Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންމަޖާ

ފަތްގަނޑު ފުރޭތަ 4

Aashii
Aashii Level 310 Stories100 Login
December 24, 2020 4 Mins Read
0 Comments

” މިރަށު މީހެއް؟ ކާކު؟ ..” ސާމިއުގެ ނޭވާ އަވަސްވިއެވެ. “ކޮންމެ ރެއަކު އަތިރިމަތީގެ މަގޫ ގަސްތަކުގެ ދޮށަށް މަސްބާނަންދާ މީހެއް ..”

ފަލްކަން ޖަވާބު ދެއްވިއެވެ. މިޖަވާބުން ސާމިއު އިތުރަށް ހާސްވިއެވެ. ނަމަވެސް އެކަން ނުދައްކާ ހުރީ އޭނައަކީ ފިނޑި މީހެއްކަން ނުދައްކާ ހުންނަން ވެގެންނެވެ. “މަގޭ ބައްޕަވެސް އެތަނަށްދާނެ .. އެގޭތަ ކާކުކަން؟ ..” ސާމިއު އަހާލިއެވެ. އެއާއިއެކު ފަލްކަންގެ އިނގިލީގައި އަޅާފައި އޮތް އަނގޮޓި ދިއްލުނެވެ. ހަމައެކަނި  އެ  އަގޮއްޓެއް ނޫނެވެ. ހާޖީގެ އަނގޮޓިވެސް މެއެވެ.

” އެބުނީ އެކަކަށްވެސް ނޭނގެއޭ .. މިހާރު އަހަރެމެން ދާ ގަޑި ޖެހިއްޖެ .. މާދަމާ ރޭ ވެސް ހަމަ މިގޮތަށް އަންނާނަން ..” ފަލްކަން ހާޖީއާއި އެކު ގެއްލުނެވެ. ސާމިއު ވިސްނަމުން އެނދުގައި އޮށޯތެވެ. އޭނަ މިހާދު މި ކަމުގައި ބައިވެރިކުރަން ބޭނުންވިއެވެ. ނަމަވެސް މިހާދުގެ ފިޑިކަން އޭނައަށް ފެނުނުތާ  އަދި ސައިވީސް ގަޑިއިރެއް ނުވެއެވެ. މިހާދު ބޭނުންނަމަ މިހާދާއި އެކު މިކަން ނިންމަން ސާމިއު އަޒުމް ކަނޑައެޅިއެވެ.

********

އިރު، ފެނުން ތޮޅިލުމާއިއެކު ރަށުތެރޭގައި މީހުންތައް ހަލަބޮލިވާން ފެށިއެވެ. މީހުންގެ ތުންތުން މަތިންވެސް ދެކެވެނީ އެއް ވާހަކައެކެވެ. މީހަކު މަރުވެފައި އޮތް ވާހަކައެކެވެ. އަދި މިހާތަނަށްވެސް އެއީ ކާކުކަން ހޯދިފައި ނުވާ ވާހަކައެވެ. ހަބަރިތަކުގެ ފަލަ ސުރުހީ ތަކުގައި ވެސް އެއްވާހަކައެކެވެ. ކެޔޮވަލަކު ހުޅުލީހެން މި އާދަޔާޚިލާފު ހަބަރު މުޅި ރާއްޖެއަށްވެސް ފެތުރިއްޖެއެވެ.

ސުކޫލުތަކުގެ ކުދިންތަކުގެ ތެރޭގައި ކުއްޖަކު ވަރަށް ބާރަށް ދުވަމުންދާތަން ފެނިފައި މިހާދު އެ ކުއްޖާ ހުއްޓުވިއެވެ.” ކިހިނެތްވެގެން ތި ދުވަނީ .. އަނެއްކާ ސުޕޯރޓްސް މީޓް ބާއްވަނީތަ؟ ..” މިހާދު އެކުއްޖާ ހުއްޓުވައި ވާހަކަދެއްކިއެވެ. އެކުއްޖާގެ މޫނު ރަނގަޅަށް ފެނުނީ ދެނެވެ.

” ސާމިއު .. ކީއްވެ ތި ދުވަނީ .” މިހާދު ސޮނި ވެއްޓިފައިހުރެ ސުވާލުކުރިއެވެ.” މިއީ ސުވާލުކުރާ ވަގުތެއްނޫން .. މިހާ އެނގެން ބޭނުންވިއްޔާނިކަން މަސްބާނާ މަގޫގަސްތަކުގެ ދޮށަށް އާދޭ .. އަހަރެން މިވަގުތުދަނީ ..” ހާސްވެފައި ސާމިއު ބުނެލިއެވެ. ދުވުމުގެ ސަބަބުން އޭނަގެ ނިތްކުރީގައި ދާތިކިތައް ބަބުޅަމުން ދިޔައެވެ. އޭނަ ހުރީ މާނޭވާ ލެވިލެވިއެވެ.

” ސާމީ މަޑު …” މިހާދު އެއްޗެކޭ ބުނަން އުޅެނިކޮށް ދޫންޏެއްގެ ފިޔަގަޑުން ފޮނުވާލި ވައިގަނޑެއްގެ ސަބަބުން އަރާ ހިރަފުސްތަކުން މުޅި ޖައްބު ބޯ ކުރާ ފަދަޔަކުން މުޅި ފަޒާ ހިރަފުސްތަކުން ބައްދައިލައިފިއެވެ. މިހާދު ހައިރާންވީ ސާމިއު އަކީ އެހާ ބާރަށް ދުވަން ނޭނގޭ ކުއްޖަކަށްވެފައި މިއަދު އެހާ ބާރަށް ދުވުމުންނެވެ. ޚުދު އޭނައަށްވެސް އެވަރަށް ބާރަށް ދުއްވައިގަންނާކަށް ނޭނގެއެވެ.

 

************

ސާމިއު ދުވަމުން އައި ގޮތަށް އައިސް ހުއްޓުނީ މީހުން މަސްބާނާ ސަރަހައްދަށެވެ. މުޅި ތަނަށް ނަޒަރު ހިންގައިލިއިރު ސާމިއުގެ ލޮލުގައި އަޅައިގަތީ ބިންމަތީގައި ބޯކޮށް ފަތް އަޅާ ފުރާލައިފައިވާ އެނދެއްކަހަލަ އެއްޗެކެވެ. އެއީ މި ތަނަށް އައި މީހަކު ބޭނުންކުރި އެއްޗެއް ނޫންކަމާއި އެއީ އެމީހުން އެ ކިޔާ ފަތްގަނޑު ފުރޭތަކަން އެވަގުތު ސާމިއު އަށް ޔަގީންވިއެވެ. އެހިނދު އޭނަގެލަސްފިޔަވަޅުތައް ވެލިގަނޑަށް ދޫކުރަމުން ސާމިއު އެދިމާއަށް ދާން ހިނގައިގަތެވެ.

************

މީހެއްގެ ހިލަމެއް ވިހެން ހީވުމާއި އެކު ފަތްގަނޑު ފުރޭތަ އަވަހަށް ބޯހިއްލާ ބަލާލިއެވެ. އޭތީގެ ލޮލަށް ސަވާރުވެފައިވާ ނިންޖާއިއެކު ލޮލުން ތަންތަން ފެންނަވަރު ވިވެސް އިރުގަނޑެއް ފާއިތުވި ފަހުންނެވެ. ރެދަނުން ފުރިފައިވާ އަތުން މުޅި މޫނުމަތި ސާފްކޮށްލިއެވެ. އެއަށްފަހު އޮށޯވެގެން އޮތް ފަތްގަނޑުން ތެދުވެ ބަރުބަރު ކޮށް ހިނގަން ފެށިއެވެ.

 

ކޮންމެ ފިޔަވަޅެއްވެސް ނެގެނީ އެތަށް ދުއްތުރާތަކާއި ކުރިމަތިވުމަށް ފަހުއެވެ. ވަރަށް ހާލުން ފުރޭތަ މޫދާއި ހަމައަށް ދިޔައެވެ. އަދި ކަނޑަށް ބަލައިލަމުން އަވަހަށް ފުންމައިލިއެވެ. ސާމިއު ހައިރާންވީ އެކަމާއި ހެއްޖެވެ. ފުރޭތަ ކޮންމެ ދުވަހަކު އިންސާނެއް ކާން ފަށަން ނިންމިއިރު މޫދަށް ދިޔުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟

ސާމިއު އެކަކަށްވެސް ހިލަމެއް ނުވާނެހެން ގަސްގަނޑުން ނުކުމެ ރަށުތެރެއަށް މިސްރާބު ޖެއްސެވެ. ނަމަވެސް ދިޔުމުގެ ކުރިން އެއީ ކޮންތަނެއްކަމެއް ހަނދާން ނުހުރެދާނެތީ އަވަހަށް މެޕުގައި ސުޕޮޓު ކޮށްލިއެވެ. އަދި ފުރޭތަ ކުރާ ކަންތައްތަކާއި އާދަތައް ހިތުގައި ނޯޓު ކޮށްލިއެވެ.

ދެތިން ދުވަސް ފަހެވެ. ފުރޭތައަށް ސާމިއު އެކަނި މާއެކަނި ފާރަލަމުން  ދިޔައެވެ.  ފުރޭތަ  މަރާލީ އޭނަގެ  އަމިއްލަ ބައްޕައެވެ.  ފުރޭތައިގެ ކިބައިން ބަދަލުހިފަން އޭނަ ތައްޔާރެވެ.

************

” މިހާދު .. އާދެބަލަ ..” ސާމިއު ގޮވައިލިއެވެ. މިހާދު ޖެހި ބޯޅަ ވަރަށް ބާރަށް އެނބުރެމުން ގޮސް ވިނަގަނޑެއްގެ ތެރެއަށް ވަނެވެ. އެހިނދު ވަރަށް ބާރު ބާރަށް މީހަކު ހަޅޭއް ލަވައިގަތް އަޑު އިވުނެވެ. ހަމަގައިމުވެސް އިންސާނެއްގެ އަޑެއް ނޫނެވެ. މިހާދު ޖެހިލުންވެ ފަހަތަށް އެނބުރުނެވެ. ގާތުގައި ތިބި އެހެން ކުޅުންތެރިންނަށް ވެސްވީ އެވަރެވެ.

” އެންމެން ފަހަތަށް ޖެހޭ !! …”ސާމިއު ހަޅޭއްލަވައިގަތުމާއި އެކު ހުރިހާ ކުޅުންތެރިން ދުއްވައިގަތެވެ. މިހާދު ފިޔަވައެވެ. މިހާދު މަޑުކުރީ ސާމިއު ގާތުގައެވެ.

” ތީ ފުރޭތަ އެއްކަން އަހަންނަށް އެނގޭ .. ރީއްޗަށް މައާފަށް އެދިފަ މި ރަށުންދޭ .. ނޫނިއްޔާ އަހަރެންގެ އަތުން ރީތި ބޮޑިއެއް ލިބިދާނެ ..” ސާމިއު އަޑަށް ހަރުކަށިކަން ގެންނަމުން ރުޅިއައިސްފައި ބުނެލިއެވެ.އެއާއިއެކު ފުރޭތަ ޖަހާލީ ހިނިގަނޑެކެވެ. ސާމިއުގެ ރުޅި އިތުރަށްގަދަވިއެވެ.

” މަގޭ ބައްޕަ މަރާލާފަ ކަލެއަކަށް އުފަލުގަ ނޫޅެވޭނެ … މިރަށުން ކަލޭ ދާނޭ ވައްތަރުގެ މަޅިއެއް ޖަހާނަން … މިފަހަރު ދުލެއް ނުކުރާނަން …” އައި ރުޅީގައި ސާމިއު ބުނެލިއެވެ. މިހާދު ހައިރާންވެފައި ބަލަން ހުއްޓެވެ.

” ނިކަމެތި އިންސާނާ .. ތީ ހާދަ ކުޑަ މަހުލޫގެކޭ މާ ބޮޑުވެގެން އުޅޭކަށް .. ތިހެން އަހަރެމެން ކަހަލަ ބިޔަ އެއްޗިއްސާ ނުބެހޭތި .. އެހެންނޫންނަމަ ދެން ފެންނާނީ ކަލޭގެ ފުރާނަނެތް މަސްގަނޑު ..” ފުރޭތަ މިހެން ބުނެފައި ކަނޑަށް ދުންމައިލިއެވެ. އެ ފެންތައް ސާމިއުއާއި މިހާދުގެ ގަޔަށް އެޅި އެދެމީހުން ތެމި، ލައިގެންހުރި ޓީޝާޓު ހަޑިވީއެވެ.

” ސާމީ .. އެއީ އަސްލެއްދޯ .. ހާދަ ބިރުވެރި ވައްތަރެއް ޖަހައޭ .. އެއީތަ ފުރޭތަ ހުންނަ ގޮތަކީ ..” މިހާދު ވާހަކަ ދައްކަން ފެށީ މަޖާ ވައްތަރަކަށެވެ. އެއާއި އެކު ސާމިއުގެ ރުޅިގަނޑު ފިނިވިއެވެ.” އޭތިތަ ސާމީގެ ބައްޕަ މަރާލީ .. ސާމީ އަހަރެންގެ އެހީ ބޭނުންތަ ..؟ ބޭނުންވިއްޔާ ބުނޭ ..” މިހާދު ބުނެލިއެވެ. ” އާނ .. ބޭނުންވޭ .. އަހަރެން ހިކުރީ މިހާ ބިރުގަންނާނެ ކަމަށް ..” ސާމިއު ހީލިއެވެ.” ނޫނޭ .. ދެން ސާމީ ބުނިއްޔާ ދާން ޖެހޭނީ ދޯ ..” މިހާދު ބޯ ކަހައިލިއެވެ. އެއާއި އެކު ސާމިއު ހީނގަތެވެ.

 

ދެ ކުދިން އެކީގައި ގެއަށް ދިޔައެވެ. ސާމިއު ހިތަށް އެއްޗެއް އެރިއެވެ. އެއީ ހަމްދީބޭގެ ގާތުގައި ހުރިހާ ކަމެއް ކިޔައިދީ އޭގެ ހައްލު ހޯދުމެވެ. މި ފިކުރުގައި ހުރެ އޭނަ ނަމާދުކޮށްލިއެވެ. ޚަތިމް ހިފައިގެން ގުރުއާން ކިޔަވައި ދުޢާ ކޮށްލީ ފުރޭތައިގެ ކިބައިން މިންޖުކޮށް ދިނުމަށް އެދިއެވެ.

ރޭނގަޑެވެ. އަރާމު ނިދީގައި އޮތް ސާމިއުއަށް ހޭލެވުނީ މީހަކު ދޮރުގައި ޓަކި ޖަހާ އަޑަށެވެ. މީހަކު ނުބުންޏަކަސް އެއީ ކާކުކަން ސާމިއުއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ދޮރު ހުޅުވާލައި އެމީހަކު ގާތުގައިއަވަހަށް އައުމަށް ބުނެލިއެވެ.

” ނެތްތަ އެތިފަހަރެއް؟ ..” ސާމިއު އެއްސެވެ. އެއާއިއެކު ފަލްކަންއާއި ހާޖީ ބޯ ހޫރުވައިލިއެވެ. އޮތްކަން ބުނަންވެގެންނެވެ. ” ދެން މިހުރިހާ ދުވަސް ވީއިރު ވެސް .. އަނެއް މީހާ މެރުމުގެ ކުރިން އޭތީގެދުވަސް ދުއްވާލަން ޖެހޭނެ …. ކީއްވެ ނުބުނީ؟ .. ބުނަން ޖެހޭނެއެއްނު ….” ސާމިއު ހިތްހަމަނުޖެހިފައި ބުނެލިއެވެ. ފަލްކަން އެއްޗެކޭ ބުނެލައްވަން އަނގަ ހުޅުވައިލެއްވީ އެވަގުތުއެވެ.

” ނުބުނީ މިކަން ކުރަން ރައްކަލަކަށް ވެދާނެތޯ ވިސްނާލަން ވެގެން..” ފަލްކަން ހިތްހަމަ ނުޖެހުމާއި އެކު ޒާތަކަށް ބުނެލެއްވިއެވެ.” އެހެންވިއްޔާ ކުރަން ތި އުޅެނީ ކޮންކަމެއްތޯ ބުނެބަ ..” ސާމިއު ބުނެލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

ދޫކޮށްނުލާނަމޭ ކަލާ – 17

Next

ތީއޭ އުފަލަކީ…4

Next
December 24, 2020

ތީއޭ އުފަލަކީ…4

Previews
December 24, 2020

ދޫކޮށްނުލާނަމޭ ކަލާ – 17



All Right Reserved!