Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންމަޖާ

ފަތްގަނޑު ފުރޭތަ 6

Aashii
Aashii Level 310 Stories100 Login
December 26, 2020 2 Mins Read
0 Comments

އެފުރޭތަ ހުންނަ ގޮތާއި، ދިރިއުޅޭ ތަނެވެ. އަލަމް ހުރީ ހައިރާންވެ ސޮނިވެއްޓޭ ވަރު ވެފައެވެ.*

” އޯހ ސަޅި ..” އަލަމަށް ބުނެވުނެވެ. އެއާއި އެކު ސާމިއު ހީލިއެވެ. ދެ ކުދިންނަށްވެސް ނޭނގުނީ  ހަމްދީބޭ އެ ވާހަކަތައް ވަރަށް ގާތުން އަޑުއަހަމުން ދިޔަ ކަމެވެ. މިސްކިތުން ފައިބައިގެން ތަސްބީހަފަތި ހަލުވަމުން ގެ ހުންނަ ގޯޅި އަށް އެޅި ވަގުތު ފެނުނު ދެކުދިންނާއި އެދެކުދިން ދައްކަމުންދިޔަ ވާހަކައަށް ޝައުގުވެރިކަމެއް ދެވި އަޑުއެހުނީއެވެ. އެ ފުރޭތައިގެ ވާހަކަ އަޑުއިވުނަސް ހަމްދީބޭގެ ގައިން ހީބިހި ނަގައެވެ. އެއީ ކޮން ފުރޭތައެއްކަމާއި އެ ފުރޭތަ އަކީ ކާކުކަން އެނގޭ އެކަކީ ހަމްދީބެއެވެ.

 

ހަމްދީބޭއަށް ޝައްކު ކުރެވުނީ ސާމިއު ދެޖިންނީންގެ ވާހަކަ ދެއްކުމުން އެ ދޭއްޗަށެވެ. އެ ފުރޭތަ އަކީ އަރިސް މީހަކު  ގެންގުޅޭ  އެއްޗެކެވެ.  ކޮންމެއަކަސް  މައުލޫމާތު ގިނައިން  ހޯދުމުގެ  ނިޔަތުގައި  ހަމްދީބޭ  ފާރާއި  ނިވާވެލިއެވެ.

 

” ހަމްދީބޭ ނެތް ގެއަކު …” ދޮރުގެ ތަޅުގައި ހިފާ އަނބުރާލުމުން ނުހުޅުވޭތީ ސާމިއު ބުނެލިއެވެ. އަލަމް މާޔޫސްވިއެވެ. އެވަގުތު ހަމްދީބޭ ފާރުކައިރިން ނިކުންނަމުން ގެއަށް ހިނގައިގަތެވެ. އެދެކުދިންނަށް ޝައްކުވިޔަ ނުދިނުމަށް ޓަކައެވެ.

” އެއޮތް އަންނަނީ .. މަގުމައްޗަށް ނުކުތް އަލަމް އުފަލުން ބުނެލިއެވެ. ސާމިއު ހިނިތުންވެލިއެވެ. “އަހަނ .. ކުދިން މިތާ ކީއްކޮށްލަނީ ..” މޫނުމަތިން ހާސްވިކަން ނުދައްކާ ހަމްދީބޭ ބުނެލިއެވެ.” ބޭބެގެ މަސައްކަތް ކުރިޔަށް ދަނީ ކިހިނެތް؟ ހުރިހާ ކަމެއް އޯކޭތަ؟”.އަލަމް އެއްސެވެ. ” ނޫނޭ .. އަދިވެސް މަސައްކަތް މި ކުރަނީ ކާކުކަން އެނގޭތޯ .. ކޮއްކޮމެންނަށް ހީވާ ގޮތަކުން ކާކު އެހެން ހެދީ..”

ހަމްދީބޭ މުންޑު ފޮތިގަނޑަށް އަތްކޮށްޕާ ތަޅުދަނޑި ފަތި ނަގަމުން ތަޅުވަޅަށް ތަޅުދަނޑި ކޮށްޕައި ދޮރު ހުޅުވިއެވެ. ” ބޭބެ އެބަހުރި  އަދި ވާހަކަތަކެއް ވެސް ދައްކަން ޖެހިފަ … ކޮއްކޮމެން ހަމަ ރަނގަޅު ސާއަތެއްގައި ތިއައީ ..” ހަމްދީބޭ ހީލަމުން އިތުރު ކޮއްލިއެވެ. ” އަޅުގަނޑުމެންނަށް ރީއްޗަށް އެނގޭ އެއީ ފަތްގަނޑު ކުރި ކަމެއްކަން .. ބޭބެއަށް އެނގޭތަ ފަތްގަނޑު ފުރޭތަ މަރާލާނެ ގޮތެއް ..” ފުރަތަމަވެސް ސާމިއު ދުރުދުރުން ފަށާކަށް ނޫޅުނެވެ. ފެށީވެސް އަޑުއަހާ މީހަކަށް އެނގޭނެހެން ރީއްޗަށެވެ.

“ނޫން .. ކޮއްކޮމެން ކިޔައިދީބަލަ ތި ފަތްގަނޑު ފުރޭތައެއްގެ ވާހަކަ … ބޭބެއަށް ރީއްޗަށް ބުނެދޭން އެނގޭނީ އޭރުން ….” ހަމްދީބޭ 2 ގޮޑި ގެނެސް އެގޭގެ އޮޅި ކައިރީގައި ބެހެއެޓިއެވެ. އެހެން ގޮޑިއެއް ކުރިމަތީގައި ބެހެއްޓިއެވެ. މެދުގައި ހުރީ ދުންދަނޑިއެއް ރޯކޮށްފައި ހުރި ތައްޓެކެވެ

” އަސްލު ވީގޮތަކީ ސްކޫލު ޕްރިންސިޕަލަށް ވީ ގޮތާއި ހުރެ އެކަމާއި ވިސްނެން ފެށުނީ … ދެން ހަމަ އެރޭ ނިދަން ކޮޓަރިއަށް ވަތް ތަނާ މީހަކު ފެނުނީ … ދެން ހީވީ މީހަކު އަނގަމަތީގައި އަތް އަތް އަޅައިފަ ހުރިހެން .. ހަޅޭއްލަވަން އުޅެވުނީ އެކަމަކު ނުވީ .. ދެން ނިދިފަ ކަންނޭގެ އޮތީ ..ހޭލެވުނު އިރު މީހަކު ވާހަކަ ދައްކާ އަޑު އިވުނީ .. ބެލި އިރު ބިޔަކޮށް ހުރި މީހެއް. . ބުނީ އެއީ ޖިންނިންގެ ރަސްގެފާނޭ .. ގާތުގައި ހުރީ އޭތީގެ ވަޒީރޭ …. އެއްވެސް ގޮތަކަށްނޭނގިފަ ހުރީ ވީގޮތެއް … ދެން އެކަމަކު ހުރިހާ އެއްޗެއް އެނގެން ފެށުނީ އެމީހުން ވާހަކަ ދައްކަން ފެށީމަ .. އެމީހުން އަހަރެންގެ ގާތަށް އައީ އެހީއަށް އެދެން … ފުރޭތައިގެ ސަބަބުން އެމީހުންގެ އެތައްބަޔަކު މަރުވީތީ .. ޖިންނީންނަށް ނުވާ ކަމެއް އިންސާނުންނަށް ވެދާނެތީ .. އަހަރެން ފާޅުގައި އިންކާރުކުރިން .. އެކަމަކު އެމީހުން ބުނީ އަހަރެން މިކަން ކޮށްފިއްޔާ ސަލާމަތްވާނީ ހަމައެކަނި އެމީހުންގެ މީހުންނެއް ނޫނޭ .. މިރަށު ރައްޔިތުންވެސް އަހަރެންގެ ސަބަބުން ސަލާމަތްވެގެން ދާނޭ .. އެހެންވެ އަހަރެން އާއެކޭ ބުނިން .. އޭގެ ފަހުން މިހުރިހާ ދުވަހު އެ ފުރޭތަ އަށް ފާރަލަމުން ދިޔައީ .. އެހެން ހުއްޓާ އަހަރެންގެ ……………………………………………………………………………………………………………………………………………………………………………………………………………. “.

ސާމިއު އަލަމް އަށް ކިޔައިދިން ފަދައިން ހަމްދީބެއަށް ވެސް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ހަމްދީބޭގެ ބޮލުގައި ކަމެއް ރޭވެމުން ދިޔައެވެ. އެ ފުރޭތައަށް ހަދާލާނެ މޮޅު ގޮތެކެވެ.

” ބޭބެއަށް އެނގުނު ގޮތުގައި ކޮންމެ ރެއަކު އެ ފުރޭތައާއި އޭގެ އަރިސް މީހާ ސާމިއު އާއި ބައްދަލުކުރޭ ..” ފަންޑިތައިގެ އަލީގައި ހަމްދީބޭގެ ތޫނު ވިސްނުމަށް ވިސްނައިލައިފައި ހަމްދީބޭ ބުނެލި ޖުމްލަވީ ސާމިއުގެ ހަޔާތް ބަރުބާދު ކޮށްލިފަދަ ޖުމްލައެކެވެ.

 

” ކީކޭ .. ” އެ ޖުމްލަ އަލުން އަޑުނާހަން ބޭނުންވި ނަމަވެސް ސާމިއު ޔަގީން ކޮށްލަން ބޭނުންވިއެވެ. ” އާން .. ބޭބެ މި ބުނަނީ ރަނގަޅަށް .. ޖިންނިންގެ ރަސްގެފާނަށް ހެދިގެން އެއަންނަނީ އެ  ނުބައި ފުރޭތަ … ކޮއްކޮމެން ސަމާލުވާތި .. ބޭބެ ރަނގަޅު އެތި ފަހަރެއް ހަދާލާނަން ..” ހަމްދީބޭ ބުނި ބަހުގެ ޔަގީންކަން ދޭހަ ކޮށްދިނެވެ. ” އެކަމަކު ބޭބޭ .. އެއީ ކިހިނެތްވީ ކަމެއް؟ ..” ސާމިއު އެއްސެވެ. އެއާއިއެކު ހަމްދީބޭ ކިޔައިދޭންފެށިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

ދޫކޮށްނުލާނަމޭ ކަލާ – 19

Next

އެކުއްޖާ 2 – 11

Next
December 27, 2020

އެކުއްޖާ 2 – 11

Previews
December 26, 2020

ދޫކޮށްނުލާނަމޭ ކަލާ – 19



All Right Reserved!