Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އިއުނާސް (3)

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
May 5, 2017 7 Mins Read
44 Comments

ކުޑައިރުކޮޅެއްގެ ތެރޭގައި ކައިވެނީގެ ހަފްލާ ފެށިއްޖެއެވެ. ހުދުކުލައިގެ އަގުބޮޑު ކައިވެނީގެ ހެދުމުގައި ރުކާން ފެންނަނީ ނުހަނު ފުރިހަމަކޮށެވެ. ހަމަ އެގޮތަށް މިއުވާންވެސް ހުދުކުލައިގެ ގަމީސްލައި، ކަޅު ޖެކެޓެއްލާފައި ކަޅު ފަޓުލޫނުގައި ފެންނައިރު އެހާ ނަލައެވެ. އެހާ ފިރިހެންވަންތައެވެ. ހަފްލާއަށް ހާޒިރުވާ ކޮންމެ މީހެއްގެ ދުލުގައިވަނީ ކައިވެނިކުރެވުނު ދެމަފިރިންނަށް ތަޢުރީފާއި ހެޔޮދުޢާއެވެ. ރުކާންގެ ތުންފަތުގައި ނުފިލާ ހިނިތުންވުމެއްވީއިރު މިއުވާންވެސް މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވައިގެން ހުރީ ހިތުގެ ހާލަތު ސިއްރުކުރަމުންނެވެ. މެދުކެނޑުމެއްނެތި މެހެމާނުންނާ ސަލާމްކުރަމުންދިޔަ މިއުވާންގެ ހަރަކާތްތަކަށް ލަސްކަމެއް އައީ ކުއްލިއަކަށް ގޭޓުން ވަދެގެން އައި ބަޔަކު ފެނިފައެވެ.

މިއުވާންގެ ހަރަކާތައް އައި ބަދަލު ރުކާންއަށް ފާހަގަކުރެވުނެވެ. މިއުވާންގެ ނަޒަރު ހުއްޓިފައިވާ ދިމާއަށް ރުކާންއަށް ބަލާލެވުމާއެކު އޭނާއަށްވެސް ލިބުނީ ހައިރާންކަމެކެވެ. މި ހަފްލާއަށް އިއުނާސްގެ އާއިލާއަށް ދަޢުވަތު ދޭނެކަމަކަށް ރުކާން ހިއެއްނުކުރެއެވެ. އެކަމުން މިއުވާންގެ ހިތަށް ލިބޭނެ ދަތިކަން އެނގިހުރެވެސް އެމީހުންނަށް ދަޢުވަތު ދިނީތީ ރުކާން ހިތްހަމައެއް ނުޖެހުނެވެ. ނަމަވެސް އޭނާ އެކަން ހާމައެއް ނުކުރެއެވެ.

“މަރުޙަބާ! ދެކުދިންވެސް ބަސްއަހައިގެން އުޅޭތި އިނގޭ. ދެކުދިންނަށްވެސް ވަރަށް ބާއްޖަވެރި އުފާވެރި ކައިވެންޏަކަށް އެދެން.” އަސްމާ މިއުވާންގެ ގައިގައި ފިރުމާލިއެވެ. އަދި ރުކާންގެ ގައިގައި ފިރުމާލަމުން “މާޝާ ﷲ”އޭވެސް ބުނެލިއެވެ.

“ކާކު އެމީހުންނަށް ދަޢުވަތު ދިނީ؟” އަސްމާއާއި އީނާޒް ދިއުމުން ރުކާން މަޑުމަޑުން މިއުވާން ގާތު އަހާލިއެވެ.

“އަހަރެން. އެކަމަކު އަހަރެން ހީކުރީ އެމީހުން ނާންނާނެކަމަށް.” މިއުވާން އެހެން ބުނެލުމުން ރުކާން އިތުރަށް އެކަމާ ބެހޭގޮތުން ވާހަކައެއް ނުދެއްކިއެވެ.

“މަންމާ! އަހަރެންނަށް ޔަޤީން މިއުވާން އަދިވެސް އިއުނާސްދެކެ ލޯބިވާކަން. އޭނަ އެހެން ހިނިތުންވެލައިގެން ހުއްޓަސް އަހަރެންނަށް އޭނަގެ ލޮލުން ފެނުނީ މުޅިން އެހެން އެއްޗެއް.” އީނާޒް ބުންޏެވެ.

“އާނ. މަންމައަށްވެސް އެނގޭ. އެކަމަކު މިއުވާންއަށް އެންމެ ރަނގަޅުވާނީ އެގޮތަށް އެކަން ކުރިއްޔާ. ކިތަންމެ ދުވަހެއްވިޔަސް އިއުނާސްއެއް ދެނެއް ނާންނާނެ. އެހެންވީމަ އެގޮތަށް އޭނަގެ ދިރިއުޅުން ބޭކާރުކޮށްލުމަށްވުރެ އެގޮތްވެސް މާ ރަނގަޅުވާނެ. ރުކާންއަކީވެސް ނުލާހިކު ރަނގަޅު ކުއްޖެއް. ރުކާންއާއެކު އުޅެން ފެށީމަ މިއުވާންއަށްވެސް އޭނަދެކެ ލޯބިވެވިދާނެ.” އަސްމާ ބުންޏެވެ.

“އެކަމަކު މަންމާ. އެގޮތަށް ލޯބިނުވާ މީހަކާ އިނދެ ހަމަޖެހިގެން އުޅެވިދާނެތަ؟ އަމުދުން އިއުނާސްގެ މަތިން ހަނދާން ނުނެތިގެން އުޅެނިކޮށް.” އީނާޒްއަށް ހަމަ މިއުވާންއާ ދޭތެރޭ ވިސްނެނީއެވެ.

“އީނާޒް! ބޭކާރު ވާހަކަ ނުދައްކާ. ތިހެން ވާހަކަ ދައްކަނިކޮށް މީހަކަށް އަޑުއިވިއްޖެއްޔާ ކަމަކު ނުދާނެ. އޭރުން މީހުން ދެކޭނީ އަހަރެމެން އެމީހުންގެ ދިރިއުޅުން ހަލާކުކޮށްލަން އުޅެނީކަމަށް.” އީނާޒްގެ ވާހަކަ ހުރިގޮތުން އަސްމާ ކުޑަކޮށް ހިތްހަމަނުޖެހުނެވެ.

“އަހަރެން އެބަ އަންނަން.” މިއުވާން އެހެން ބުނެލާފައި ދިއުމުން ރުކާންވެސް ދިޔައީ އެތާނގައި ތިބި އޭނާގެ ރައްޓެހި އަންހެންކުދިންތަކެއްގެ ގާތަށެވެ.

“މަންމާ! އެއޮއް އަންނަނީ މިއުވާން.” އީނާޒްއަށް މިއުވާން އެދިމާއަށް އަންނަތަން ފެނިގެން އަސްމާއަށް އަންގާލިއެވެ.

“ދައްތާ! އަޅުގަނޑަށް މަޢާފްކޮށްދޭތި. އަޅުގަނޑު ހުރީ ދުވަހަކުވެސް މީހަކާ ނީންނަން ނިންމައިގެން. އެކަމަކު ބައްޕަ އަޅުގަނޑު ގާތު ކައިވެނީގެ ވާހަކަ ދެއްކުމުން އަޅުގަނޑަށް ދެކޮޅުހަދަން ނުކެރުނީ.” މިއުވާން އަސްމާ ގާތުގައި ހުރި ގޮނޑީގައި އިށީންނަމުން މަޢާފަށް އެދުނެވެ.

“މިއުވާން! ދައްތަމެން ކީއްވެ ހިތްބުރަކުރަންވީ؟ އިއުނާސް ދުނިޔޭގަ ނެތްއިރު މިއުވާންގެ ދިރިއުޅުން އިއުނާސްގެ ހަނދާނުގަ ބޭކާރުކޮށްލުމުގެ ބޭނުމެއް ކޮބާ؟ ދައްތަމެން މިއަދު ވަރަށް އުފާވޭ މިއުވާންގެ ތި ނިންމުމާ ދޭތެރޭ. ދައްތަ ދޭން އޮތް ނަސޭޙަތަކީ މިއުވާން އިއުނާސްދެކެ ވީލޯބި ރުކާންދެކެ ވެވޭތޯ މަސައްކަތްކުރާށޭ. އިއުނާސްގެ މަތިން ހަނދާން ނައްތާލެވޭތޯ މަސައްކަތްކުރާށޭ. ދެކުދިންނަށްވެސް ބާއްޖަވެރި ދުވަސްތަކަކަށް އެދެން. މާތް ﷲ ތިދެކުދިންގެ ދިރިއުޅުމުގަ ބަރަކާތް ލައްވާށި! އާމީން!” އަސްމާ ހިނިތުންވެލަމުން ވާހަކަދެއްކި ނަމަވެސް އޭނާ ހުރީ ދެރަވެފައެވެ. އިއުނާސްގެ ހަނދާންތައް އާވުމުންނެވެ. އޭނާއަށްވެސް މިރެއަށް ތައްޔާރުވެވުނެވެ. ނަމަވެސް އެންމެ ފަހު ވަގުތުގައި އިއުނާސްއަށް އެހެން ވާންވީ ސަބަބެއް އޭނާއަކަށް ނުވިސްނެއެވެ. އަދި އިއުނާސް އަމިއްލައަށް އެފަދަ މޮޔަކަމެއް ކޮށްފާނެ ކަމަކަށް އޭނާއަކަށް އަދިވެސް ޤަބޫލެއް ނުކުރެވެއެވެ.

“އަޅުގަނޑު ބޭނުން ދައްތަމެންނާ ގުޅުން ބާއްވަން.” މިއުވާން އެހެން ބުނެލުމުން އަސްމާއަށް ބޯޖަހާލެވުނެވެ.

“މިއުވާން ބޭނުން ދުވަހެއް ވަންދެން ދައްތަމެންނާ ގުޅުން ބޭއްވޭނެ. ކޮންމެ ގޮތަކަށް ކަންތައްވެފައި އޮތަސް ދައްތައަށް މިއުވާންއާ ދޭތެރޭ ދެކެވެނީ ހަމަ އާއިލާ ކުއްޖެއްހެން.” އަސްމާގެ ވާހަކަތަކުން މިއުވާންއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ.

“ނާޒް ދައްތަވެސް މިއުވާންއަށް ހަމަ ހިތްހެޔޮ. ނާޒް ދައްތަވެސް އެދެނީ މިއުވާންގެ ތި ދިރިއުޅުމައިގެން ރަނގަޅު ގޮތުގަ ކުރިއަށް ދިޔުން. ނާޒް ދައްތަމެންގެ ހެޔޮދުޢާ ވަނީ މިއުވާންގެ ދެމަފިރިންނާއެކު.” އީނާޒް އެހެން ބުނެލަމުން މިއުވާންގެ ކޮނޑުގައި މަޑުމަޑުން ޖަހާލިއެވެ.

“ދެން މިވަގުތު އަޅުގަނޑު ގޮސްލަނީ.” މިއުވާން އެހެން ބުނެލުމުން އަސްމާއާއި އީނާޒް ބޯޖަހާލިއެވެ. ފެންކަޅިވެފައިވާ ހާލުގައި ދެމީހުން މިއުވާން ދިޔަ ދިމާއަށް ބަލަން ތިއްބެވެ. އެމީހުންނަށް އެ ގެއްލިގެން ދިޔައީ މިފަދަ ޒަމާނެއްގައި ލިބޭނެ ރަންގަނޑެކެވެ. ނަމަވެސް ކުރާނެ ކަމެއްނެތެވެ. މިއީ ތަޤުދީރުގައި ލިޔެވިފައިވާ ގޮތެވެ. ތަޤުދީރު ބަދަލުކުރެވޭނީވެސް ކާކަށް ހެއްޔެވެ؟ މިހުރިހާ މަންޒަރެއް ބަލަން ދާދި ގާތުގައި ހުރި މޫނިމާ ގަސް ކައިރީ ހުރި މީހާ އެމީހުންގެ ލޮލުގައި އަޅައެއް ނުގަތެވެ. މިއުވާން ދިއުމާއެކު ދުންކޮޅަކަށްވެފައި އެމީހާ އެތަނުން ގެއްލުނެވެ.

ކައިވެނީގެ ހަފްލާ ނިމުމާއެކު އެންމެން މިސްރާބުޖެހީ ގެއަށް ދިއުމަށެވެ. މިއުވާންއާއި ރުކާންވެސް އެމީހުންނަށް ހަމަޖައްސާފައިވާ ކާރުގައި ގެއަށް ދިއުމަށް ދަތުރު ފެށިއެވެ. އޭނާއަށް އިރުއިރުކޮޅާ މިއުވާންއާ ދިމާ ބަލާލެވެއެވެ. މިރޭ ގެއަށް ގޮސް ކަންތައް ވާނެގޮތް ހިތަށްއެރުމުން އޭނާ ލަދުން އިސްޖަހާލިއެވެ. އެހެން އިނދެފައި އިސްއުފުލާލާ މަގަށް ބަލާލީ މިހާރު ކިހާ ހިސާބަކަށް އާދެވިއްޖެތޯ ބަލާލާށެވެ. ނަމަވެސް ބާރު ސްޕީޑްގައި ދުއްވާފައި އައި ލޮރީއެއް އެކާރުގެ ކުރިމައްޗަށް އެރުމާއެކު ރުކާންއަށް ދެކަންފަތުގައި އަތް އަޅާފައި ހަޅޭއްލަވައިގަނެވުނެވެ. ރުކާންގެ އަޑަށް ސިހިފައި މިއުވާންއަށް ބަލާލެވުނުއިރު ޑްރައިވަރުވެސް ކުއްލިއަކަށް ކާރު ހުއްޓައިފިއެވެ.

“ރުކޫ! ކިހިނެއްވީ؟” މިއުވާން ހައިރާންވެފައި އަހާލިއެވެ.

“ދެންމެ ބޮޑު ލޮރީއެއް ކުރިމައްޗަށް އެރިއެއްނު.” ރުކާން އެހެން ބުނެލުމުން މިއުވާންއަށް ހައިރާންކަމާއެކު އަޑެއް ލައްވާލެވުނެވެ.

“ލޮރީއެކޭ!! ގައިމު ދެންމެ މިމަގަށް ދުއްވާ އެއްޗެއް ނުވެސް ވަދޭ.” ޑްރައިވަރު އެހެން ބުނެލުމުން ރުކާން އެއްޗެކޭ ބުނަން އުޅުނެވެ. ނަމަވެސް އެވަގުތު ޑްރައިވަރ އިން ސީޓާއި ޖެހިގެން އިން ސީޓުގައި މީހަކު އިންތަން ފެނުމުން އޭނާއަށް އެދިމާއަށް އިނގިލި ދިއްކޮށްލެވުނެވެ.

“މީހެއް.” ރުކާންއަށް ބުނެވުނެވެ.

“ކޮންތާކު؟”

“އެސީޓުގަ.” ޑްރައިވަރގެ ސީޓާއި ޖެހިގެން ހުރި ސީޓަށް އިޝާރާތްކުރަމުން ރުކާން ބުންޏެވެ.

“ރުކޫ! ހަމަޖެހިބަލަ. އެތާ ނެތޭ އެއްވެސް މީހެއް.” މިއުވާން ރުކާންގެ މޫނުގައި ދެއަތުން ހިފަހައްޓާ އޭނާއާއި ދިމާއަށް އަނބުރާލަމުން ބުނެލިއެވެ.

“ނޫނެކޭ. އެއިނީނު…” ރުކާންގެ ޖުމްލަ މެދުކެނޑުނީ ދެންމެ އެތާނގައި އިންދާ އޭނާއަށް ފެނުނު މީހާ މިހާރު ނެތީމައެވެ.

“ޑްރައިވަރ! ހިނގާ.” މިއުވާން ޑްރައިވަރަށް ބުނެލުމާއެކު ޑްރައިވަރ ކާރު ދުއްވާލިއެވެ.

“ރުކޫ ކޮންކަމަކާ މާ ބިރުން ތި އިންނަނީ؟ މާ ބިރުން އިންނާތީއޭ އެކަހަލަ އެއްޗެހި ހީވަނީ.” މިއުވާން ރުކާންގެ ހިތްހަމަޖައްސައިދެވޭތޯ ބެލިއެވެ. ރުކާން އެއްޗެކޭ ނުބުނެއެވެ. އޭނާ މިއުވާންއާ ގާތަށް ޖެހި މިއުވާންގެ އަތު މުލައްދަނޑީގައި ބާރަށް ހިފަހައްޓަމުން ސީޓުގައި ލެނގިލައި ލޯމަރާލިއެވެ.

ދެވުމުން މިއުވާން ކާރުން ފޭބިއެވެ. ރުކާން އިނީ މިއުވާން އޭނާ އިން ފަރާތުގެ ދޮރު ހުޅުވާލަދޭނެ އިރެއްގެ އިންތިޒާރުގައެވެ. އެހެން އިނދެފައި އޭނާއަށް މިއުވާން އިން ފަރާތަށް ބަލާލެވުނީ އެތާ މީހަކު އިންހެން ހީވެގެންނެވެ. އެޔާއެކު އޭނާއަށް ހަޅޭއްލަވައިގަނެވުނި ފެނުނު ބިރުވެރި ސޫރައަކުންނެވެ. މޫނުގެ އެއްފަޅި އިންސާނެއްގެ ސިފައިގައި ހުރިއިރު އަނެއްފަޅި ހުރީ ބިރުވެރި ގޮތަކަށެވެ. އެފަޅީގެ ލޮލެއްވެސް ނެތްއިރު ހީލިއިރު އަނގައިގައި އެންމެ ދަތެއްވެސް ނެތެވެ. ރުކާން ތެޅެމުން ފޮޅެމުން ކާރުން ފޭބި ވަގުތަކީ މިއުވާންއަށް ރުކާންގެ އަޑު އިވިގެން އައިސް ދޮރު ހުޅުވާލަން ދިމާކުރި ވަގުތެވެ.

“ކިހިނެއްވީ ރުކޫ؟”

“ބި.. ބި.. ބިރުވެރި… އެއްޗެއް.” ރުކާންއަށް ބިރުންހުރެ ބުނެވުނީ އެވަރަށެވެ. މިއުވާންވެސް އަވަސްއަވަހަށް ކާރުތެރެ ބަލާލީ ރުކާން އެބުނާފަދަ އެއްޗެއް ފެނޭތޯއެވެ.

“އެތާކު ނެތޭ އެކައްޗެއްވެސް.”

“ނޫނެކޭ. ދެންމެ އެތާ އިނޭ.”

“ރުކޫ! ހަމަޖެހިބަލަ. ތީ ރުކޫ މާ ބިރުން ހުންނާތީ ހީވާ ގޮތްގޮތޭ. ނޫނީ އަހަރެމެންނަށްވެސް ފެންނަން ޖެހޭނެއެއްނު.” މިއުވާން ރުކާން ހިތްހަމަޖެއްސޭތޯ ބެލިއެވެ.

“ހިނގާ އެތެރެއަށް ދާން.” މިއުވާން ރުކާން އޭނާގެ ގައިގައި ލައްކޮށްލައިގެން ގެއަށް ވަންނަ މަންޒަރު ބަލަން ހުރި އެމީހާގެ މޫނުމަތީގައި ވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

މިއުވާން، ރުކާން ގޮވައިގެން ގޮސް އެމީހުންނަށް ޚާއްސަކުރެވިފައިވާ ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ރުކާންގެ ދެލޯ ބޮޑުވެގެން ދިޔައީ އެކޮޓަރި ތައްޔާރުކޮށްލާފައިވާލެއް ފުރިހަމަކަމުންނެވެ. އާކައިވެނީގެ ރޭ އެ ދެޒުވާނުންނަށްޓަކައި ވަނީ ހީނުކުރާ ވަރަށް އެކޮޓަރި ތައްޔާރުކޮށްފައެވެ. ފެނުނު މަންޒަރުގެ ހިތްގައިމުކަމުން ދެންމެގައި ހިނގާދިޔަ ކަންތައްތައް ރުކާންގެ ހަނދާނުން ފިލައިގެން ދާކަށް ގިނަ ވަގުތެއް ނުނެގިއެވެ. މިހާރު އޭނާގެ މޫނުމަތިން ފެންނަމުންދާ ހިނިތުންވުމުގެ ސަބަބުން އޭނާ ފެންނަ މީހަކަށް، ދެންމެގައި އޭނާއަށް ކަމެއް ވީހެންވެސް ހިއެއްނުވާނެއެވެ.

ކޮޓަރި ތެރެއަށް ވެރިވެފައިވަނީ އުއްބައްތީގެ އޮރެންޖު އައްޔެވެ. ކޮޓަރީގައި ހިފާލާފައިވާ ހިތްގައިމު ވަހަކުން މަސްތުކުރުވައެވެ. ކޮޓަރި ދޮރާއި ހިސާބުން ކޮޓަރީގެ މެދުގައި ހުރި ބޮޑު އެނދާއި ހަމައަށް ވަނީ ރަތް ފިނިފެންމާ ފިޔައިން ދޫލައެއް ފަދައިން މަގު އަޅާލާފައެވެ. އެނދުގައި އަޅާފައިވާ ހުދު ބެޑްޝީޓުގައިވަނީ ރަތް ފިނިފެންމާ ފިޔައިން ހިތެއް ކުރަހައި “ކޮންގްރޭޓިއުލޭޝަންސް” ޖަހާލާފައެވެ. އެނދުގެ ވަށައިގެން ހުދު ލޭސްފޮތީގެ މަދިރިގެއެއް ވާއިރު ވަށައިގެން އެލުވާފައިވާ މާފަތިތައް ފެނުމުން ހީވަނީ، ހިންދީ ފިލްމުތަކުން ފެންނަ ކަހަލަ ކައިވެނީގެ ފުރަތަމަ ރޭގެ މަންޒަރެއް ލޮލު ކުރިމަތީގައި ސިފަވަމުން ދާހެންނެވެ.

“ކޮބާ ކިހިނެއްވަނީ؟ ހިތްހަމަޖެހޭތަ؟” ރުކާންގެ ފަހަތުން އުނަގަނޑާއި ހަމައިން އަތް ވަށާލަމުން ރުކާންގެ ކަންފަތްދޮށުގައި މިއުވާން ބުނެލިއެވެ. ރުކާން ބޯޖަހާލިއެވެ. ހިތާއި ދެކޮޅަށް ނަމަވެސް މިއުވާން ބެލީ ވީހާވެސް ރޮމޭންޓިކްކޮށް އުޅެވޭތޯއެވެ. އޭނާގެ ސަބަބުން ރުކާންއަށް އެއްވެސް ހިތްދަތިކަމެއް ދޭކަށް އޭނާގެ ޟަމީރު އެއްބަހެއް ނުވިއެވެ. މިއުވާން ރުކާންގެ އިސްތަށިގަނޑު އެއްފަރާތް ކޮށްލަމުން ރުކާންގެ ހާމައަށް އޮތް ކަނދުރާގައި ބޮސްދިނެވެ. ރުކާންގެ ގައިން ހީބިހި ނަގައިގެން ދިޔައީ ކުރުވި އަރާމު އިހުސާސަކުންނެވެ.

“އެބަ އަންނަން ފާޚާނާއަށް ގޮސްފަ.” މިއުވާން އެހެން ބުނެފައި ދާން ހިނގައިގަތުމުން ރުކާން ގޮސް އެނދުގައި އިށީނދެލިއެވެ.

“ހާދަ ވަރުބައްޔޭ.” ރުކާންއަށް ހިތާހިތާ ކިޔާލަމުން އެނދުގައި އުއްޑުން އޮށޯވެ ލޯމަރާލިއެވެ. ފާޚާނާގެ ދޮރު ހުޅުވުނު އަޑަށް ރުކާން ލޯ ހުޅުވާލިއެވެ. އޭރު މިއުވާން ހުރެ އޭނާއާއި ދިމާއަށް އާދެއެވެ. އެދެލޮލުން ފެންނަންހުރި އަސަރަކުން ރުކާންގެ ހިއްސުތައް ހަލަބޮލިކޮށްލިއެވެ. މިއުވާން އައިސް ރުކާންއާއި ދިމާއަށް ގުދުވެލިއެވެ. އެވަގުތު މިއުވާންގެ ބުރަކަށިމަތީގައި ތަތްކޮށްލައިގެން އޮވެ މިއުވާންގެ ބޯމަތިން ބޯދިއްކޮށްލި ބިރުވެރި ސޫރަ ފެނިފައި ރުކާންގެ ނޭވާ އެތެރެހަށީގައި ތާށިވީ ކަހަލައެވެ. އޭނާއާއި ދިމާއަށް ރުޅިވެރި ދެލޯ އަމާޒުކޮށްލާފައިވާއިރު އެދެލޮލުން ހީވަނީ އަލިފާންކަނި ބުރާހެންނެވެ. އަނގަ ހުޅުވާލައިގެން އޮތްއިރު ތޫނު ދަތްތައް ފެނިފައި ރުކާންއަށް ބިރުން ވީގޮތެއްވެސް ނޭނގުނެވެ. އެވަގުތު ރުކާންއަށް ހަޅޭއްލަވައިގެންފައި މިއުވާން ކޮއްޕާލެވުނެވެ. އެފަދަ ކަމަކަށް ނުވިސްނާ ހުރުމުން މިއުވާންއަކަށް އޭނާގެ ހަށިގަނޑު ހިފަހައްޓައެއް ނުލެވުނެވެ. އޭނާ އިދިފުށަށް ވެއްޓި ޖެހުނު ގޮތުން އޭނާގެ އުނަގަނޑަށް ތަދެއްވެސް އެރިއެވެ.

“ރުކާން!” ރުޅިއަކީ މިއުވާންގެ ޠަބީއަތުގައި އާންމު ކަމަކަށް ނުވިޔަސް ރުކާން ދެންމެގައި ޢަމަލުކުރި ގޮތުން އޭނާއަށް ރުޅި އާދެވުނެވެ. އޭނާއަށް އެނދުގައި އިން ރުކާންއަށް ބަލާލިއިރު ރުކާން ބިރުން ތުރުތުރުއަޅައެވެ. އޭނާ ކުރަން އުޅުނީކީ ނުބައި ކަމެއް ނޫނެވެ. އެހެންވީއިރު ރުކާންއަކަށްވެސް އެގޮތަށް ޢަމަލުކުރުމުގެ ޙައްޤެއް ނޯންނާނެއެވެ. ބިރުގަންނަންޏާވެސް ރީތިކޮށް ބުނީމާ ނިމުނީ ނޫން ހެއްޔެވެ؟ އޭނާއަށް އެކަން ކުރަންވީ ރަނގަޅު ގޮތްވެސް އެނގޭނީ އޭރުންނެއް ނޫން ހެއްޔެވެ

“ތަދުވެސްވެއްޖޭ. ބަލަ އަހަރެން މި އުޅެނީކީ ރުކާން ރޭޕްކުރާކަށް ނޫނޭ ހަޅޭއްލަވައިގެންފަ ސަލާމަތްވާން ތެޅިފޮޅޭކަށް. ރުކާން ތީ އަހަރެންގެ އަންހެނުން. ދެމަފިރިންގެ ދެމެދުގަ މިކަހަލަ ގުޅުންތައް ހިނގާނެކަން ނޭނގޭވަރުގެ ކުޑަކުއްޖެއްތަ ތީ؟ ބަލަ އެކަން ކުރަން ބޭނުން ނުވަންޏާވެސް ރީތިކޮށް ބުނިނަމަ ތިމަންނައަށް ވަގުތު ބޭނުމޭ މި ލައިފްއަށް ސެޓްލްވާން. އިހަށް ތިމަންނައަށް ވަގުތުކޮޅެއް ދޭށޭ. އަހަރެންނަށް ކެތްވާނެޔޭ.” މިއުވާން އުނަގަނޑުގައި އަތް އަޅައިގެން ހުރެ އެހެން ބުނިއިރު އެއަޑުގައިވީ ރުޅިވެރިކަން ރުކާންއަކަށް ސިއްރެއްނުވިއެވެ. ރުކާންގެ ހިތުގައި ޖެހުނުވަރުން ވަގުތުން ރޯން ފެށުނެވެ. ރުކާން ރޯން ފެށުމުންވެސް މިއުވާންގެ ރުޅި މަޑުވާގޮތެއް ނުވިއެވެ. ނަމަވެސް އޭނާ އިތުރަށް އެއްޗެކޭ ނުބުނެއެވެ.

މިއުވާން އެނދުން ބާލީހެއް ހިފައިގެން ގޮސް ކޮޓަރީގެ އެއްފަރާތުގައި ހުރި ސޯފާގައި އޮށޯތީ ނިދާލެވޭތޯއެވެ. ލޯމަރައިގެން އެތައްއިރަކު އޮތްއިރުވެސް އުނަގަނޑުގައި ރިއްސާވަރުން އޭނާއަކަށް ނިދޭގޮތެއް ނުވިއެވެ. އެހެންކަމުން އޭނާ ތެދުވެގެން ގޮސް މޭޒުމަތީގައި ހުރި ބާމު ފުޅި ނަގައިގެން އައިސް ސޯފާގައި އިށީނެވެ. އޭނާ އެނދަށް ބަލާލިއިރު އެނދުގެ ހެޑްބޯޑްގައި ލެނގިލައިގެން ރުކާން އިނެވެ. ކަކުލުގައި ބޯޖަހައިގެން އޮތުމުން މިއުވާން ރުކާންއަށް ގޮވާލަން ހިތަށް އަރާފައިވެސް އަޅައެއްނުލިއެވެ. އޭރުވެސް ރުކާންގެ ގިސްލުމުގެ އަޑު އިވިއިވި ހުއްޓެވެ.

މިއުވާން ވަރަށް އުނދަގުލުން އުނަގަނޑުގައި ބާމު އުނގުޅައިގެން އަނެއްކާވެސް ސޯފާގައި އޮށޯވެލީ ނިދޭތޯއެވެ. އެޔާއެކު އޭނާއަށް އިއުނާސްގެ ޚިޔާލުތައް އުނދަގޫކުރަން ފެށިއެވެ.

**********

އެއީ ހަނދުމަހެއްގެ ސާދަވިލޭރޭގެ ދެނަމާދު ދޭތެރެއެވެ. މިއުވާންއާއި އިއުނާސް ތިބީ އާދައިގެ މަތިން ވިލިނގިލީ އަތިރިމަތީގައެވެ. އެއީ އެދެމީހުންގެ ލޯބީގެ މަންޒިލެވެ. މިއުވާން އޮތީ އިއުނާސްގެ އުނގުގައި ބޯއަޅާލައިގެންނެވެ. އިއުނާސް އިނީ ހެޔޮވަރު ވަރަކަށް އޮތް މިއުވާންގެ އިސްތަށިގަނޑާއި ކުޅެލަކުޅެލައެވެ.

“ވާން! އަހަރެމެން ހޯދާނީ ކިތައް ކުދިންތަ؟” އިއުނާސް އަހާލިއެވެ.

“ނާސް ބުނެބަލަ ނާސް ބޭނުންވާވަރެއް.” އިއުނާސްގެ އިސްތަށިގަނޑާއި ކުލެލަމުން މިއުވާން ބުނެލިއެވެ.

“އަހަރެން ބޭނުންވަނީ ދެކުދިން. އަންހެންކުއްޖަކާ ފިރިހެންކުއްޖެއް.” އިއުނާސް ހިނިތުންވެލާފައި ބުނެލިއެވެ.

“އަހަރެން ބޭނުން މަދުވެގެން ފަނަރަ ކުދިން. ގިނަވެގެން ހެޔޮ ތިރީހަކަށް ކުދިން ވިޔަސް. ނާސް ޖެހޭނެ އަހަރު ދެކޮޅު ވިހަން. މިރަށުން އެންމެ ގިނަ ކުދިން ތިބި މީހާގެ ރެކޯޑް އަހަރެން އަތުގަ އޮންނަން އަހަރެން ބޭނުން.” ލާނެތް ފާޑަކަށް ހީނފައި އޮވެ މިއުވާން ބުނެލިއެވެ.

“ދެން ވާން.” މިއުވާންގެ ކޮލުގައި ހިފާ ދަމާލަމުން އިއުނާސް ކުސްތަޅާލިއެވެ.

“އަސްލު ދެކުދިން ވީމަ ރަނގަޅޭ ދޯ؟” މިއުވާން އެހެން ބުނެލުމުން އިއުނާސް ބޯޖަހާލިއެވެ.

“އެކަމަކު އޭރުން އަހަރެން ބޭނުންވާ ބައެއް ކަންތަކެއް ފަހަކުން ނުވާނެ.” މިއުވާން އެހެން ބުނެލުމުން އިއުނާސް ހައިރާންކަމާއެކު މިއުވާންއަށް ބަލާލިއެވެ.

“އެއީ ކޮންކަމެއް؟” އިއުނާސް އެހެން އަހާލުމުން މިއުވާން އިއުނާސްގެ ކަންފަތްދޮށުގައި ސިއްރު ސިއްރުން ބުނެލި އެއްޗަކުން އިއުނާސް ލަދުން މިއުވާންގެ މޭގައި ޖަހާލީ ސާބަހޭ ބުނަމުންނެވެ.

“ދެން. ވާން ވަރަށް ގޯސްވާނެ. ހިނގާ ގެއަށް ދާން. މިހާރު މަންމަ އުޅޭނެ އަހަރެން ހޯދަން.” މިއުވާންގެ ބޯ އުނގުން ނަގަމުން އިއުނާސް ބުނެލިއެވެ. އިއުނާސް ތެދުވެ މަޑުވެސްކޮށްނުލާ ހިނގައިގަތުމުން މިއުވާން އިއުނާސްގެ އަތުގައި ހިފެހެއްޓިއެވެ.

“އޭތް. އަހަރެން އެހެން ބުނީމަ ހިތްހަމަނުޖެހުނީތަ؟ އެއީ މަޖަލެއްނު.” މިއުވާން އެހެން ބުނެލުމުން އިއުނާސް ބޯހޫރާލީ ހިތްހަމަނުޖެހިފައެއް ނޫނޭ ބުނަމުންނެވެ. މިއުވާންގެ އަތް ނައްޓުވާލަމުން އިއުނާސް އަނެއްކާވެސް ދާން ހިނގައިގަތެވެ.

“އެކަނި ތިހެން ދަނިކޮށް ޖިންނިއެއް ފަހަތު އަޅުވާލައިފިއްޔާޔޯ؟” މިއުވާން އެހެން ބުނިހެނެއް ހިއެއްނުވެ އިއުނާސް ދުވެފައި އައިސް މިއުވާންގެ ގައިގައި ބައްދައިގަތެވެ. އޭރު އިއުނާސްގެ ހިތް ތެޅެމުންދާ އަޑު މިއުވާންއަށްވެސް އިވެމުން ދިޔައެވެ.

“ހޭއި ރިލޭކްސް ބޭބީ. އެއީ މަޖަލަކަށް ބުނި އެއްޗެކޭ.” އިއުނާސްގެ ބުރަކަށީގައި ފިރުމަމުން މިއުވާން ބުނެލިއެވެ.

“ކީއްކުރަންތަ އެކަހަލަ ވާހަކަ ދައްކަނީ؟ އެނގެއެއްނު އަހަރެން ބިރުގަންނަވަރު. ދެން ނުކެރޭނެ މިތަނަށް އަންނާކަށްވެސް. ބަލާބަލަ އަހަރެންގެ ހިތް ތެޅޭވަރު.” އިއުނާސް މިއުވާންގެ އަތް އޭނާގެ ހިތާ ދިމާލުން މޭގައި ޖައްސާލަމުން ބުނެލިއެވެ.

“އޭތް. ކޮންތާކުތަ ތި އަތް ޖައްސަނީ؟ ތިކަހަލަ ތަންތާ އަތް ޖައްސަންޏާ ގޯހެއް ވެދާނެ އިނގޭ.” މިއުވާން އެހެން ބުނެލުމާއެކު އިއުނާސް ކުއްލިއަކަށް މިއުވާންގެ އަތް ދުރަށްލިއެވެ.

“ދެން. ވާން ހާދަ ގޯސްވެއްޖޭ މިހާރު. ތިހެން އުޅެންޏާ އަހަރެން ވާންއަކާ ނީންނާނަން.” އިއުނާސް ތުން އޫކޮށްލަމުން ބުނެލިއެވެ.

“ސޮރީ ބޭބީ. ރުޅިއައީތަ؟” މިއުވާން އެހެން އަހާލުމުން އިއުނާސް ހޫމްއެކޭ ބުނެލިއެވެ.

“ތިހެންވިއްޔާ އަމިއްލައަށް ގެއަށްދާން ޖެހޭނީ.” މިއުވާން އެހެން ބުނުމުން އިއުނާސް ދެލޯ ބޮޑުކޮށްލިއެވެ.

“ދެން ނޫން. ރުޅިއެއް ނާދެޔޭ. އަހަރެން ކިހިނެއްތަ ވާންދެކެ ރުޅިއައިސްފަ ހުންނާނީ.” އިއުނާސް މިއުވާންގެ އަތުގައި އޮޅުލައިގަންނަމުން ބުނެލިއެވެ.

“ދެން ހަމަ ދާންވީތަ؟” މިއުވާން އެހެން އަހާލީ އެހާ އަވަހަށް ދާހިތް ނެތީމައެވެ.

“ހޫމް. މަންމަ ހޯދާނެ މިހާރު. މިހާރު ކޮންއިރެއް ބޭރުގަ އުޅޭތާ. ހަވީރު ނުކުތްގޮތަށް މިއުޅެނީ. އެހާ ލަސްވަންދެން ގެއިން ބޭރުގަ އުޅެންޏާ މަންމަ ވަރަށް ހިތްހަމަނުޖެހޭނެ. މިހާ ޕްލޭންތައް ކޮށްފަ އޮއްވާ މަންމަމެން ރުޅިއައިސްގެން ދެމީހުން ވަކިވާން ޖެހިއްޖެއްޔާ…” އިއުނާސްގެ ޖުމްލަ ފުރިހަމަނުވީ މިއުވާން އިއުނާސްގެ އަނގަމަތީ އަތްއެޅީމައެވެ.

“ދެން ތިހެން ނުބުނައްޗޭ. އިރާދަކުރެއްވިއްޔާ މަރު ފިޔަވައި އަހަރެމެން ދެމީހުން ވަކިކުރެވޭނެ އެއްވެސް ބާރެއް މިދުނިޔެ މައްޗަކު ނުވާނެ.” މިއުވާން ބުނެލިއެވެ.

“އަހަރެން މިބުނީ ހަމަ ރަނގަޅު ވާހަކައެކޭ. އަހަރެން ވާންދެކެ ކިތަންމެ ލޯބިވިޔަސް މަންމަމެން ނުޤަބޫލު ވެއްޖެއްޔާ އަހަރެންނަކަށް ވާންއަކާ ނުގުޅެވޭނެ. އެއީ މައިންބަފައިންގެ ނުޤަބޫލުގަ ކުރާ ކަންތައްތަކުގެ ނަތީޖާ ވަރަށް ހިތިވާނެކަން ލޮލަށް ފެނިފަ ހުރީމަ.” އިއުނާސް ބުންޏެވެ.

“ދެން މިވަގުތަށް ދެމީހުން ވަކިވާއިރުވެސް ތިކަހަލަ ވާހަކަތަ ދައްކާނީ؟ ނިކަން އަހަރެންވެސް އުފާވާނެ ކަހަލަ ވާހަކައެއް ދައްކަބަލަ. ނޫނީ އޯކޭ އުފާވާނެ ކަހަލަ ހަދިޔާއެއް ދިނަސް.” މިއުވާން އެހެން ބުނެލުމުން އިއުނާސް މިއުވާންއަށް ބަލާލިއެވެ. ކުއްލިއަކަށް އިއުނާސް މިއުވާންގެ ގައިގައި ބައްދާލިއެވެ. މިއުވާންވެސް އިއުނާސްގެ ގައިގައި ބައްދާލީ ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނާފަދަ ގޮތަކަށެވެ. އިރުކޮޅަކު އެހެން ތިބުމަށްފަހު މިއުވާން މަޑުމަޑުން އިއުނާސް އޭނާއާ ދުރުކޮށްލިއެވެ. އިއުނާސްގެ މޫނުގެ ދެފަރާތުގައި ހިފަހައްޓައިގެން އޭނާއަށް އެމޫނަށް ބަލަހައްޓައިގެން ހުރެވުނީ އެރީތި އަސަރުގަދަ ދެލޮލުގެ ޖާދޫގައި ޖެހިފައެވެ. އިއުނާސްއާ ހަތަރުކަޅި ބައްދަލުވުމުން މިއުވާންއަށް އަބަދުވެސް ވާވަރަކީ އެއީއެވެ.

“އަހަރެން ވަރަށް ލޯބިވާކަން އަބަދުވެސް ހަނދާންކުރައްޗޭ.” އިއުނާސްގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ މިއުވާން ބުނެލިއެވެ.

“އަހަރެންވެސް ވާންދެކެ ވަރަށް ލޯބިވޭ. އަހަރެން ދުވަހަކުވެސް ވާންއާ ވަކިވާކަށް ބޭނުމެއްނޫން.” އިއުނާސްވެސް އޭނާގެ ހިތުގެ ގޮވުން މިއުވާންއަށް އިއްވާލިއެވެ.

“އިރާދަކުރެއްވިއްޔާ އަހަރެމެން ދެމީހުން ވަކިވާން ޖެހޭނެ ދުވަހެއް އެހާ އަވަހަކަށް ނާންނާނެ.” މިއުވާން އިއުނާސްގެ މޫނުގައި ހިފަހައްޓައިގެން ހުރެ މަޑުމަޑުން އޭނާގެ މޫނު އިއުނާސްގެ މޫނާއި ގާތްކުރަމުން ދިޔައެވެ. މިއުވާންގެ ހޫނު ނޭވާތައް މޫނަށް އެޅޭހާ ގާތްވެލުމުން އިއުނާސްއަށް ލޯމަރާލެވުނީ ބޭއިޚްތިޔާރުގައެވެ. މިކަން ވެގެންދިޔައީ މިއުވާންއަށް ދެވުނު ދަޢުވަތަކަށެވެ. މިއުވާން މަޑުމަޑުން އިއުނާސްގެ ތުންފަތުގައި ބޮސްދިނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (27)

Next

އިންތިޒާރެއް މަ ނުކުރާނަމޭ (6)

Next
May 5, 2017

އިންތިޒާރެއް މަ ނުކުރާނަމޭ (6)

Previews
May 4, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (27)

44 Comments!

  1. ReeXa says:
    May 5, 2017 at 7:16 am

    Oh so sweet. … mi part vx varah reethi. . Keep it up saandy

    1. ReeXa says:
      May 5, 2017 at 7:17 am

      N me first dhw..

    2. Saandy says:
      May 5, 2017 at 8:51 am

      ThanQ ReeXa… Yes… Thy first 🙂

  2. Anonymous says:
    May 5, 2017 at 7:47 am

    v reethi mi vaahaka

    1. Saandy says:
      May 5, 2017 at 8:52 am

      ThanQ Anonymous 🙂

  3. dhooni says:
    May 5, 2017 at 7:53 am

    Me second dhw

    1. Saandy says:
      May 5, 2017 at 8:53 am

      Yes dhooni 🙂

  4. Saandy says:
    May 5, 2017 at 8:03 am

    Assalaam A’laikum… Miothy “IUNAAS” vaahakaige 3 vana bai… Ummeedhu kuran hurihaa kudhinnahves kamudhaane kamah… Adhi ran’galhu kollan jehey kanthahthah bunedheyne kamahves… Hurihaa kudhinnahves varah baajjaveri ufaaveri dhuvahakah edhen… Love u all 🙂

  5. Shaa says:
    May 5, 2017 at 8:59 am

    Biruveri vaahaka eh dw mii..

    1. Saandy says:
      May 5, 2017 at 3:43 pm

      Yes Shaa 🙂

  6. silver mist says:
    May 5, 2017 at 9:13 am

    Nice story

    1. Saandy says:
      May 5, 2017 at 3:44 pm

      ThanQ Silver mist 🙂

  7. Noor says:
    May 5, 2017 at 9:22 am

    Varah salhj…as always

    1. Saandy says:
      May 5, 2017 at 3:45 pm

      ThanQ Noor 🙂

  8. Maree says:
    May 5, 2017 at 9:31 am

    vvvvvv furihama
    v biruveri vaanetha saandy

    1. Saandy says:
      May 5, 2017 at 3:46 pm

      ThanQ Maree… V biruveri kureveythoa mi masakkaiy kurany 🙂

  9. Sunflower says:
    May 5, 2017 at 10:06 am

    Saandy ge ehn wahaka thauge baithah huhnaany warah dhigukoh.Miwaahaka warah kuru adhi ehaa lahun update wany. Waahaka heskiyaafa reethikamun wait kuran jehunyma bodaa heykeny ._.

    1. Saandy says:
      May 5, 2017 at 3:48 pm

      ThanQ Sunflower… Nooney… Hama ehen vaahakathakaa eh dhiguminehga mivaahakaves mi genesdheny… Ekam mibai vaki thanakun ninmanvegen kurin genai 2 bayahvure thankolheh kuruvaane… Aslu midhuvaskolhu Saandy v bixykoh mi ulheny… Ehenve dailykoh upkoh nudheveny… Hope u will understand 🙂

  10. black rose says:
    May 5, 2017 at 10:27 am

    Wow v reethi.. Mashaa Allah…

    1. Saandy says:
      May 5, 2017 at 3:49 pm

      ThanQ Black rose 🙂

  11. Chum handi says:
    May 5, 2017 at 10:28 am

    vrj salhi… ekam e ulhey biruveri ehchakee iunaas dho…. ehen hadhaakah nuvaane ennun… alhey… dhera dho… but story hama habeys….

    1. Saandy says:
      May 5, 2017 at 3:50 pm

      ThanQ Chum handi… Hehehe… Adhi en’geyne thikamuge haqeeqaiyves 🙂

  12. ithoo says:
    May 5, 2017 at 12:10 pm

    Adhi mi kiyaalevuny stry..as always mi part vx varah salhi..rukaan ah aee iunaas dhahkaa jinni thakeh dww..hehe..☺?

    1. Saandy says:
      May 5, 2017 at 3:51 pm

      ThanQ Ithoo… Hehehe… Adhi thikamuge hageegaiyves en’geyne 🙂

  13. shifu says:
    May 5, 2017 at 1:52 pm

    Varah salhi ekamu thankolheh kuru.. kn iraku nxt part…..

    1. Saandy says:
      May 5, 2017 at 3:53 pm

      ThanQ Shifu… Next part Sundayga… Next part miyahvure dhigukollaanan… Insha Allah!! 🙂

  14. ? says:
    May 5, 2017 at 2:11 pm

    Aee iunaas eh noon. Miuvaan aa alhaigen fa huri jinni eh. Eyna iunaas vs maraalee. Iunaas aslu dhan jehuneekee noon. Dhen ekam rukoo ah dhw hurihaa dhera eh.

    1. Saandy says:
      May 5, 2017 at 3:54 pm

      ThanQ dear… Aan hiyeh nuvey dhw hama Iunaas amillayah dhan jehuneeheneh… Dhen vaagothehves balamaa dhw 🙂

  15. raany says:
    May 5, 2017 at 4:15 pm

    I knw iunaas ge ehvx kusheh neiy kan.. and rukaan fahathun e ulhey jinni aky iunaas eh noon.. rangalhah viyya iunaas kahneyge rukaan salaamaiy kuraany.. hehe.. hyvaagoiy mibny.. story v lwbi..

    1. Saandy says:
      May 5, 2017 at 8:37 pm

      ThanQ Raany… En’gidhaanethaa dhw… Hehehe 🙂

  16. Rainy princess says:
    May 5, 2017 at 5:27 pm

    wow <3 mi part ves vara reethi nd kudako scary 😀

    1. Saandy says:
      May 5, 2017 at 8:37 pm

      ThanQ Rainy princess 🙂

  17. Izu says:
    May 5, 2017 at 7:57 pm

    Aslaa ej gothah biruveri koh genesdheyn try kurahche ingey saady.. mibunee buhdhi gabool nukuraa kahala biruveri vaahaka liyefa hunnaathy.. varah like nuvey ekahala vaahaka kiyan. Mihen bunyas dhen saandy liyan nimmaafa oiy goiy change kuraashekey noon

    1. Saandy says:
      May 5, 2017 at 8:41 pm

      ThanQ Izu… Yes… Thibuni kanthakaa v visnin liyan feshi iruves… Masakkaiy kohfa hunnaane veehaaves aslaa ehgoiy gothakah genesdheveythoa… Hiyeh nuvey buhdhi qaboolu nukurevey varuge vaahakaeh meega onnaaneheneh… Dhen ithurah kiyaaleema en’gidhaanethaa dhw… ThanQ for ur view 🙂

  18. nonns says:
    May 5, 2017 at 9:15 pm

    Wow vvreethi mi part. But thankolheh short. When next part??

    1. Saandy says:
      May 5, 2017 at 10:17 pm

      ThanQ Nonns… Next part Sundayga… Next part miyahvure dhigukollaanan… Insha Allah!! 🙂

  19. imagination says:
    May 5, 2017 at 10:42 pm

    wooaahh….?????? vvvvvvvv reethiii

    1. Saandy says:
      May 6, 2017 at 12:35 am

      ThanQ Imagination 🙂

  20. Pinky pie says:
    May 5, 2017 at 10:53 pm

    Varah salhi keep it up:-)

    1. Saandy says:
      May 6, 2017 at 12:36 am

      ThanQ Pinky pie 🙂

  21. pritty hajja says:
    May 7, 2017 at 3:30 am

    v nice story ingey sandy.. waiting for next part… bune dhythi waahaker up kuraa days…. cant wait to read.. loved it so much….

    1. Saandy says:
      May 7, 2017 at 3:33 am

      ThanQ Pritty hajja… Next part miadhu hen’dhunu up vaane… Insha Allah!! Konme 2 dhuvahun 1 dhuvahu up kurany 🙂

  22. shuzy says:
    May 7, 2017 at 12:01 pm

    V v reethi mivaahaka ejaa avahah ninmaanulaathi vaahaka

    1. Saandy says:
      May 7, 2017 at 12:18 pm

      ThanQ Shuzy… Mee ekam ehaa dhigu vaahakaeh noon… 10 varakah bai ulheyny jumla 🙂

Comments are closed.

Next Episodeއިއުނާސް (4)←


All Right Reserved!