ބަޔަކު މައްޗަށް އައީ، އަހަރެން، ރީޝާ، ކޮއްޅަށް ނެގޭތޯ އުޅެނިކޮށެވެ. ބާރުއަޑާއި އެކު، އިހުސާސްވީ، ފަލަމަސްގަނޑަށް އެރި ވޭނެވެ. ދެން މުޅިތަން ކަޅުވިކަން ހަނދާންހުއްޓެވެ. އެއިރުވެސް، މުޅިތާ ހިފާލާފައި ވަނީ އެ ބޭހެއްގެ ވަހެވެ. ………… ފަނޑު ނޫއަލީގެ ތެރެއަށް ލޯ ހުޅުވާލެވުމުން، ފުރަތަމަ ހީވީ، ހޮސްޕިޓަލުގައި، އެނދުމަތި ކޮށްފައި އޮވެވުނު ހެނެވެ. ނަމަވެސް،މާ ގިނައިރެއް ނުވެ، ވަށައިގެން ހުރި ތަންތަން ފެނުނެވެ. ކުޑަގޮޅިއެއް ނޫނަކަސް، އެއީ ޖަލުގެ ސެލްއެއްކަން އެނގުނީ، ހުރި ދޮރުގެ ގޮތުންނާއި، ކައިރީގައި […]
އިވެންފެށި އަޑުން، ބާލީސް ނަގައި، ކަންފަތުގައި އަޅާލީމެވެ. ފަޔަރ އެލަރމްގެ އަޑުން މުޅި ހޮޓަލް އެއްއަޑުވެފައިވީއިރު، ގުޑިލަންވެސް ބޭނުންނުވެފައި މަ އޮތީއެވެ. ކަމެއްވެއްޖިއްޔާ ބެލްކަނީ މަ ރެސްކިއު ކުރަން އަންނާނެ ނޫންހެއްޔެވެ. ޓެރަހުގައި ސްވިމިން ޕޫލެއް އޮއްވާ، ބޮޑުހަރަދުކޮށްގެން، ތިރީގައިވެސް ޕޫލެއް ހެދީ، ސަބަބެއްނެތިއެއް ނޫނެވެ. އެލަރމް އަޑަށް ވުރެ ބާރަށް މީހަކު ދޮރުގައި ތަޅައިގަތް އަޑު އިވެންފެށިއެވެ. ތެދުވަން ބޭނުން ނުވެފައި ހުރެމެ، އަހަރެން ގޮސް ދޮރު ހުޅުވާލީމެވެ. އެވަރަށް ބުނުމުންވެސް، ސެކިއުރިޓީ އަހަރެން ބުނި […]
ކޮޓަރީގައި އޮއްވާ، ސްޓާފެއް އައިސް، މީހަކު އަހަރެން ހޯދަން އައިސް ހުރި ވާހަކަ ބުންޏެވެ. އަހަރެން ހޯދަން ގެއަށް އައިސް، ކޮޓަރިއަށް ނުވަންނާނީ ކާކުތޯ ވިސްނަމުން ނިކުތް އިރު، ސޯފާގައި އިށީންދެލައިގެން، ދެ އަންހެން ކުދިން ތިއްބެވެ. އެކަކަކީ ކާކު ކަމެއް ނޭންގެއެވެ. ނަމަވެސް އަނެއް ކުއްޖާ އަކީ…. އެއީ ކާކު ހެއްޔެވެ؟ ވަރަށް ދަންނަ ވައްތަރެއް ޖަހައެވެ. މަ ފެނުމުން އޭނަ ކޮއްޅަށް ތެދުވެލިއެވެ. އަދި ނުހަނު ރީތި ހިނިތުންވުމެއް ދިނެވެ. މަޑުމުށި ބުޅި އިސްތަށިގަނޑެކެވެ. […]
އަހަރެންނަށް ހޭލެވުނީ އިރުގެ ދޯދިތައް މޫނަށް އެޅުމުންނެވެ. ރޭގެ ކަންތަކާއި، އޮވެވުން ތަން ހަނދާން ވުމުން، މީހަކު ބުރަކަށީގައި ސައްޕެއް ޖެހިހެން ތެދުވީމެވެ. “އާހް… ދެން ޗުއްޓީ ދުވަސްދުވަހުވެސް މިހާ އަވަހަށް މީހުން ހޭލަން ޖެހޭތަ؟” އަހަރެންނަށް ގޯސްވީ، ތިރީގައި ކުޅެން ތިބި ދެތިން މީހުންނެވެ. އިށީނުމުން، އެމީހުންނަށް ރީތިކޮށް އަހަރެން ފެންނާނެއެވެ. މާ ގިނައިރެއް ނުވެ، އެކަކަށް ފެނި ބާކީ މީހުންނަށް އޭނަ، އަހަރެން ދައްކާލިއެވެ. ދެތުންފަތް ފޭ ކުރެވޭނެ އެންމެ ބޮޑަކަށް ފޭކުރުމަށް ފަހު […]
އަހަރެންނަށް އެނދުގައި ޖައްސާލެވުނު އިރު ފަތިހު ހަތަރުގަޑި ބައިވަނީއެވެ. ފަތިސްނަމާދުކޮށްގެން ނިދަން، އަހަރެން، ފޯނު ބަލައިލީމެވެ. ހައިރާންވީ ދުވަހަކުވެސް ނާންނަ ވަރަށް މެސެޖު އައިސްފައި ހުރުމުންނެވެ. ދަންނަ އެންމެންހެން މެސެޖުކޮށްފައި ހުރި އިރު، ނުދަންނަ މީހުންގެ ޓެކްސްޓް މެސެޖުތައްވެސް މަދެއް ނޫނެވެ. ބަޔަކު މީހުން މީ އަހަރެންގެ އުފަންދުވަހޭ ސޯޝަލް މީޑިއާގައި ޖެހީ ހެއްޔެވެ؟ ވީ ގޮތެއް ހިތަށް އަރުވާލަންވެސް މަށަކަށް ނޭންގުނެވެ. “އީދް މުބާރިކް” “ހެޕީ އީދް” ނަމާދުން އައިސް މެސެޖުތައް ކިޔަންފެށީމެވެ. އާނއެކެވެ. ޢީދެވެ. […]
“ޒިން!!!” އަހަރެންގެ އަތުގައި ހިފައި ނަގަމުން ރުކާން ހަޅޭއް ލަވައިގަތެވެ. އައިރުޅިން އަހަރެން ބާލީސް ހޫރާލީމެވެ. ރުކާން ބާލީސް ނަގައި އަހަރެންގެ ގައިގައި ބޮނޑިއެއް އަޅާލިއެވެ. ވެފައި ހުރި ވަރުބަލި ކަމާއެކުވެސް އަހަރެން ތެދުވީއެވެ. މަޖުބޫރު ވެގެންނެވެ. “ބޮޑުކަމެއް ބޯމަތީ އޮތް އިރުވެސް ޒިން އޮންނާނީ ނިދަން.” ނުރުހިފައި ޖިހާން ބުނެލިއެވެ. އަހަރެން ހަށިގަނޑު ދަމާލަމުން އެ ދެ މީހުންނަށް ބަލައިލީމެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން ވަގުތުން އަހަރެންނަށް ނަގައިގަނެވުނެވެ. “ޕޮލިސް ޔޫހާ ހޯދައިފި.” ޖިހާން ފަހުރުވެރި […]
ބޭރުގައި އުޅެފައީ ޝިނާނަށް ގެޔަށް އާދެވުނުއިރު ހުރީ މެންދުރުން އަނބުރާ އެކެއް ޖަހައި ބޮޑުވެފައެވެ. މިހާރު ޖަމްނާ އިންނާނީ އޭނާގެ އިންތިޒާރުގައެވެ. ” ޒިންދަގީ ރެސްޓޯރެންޓު ” ގެ މަތީ ފަންގިފިލާގައެވެ. ޝިނާނު އައި މަގުމަތީ ޖަމްނާ ވަނީ ފަސް ފަހަރު ޝިނާނު ނައިސް ލަސްވެގެން ގުޅާފައެވެ. ޝިނާނު އަވަސް ކޮށްގެން ރެސްޓޯރެންޓަށް ދިޔައިރު ޖަމްނާ ކުޑަކުއްޖެއްހެން ތުންދަމާފަ ބޮޑާ ހާކަން އިނެވެ. އަންހެނަކަށް ވުރެ ޝިނާނު ތަތް ވާނޭ ކިޔާ ދިމާ ކުރަން ފެށިއެވެ. ޝިނާނު […]
ކިތަންމެ ބޭނުން ނުވިޔަސް އަހަރެން ބެލްއަށް ފިއްތާލީމެވެ. ރުކާން އަހަރެންނަށް ވަމުން ދިޔަ ގޮތް ބަލަން ހުއްޓެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. މިހާރު އެއީ އަހަރެންގެ ޙަޔާތުގެ އެއްބައި ނަމަވެސް އެމީހުންނަކަށް އަހަރެންގެ މާޒީއެއް ނޭންގޭނެއެވެ. ޑިއުޓީ އޮތުމުން މަޑު ނުކޮށް ޖިހާން ދިޔައީއެވެ. ދޮރު ހުޅުވީ ލުވެއިޒްއެވެ. މަ ކަހަލަ ނިދަންމިޔަރެއް އެހާ ހެނދުނު ފެނުމުން އޭނާ ރަނގަޅަށްވެސް ހައިރާން ވިއެވެ. އެއަށްވުރެ ބޮޑަށް ހައިރާން ވީ، ފަހަތުގައި ހުރި ރިކް ފެނިފައެވެ. ރުކާން […]
“ޒިން، ދިސް އިޒް ކްރޭޒީ.” ސައިކަލުގެ ކުރީގައި އިން ރުކާން އަހަރެންނާއި ދިމާލަށް ބުނެލިއެވެ. އަހަރެން ބަދަލުގައި ލާނެއް ހިނިތުންވުމެއް ވެދުންކޮށްލީމެވެ. އިސްކަންދަރު ސްކޫލް ގޭޓާއި ދިމާއަށް ބަލަހައްޓައިގެން އަހަރެމެން އެތާ ތިބޭތާ އެއިރުވެސް ދޮޅު ގަޑިއިރު ވެދާނެއެވެ. އަހަރެން އެކި މީސްމީހުންނަށް ޓެކްސްޓު ކުރަމުން ދިޔައިރު، ގަޑިއަށް ފަރުވާ ނުބެހެއްޓިއެއްކަމަކު އެއްވެސް ކަމެއް ނެތިފައި ރުކާން އިނީ ފޫހިވެގެން މަރުވާވަރު ވެފައެވެ. ޖިހާން ގެނެވުނުނަމަ ހުއްޓާނުލައި ކުސްތެޅީސް ކަންނޭންގެއެވެ. “ބްރޯ ކެތްލަވާބަލަ. ޔަނާ… ހާދަ ސަޅި […]