Skip to content
އެސްފިޔަ

މޮޔަ ހިތް މަގޭ 24 (ފަހުބައި)

އެރޭ ނިދަން އުޅެއުޅެވެސް ނުނިދުނެވެ..އާދުވަހަކަށް އިރުއެރީ އަހަރެން އެނދުގެ އެއްފަރާތަކަށް ފުރޮޅިފައި އަނެއްފަރާތަކަށް ފުރޮޅެނިކޮށެވެ.. 10 ޖަހާލި ކަންހާއިރު ތެދުވެގެން ގޮސް ލޯގަނޑުން މޫނު ބަލާލިއިރު ކަމަކު ދާކަށް ނެތެވެ.. އަހަރެންގެ ލޯކައިރި ކަޅުވެފައި ހުރުމުން އަހަރެންނަށް ހަޅޭލަވާގަނެވުނެވެ.. އެ އަޑަށް މަންމަ އައިސް ކީއްވީތޯ އެހިއެވެ.. އަހަރެން ވީ ގޮތް ބުނުމުން މަންމަ ބޯ ހޫރަމުން ކޮޓަރިން ނިކުމެގެން ދިޔައެވެ.. މިއަދު މީ ރައިހާން އާ ފައިހާ ކައިވެނި ކުރާ ދުވަހެވެ… ކައިވެނި ޕާޓީ އޮންނަނީ މިރޭގައެވެ.. އެންމެ ސިކުންތުކޮޅެއްވެސް ލަސް ނުކޮށް އަހަރެން އަވަސްވެގަތީ ފެން ވަރައިގެން ސެލޫން އަށް ދިއުމަށެވެ.. ދިޔަ މަގުމަތީގައި އަހަރެން ދިޔައީ ފައިހާ ވެސް ގޮވައިގެނެވެ… 1 ޖަހާލި ކަންހާއިރު ސެލޫން އަށް ވަން މީހުންނަށް ނިކުމެވުނީ 7  ވެސް ޖެހި ފަހުންނެވެ.. ހުދުކުލައިގެ ބޮޑު ވެޑިން ޑްރެސް އަކާއި ލޭސްފޮތީގެ ޝޯލްއެއް އަޅައިގެން އިން ފައިހާ ވަރަށް ވެސް ރީއްޗެވެ.. ބޮލުގައި އަޅާފައި އިން ތާޖުން ފައިހާގެ ރީތިކަން ދެ ގުނަ އަށް އިތުރުކޮއްދެއެވެ.. އަހަރެން ހުރީ މެރޫން ކުލައިގެ  ޖަންޕްސޫޓް އަކާ ކަޅު ކުލައިގެ ޝޯލްއެއްގެ އިތުރުން ބޮލުގައި ހުދާއި މެރޫން ކުލައިން ޖަރީކޮއްފައިވައި މާގަނޑެއް ޖަހައިގެނެވެ.. “ފައީ.. އަހަރެންނަށް ހަމަ ޔަގީން މިރޭ ރައިހާން މޮޔަވާނެކަން” މަޑުން ނުހުރެވިގެން އަހަރެން ބުނެލީމެވެ.. “ހޫން .. ތިޔަށް ވުރެ މާރަނގަޅުވާނެ މައީ ފެނިއްޖިއްޔާ  ރިއާން ހޭނެތިގެން ވެއްޓޭނެޔޭ ބުންޏަސް” އަހަރެމެން ދެމީހުނަށް އެކީ ހިނިގަނޑެއް ޖަހާލެވުނެވެ…”ހޫން ދެން މާ ގިނަ ވާހަކަ ނުދައްކާ ކަމަނާފާނު ޝާދީ ކުރެވޭތޯ ބަލާބަލަ އަހަ އަހަ” .. ޕާޓީ އޮންނަނީ ފައިހާ މެންގޭ ޓެރަސް މަތީގައި ކަމުން އަހަރެމެން ދެމީހުން އަވަސްވެގަތީ އެތަނަށް ދިއުމަށެވެ.. އެތަން ޑެކެރޭޓް ކޮއްފައި އޮތީ ވަރަށް ވެސް ފުރިހަމައަށެވެ..

8 ޖަހާލި ކަންހާއިރު ކައިވެނި ފެށުނެވެ.. އަހަރެންނަށް ފޯނެއް އައުމުން ކުޑަކޮށް އެއްފަރާތަކަށް ޖެހީލީމެވެ.. އެތަން އޮތީ ފާޑަކަށް އަނދިރި ކޮށެވެ.. ފޯނުން ބައްޕައާ ވާހަކަ ދައްކާނިމިގެން އަނބުރާ ދާން އުޅެނިކޮށް ކޮންމެސް މީހަކު އަހަރެން… ކައިރީގައި ހުރި ފާރާއި އެމީހާގެ ހަށިގަނޑާ ދެމެދު ބަންދުކޮއްލިއެވެ.. ކާކުކަން ނޭނގުމުން އަހަރެންނަށް ތެޅިގަނެވުނެވެ.. އަހަރެން ހުރީ ބިރުން ގޮސް ހަލާކުވެފައެވެ.. އަހަރެން ލައިގެން ހުރި ހައިހީލް އިން އެމިހާގައިގައި ވަރަށް ބާރަށް ޖެހީމެވެ.. އަނދިރި ކަމުން ޖެހުނީ ކޮންތާކު ކަމެއް ނޭނގެއެވެ.. “މައީ!!!! އިޓްސް ރިއާން އޭ!! “…ރިއާން ކަން އެނގުމުން އަހަރެންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.. ރިއާން އަހަރެންގެ އަތުގައި ހިފައިގެން ފާރުގެ އަނެއްފަރާތުގައި ހުރި އައްޓެއްގެ މަތީގައި ބޭންދިއެވެ.. “ކާކު ތޯ ބަލާނުލާ ހަމަ ހޫނު ހަމަލާ ދެން ތަ އަބަދުވެސް؟؟” ރިއާން އޭނާގެ ބަނޑުގެ ތިރީގައި އަތް އަޅައިގެން ހުރުމުން ވީ ގޮތް އަހަރެންނަށް ރޭކާލިއެވެ.. ފާޑަކަށް ހިނިވެސް އައެވެ.. ނަމަވެސް ގަދަކަމުން ހިންދާލީއެވެ.. “އަދިވެސް އަހަރެންތަ ގޯސްވީ..”.. “ދައްކަބަލަ ބޭސް އަޅާދޭނަމޭ އަހަ އަހަ” އަހަރެން ސަމާސަ ކޮއްލީމެވެ..”ސުއްބޫސް ކޮންކަހަލަ ވާހަކައެއް ތިދައްކަނީ” ރިއާން ދެބުމަ އަރުވާލިއެވެ.. “ދެން އިތުރު ކަމެއް ނެތިއްޔާ އަަހަރެން ދަނީ” އަހަރެން  ހިނގައިގަންނަން އުޅުމުން ރިއާން އައިސް އަހަރެންގެ އުނގުގައި ބޯ އަޅައިލައިގެން އޮށޯތެވެ… “ނޫނޭ މި އުޅެނީ ބޮލަށް ތަދުވާތީ.. ފަޔަށް ވެސް އެބަ ތަދުވޭ..ހިތަށް ވެސް”…ރިއާން އެއްލޯ މަރާލިއެވެ.. އެތަނަށް ވަރަށް ވެސް ހިތްގައިމު ވައިޖެހެއެވެ.. އިރުއިރުކޮޅާ އަހަރެންގެ ގައިން ހީބިހި ނަގައިގެން ދެއެވެ… ރިއާންގެ ފަންފަން އިސްތަށިގަނޑާ ކުޅެލަ ކުޅެލައި އަހަރެން އިނީމެވެ.. ރިއާން ދެލޯ މަރައިގެން އޮތުމުން އަހަަރެން ހީކުރީ ނިދީކަމަށެވެ.. އަހަރެން ރިއާންގެ އެސްފިޔަތަކުގައި އިނގިލި ޖައްސައިލި ވަގުތު ރިއާން އަހަރެންގެ އަތުގައި ވަރަށް ބާރަށް ހިފިއެވެ.. އަހަރެންގެ އަތުގައި ހިފައި ދަމާލި ގޮތުން އަހަރެންގެ ބޯ ޖެހުނީ ރިއާންގެ މޭމަތީގައެވެ.. ރިއާން އޮތީ އަހަރެންގެ ގައިމަތީ ކަހަލަ ގޮތަކަށެވެ.. ރިއާން މަޑުމަޑުން އަހަރެންގެ ތުންފަތަށް ބޮސްދޭން އުޅުނެވެ.. އަހަރެން އޮތީ ހިރިލަންވެސް ނުކެރިފައެެވެ.. ހީވީ ކަރަންޓު ޖެހުނު ހެނެވެ.. އަހަރެންގެ ހިތުގެ ތެޅުން އަވަސް ވިއެވެ.. އަހަރެންނަށް ލޯ މަރާލެވުނެވެ.. އަހަރެންގެ ނޭވާ ކުރުވާ ހެން ހީވަން ފެށުމުން އަހަރެން މޫނު އަނެއްފަރާތަށް އަނބުރާލީމެވެ… އަހަރެން އަވަހަށް ތެދުވެގެން ދާން އުޅުނީމެވެ.. ރިއާންގެ މޫނާދިމާލަށް ބަލާކަށް އަހަރެންނަކަށް ނުކެރުނެވެ.. ނަމަވެސް ރިއާން އަހަރެން ދިޔަކަ ނުދީހިފެއްޓިއެވެ.. އަހަރެން ގެނެސް ރިއާންގެ އުނގުމަތީގައި ބޭންދިއެވެ.. އަދިވެސް އަހަރެން އިނީ އިސްޖަހައިގެނެވެ.. ރިއާން މަޑުމަޑުން އަހަރެންގެ މޫނުގައި ހިފައިފައި މަތިކޮއްލިއެވެ.. “ކިހިނެއްވީ މައީ؟؟ އަނެއްކާ އަަހަރެންނަށް މައީ ހިތްހަމަނުޖެހޭ ކަހަލަ ކަމެއް ކުރެވުނީތަ؟” ރިއާން ފާޑަކަށް މާޔޫސްވެފައި ހުރެ އަހާލިއެވެ.. “ނު…ނޫން”.. ރިއާންގެ ކޮލަށް ދޮނެއްދީފައި އަހަރެން އަވަހަށް ތެދުވެގެން ފައީ މެން ގާތަށް ދިޔައީމެވެ.. އޭރު ފައިހާ އާއި ރައިހާން އުޅެނީ ފޮޓޯ ނަގައެވެ.. “މައީ.. ކޮންތާކު އުޅެ އުޅެފަ ތިއައީ ..ހާދަވަރަކަށް ހޯދައިފިމޭ”… އަހަރެން ފެނުުމުން ފައިހާ އަހާލިއެވެ.. އެވަގުތަކީ އެތަނަށް ރިއާންވެސް އައިވަގުތެވެ.. އެތާ ފޮޓޯނަގަން އިން ޔޫލީ އައިސް ފައިހާ ގާތުގައ ސިއްރުން ކޮންމެސް އެއްޗެކޭ ބުނުމުން ފައިހާ އަހަރެންނާ ރިއާން އާ ދިމާލަށް ބަލާލާފައި ހޭން ފެށިއެވެ.. އަހަރެން ހުރީ ވާނުވާގައެވެ.. “އޭ ފައީ މޮޔަވީތަ.. އަޅެ ކީއްވެތަ ތިހެނީ”..”އަހަ އަހަ ..މި ރިއާން ލިޕްސްޓިކް ޖައްސާފައި ހުރީމަ އެކަމާއޭ މިހެނީ ދޯ ޔޫލީ “… ޔޫލީވެސް ހެމުން ހެމުން ބޯޖަހާލިއެވެ.. އެވަގުތު އަހަރެން ރިއާން އާ ދިމާލަށް ބަލާލީމެވެ.. ރިއާންގެ މުޅި ތުންފަތުގައި ވަނީ އަހަރެންގެ ތުންފަތުގައި ހުރި ލިޕްސްޓިކް ހޭކިފައެވެ.. ނުވިތާކަށް ކޮލުގައި ވެސް ހުއްޓެވެ.. ބަސްޓުވީކަން އެނގުމުން އަހަރެންނަށް މޫނުގައި އަތް އެޅުނެވެ.. ރިއާންވެސް ބޯކަހަން ފެށިއެވެ.. “ޕިސް ޕިސް މަގޭ ކައިވެނި އެކަމަކު ތިމީހުން ސުހާގްރާތް؟؟ ވަރަށް ރީތި!!” ފައިހާ ހޭން ފެށިއެވެ.. “ދެން!!!! ” އަހަރެން މޫނު ކުނި ކޮއްލަމުން ފާހަނަ އަށް ދިޔައީމެވެ.. ތުންފަތުގައި އަލުން ލިޕްސްޓިކް ޖައްސައިގެން ނިކުތީމެވެ.. އެވަގުތަކީ ރިއާންވެސް ޓިޝޫއަކުން މޫނު ފުހަމުން އައި ވަގުތެވެ.. “ކިތަންމެ ވަރަކަށް ތި ތުންފަތުގައި ލިޕްސްޓިކް ޖެއްސިއަސް ހަމަ އަހަރެންގެ ތުންފަތުގަ ހޭކޭނީ..” ރިއާން ހަމަ އެކަނި އަހަރެންނަށް އަޑުއިވޭ ވަރަށް ބުނެލިއެވެ.. އަހަރެން ފާޑަކަށް ލަދުގަތެވެ.. ދުވެފައި ގޮސް ފައިހާމެން ކާރީ މަޑުކޮއްލީމެވެ… ކުއްލިއަކަށް މުޅިތަން އަނދިރިވިއެވެ… ދެތިން ސިކުންތަށް ފަހު އަނެއްކާވެސް އަލިވިއެވެ.. އަހަރެންނަށް އަނގަމަތީގައި އަތް އެޅުނީ ކުރިމަތީގައި ރަތްކުލައިގެ ފިނިމެންމާ ބޮނޑިއަކާ އަނގޮއްޓިއެއް ހިފައްޓައިގެން އެއްފައި މައްޗަށް ތިރިވެގެން ހުރި ރިއާން ފެނިފައެވެ.. “މައީ .. އަހަރެން މައީދެކެ ލޯބިވާތާ މިހާރު ވަރަށް ގިނަދުވަސް ވެއްޖެ.. އަހަރެން ބޭނުންވަނީ އަހަރެންގެ ދިރިއުޅުމުގައި ބާކީހުރި ހުރިހާ ދުވަހެއް މައީ އާއެކީ ހޭދަކުރަން އައި ލަވްޔޫ ސޯ މަޗް މައި ބޭބީ ގާލް..ވިލް ޔޫ މެރީ މީ؟؟؟؟؟؟؟؟؟؟”

އެންމެން އެއްއަޑަކުން ސޭޔެސް އޭ ކިޔަންފެށިއެވެ.. ލޮލުން ކަރުނަ އޮހޮރޭ ހާލު އަހަރެން ޔެސް އޭ ބުނެލީމެވެ.. އަހަރެންގެ އިނގިލީގައި އަނގޮއްޓި އެޅުވުމަށްފަހު ރިއާން އަހަރެންގައިގައި ބައްދައިގަތެވެ… އަހަރެން ހުރީ ވަރަށްވެސް އުފަލުންނެވެ..

ޕާޓީ ނިމުނީ 12 ވެސް ޖެހިފަހުންނެވެ.. ރައިހާން އިރުއިރުކޮޅާ ފައިހާގާތު ދެން ދާން ހިނގާށޭ ބުނެލައެވެ.. އަހަރެމެން ދިޔައީ ފައިހާ ގޮވައިގެނެވެ.. ރިއާންމެން ދިޔައީ ރައިހާން ގޮވައިގެނެވެ..      އަހަރެމެން  ދިޔައީ ރައިހާން މެންގެއަށެވެ.. އެދެމީހުނަށް ތައްޔާރު ކޮއްފައިވާ ކޮޓަރިއަށް ފައިހާ ގޮވައިގެން ވަނީމެވެ.. “އަޅޭ އަދިވެސް ރައިހާން މެނަށް އާދެވޭ ވަރު ނުވަނީތަ؟؟” ފައިހާ ޝަކުވާކުރަންފެށިއެވެ.. “ބަލަ މަންޖޭ ތިވަރުވާކަށް ނުވާނެޔޭ ކެއްކުރަން ހަމަ ދަތިވަނީތަ” ޔޫލީ ހެމުން ހެމުން ބުނެލިއެވެ.. އަހަރެން ބުރުގާ ބާލާފައި އެތާ ހުރި ހަރެއްގައި އަޅުވާލީމެވެ.. އަދި އެނދުގައި އޮޝޯތީމެވެ..”އޭ.. އަހަރެންނަށް ހީވަނީ އެންމެރަނގަޅީ ނިދުން ހެން .. މާދަން ހެނދުނު އެބައޮތް ޑިއުޓީވެސް ގުޑްނައިޓް އުމްވާ…” މާގިނަ އިރެއްނުވެ ޔޫލީމެން ވެސް ސޯފައާއި ކާޕެޓްތަކުމަތީ އޮށޯވެލިއެވެ.. ފައިހާ ވެސް ބޮޑާހާކައިގެން އިނދެ ނިދައިފިއެވެ.. ރައިހާން އުޅޭނީ ކޮންހާލެއްގަ ބާއޭ އަހަރެން ހިތަށް އެރިއެވެ.. އަހަރެން ފޯނުބަލާލީ މެސެޖެއް އައުމުންނެވެ.. ރައިހާން ބޮކްސާކޮޅުގައި ގަހެއްގައި ބަނދެފަ މުނި ގަޔަށް ފުށާ އޭތިމީތި ޖަހާފައި ހުރި ފޮޓޯ ފެނުމުން އަހަރެންނަކަށް ކެތެއްނުކުރެވުނެވެ.. ވަގުތުން ހިނިގަނޑުފަޅައިގެން ދިޔައެވެ.. ފޮޓޯ ފޮނުވީ ރިއާންއެވެ.. އެހެން ރިއާން އާ ވާހަކަ ދައްކަން އޮއްވާ ނިދުނު އިރެއްވެސް ނޭނގެއެވެ……………………………………………………………..

Comments (31)

  1. Anonymous

    Mi fahubaatha seriously

  2. kujjaa

    E NIMUNEETHA HAMA
    pis pis pis
    seriously mi meehun vaahaka nimmaagoiitha
    I can’t believe this ingey
    miohthee reethi vaahaka
    main character ah veegoii ves neynge
    emmen kudaminun nimmaa jumlaeh ehen noonee paragraph eh beyndhinama
    unbelievable???????☹?

  3. Anonymous

    Nimun goeh ehaa kamu nudhey raihaan ah raihaan dheke maishaa loabivaakan vs engifa nimun nama dhw. Hurihaa hageegatheh igunu nama varah salhi vees. Ehenveema adhi ehkon nimaalaakah nufeney. Adhi 2 part varu genaima ok vaane

  4. HUH

    Reethi vaane kamah heekuree. But….

  5. HUH

    Eyoh reethi vaahaka ves

  6. Shina

    Asluves nimuneetha alhey ehenvaahakaeh liyan fashanveenu ????ekam varah reethi vaahaka ????

  7. ????

    Love you ????

  8. Kaileen

    Raihaan eeshaa aai rulivi goivess neege.fahun layaage vaahaka vess naadhe. And maishaa ge mom mennah riaan ge vaahaka nuvess kiyaadhe. Kuhliakah maishaa nidhaafa vaahaka nimunee. I can’t believe this ?? I think oligen jehifa dhw eyni fahubayey.?

  9. Kairaa

    Alhey nimuny thr…..ekm vhk ah kihineh hadhaafa miothy dear….aslu raihaan dheke maisha loabi vaakan engifa nimun nama varah varah reethi vees…..btw mi part vx hama varah reethi…..mi hama aslu vx fahu bai thr dear…..but hiyeh nuve mee fahu bai heneh……

  10. Hiii

    I dont think this is the last part….. this is not how authors ends the story

  11. Yan♥️

    Nimuny tha mahykuru riaan as mai as inyma kamah nimeyny so sad anyway story reethi ekam heekurivareh noon but it is good ??

  12. kiyaan

    v reethi mi story ves …….. but cant believe its the last part ………………anyways waiting for a new story

  13. ?????h....

    meehama aslus fahubaithrr….kobaa layaa…kobaa maishaa mammma ..kobaa raihaan mamma…salhi vaahaka…ekam nimmun varah kada…i hithahery reethi vaanekamah….kudaknnimmun reethivees maishaa hithah araa ehchkun nuvatha thought akun nimmaa laafaaoiy nama…??

  14. Shhhh

    No no mulhi dhuvahu mi vaahaka ah inthizaaru kohfa kulli akah vaahaka nimunyma VV foohi adhi part kolheh genesdheyn v nu pls v dheravey mioh reethi vaahaka nimunyma so sad alhey adhivex mikahala vaahaka eh up kohla dhehchey????????

  15. Shiya

    Adhi ehen baeh nerevidhaanetha…….
    pls❤️❤️❤️

  16. lilly

    ok for u guyss i will upload one more part …. of this story…
    any suggestions????? for the next part❤❤❤❤❤❤❤

    1. oops
      lilly

      thankolhe avas koh la dheyn vee

  17. Anonymous

    Alhey pls Adhi 4 varakah part pls pls pls pls pls pls heyo nuvaane mi Vaahaka aa NULAA dhirieh noolheveyne????????

    1. Anonymous
      Anonymous

      That is true

  18. lamko

    sisoo kihineh thi hedhii varah dhera story ninmaaliima….ekamu mi part vc vrh reethi…but ninmun rangalhu kollafiyyaa varah reethi vees…missed u sisoo…??

  19. Malsa

    Hi am najula is it your name makes can you be a friends

  20. Amikko

    I also want a another part this story is so nice ❤️❤️❤️❤️❤️❤️❤️❤️

  21. Anonymous

    Adhi buneemehnu 1 part upload kohladheynameyy plx mihaaru e part upload kohla dheyn vehjji ehnu plx??☹️

  22. lilly

    im soooo sorry …guyss wht abt moya hih mageyge season 2 ??????? u guyss okay with it??????????❤❤❤❤❤❤❤❤❤❤❤❤❤

    1. Jungkook fan ??
      lilly

      What u mean?

  23. Jungkook fan ??

    What u mean?

  24. Shina

    Thats a really good idea ?☺️?☺️?☺️?

  25. ?Jaeminie?

    Lilly mivaahakai ge aa season eh fashn vy eh nun… Like maisha raihaan dheke like vaakan emenah egi…. But still rayaan and maisha relationga emnen ehkoh end there marriage and kids…. And also jooly an maishaa ge beybe aa dhemyhunge baives geens gen…. Salhi vaane…. Idea eh… Hope balai ganaane kamah…

  26. No name

    Arn moya hih magey ge season 2 vx genis dheefiyya rangalhu.. Plx vrh avahah upload kohla dhehchey ??❤️

  27. No name

    I mean season 2

  28. Anonymous

    Yeah moya hih magey ge season 2 ehvx neren vehje ehnu.. I’m still waiting ?

Comments are closed.