އެންމެންގެ މެދުގައި ހުއްޓިލައިގެން އޮޓޮގުރާފް ލިޔެދޭންހުރި ޒުވާނާއަށް އަހަރެން ބަލާލީމެވެ. އެއީ އަހަރެން ދަންނަމޫނެކެވެ. ލީމިންހޯއެކީ “ބޯއީޒް އޯވަރ ފުލާވާރ” ގައި މަސައްކަތް ކޮށްފައިވާ ކިމް ޔޫން ޖޫންގް އެވެ. އެރީތި ހިތްހައިމު ހިނިތުންވުން މީހުނަށް ހަދިޔާކުރަމުން އޮޓޯގްރާފް ލިޔަމުން ދިޔައެވެ. އެތައް ބަޔަކަށް އޮޓޯގްރާފް ދިނުމަށްފަހު، ޓާ ޓާކިޔަމުން އޭނާ ސިޑިން މައްޗަށް ދިޔައިރުވެސް ގުޑާލަން ނޭގިފައި އަހަރެންނަށް ހުރެވުނީއެވެ. އިރުކޮޅެއްފަހުން ހަމަހޭވެރިކަން ވެގެން އެދިމާއަށް ދުއްވައިގަތީމެވެ. ގާޑުންތައް ހުޝިޔާރުކަމާއެކީ އަހަރެން ހިފެހެއްޓިއެވެ. އަހަރެންގެ ގައިގާ […]
ފާރުގައި ލެގިލައިގެން ހުރި އަލްޔާ ހުރީ ވެދިޔަ ކަންތަކުން އިސްއުފުލާ ލޫކަށް ބަލާލަން ވެސް ނުކެރިފައެވެ. އަލްޔާ ލޫކަށް ނުބަލަން މަސައްކަތްކުރާކަން އެނގުމުން ލޫކް ކައިރިއަށް ހިނިއައެވެ. މިރޭ ލޫކަށް ވެސް އެއްކަމެއް ޔަގީންވެއްޖެއެވެ. އެޔަގީން ކަމުގައި ލޫކް ހުރީ ސާބިތުކަމާއެކުގައެވެ. މިރޭ ވެގެން އެދިޔައީ ތާރީހުގައި ފަވާލަން ޖެހޭ ފަދަ ރެއަކަށެވެ. ލޫކްގެ ހަޔާތުގައި އައި އެންމެ އުފާވެރި ރެއަށެވެ. ހިތުން ތަފްހާގެ ނަން ފަނޑުކޮށްލާނެ ބާރު އަލްޔާގެ ފަރާތުން ލިބިއްޖެއެވެ. ނަމަވެސް ލޫކް ކެތްކުރާނެއެވެ. […]
ފިލްމުބެލުމާއި ސީރީޒް ބެލުމަކީ އަހަރެންގެ ހުސްވަގުތު ފުރާލުމަށް އެންމެ ކުރާހިތްވާ ކަންތަކެވެ. ހުސްވަގުތު ނުލިބިއްޖެއްޔާ ވަގުތު ހޯދައިގެންވެސް އެކަންތައް ކުރެވޭތޯ އަހަރެން ބަލަމެވެ. އެހާވެސް ބޮޑަށް އަހަރެންހުރީ އެކަމަށް ދެވިހިފާފައެވެ. ހިންދީ ސީރީޒުން ފެށިގެން އިނގިރޭސި، ކޮރެއާ، ޖަޕާން، ޓައިވާން ނުވިތާކަށް ޗައިނާ ސީރީޒްތައްވެސް އަހަރެން ބަލަމެވެ. ޚާއްސަކޮށް ކޮރެއާ ސީރީޒްތައް އަހަރެންނަށް ވަރަށްކަމުދެއެވެ. އެސީރީޒްތަކުގައި އުޅޭކުދިންގެ ރީތިކަމުންނެވެ. ޚާއްސަކޮށް ލީމިންހޯއެވެ. އެއީ ކޮރެއާ ތަރިންގެ ތެރެއިން އަހަރެންނަށް އެންމެ ކަމުދާތަރިއެވެ. ސަހަރޯއެވެ. އޭނަގެ އެހުންނަ ފިރިހެންވަންތަކަމެއްތާއެވެ. […]
ރެއަށް މުށިމަހު ރިހަ ކައްކަން ވެގެން ދެތިން ފިޔާ ހިފައިގެން ކޮށަން ކުޑަމަނިކެ ޖައްސާލީ ހަސަންފުތާއި ޖެހިގެން ހުރި ޖޯލީގައެވެ. ކާފަދަރިފުޅު ދުވާ މަންޒަރު ބަލަން ހަސަންފުތު އިނީ ގެއްލިފައެވެ. ކުޑަމަނިކެ ދެތިންފަހަރަކު ހަސަންފުތަށް ބަލާލީ އެހެންރޭރެއާއި ހިލާފަށް މިރޭ މާ މަޑުންއިންހެން ހީވާތީއެވެ. ކުޑަމަނިކެގެ މެއަށް ގޮތެއްވެގެން ދިޔައީ ހަސަންފުތުގެ ލޮލުން ވެއްޓުނު ކަރުނަތިކި ފެނިފައެވެ. “ހަސަނާ ކިހިނެއްވީ؟ ކޮން ފިކުރެއް ތިކުރަނީ” ފިޔާތަށި ދުރުގައި ބަހައްޓަމުން ހަސަންފުތާއި ކައިރިވެލަމުން ކުޑަމަނިކެ އަހާލިއެވެ. “ލޫކް ގުޅިތަ […]
ޒުވާނާ އަލްޔާ އާއި ކައިރިއަށް ފިޔަވަޅު އަޅަން ފެށުމާއެކު ޖެހިލުންވެފައި ހުރެ އަލްޔާ ޖެހެނީ ފަހަތަށެވެ. މީކާކު ހެއްޔެވެ؟ މި މީހާ ކައިރިއަށް އެއަންނަނީ ކީއްވެ ހެއްޔެވެ؟ މީ އަދި މިހާތަނަށް މި ސްޓޭޝަނުން ފެނިފައިވާ މީހެއް ނޫނެވެ. މީ އަނެއްކާ ފުލުހެއްބާއެވެ؟ ރަތްކުލައިގެ ބެނިއަންގައި ޒުވާނާ ކިތަންމެހާ ވެސް ފުރިހަމައެވެ. އަލްޔާ އެންމެ އަޅައިގަތީ ޒުވާނާގެ ފުރިހަމަ އިސްކޮޅާއެވެ. ޖޭމުގަސް ކައިރީގައި ހުރި ޓިނުގަނޑުގައި އަލްޔާ އަށް ލައްވެލެވުނީ އިތުރަށް ފަހަތަށް ޖެހެން ޖާގައެއް ނެތުމުންނެވެ. […]
ހަށިގަނޑުގައި ޖަހާފައިވާ މަސްތަކުގެ ސަބަބުން ހިނގާ ބިގާވެ އުޅެން އުނދަގުވާކަން ޝަރީފާ ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކުން ވެސް އެނގެއެވެ. ގޭދޮރުމަތި ކުނިކެހުމަށްފަހު ދުރުގައި ހުރި ޖަސްތުގަނޑާއި ގޯނިގަނޑު ހިފައިގެން އައިސް އެއްކޮށްފައި ހުރި ކުނިތައް އެއަށް އަޅަން އުނދަގުލުން ތިރިވިއެވެ. ލައިގެން ހުރި މާޖެހި ހައުސްކޯޓް ގަނޑު ކުޑަކޮށް މައްޗަށް ޖައްސާލީ އެތެރެއިންލާފައި ހުރި ހަރުވާޅު ފެންނަ ވަރަށެވެ. ބޮލުގައި އޮތް ކަންބުރުގާ ވެސް ދެފަރާތުން ގޮށެއް ޖަހާލާ އެއްފަރާތަކަށް އެއްލިއެވެ. “ހޫނ ކަންތަކާ މިޖެހުނީ…. […]
ކޮންމެވެސް މީހަކު މާނާގެ ލޮލުގައި އަތް އެޅިއެވެ. މާނާ ފަހަތް ބެލިއިރު އެތާއިނީ ދެވަނަ މީހެއްނޫނެވެ. އެއީ ރަަޝްވާނެވެ. އޭބަލަ މިހާރު އަހަރެން ފަހަތުންވެސް އަންނަން ފެށީތަ ނުވިތާކަށް މިހާރު ގަޔަށް ބޮލަށް ވެސް އަރަންފެށީތަ. މާނާ ރަޝްވާން އާދިމާލަށް ހަޅައިލަވައި ގަތެވެ. ބަލަ މަންޖޭ މަންޖެ ރުޅިއެރީމަ ހާދަހާ ޗާލޭ ރަޝްވާން ސިނގެރޭޓެއް ނަގައި ތުނބުގައި ޖައްސާލަމުން ބުންޏެވެ. ރަޝްވާން އަކީ މާނާ އާއި އަޅައިގަނެގެން އުޅޭމީހެކެވެ. މީހެކޭ ބުނުމަށްވުރެ ޕާޓޭއެކޭ ބުންޏަސް މާ ރަނގަޅުވާނެއެވެ. […]
އުޑުމަތި ވަނީ ކަޅުވިލާތަކުން ފުރިފައެވެ. ވާރޭ ވެސް ހުއްޓުމެއްނެތި ވެހެނީއެވެ. ވާރޭ އާތެމުމުގެ ނިޔަތުގައި 17 އަހަރަށްދާ މާނާ ހުދުކުލައިގެ ކުރު ސޯޓުކޮޅަކާއި މަޑުފިޔާތޮށި ކުލައިގެ އަތްކުރު މަތިކޮޅެއް ލައިގެން މަގުމަށް ނިކުތެވެ. ވާރޭ އާތެމުމަކީ މާނާ އެންމެ ކުރާހިއްވާކަމެވެ. މާނާގެ އޮމާން ދޮން މޫނުގައި ފެންތިކިތަށް ބީހިލާއިރު ވަރަށް ވެސް ފުރިހަމައެވެ. މިތަން ފެންނަ ކޮންމެމީހެއްގެ ވެސް ހިއްސުތައް ހޭލަށްވާލާނެކަން ގައިމެވެ. ވާރެއާތެމެމުންދިޔަ މާނާގެ މޫނުގައި މީހަކު އަތްއެޅިއެވެ. މާނާ ފަހަތް ބަލާލިއިރު އޭނަގެ މޫނުގައި […]
“ދަރިފުޅާ..” މާރިޔާ އިސްތިރި ކޮށްފައި އިން އަތްދިގު ހުދު ކުރުތާއާއި ޑެނިމް ޖީންސް އަޅުވާފައިއިން ކޮނޑު ހިފައިގެން އައިސް ޓަކިޖަހައިލިއެވެ. “ޖައިޝަން، މިއޮތީ އިސްތިރިކޮށް ނިމިފަ. މި އިނީ އިނގޭ ތަޅުގަ އަޅުވާލާފަ. އަވަސްކޮށްލާ އެއޮށް ގަޑިން 7 ޖަހާ ބޮޑުވީ” “އާން. މިނިމުނީ” ޖައިޝަންގެ ފިރިހެންވަންތަ އަޑު އިއްވާލިއެވެ. ރޭ ދަންވަރު މާލެއިން ރަށަށް އާދެވުމާއެކު އާންމުކޮށް ނިދާ އެނދު ބަދަލުވީމައި އޭނާއަށް ރޭ ނިދުންވީ ހިލައަކުން ދިޔަފެލުންކަހަލަ ކަމަކަށެވެ. އެންމެ ލޮލު ފިޔައެއްވެސް ޖަހައި […]