Skip to content
އެސްފިޔަ

ނަފްރަތަކީ ލޯބީގެ ފެށުމެވެ 2

ކޮންމެވެސް މީހަކު މާނާގެ ލޮލުގައި އަތް އެޅިއެވެ. މާނާ ފަހަތް ބެލިއިރު އެތާއިނީ ދެވަނަ މީހެއްނޫނެވެ. އެއީ ރަަޝްވާނެވެ. އޭބަލަ މިހާރު އަހަރެން ފަހަތުންވެސް އަންނަން ފެށީތަ ނުވިތާކަށް މިހާރު ގަޔަށް ބޮލަށް ވެސް އަރަންފެށީތަ. މާނާ ރަޝްވާން އާދިމާލަށް ހަޅައިލަވައި ގަތެވެ. ބަލަ މަންޖޭ މަންޖެ ރުޅިއެރީމަ ހާދަހާ ޗާލޭ ރަޝްވާން ސިނގެރޭޓެއް ނަގައި ތުނބުގައި ޖައްސާލަމުން ބުންޏެވެ. ރަޝްވާން އަކީ މާނާ އާއި އަޅައިގަނެގެން އުޅޭމީހެކެވެ. މީހެކޭ ބުނުމަށްވުރެ ޕާޓޭއެކޭ ބުންޏަސް މާ ރަނގަޅުވާނެއެވެ. މާނާ ހަޅައިލަވައިގަތުމުގެ ސަބަބުން އެތަނަށް ވަނީ ކޮންމެވެސް ވަރަކަށް މީހުން އެއްވެފައެވެ. ރަޝްވާން އެތާމާމީހުން ގިނަކަމުން އެމްމެފަހުން މާނާއަށް ފްލައިންގ ކިސް އެއްދިނުމަށްފަހު އެތަނުންދިޔައެވެ. ބޮޑުކަމެއް ސަހާދެއް އެއިނބިލީސް ގަނޑާހެދި އުޅެވޭވަރެށް ނުވޭ ވަރަށް ފޫހިވޭ މާނާ ޝަކުވާކޮއްލިއެވެ. ދޮގެއްނޫން އަޅެ އަހަރެން ހިތަށްއަރާ އޭނަޔަށް މާނާ ނޫންމީހެއް ނުފެނުނީބާއޭ މަލާކް ވެސް ރަޝްވާން އަށް ކުދިކިޔާލިއެވެ. ދެން ތިވާހަކައެއްނޫނޭ މާދަމާ އަންނައްޗޭ އަހަރެމެން ގޭދޮށަށް ތި ބުނާ މަޖާގަނޑު ހަދަން މާނާ ބުންޏެވެ. މާނާގެއަށް އައިިސް ފެންވަރައިލައިގެން ނަމާދުކުރިއެވެ އަދި އިޝާނަމާދާޖެހެންދެން ޤުރުއާން ކިޔެވިއެވެ. ދޮންތާ އާދެބަލަ ބައްޕައެބަ ގޮވާ މައުނާއައިސް މާނާ ގާތު ބުންޏެވެ. މުސައްލަ ފަތްޖެހުމަށް ފަހު މާނާ އަވަސްވެގަތީ ބައްޕަ ގާތަށް ދިއުމަށެވެ. މާނާއައިސް އޭނަގެ ބައްޕަގާތު ސޯފާގައި އިށިންނުމުން ރަޝީދު އޭނަ ކިޔަވަން އިން ހަތިމު ލެއްޕުމަށް ފަހު މާނާއަށް ސަމާލުކަން ދިނެވެ. ދަރިފުޅާ މިއަދު ހުރިހާނަމާދެއް ކުރިންތަ؟ ރަޝީދު އޭނަގެ ދޮށީދަރި މާނާގެ ބޮލުގައި ފިރުމާލުމަށް ފަހު ބުންޏެވެ. ލައްބަ ބައްޕާ މާނާ ޖަވާބުގައި ބުންޏެވެ. ބައްޕަައަށް ފެންނަނީ ދަރިފުޅު މާލެގޮސް މަތީ ތައުލީމު އަދާކޮށްގެން ރަނގަޅު ވަޒީފާއެއް ހޯދަން ރަޝީދު ބުންޏެވެ. ބައްޕަ ބުނާކަމަކަށް ދެކޮޅުހަދާކަށް އަޅުގަނޑު ނެތިން އަޅުގަނޑަށް އެނގިލައްވާ ބައްޕަ އަބަދުވެސް ކަންކުރައްވާނީ އަޅުގަނޑަށް ރަނގަޅަށް ކަން މާނާ އަދަބުވެރި ކަމާއެކު ބުންޏެވެ. ބައްޕަވާނީ އެކޮޅުން ދަރިފުޅު ބަހައްޓާނެ ތަނެށް ވެސް ހަމަޖައްސާފަ އެއީ ބައްޕަގެ ރަހުމަތްތެރިއެއް އޭނަގެ ނަމަކީ މުނީރު އޭނައުޅެނީ ތިން ކޮޓަރީގެ އެޕާޓް މެންޓެއް ކުއްޔަށް ހިފައިގެން އެގޭގައުޅޭނީ އޭނަގެ އަންހެނުން ނާއި އެމީހުންގެ ދެދަރިން އެހެންވީމަ ބައްޕަ ދަރިފުޅަށް ޓިކެޓްނަގައިދޭނަން 1 ހަފްތާފަހުން ފުރާގޮތަށް. ބައްޕައާއި ވާހަކަ ދައްކާނިމުމުން މާނާދިޔައީ އޭނަގެ ކޮޓަރިއަށެވެ. ދޮންތަ ދިޔައީމަ ނުހުންނާނެ މަޖާކޮއްލަން މީހަކުވެސް ދެން ވަރަށް ފޫހިވާނެ މައުނާ މޫނު ކުނިކޮށްލަމުން ބުންޏެވެ. އެހެންތަ ނަސީބެއްނު މާނާ ހަމަ ގަސްތު މައުނާ ރުޅިއަރުވާލުމުގެ ނިޔަތުގައި ބުންޏެވެ. ރޭގަނޑު ކެއުމަށްފަހު މާނާ ދިޔައީ ނިދާށޭވެ. މާނާއަށް ހޭލެވުނީ  އޭނަގެ ފޯނުރިންގުވާ އަޑަށެވެ. ގުޅަނީ މަލާކެވެ. މާނާނިދިއަޑަކުން ހަލޯއޭބުނެލިއެވެ. ސްލީޕިން ބިއުޓީ އަދިވެސް ނިދަނީތަ އަހަރެމެންނަށް ގަޑިކިޔާފަ ތީނަތިއޮތީ ނިދަންވިއްޔަ މަލާކް ބުންޏެވެ. މިދަނީއޭ ބުނަމުން މާނާ އަވަސް ވެގަތީ ފާހަނާ ދިމާލަށް ދާށެވެ. މާނާ ރީތިވެގެން ބޭރަށް ނިކުތް އިރު ރޫޔާ އާއި މަލާކް އިނީ އެގޭ ޖޯލިފަތީގައި އިށީންދެގެނެވެ. ހުސްކޮށް ހުރި ޖޯލީގައި އަނބުތަކަކާއި މެރި އާއި ހެލަނބެލި ޕެކެޓެއް އޮތެވެ. ހިނގާފައްޓަމާ މާނާ މިހެން ބުނުމުން ރޫޔާ އާއި މަލާކް އޭނައާއެއްކޮށް އެގޭ ބަދިގެ ދޮށަށް ދާން ހިނގައި ގަތެވެ. އެންމެންވެގެން މަޖާގަނޑު ހަދާނިންމާލިއެވެ. މަޖާތަށިހިފައިގެން އެމީހުން ދިޔައީ ތުނޑިއަށެވެ. އިނގޭތަ   ސޭޑްނިއުސްއެއް އެބައޮތް ބައްޕަ ބުނީ ހަފްތާއެއްގެ ތެރޭގައި ޖެހޭނެޔޯ މާލެފުރަން އެކޮޅުން އިތުރަށް ކިޔަވަން މާނާ އެކުވެރިންނާއި ވަކިވާން ޖެހޭތީ ދެރަވެލާފައި ބުންޏެވެ. އަސްލުވެސްތަ ޔޫއާ ޖޯކިން ރައިޓް މަލާކް ބުންޏެވެ. އަޅެނޫނެކޭ ހަމަތެދެކޭ މިބުނީ   މަނާ އަނެއްކާވެސް ތަކުރާރުކޮއްލިއެވެ. މަލާކް ދެމްމެ ތިކީ ހައުސްފުލް ފިލްމުގެ ޑައިލޮގެއްނު އައި އޭމް ޖޯކިން ރޫޔާ މިހެން   ބުނެލި ގޮތުން އެންމެން ހީގަތެވެ. ތިން އެކުވެރިން އެކަކު އަނެކަކާ ސަމާސަކުރަމުން ގެންދިޔައެވެ. ވަގުތު ދިޔަގޮތެއްވެސް    ނޭނގެއެވެ.            ނުނިމޭ….

Comments (9)

  1. dhyna

    3rd part dhigu koh genes dheynan I am kind of busy

  2. leem

    Enmw fahu dhefolhuvathugai veenuvee saafeh nuvi. Fullstop jahanjeheythanthaa nujahaathy v undhagu kiyan. ” ahves laanjeheyne meehun dhakka vaahaka. Hope kuran rangalhu kohlaanekamah.gudluck

  3. aik

    Nice..?

  4. jee

    Kurin faharu Rangalhu kohlan bunikanthah rangalhu nukuraathy v dhera… :’-( ” beynun kuranjehey thanthaa ” beynun kuran jeheynun

  5. dhyna

    Sorry avahah liyan vegen eychissah nubeluny nxt time it will be ok

  6. Sheeby

    Fahu baiga keekey e bunany.. Neyngun vee gotheh???

  7. dhyna

    I think esfiya in type kurey ma eh bai fenna gothah e inny sorry varah bodah

  8. Dhonthi

    Varah foohi meehun bunaa ehchehi kuraa kanthakaaa mix kohfa hunnanaathy kiyan…kuree part gavex bunelinin ethan kolhu rangalhu konlan…n sukun mistakes ebahuri…liyefa upload kurumuge kurin alun ehfaharu check kohlan feney…nooney ehen meehaku lahvaaa check kohlun rangalhuvaane…

  9. dhyna

    Thank you

Comments are closed.