“ހަމްމް.. ކޮބާ؟ ކިހިނެއްވަނީ ވިޔަފާރި؟ ރަނގަޅުތަ؟ ރަނގަޅު ނުވިއްޔާ ވިއްކާ ތަކެތި ރަނގަޅުކޮށްލާ..” އަނގަފުރާ ދުފާލައިގެން އިން މުނާ ވާހަކަދައްކަމުން ދިޔައީ ފޯނު ކަންފަތުގައި ޖަހައިގެން އިނދެއެވެ. ކެއުމަށްފަހު އާދަކޮށް ދުފާލެވޭ އެތިކޮޅު ހަފާލަ ހަފާލަ އެތަށް އިރަކު އޭނާއަށް އިނދެވެއެވެ. އެކޮޅުން ދައްކަމުން ދިޔަ ވާހަކަތަކަށް ގެއްލިހުސްވެފައި އިން މުނާއަށް މީކާން ވަދެގެން އައިކަންވެސް އިނގުނީ އޭނާ ކުރިމައްޗަށް ހުއްޓި އަތުން އިޝާރާތްކޮށްލުމުންނެވެ. މީހާގެ ނޭވާ އެތެރެހަށީ ތާށިވީފަދައިން މުނާގެ ހަރަކާތްތަށް ހުއްޓި ސިހުނެވެ. ފޯނު […]
އުޝާ އިރުކޮޅަކު ދޮންބެއާއި ވާހަކަ ދައްކާލަން އިނުމަށްފަހު ބޭރަށް ނިކުމެލުމާއެކު އޭނާ އަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ދެވަނަ ސިކުންތުގައި އެއްވެސް ހިފެހެއްޓުމެއް ނެތި ހެވެން ފެށުނެވެ. މިހުރާން ދޮންތަގެ ޝޯލެއް މުޅި ގައިގައި އޮޅާލައިގެން އިޝާން އާއި ދެ މީހުން ކަޕުލް ޑާންސް ކުރަނީއެވެ. އެޑް ޝީރަންގެ ‘ޕާރފެކްޓް’ ލަވަ ޓީވީއިން އަޅުވައިގެން ރިމޯޓު އަތަށް ލައިގެން ޔަނާލް ސޯފާގައި އޮވެގެން ހެނީއެވެ. އެހެން އެދެމީހުން ނަށަން ތިއްބާ ދޮންތައާއި ދޮންތަބެ އައުމުން މިހުރާން ލަދުން […]
ޒިދާން އައިސް ޔުޝްރާ ގާތުގަ އިށީނެވެ. ” ޔުޝް މަކަރުު ހެދީމަ މިއަދު އެބަ ޖެހޭ ޔުޝް ތެންމާލަން ދޯ ވާން … ” ޒިދާން އަލްވާން އަށް ދޯ ދެމުން ބުނެލުއެވެ. ޔުޝްރާ ފާޑަކަށް ތުން އަނބުރާލިއެވެ. ” ނޫން ތެންމާނުލާތި … ” ޔުޝްރާ އާދޭސް ކުރާ ކަހަލަ ރާގަކަށް ބުނެލިއެވެ. ޒިދާން ދެ ފަރާތަށް ބޯ ހޫރުވަމުން އެ ކޮޓަރިން ދިޔައެވެ. ” އަދިވެސް ބޮޑެއް ނުވޭ […]
ހޫނުވެފައިވާ ޖައްވުތެރެއަށް ފިނި ވައިކޮޅެއް އައުމާއި އެކު މީކާންއާއި އެއްވަރަށް ގަސްތަކާއި ފަތްތަށް އުދުހިގަތެވެ. ހިތުގެ އަޑީން އެ ދުވަހާއި މެދު ތައުރީފު ކޮށްލެވުނެއްކަމަކު މޫނުމަތީ ވަނީ ސީރިއަސްކަމެވެ. އެމޫނުމަތިން ނުފިލާ ސީރިއަސްކަމަކީ އޭނާގެ ސްމާރޓުކަން އިތުރުކޮށްދޭ އެހެނަސް މީހުން އޭނާ ދެކެ ޖެހިލުންވާ އެއް ކަމެވެ. އާދައިގެ މަތިން ކެބިންއަށް ދެވޭ ހަނި ރާސްތާއިން ދިމާވާ ކޮންމެ މީހަކަށް ބަލައިލުމެއްނެތި ބޯޖަހާލާފައި ދަނީ އެމީހުންގެ އަނގައިން ހެނދުނުގެ ތަހުނިޔާ އިވުމާއި އެކުގައެވެ. އެއްވެސް ތަރުތީބެއް ނެތި […]
އޭގެ ފަހުން އަހަރެން އުޅެން ޖެހުނީ ހާލެއްގައެވެ. ސްކޫލް ނިންމާ ގޮތައް ޓްރެއިނިންގްއަށް ދާން ޖެހެއެވެ. ނަމަވެސް ‘ކިޔަވަން’ ޖެހެއެވެ. ޓްރެއިނިންގް ނިމުނީ ބަރާބަރު ފަސް އަހަރު ތެރޭގައެވެ. ނަމަވެސް އަހަންނަށް ހީވީ އެއް ގަރުނު ފާއިތު ވެގެން ދިޔަ ހެންނެވެ. ނުވީތާކަށް ޓްރެއިނިންގް ހަދަން ދާން ޖެހެނީ މީހުންނަށް ޝައްކެއްވެސް ނުވާނޭ ގޮތަށް ލޯންޗެއްގައި ކައިރި ރިސޯޓަކަށެވެ. ސްކޫލުގައިވެސް ކަންތައްތައް ބަދަލު ވެގެން ދިޔައީ ހީވެސް ނުކުރާކަހަލަ ގޮތަކަށެވެ. އަލަށް ވަތް ފިރިހެން ކުއްޖާ ކިޔާން […]
ެ. ޔަނާލާއި އަތާއި އަތް ޖަހާލަމުން އުޝާ ދިޔައީ ސާރގެ އޮފީހަށެވެ. އުޝާ ގޮސް އެރީ ކުޑަ ލިފްޓަކަށެވެ. ލިފްޓް ހުޅުވުމުން އޭނާ ގޮސް ވަނީ ކުރިމަތީގައި ހުރި ބޮޑު ބިއްލޫރި ދޮރު ހުޅުވުމުންނެވެ. “އައްސަލާމު އަލައިކުމް ސާރ.” އެ އަޑަށް މޫނު މަތީ އަތް އަޅާލައިގެން އިން ޝާފިއު ސިހިފައި ބަލާލިއެވެ. އަދި އިށީނުމަށް އަތުން އިޝާރާތް ކޮށްލިއެވެ. ޝާފިއު ފުން ނޭވާއެއް ދޫ ކޮށްލިއެވެ. “އުޝާ. މިހާރު މިތާ މިހިރަ ގިނަ ކުދިންގެ ތެރެއިން […]
އެރޭ ނިދަން އުޅެއުޅެވެސް ނުނިދުނެވެ..އާދުވަހަކަށް އިރުއެރީ އަހަރެން އެނދުގެ އެއްފަރާތަކަށް ފުރޮޅިފައި އަނެއްފަރާތަކަށް ފުރޮޅެނިކޮށެވެ.. 10 ޖަހާލި ކަންހާއިރު ތެދުވެގެން ގޮސް ލޯގަނޑުން މޫނު ބަލާލިއިރު ކަމަކު ދާކަށް ނެތެވެ.. އަހަރެންގެ ލޯކައިރި ކަޅުވެފައި ހުރުމުން އަހަރެންނަށް ހަޅޭލަވާގަނެވުނެވެ.. އެ އަޑަށް މަންމަ އައިސް ކީއްވީތޯ އެހިއެވެ.. އަހަރެން ވީ ގޮތް ބުނުމުން މަންމަ ބޯ ހޫރަމުން ކޮޓަރިން ނިކުމެގެން ދިޔައެވެ.. މިއަދު މީ ރައިހާން އާ ފައިހާ ކައިވެނި ކުރާ ދުވަހެވެ… ކައިވެނި ޕާޓީ އޮންނަނީ […]
ފަތިހުގެ ބަންގީގެ އަޑު ކަންފަތުގައިޖެހުމުން ކިތަންމެ ތެދުނުވާންވެގެން އޮތްނަމަވެސް ތެދުވެލީ އެއްވެސް ހާލަތެއްގައިވެސް ޝެލީއަކީ ނަމާދު ނުކޮށް ދޫކޮއްލާ ކުއްޖަކަށް ނުވާތީ އެވެ.އަވަހަށް ފާޙާނަޔަށް ވަދެ ވުޟޫކޮއްލައިގެން ށެލީ ނަމާދަށް އެރިއެވެ. އެއަށްފަހު ޝެލީ އަވަހަށް ބަދިގެގަށް ވަދެލީ އެހެންދުވަސް ތަކެކޭ އެއްފަދައިން މިއަދުވެސް ތިން ބެއިންނަށް ކޮފީއެއް ތައްޔާރު ކޮއްލުމަށްޓަކަކައެވެ. ށެލީ ކޮފި ޖޯޑުތަށް ހިފައިގެން ނުކުތް އިރު ސިޓިން ރޫމުގައި ޝިމާޒާއި އާލިޔާ ކޮންމެވެސް ވާހަކަ އެއް ދައްކަން ތިއްބެވެ. އެއީ ކޮން ވާހަކައެއް ކަން ނޭނގުނެއްކަމަކު އެދެމީހުން އުފާއެރި މޫނަކާ އެކީ އެވާހަކަ ދައްކަމުން ދިޔަ ގޮތުން އެއީ އުފާވެރި ވާހަކައެއްކަން ޝެލީޔަށް އެނގުނެވެ. އަވަހަށް މަންމަޔާ ބައްޕަގެ ކުރިމައްޗައް ވާ ގޮތަށް ހުއްޓުނެވެ. އަދި ވާހަކަ ދައްކަން ފެއްޓިއެވެ.ހާދަ އޮލަ ވާހަކައެއްގަ؟ ޝެލީ ގާތު ނުބުނާނަންތަ؟…ޝެލީ އެހެން ބުނުމުން އާލިޔާ ޝެލީ އަތުގަ އޮތް ތަބަކުން ދެ ކޮފީ ޖޯޑު ނަގައިގެން ޝިމާޒަށް އެކަތި އަދި އާލިޔާޔަށް އެކަތި ނެގިއެވެ.ޝެލީ ބުނިއެއްޗެއް އަޑު އިވުނުހެން ވެސް ހީނުވި އެވެ. ޝެލީ މިހާ ރީއްޗަށް އެހީމަވެސް ހަމަ ނުބުނާނަންތަ؟….ތަންކޮޅެއް އޮޅާ ވެލައިގެން ހުރެ ޝެލީ އެހެން ބުނެލިއެވެ.އެޔާއެކު އާލިޔާ ކޮފިތަށިން ކޮލަވަރެއް ބޮއުލިއެވެ….މަންމާ……….. ބައްޕާ………ާ އެލީ ރުޅިއަންނަ ކަމަށް ހެދިގެން ގޮވައިގަތެވެ. ދަރިފުޅާ .. ކިހިނެތްވީ.. ކަމެއްވީތަ އަނެއްކާ؟..އާލިޔާއާ ޝިމާޒު އެއްފަހަރާ ވާހަކަ ދެއްކިއެވެ.އަޑުނުއިވެނީތަ؟..ހުމމމ.. އެއަޜޕޮޑް ލައްވައިގެނެއްނު.. އޮވހހހ ސޮރީ ގޮވީމަ… ހުމމމ…… ޝިމާޒު ބުނެލިއެވެ. އެން ޔޫ އަރ ގޮނަ ގެޓް އަ ސަޕްރައިޒް ވެރީ ސޫން…އަސްލުވެސްތަ ؟ ޔޭ… އޯވ ޝިޓް އައިމް ގޮނަބީ ލޭޓް… ޑޭޑް ޝެލީ ގަޑި ޖެހެނީ…ޝެލީ އަވަހަށ ް ދުވަމުންގޮސް ކޮޓަރިއަށް ވަނެވެ. ******************************************* ބާރު ސްޕީޑެއްގައި ހުޅުމާލޭގެ މަގުމަތީގައި ދުއްވަމުންދިޔަ ރޯޔަލް ބްލޫ ކުލައިގެ ފެރާރީ ކާރަށް ގިނަ ބައެއްގެ ނަޒަރު ހުއްޓެމުން ދިޔައިރު ބަލާފަވެސް އެއީ މުއްސަންޖެއްގެ ކާރެއްކައްކަން ކުދަކުއްޖަކައްވެސް އެނގިގެން ދާނެ އެވެ.އެހާ ދިގު ދަތުރަކަށް ފަހު ޝެލީޔަށް ކާރުގެ ބްރޭކްގައި ހިފާލެވުނީ ބްލޫވޭވް ލިޔެވިފައިވާ ކުންފުނި ތެރެއަށް ވަދެވި ބޮޑުއަަކުރުން ބްލޫވޭވް ލިޔެފަ އޮތް ލޯގޯ އާ އެ އިމާރާތް ފެނުމުންނެވެ. 3 ވަރަކަށް މިނުޓުވަންދެން ހުވަފެނީގޮތަކަށް އެ އިމާރާތައް ބަލާލުމަށްފަހު އެތެރެއަށް ކާރު ދުއްވާލުމަށްފަހު ޕާކިން ލޮޓްގައި ކާރު ޕާކް ކޮއްފައި ޝެލީ ކާރުން ފޭބިއެވެ.އެޔާއެކު އެތާނގައި ތިބި މީހުންގެ ނަޒަރު ޝެލީޔަށް ހުއްޓެމުންދިޔައެވެ.ވާނީވެސް އެހެންތާއެވެ.ލައިގެންހުރި މެރޫން ކުލަިއިގެ ކޯޓާއި ފަޓްލޫނުގެ އިތުރުން އެތެރެއިން ބެގީޖަހާފަ ހުރި ހުދު […]
މެންދަމުގެ އަރާމް ހަމަހިމޭން ވަގުތުގައި މުޅި މާލެ ހަމަހިމޭން ނިންޖަކުން ނިދާލާފައިވާ ފަދައެވެ. މަގުމަތީގައި ދުއްވާފައިދާ މަދު އުޅަނދު ތަކެއް ފިޔަވައެވެ. ނަމަވެސް މިފަދަ ވަގުތެއްގައިވެސް ނިދަން ދިއުމުގެ ބަދަލުގައި އުޝާ އިނީ ކޮޓަރިއަށް ނުވަދެ ބެލްކަނީގައި ހުރި އުނދޯލީގައި މަޑުމަޑުން ހެއްލާލަ ހެއްލާލައެވެ. އެ މޫނުގައި އެއްވެސް ކަހަލަ ދިރުމެއް ނެތެވެ. އެ ލޮލުން ފެންނަމުންދަނީ ހުސްކަމެވެ. އެތަށް އިރަކު އެތާ އޮއްވާ އޭނާއަށް ސިހިފައި ތެދުވެވުނީ ފަތިސް ނަމާދު ބަންގީގެ އަޑަށެވެ. އޭނާއަށް މަޑުމަޑުން […]