Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންމަޖާ

ފަތްގަނޑު ފުރޭތަ 8

Aashii
Aashii Level 310 Stories100 Login
December 31, 2020 3 Mins Read
0 Comments

މިއަށް ކީއްކުރަންވީ ..” އަލަމް އަވަހަށް އެ ފަތްގަނޑު ނަގައި އޮޅައިލިއެވެ. ” ތީތި އެފުރޭތަ އޮންނަ ތާނގަ ތެރޭގައި ބާއްވަން ޖެހޭނީ .. ދެން މި ފަށް އޭތީގެ އަތުގައި އަޅާ ..” ހަމްދީބޭ ދެވަނަ ފަހަރަށް ނެގީ ފަށެކެވެ. ތަވީދަކަށް ވެދާނެޔޭ އަލަމްގެ ހިތަށް އެރިއެވެ

” މިއީ ތަވީދެއް ދޯ ..” އަލަމްގެ ހިތުގައި އޮތް ޖަވާބު ނޭނގޭ ސުވާލު  ނޭގި ނަމަވެސް ސާމިއުއަށް ކުރެވުނެވެ.

” ތިއީ އަހަރެންގެ ހިތުގައި އޮތް ސުވާލު ..” އަލަމް ސާމިއުގެ ކޮނޑުގައި ޖަހައިލިއެވެ. ” އާން ..” . ހަމްދީބޭގެ ޖަވާބު ވަރަށް ވެސް ކުރެވެ. ” ދެންމީ އަހަރެމެން ކޮންއިރަކު ކުރަންޖެހޭ ކަމެއް؟ “. ސާމިއު އެއަށް ބަލައިލަމުން އަހައިލިއެވެ. ” ވީހާވެސް އަވަހަށް ..ފަލްކަން އަންނަ އިރަކުން ކުރޭ !!.. ތިކުދިންގެ ހިތްވަރެއް ހުރިއްޔާ ކޮށްލާ .. އެކަމަކު ކުރާނީ އޭނައަށް ނޭނގިހުރެ .. އެނގިއްޖެޔާވަރަށް ސަކަރާތް ވާނެ !! .. އޭތި ލިބިފައި ހުރި ބާރުގެ ބޭނުންކުރާނެ.. އަބަދުވެސް ހަނދާންކުރާތި .. އެއީ ފުރޭތައެއް؟ .. ޖިންނިއެއް ނޫން!! .. ބޭބެގެ އެހީ ކަންތައްތައް ގޯސްވެއްޖެއްޔާމުން އަބަދުވެސް ލިބޭނެ !!..” ހަމްދީ ހިތްވަރުލައިދިނެވެ. އަދި އެހާމެ އިންޒާރެއްވެސް ލިބުނެވެ.

ސާމިއުގެ ހިތުގައި ފަލްކަންއާއި އެންމެ ފުރަތަމަ ބައްދަލުވިދުވަސް ތަސްވީރުވިއެވެ. ކާކުތޯ ބުނުމުން އޭތި ހުއްޓުނުގޮތެވެ. ނޫނެކޭ ކިޔައި އޭތި ދޮގުހެދި ގޮތެވެ.

” ބޭބޭ ދެންދަނީ އިނގޭ .. އަދި އަންނާނަން ފަހުން ..” ސާމިއު އުޑުމައްޗަށް ބަލައިލިއެވެ. އިރުއޮއްސުނީތީ ރަތްވިލާތަކުން އުޑުމަތި ފުރާލައިފިއެވެ.

******

ރޭނގަޑެވެ. ކެއުމަށްފަހު ސާމިއު ކޮޓަރިއަށް ވަނީ ހިތުގައި މިރޭ ކުރާނެ ކަންތައްތައް ރާވަމުންނެވެ. ފަލްކަން އަބަދުވެސް ފާޅުވާ ތަނުގެ ކައިރިގައި ފަތްކޮޅު ބޭއްވުމަށްފަހު ހަދިޔާއެކޭ ކިޔާ އަތުގައިއެފަށް އެޅުވުމުގެ މަސައްކަތެވެ.

ނިންމާލުމަށްފަހު ހިންދެމިލި ވަގުތު ބޭރު ކުޑަދޮރުން މީހަކު ޓަކިޖެހިއަޑު އިވުނެވެ. މަކަރުވެރި ހިނިތުންވުމަކާއިއެކު ސާމިއު ކުޑަދޮރު ހުޅުވަން އަތް ހަރަކާތްކޮށްލިއެވެ. ނަމަވެސް އެއީ އޭނަ ހީކުރިފަދަޔަކުން ފުރޭތައެއް ނޫނެވެ. އޭނަގެ އެކުވެރި އަލަމެވެ. ބިއްދޮށުގައި ހުރި މީހަކު ނޭނގުމުން ބޯއަރިކޮށްލާ ބަލާލިއިރު މިހާދެވެ.

” ކީއްތިކުރަނީ މިތާ މިގަޑީ !! އަހަރެން ހީކުރީ ފުރޭތަ ކަމަށް …” ސާމިއު ހިނިގަޑަކާއިއެކު ބުނެލިއެވެ. އެކުވެރިންގެ މޫނުމައްޗަށް ބަލައިލެވުނީވެސް ދެނެވެ. ” ހާދަ ހާސްވެފަ؟؟ .. ބީރައްޓެއްސެއްހެން ނުހުރެ އެތެރެއަށް ވަދޭ ދެންވެސް .” ސާމިއު ދެއެކުވެރިންގެ އަތުގައި ހިފާ އެތެރެއަށް ވެއްދިއެވެ.

” ވާހަކަ ދައްކަބަ .. އަނގަ ހުޅުވާ ބަހެއް ބުނެލަބަ ..” ސާމިއުއަށްއެހިމޭންކަމުން އުނދަގޫވީއެވެ. ކޮންމެ މީހެއްގެ މޫނުމަތީގައިވެސް ހާސްކަމެވެ. ” ސާމީ ސާމިއަކަށް ނޭނގޭނެ މިވާގޮތެއް .. ފުރޭތަ އަރައިގެން އެބައުޅޭ .. މީހުން މަރުވެފަ .. ތަހުގީގަށް ފުލުހުން އައިސްގެން .. ހަމްދީބޭ ކިޔަވަނީ .. ކީކޭ ދެން ބުނާނީ ..” މިހާދަށް އަށް ބުނެލެވުނީވެސް އުނދަގުލުންނެވެ

” ކީކޭ .. ފުރޭތައޭ .. އޭތި ކުޅިގަނޑު ފެށީތަ އަނެއްކާ ؟ ..” ސާމިއު ދުވެފައި ގެއިން ނުކުތެވެ. ފަހަތުން މިހާދާއި އަލަމްވެސް ހީލަތާއި ޝައްކުން ފުރިންގެންވީ ޝައިތާނީ ހިނިތުންވުމަކުން ނިކުތެވެ. ”

އާން! .. ފަށައިފި ގެތައް ސުންނާފަތި ކުރަމުން އޭތި އެބަ ދުވޭ !! އޭތި މައިތިރި ކުރާނެ މައިތިރިއެއް ނުގެންނާތި !! އެނޫނީ އޭތި މަޑުން ނުހުންނާނެ !! އޭއްޗަށް އެނގިގެން އައީވެސް !! ” މިހާދު މާނޭވާލަމުން އަވަސްގޮތަކަށް ކިޔައިދިނެއެވެ. ” ކިހިނެތް މިހާއަށް އެނގުނީ؟؟ ..” ސާމިއުއަށް ޝައްކެއްވިއެވެ. “އެގޮތަށް ކިޔަމުން

ހަޅޭއްލަވަމުން ދުވީމަ އެނގޭނެދޯ !!! ..” އަލަމް ކުރު ނޭވާތަކެއްލަމުން ވެސް ބުނެލިއެވެ. ސާމިއުގެ ހިތުގައިވާ ޝައްކުތައް އެކީ ފިލައިގެން ދިޔައެވެ.

ތިން ކުދިންވެސް ބޭނުންވީ ވަލުތެރެއިން ރަށަށް އަރާށެވެ. އެއީ ސާމިއުގެ ގެ، ވަލުތެރެއާއި ގާތްވެފައި ފުރޭތައަށް ނުފެންނަ ގޮތަށް އެތީގެ ކުރިމައްޗަށް ދާން ފާސޭހަވާނެތީއެވެ. އެ ރޭވުމަކީވެސް އަލަމް ބުނި އެއްޗެކެވެ. މިހާދު އެކަމަށް ތާއީދުކުރުމުން ސާމިއުއަށް އެހެން ގޮތެއް ހޯދަން އުނދަގުލީއެވެ.

ގަދަފަދަ އަޑުފަތްގަޑެއް އިވެން ފެށީ ވަލުމަގުން ރަށުތެރެއަށް އަރަން އޮތްމަގަށް މުގޯލި އެޅިވަގުތުއެވެ. ސާމިއު ހިތަށް ގޮތް ނޭނގޭ ވަހުމެއް ވަނެވެ. ދެކޮޅު ބަލައިލީ ދެއެކުވެރިންގެ ހާލެއް ދެކޭށެވެ. ނަމަވެސް އެދެއެކުވެރިން ޖެހިތަނުގައި ލަކުނުވެސް ނެތެވެ. ހައިރާންވެފައި ސާމިއު ދުވުން ހުއްޓާލިއެވެ. މާނޭވާލެވިލެވި ހުރެ ތަންތަން ހޯދަންފެށީ މިހާދާއި އަލަމްގެ ހިލަމެއް ނަމަވެސް ވޭތޯއެވެ.

އޭނަ ކުރަންފެށި އެމަސައްކަތްވެސް ނާކާމިޔާބުވީއެވެ. ސާމިއު ވިސްނަން ފެށިއެވެ. އޭނައަށް އަލަމާއި މިހާދުގެ ގޮތްތަކާއިމެދު ވިސްނާލެވުނެވެ. އެދެކުދިން އޭނައާއިއެކު ދުވަން ފެށިއިރު އެއްވެސް ގޮތަކަށް އެއްވެސް އަޑެއްބަޑެއް ނީވެއެވެ. ނަމަވެސް މިހާދާއި އަލަމްމެން ތިބިތޯ ބަލަން އޭނަގެ ބޯހަރަކާތްކުރީ އެ ގަދައަޑު ފަތްގަނޑު އިވެން ފެށުމުންނެވެ. މި ރޭވެމުން އަންނަ ކަންކަމުން އެއްޗެއް ވިސްނައިގަންނާކަށް ސާމިދަށް ނުކުޅެދުނެވެ.

ސާމިއު އަނެއްކާވެސް ދުވަން ފެށިއެވެ. އަލަމާއި މިހާދާއި ނުލައިވެސް މި ޗެލެންޖު ނިންމަން ހިތުލައިގެންނެވެ. ނަމަވެސް ކުރިޔަކަށް ނުދެވެއެވެ. ފިޔަވަޅު އެޅެނީވެސް ވަށައިގެން ކަހަލަ ގޮތަކަށެވެ. ދުވެނީވެސް ވަށްބުރެއްގައިކަން ވެސް ސާމިއުއަށް ފަހުމްވިއެވެ.

ކުއްލިޔަކަށް އެއްޗެއްގައި ލައިގަތްކަމުގެ އިހުސާސް ކުރެވުނެވެ. އަވަހަށް ބަލައިލިއިރު ގަހެއްގެ މުލެކެވެ. ފައި އޮތި އެތަނުގެ ތެރޭގައި ތާށިވެފައެވެ. ފައިނައްޓުވަން ކުރި މަސައްކަތްވީ ބޭކާރެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

މި ހިތުން މަޤާމޭ މި ދެނީ 20

Next

ތީއޭ އުފަލަކީ…5

Next
December 31, 2020

ތީއޭ އުފަލަކީ…5

Previews
December 30, 2020

މި ހިތުން މަޤާމޭ މި ދެނީ 20



All Right Reserved!