މަލާމާތެއް ނުކުރަން.. އަސްލު މަރީ ހުންނާނީ ސަޅި ބިޓެއް ނުފެނިފައި.. އަހަރެން ކައިރީ އާދޭސް ކުރީ އަންޝްގެ ނަމާއި ނަންބަރު ހޯދަ ދޭށޭ ކިޔާފައި.. މަރީ އެއީ އަހަރެންގެ ބެސްޓް ފްރެންޑް.. މަރީ ވަރަށް ރަނގަޅުވާނެ.. އެކަމަކު އަފޫއަށް ނޭގި ބައިވަރު ވަގު ބިޓުން ގެންގުޅޭނެ..”  މަރީ ހަދާންވުމުން ތަނާލް ކިޔައިދިނީ ވަރަށް މަޖާވެފައެވެ. “ދެން ތަނާލް އޯ؟؟ އަހަންނަށް ހިއެއް ނުވޭ މަރީއަށް ތަނާލް ވަކި ދޫކުރާނެ ހެނެއް..” ” މަށެއް ނޫޅެން..” ތަނާލް ބޯ ދަމައިގަތީ ފާޑަކަށް ހީލާފައެވެ. ” ތިއީ ދޮގެއް މަށަށް ޔަޤީން މުބާ އާއި ތަނާލް އޮވޭ ގުޅުމެއް..” އަންޝްގެ ޖުމްލަ އިން ތަނާލްގެ ހެއަށްވެސް ދިޔައީ ގޮތް ވެގެންނެވެ. ތަނާލްއަށް ވި ގޮތުން އަންޝްގާތަށް އައީ ހިންޏެކެވެ. ” ކޮބާ؟؟ އަވަހަށް މަށަށް ކިޔައިދީ.. ނޫނީ ނައިލްއަށް…..” ” ނޫން. ނޫން..” ހުރެވުނުތަން ވެސް ތަނާލްއަށް ނޭގުނެވެ. އަންޝް ހިފަހައްޓާފައި ތެދުވެ އެހެން މީހަކު ހޭލާ އުޅޭތޯ ބަލަންފެށީ ހާސް ކަމާއެކުއެވެ. ” ނިދާފައި އެތިބީ.. އެކަމަކު އަހަރެން ގޮވާފާނަން އެމީހުންނަށް.. މާސް ކައިރީ އެކަނި އަހަރެން ބުނެލަން ޖެހޭނީ..” ” ތިކަހަލަ އެއްވެސް ގުޅުމެއް އަހަރުމެން ނޯވޭ..” ” އަލުން ތަނާލް އިށީ އިނީ އެކަންތައް ގަނޑު އަންޝްއަށް އެގިފައި އޮތުމުން ވަރަށް ބޮޑަށް ސަކަރާތްވެފައެވެ. ” ދޮގު.. މީހަކު ބަލާ ލާ ގޮތުން ވެސް ހިތުގައި އޮތީ ކީކޭ ކަން މަށަށް އެގޭނެ..” “މިފަހަރު ނޭގުނެއްނު.. އަސްލު އަހަންނަކީ އެހެން އުޅޭ ކުއްޖެއް ނޫން.. އަހަރެން ވަރަށް މައުސޫމް ވާނެ..” ” އެހެންތަ؟ ނައިލް… ” “ނޫން.. ނޫން.. ޕްލީސް.. ދޮންބެއަށް އެގިއްޖިއްޔާ ވަރަށް ރުޅި އަންނާނެ..” އަންޝް ގޮވައިލުމުން ތަނާލްއަށް އަންޝްގެ އަގަމަތީ އަތް އެޅުނީ ބިރުން ތެޅިގެންފައެވެ. އަމިއްލައަށް ތަނާލް ބޭޒާރު ވުމުން އަންޝްއަށް ހީގަނެވިއްޖެއެވެ. ބުނެވުނު އެއްޗެއް ވިސްނި ތަނާލްއަށް ދަތް އެޅުނީ ދުލު ކުރީގައެވެ… (ނުނިމޭ)

2
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

shyx

Other Articles

Previous

ވަންހަނާ (27)

Next

ފިރިމީހާގެ ހައްޤުގައި (19)

Next
February 6, 2017

ފިރިމީހާގެ ހައްޤުގައި (19)

Previews
February 6, 2017

ވަންހަނާ (27)

18 Comments

  1. Almaa says:
    February 6, 2017 at 11:43 am

    V v v salhi mi part vs

  2. rim says:
    February 6, 2017 at 12:15 pm

    V v v reethi thihaa dhigukoh genes dheythii thanks

  3. Affe says:
    February 6, 2017 at 1:08 pm

    Konirakun emeehun salaamai vaanee

  4. Rahuma Ibrahim says:
    February 6, 2017 at 1:46 pm

    Alhe v reethi ..

  5. smile says:
    February 6, 2017 at 2:45 pm

    beykaaru bai maa bodu

  6. ainth says:
    February 6, 2017 at 6:38 pm

    vv. reethi avaha 4 vsna bai up kolla devvaa

  7. Redrose says:
    February 6, 2017 at 11:49 pm

    Wow

  8. Lovely girl says:
    February 7, 2017 at 2:49 pm

    Shyx kon iraku next prt??????

  9. Hafla says:
    February 7, 2017 at 4:31 pm

    Mee lost tha… Hadi…????

  10. kiaa says:
    February 7, 2017 at 4:51 pm

    Mivaahaka kihineh vegen tha biruveri vany shyx….. story vrh nice keep it up…..☺☺☺☺

  11. ?? says:
    February 7, 2017 at 6:40 pm

    avahah up kohdheeba v loabi mivaahaka

  12. Lovely girl says:
    February 7, 2017 at 8:48 pm

    Miaduge part kobaa shyx????

  13. Naanii says:
    February 7, 2017 at 9:28 pm

    Kobaatha part 4

  14. kiaa says:
    February 8, 2017 at 5:08 pm

    Kobaa tha shyx miadhuge part mihaaru mivaahaka kiyaa hithun hureveny ky noon plx avahah up kohdhyba……????

  15. Lovely girl says:
    February 8, 2017 at 7:24 pm

    Alhey miadge part ves nukurevunutha
    ????????

  16. Lovely girl says:
    February 8, 2017 at 7:26 pm

    Mibuny up nukurevunuhey

  17. mee sh says:
    February 9, 2017 at 12:17 pm

    vrh riithi mi vaahaka… avahah nxt part plxx

  18. mee sh says:
    February 9, 2017 at 12:30 pm

    shyx avahah next part up kohdhiiba…. mihaaru kiyaa hithun hurevenii eh nuun… i love this story

Comments are closed.

All Right Reserved!