“އޭތް! އިހަށް މަޑުކޮށްބަލަ!” ހުޒާމް ތަންކޮޅެއް ބާރަށް ބުންޏެވެ. އެކުއްޖާއަށް ހުޒާމްގެ އަޑު ނީވުނީ ކަންނޭނގެއެވެ. އަޅާވެސްނުލާ ދިޔަގޮތަށް ދިޔައީއެވެ. ހުޒާމްގެ ބޮލުގައި ގަދައަށް ރިއްސަން ފެށިއެވެ. އެއަންހެންކުއްޖާ ބުނި ވާހަކަތައް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އެއީ ކާކުބާވައެވެ. ނުވެސް ދަންނަ އަންހެންކުއްޖެކެވެ. ނަމަވެސް އޭނާގެ ހުވަފެނަކީ މުއްސަންޖަކަށް ވުންކަންވެސް އެކުއްޖާއަށް އެނގިއްޖެއެވެ. ހުޒާމް ބޭނުންވީ އެއަންހެންކުއްޖާއާ ބައްދަލުކުރާށެވެ. އެއީ ކާކުކަން އެނގިގެން ނޫނީ ދެން އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ބޮލަކުން ރިހުމެއް ނުފިލާނެއެވެ. […]
ރޭގަނޑު އަށެއްގެ ޚަބަރަށްފަހު ޓީވީއިން ފޮނުވަމުންދިޔަ އިޖްތިމާއީ މައްސަލަތަކާއި އެހެނިހެންވެސް މައްސަލަތަކާއި ބެހޭ ޕްރޮގްރާމް ބަލަން އިން ހުޒާމްގެ ރުޅި ދިޔައީ ހައްތަހާ ގަދަވަމުންނެވެ. އެޕްރޮގްރާމުގައި ދައްކަމުންދިޔަ ވާހަކައިގެ ސަބަބުން އޭނާގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ. އެޕްރޮގްރާމުގައި ދައްކަމުން ދިޔައީ މި ކުޑަކުޑަ ރާއްޖޭގައިވެސް އިންސާނުން ވަގަށް ނެގުމާއި ވިއްކުން އިންތިހާއަށް ގޮސްފައިވާ ވާހަކައެވެ. އަދި އެކަން ހުއްޓުވަން މަސައްކަތްކުރަން ޖެހޭ ވާހަކައެވެ. ކުށްވެރިންނަށް ޙައްޤު އަދަބު ދޭންޖެހޭ ވާހަކައާއި ކުށެއްނެތް މީހުންނަށް ނުޙައްޤުން އަދަބު ދެވިގެން […]
އަނެއްކާ އެއީ ރިޒާމްގެ ސިފައިގައި ހުރި ސްޕައިއެއްބާއޭ އަހަރެންގެ ހިތަށް އެރިވަގުތު ބިރުވެރިކަމުގެ ބާންޏެއް ހިތުތެރޭގައި ދުވެލިއެވެ. އެއީ ރިޒާމް ދުވަހަކުވެސް އުޅުނުގޮތެއް ނޫންވިއްޔާއެވެ. ބޭއިޚްތިޔާރުގައި އަހަންނަށް ދެއަތް މައްޗަށް ހިއްލާލެވުނެވެ. ރިޒާމް އެ ބަޑީގެ ޓްރިގަރއަށް ފިތާލިވަގުތު އަހަންނަށް ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ. އިރުކޮޅެއް ވަންދެއް އެހެން ހުރިއިރުވެސް އެއްވެސް ކަހަލަ ތަދެއް އިހުސާސްނުވުމުން އަހަރެން ލޯ ހުޅުވާލީމެވެ. އެއާއެކު ރިޒާމްއާއި އަރޫން ބަނޑުގައި އަތްް އަޅައިގެން އޮވެ އަހަންނަށް އަޑުނީވޭނެހެން ހޭ ތަން ފެނުނެވެ. […]
ދެ ފަޔަށް ލެވުނުހާ ބާރެއް ލަމުން އަހަރެން ދުވަމުން ދިޔައީމެވެ. ފޫކޮޅަށްވުރެ ތިރިއަށް ފައިބާ އަހަރެންގެ ގަތާފައިވާ،ކަޅުކަންގަދަ، ފަން އިސްތަށިގަނޑު ފަހަތަށް ވިހުރެމުން ދިޔައެވެ. ވައި ކަފާފައި ދުވަމުން ދިޔައިރު މަގުމަތީގައި ތިބި ގިނަ މީހުންގެ ނަޒަރު އަހަންނަށް އަމާޒުވެފައިވާކަން އަހަންނަށް އެނގެއެވެ. ނަމަވެސް އަހަރެން އެކަމާ އަޅައެެއް ނުލަމެވެ. “ކޮއްކޯ! މިޔަދުވެސް ގަޑި ޖެހުނީތަ؟” ފާރުބުރިއެއްގެ މަތީގައި އިން މުސްކުޅި މާމައެއް އަހަންނާ ދިމާއަށް ގޮވާލިއެވެ. އަހަރެން އާއެކޭ ގޮވާލަމުން ކުރިއަށް ދިޔައީމެވެ. ސްކޫލާ ކައިރިވުމުން އަަހަރެން […]
“ޔޫން…ޔޫން މިކޮޅު ބަލާލަބަ” ތިރީގައި ހުރި ނިހާލަށް ލުޔޫން ފެނުމާއިއެކު ހަނާއަޅާލިއެވެ. ކޮޓަރީގެ ބެލްކަނީގައި ދިއްލާފައިވާ ބޮކީގެ ފަނޑުއަލި މަގުމައްޗަށް ކޮންމެވެސް ވަރަކަށް އެޅިފައި ހުއްޓެވެ. އެ ފަނޑުއަލިކަމުގެ ތެރެއިން ލުޔޫނަށް ނިހާލު ވަރަށް ރީތިކޮށް ފެނުނެވެ. ދަންވަރުގެ މިފަދަ ވަގުތެއްގައި ނިހާލް އެތާގައި ހުއްޓާ މީހަކަށް ފެނިއްޖެނަމަ މަސްލަހަތު އިތުރަށް ގޯސްވާނެކަން ލުޔޫނަށް ހަމަ ރަނގަޅަށް ވެސް އެނގެއެވެ. ނިހާލް އޭނާގެ އަތުގެ އިޝާރާތުން ލުޔޫން ގާތުގައި ފޯނު ކޮބާތޯއެހިއެވެ. އަތުގައި ފޯނު ނެއްްކަން ލުޔޫނަށް […]
ލުޔޫންގެ ދެ ލޯ ބޮޑުވެގެން ދިޔައީ އޭނާގެ ކުރިމަތީގައި ހުރި ލީލާ ފެނިފައެވެ. ލިބުނު ސިހުމާއި އެކު އިށީނދެ އިން އެނދުން ލުޔޫންއަށް ތެދުވެވުނެވެ. “ހަމަ މިހާރު އާދޭ ދާން” ނިހާލާއި ދިމާލަށް ދެލޯ ކުޑަކޮށްލަމުން ލުޔޫންގެ އަތުގައި ހިފައި ލީލާ ހިނގައިގަތީ ކޮޓަރިން ނިކުތުމަށެވެ. އަމިއްލަ ބާރެއް ނެތްފަދަ ގޮތަކަށް ލުޔޫނަށް ލީލާގެ ފަހަތުން ހިނގައި ގަނެވުނީ ލީލާ ލުޔޫންގެ އަތުގައި ހިފައިގެން ބާރުބާރަށް ކޮޓަރިން ބޭރަށް ނިކުންނަން ހިނގައި ގަތުމުންނެވެ. “ޔޫން…” ނިހާލަށް […]
އިސްޖަހާލައިގެން ހުރި ނިހާލް ފެންކަޅިވެ ހުރެ ވާހަކަ ދައްކަންފެށިއެވެ. އެވަގުތު އެ އަޑު އިވިފައި ލުޔޫންއަށް ނިހާލްގެ މޫނަށް ބަލައިލެވުނެވެ. މިލާ މޯޅިވެފައިވާ މޫނަކާއި އެކު އެ ދެލޮލުން ވިދަމުންދިޔަ ކަރުނަތަށް ފެނިފައި ލުޔޫންގެ ހިތް މަޑުވެގެން ދިޔައެވެ. ކުއްވެރިޔަކު ފަދައިން އިސް ޖަހާލައިގެން ހުރި ނިހާލް ކޮޓަރީގެ ކުޑަދޮރު ކައިރީގައި މަޑުކޮއްްލުމަށްފަހު ބޭރަށް ނަޒަރު ހިންގާލިއެވެ. ވަށައިގެންވާ މާހައުލުން ފެންނަމުން ދިޔަ އަނދިރިކަމުގެ ތެރެއިން ކޮންމެވެސް އެއްޗަކަށް އޭނާ ނަޒަރު ހުއްޓާލައިގެން ހުރިކަހަލައެވެ. ލުޔޫން ހުރީ […]
އެވަގުތު ބިންމައްޗަށް ވެއްޓިފައި އޮތް ޒުވާނާގެ ގައިގާ އެއްވެސް ރަޙުމެތް ނެތި ފައިން ތަޅަމުން ގެންދިޔަ ޒުވާނާ ފެނިފައި ލުޔޫންގެ ދެ ލޯ ބޮޑުވިއެވެ. ލޯ މައްޗަށް ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވެފައިވާ ހާލު ދެވަނަ ފަހަރަށް ވެސް ލުޔޫންއަށް އެ ޒުވާނާގެ މޫނަށް ބަލައިލެވުނީ އެއީ ކާކުކަން ޔަޤީންކޮށްލުމުގެ ބޭނުމުގައެވެ. ލިއަމް: “އޭތް….!” ލިއަމް އަށް އެ މަންޒަރު ފެނުމާއި އެކު ވަރަށް ބާރަށް ހަޅޭއްލަވައި ގަންނަމުން އެ ދިމާލަށް ދުއްވައި ގަތެވެ. އޭނަގެ […]
ކާރުތެރެއަށް ވެރިވެފައިވާ ތެތްފިނިކަމުގެ ތެރެއިން އެކަކު އަނެކެއްގެ ހޫނުކަން ލިބިގަންނަމުން، އެ އުފާވެރި ކަމުގެ ތެރެއަށް ގެނބެމުން ދިޔަ ދެ ޒުވާނުންނަށް ކުއްލި ސިހުމެއް ލިބުނީ ކާރުގެ ދޮރާއި ދިމާލުން ޓޯޗެއްގެ އަލި ކާރު ތެރެއަށް އެޅުމުންނެވެ… ފުރަތަމަ އެ އަލި އެޅުނީ ފަހަތު ސީޓުގެ ދޮރާއި ދިމާލުން ކާރުގެ ޑޭޝްބޯޑާއި ދިމާލަށެވެ. އެއަށްފަހު އަނެއްކާވެސް ހަމަ އެ އަލި ކާރުގެ ތެރެއަށް އެޅިގެންް ދިޔައެވެ. މިފަހަރު އެޅުނީ ކާރުގެ ފަހަތު ބިއްލޫރި ގަނޑުން ކުރިއަށްވާ […]