Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންމަޖާލޯބި

ބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (11)

Bulletproof Girls Level 110 Stories100 Login
December 27, 2020 6 Mins Read
0 Comments

* ކުއްލިއަކަށް ކޯޓުގެ ދޮރު ހުޅުވުނު އަޑަށް އަހަރެން ސިހުނެވެ. އަހަރެން ހީކުރީ ނައުފަލް ނުވަތަ ޔޫމިން އަހަރެން ހޯދަން އައީކަމަށެވެ. ނަމަވެސް ދޮރުން ވަތް އަންހެން ކުއްޖާ ފެނި އަހަރެންނަށް ހުރި ތަނަށް ގަނޑު ވެވުނެވެ.*

**ޔޫލީންގެ ނަޒަރުން**

ގަޑިން ދިހައެއް ޖަހާ ބޮޑު ވެއްޖެއެވެ. އަހަރެން ރޭގަނޑުގެ މިވަގުތުގައި ހިނގަމުން މިދަނީ ކައިރީގައި ހުރި ބާސްކެޓް ކޯޓާއި ދިމާލަށެވެ. ބާސްކެޓަކީ އަހަރެން އެންމެ ކުޑަ އިރުއްސުރެ ކުޅެމުން އަންނަ ކުޅިވަރެކެވެ. އެ ކުޅިވަރަކަށް ލޯބި ޖެހިފައިވާ ކުޅިވަރެކެވެ. އަހަރެން ބާސްކެޓް ކޯޓަށް ކައިރި ކުރި ތަނާހެން ކުއްލިއަކަށް އަހަރެންގެ ބޮލަށް އެއްޗެއް ވެއްޓުނު ތަނާހެން އެ އެއްޗަކާއެކު އަހަރެން ބިންމައްޗަށް ވެއްޓުނެވެ. އަހަރެން ހަޅޭއްލަވަން އުޅުނު ނަމަވެސް އެ ވެއްޓުނު އެއްޗަކީ ބޯޅަ އެއްކަން އެނގުމުން ހައިރާން ވީ ވަރުން އަހަރެންނަށް އަނގައިން އަޑެއް ނުކުއްދެވޭ ގޮތެއް ނުވިއެވެ. އެ ބޯޅަ ވެއްޓުނީ ކޯޓު ތެރެއިން ކަން އެނގުމުން އަހަރެންނަށް ލޯ އަޅާލެވުނެވެ. އެ އެއްލި މީހަކާއި ދިމާލަށް ފަތިވަރު ގޮވަން ތައްޔާރު ވެލުމަށް ފަހު އިން ތަނުން ތެދުވެ، ގައިގައި ހުރި ހިރަފުސް ކޮޅެއް ފޮޅާލުމަށްފަހު ކޯޓުގެ ދޮރު ތަށް ފައިން ޖަހާހުޅުވަލުމަށް ފަހު އެތެރެއަށްވަނީމެވެ. އެވަގުތު އެތަނުގައި އަހަރެންނަށް ކުރިމަތި ވާނެހެން ފިރިހެން ކުއްޖަކު ހުއްޓެވެ. އެކުއްޖަކުގެ ބޮލުގައި ރަތް ކުލައިގެ ބަންޑާނާ އެއް އައްސާލައިފައި ވާއިރު އޭނަގެ ‘ބްލޯންޑް’ އިސްތަށި ގަނޑު ކޯޓުގެ އަލިގަދަ ބޮކި ތަކުން ވިދުމެއް އަންނަމުން ދިޔައެވެ. (ވެލް ޔޫ ނޯ ވަޓް އައި މީން.. ހެހެހެ) ލައިގެން ހުރީ ގަޔަށް މާ ދޫ ނޫނަސް ދޫ ކަޅު ކުލައިގެ އަތް ދިގު ޓީޝާޓު ކޮޅަކާއި ގަދަ އަޅި ކުލައިގެ ޓްރެކްސޫޓެކެވެ. އަރައިގެން ހުރީ ކަޅު ކުލައިގެ ގޫޗީ ސްނީކަރސް އަކަށެވެ. (ގޫޗީ ބޯއި އިޒް ބެކް އަރމީޒް..!!!)

އަހަރެން އެ ފިރހެން ކުއްޖާއަށް ތުންފަތް ފިއްތާއިގެން ހުރެ ބަލަން ހުރީމެވެ. އަދި މަޑު މަޑުން އޭނާގެ ދޮން މޫނަށް ބަލާލީމެވެ. އަހަރެންނަށް ސިހިފައި ފަހަތަށް ފުންމާލެވުނެވެ. ކިތަންމެ ފިނޑި ނުވާން މަސައްކަތް ކުރަން އަހަރެން މަސައްކަތް ކުރިޔަސް އަހަރެންނަށް އެކަމެއް ކާމިޔާބެއް ނުވިއެވެ. ކުރިމަތީގައި އެހުރީ ކޮރެއާގެ މަޝްހޫރު ބޭންޑް ކަމުގައިވާ ބީޓީއެސްގެ ކިމް ޓެއިހުއާންގ އެވެ. ނުވަތަ ރާއްޖޭ ތެރޭގައި އާންމު ވެފައިވާ ނަމުންނަމަ ކައިލާން އެވެ. ކައިލާން އަހަރެންނާއި ދިމާލަށް ބަލަން ހުރީ ދެލޯ ބޮޑު ކޮށްލައިގެން ހުރެއެވެ. އަހަރެންވެސް އޭނާއާއި ދިމާލަށް އެގޮތަށް ބަލަން އިރު ކޮޅަކު ހުރެވުނެވެ.

**ލިޔުންތެރިޔާގެ ނަޒަރުން**

ކައިލާން އަށް ޔޫލީން އާއި ދިމާލަށް ބަލަން ހުރީ ގަބޫލު ނުކުރެވޭ ފަދަ ގޮތަކަށެވެ. އިރު ކޮޅަކު އެގޮތަށް ބަލަން ހުރުމަސްފަހު އޭނާ އަތުގައި އަޅާފައި އޮތް ކެވެލި ކޮޅަށް ބަލާލިއެވެ. އެއީ އިއްޔެ އޭނާ ސެންޓްރަލް ޕާކުން ހޮވި ރިހި ކެވެލިކޮޅެކެވެ. އޭގައި ‘ޔޫލީން’ މިގޮތަސް ރތި ގޮތަކަށް ފަވާލެވިފައި އޮތުމުން އެއީ ކައިލާން އެންމެ އަޑު އަހާހިތް ވާ ބޭންޑްގެ އެންމެ ‘ފެވަރިޓް’ މެމްބަރ ޔޫލީންގެ އެއްޗެއްކަން ދެނެގަންނާކަށް އުނދަގުލެއްނުވިއެވެ. އޭނާ އަށް ވަނީ ޓވީ އިން އެ ކެވެލި ކޮޅު ޔޫލީންގެ އަތުން އެތަށް ފަހަރެއްގެ މަތިން ފެނިފައެވެ.

ކައިލާން އަނެއްކާވެސް ޔޫލީން އަށް ބަލާލިއެވެ. އޭރު ޔޫލީން ހުރީ އޭނާގެ އަތުގެ އިނގިލިތަކާއި ކުޅެލަކުޅެލައެވެ. ކައިލާން ހިން ދިރުވައިލުމަށްފަހު ޔޫލީންގެ ކުރިމައްޗަށް އެރިއެވެ.

‘އަމް.. ހެއި..’ ޔޫލީންއަށް މަތި ބަލާލެވުނީ ކައިލާން އޭނާއަށް ވާހަކަ ދައްކާ އަޑު އިވުމުންނެވެ. އޭނާ ރަކި ވެފައި ހުރެ ބޯ ޖަހާލިއެވެ. މިކަން ކައިލާން އަށް ވީމަޖާ ކަމަކަށެވެ. ދެންމެ އަކު ހުރި ލަދުވެތިކަން ވައި ސޫރިއެއް ދިޔަ ފަދައިން ދިޔަ ފަދައެވެ. ‘އަޅޭ.. ޔޫލީން ލަދުނުގެންބާ.. އަހަރެން ވައްތަރީ ޖިންނި އަކާތަ..؟ އަހަރެންވެސް މީ އިންސާނެކޭ..’

‘އިންސާނެއް.. އެކަމު ދުނިޔޭގެ ތަރި އެއް..’ ޔޫލީން އޭނާގެ މޫނު ރަތް ވާ ހެން ހީވިއެވެ. އޭނާގެ ގައިން ހީބިހި ނަގާގެން ދިޔައެވެ. ކައިލާންގެ އެ ރީތި އަޑު އިވުމުން ކަންނޭގެ އެވެ. ކުއްލިއަކަށް ކައިލާން އޭނާގެ އަތުގައި ހިފައި އޭގެއަށް ކޮންމެވެސް އެއްޗެއް ލިއެވެ. ޔޫލީން ހައިރާނވެފައި ހުރެ އެ ކެވެލި ކޮޅަށް ބަލަން ހުއްޓެވެ. ‘އޯން.. ތޭންކްސް.. އަހަރެންގެ މާމަ ދިން އެއްޗެއް މީ.. އިތްސް ވެރީ ސްޕެޝާލް ޓޫ މީ..’ ޔޫލީން ހިނިތުން ވެލިއެވެ. ‘މީތި ގެއްލުނު ނަމަ އަހަރެންނަކަށް ނޭނގެ ވާނެ ގޮތެއްވެސް.. އަޅޭ ތެންކްސް އަލޮޓް މިސްޓަރ..’ ޔޫލީން އުފާވެފައި ހުރި ވަރުން އޭނާއަށް ކައިލާން ގައިގައި ބައްދާލެވުނެވެ. ކައިލާން ސިހިފައި ހުރެ ނަމަވެސް ޔޫލީންގެ ބޮލުގައި ފިރުމާލިއެވެ. އަދި ހިނިތުން ވެލައިގެން ހުރެވުނެވެ. ޔޫލީން އަވަސް އަވަހަށް ކައިލާން ގައިން ދޫ ކޮށްލުމަށްފަހު އަނެއްކާވެސް ލަދުން ހުރެ ތިރި ބަލާލިއެވެ. އަދި ކައިލާން އަށް ކިރިޔާ އިވޭ ވަރަށް ސޮރީ ބުނެލިއެވެ.

ކައިލާން ހިނި ގަނޑެއް ޖަހާލުމަށްފަހު ކުރިން ކޯޓުން ބޭރަށް ވެއްޓުނު ބޯޅަ ނެގުމަށްފަހު ޔޫލީން އާއި ދިމާލަށް އެއްލިއެވެ. ‘ވޯންޓު ޕްލޭ.. މޮޅުވާ މީހަކަ އައިސް ކްރީމް.. ދަށް ވީ މީހަކު މިރޭ ގެއަށް ދާނީ މޮޅުވި މީހާގެ ކޮނޑު މަތީ..’ ކައިލާން އެއްމިޔަކަނުން ހީނލުމަށްފަހު ދުރަށް ދުއްވައިގަތެވެ. ޔޫލީން ރަކި ވެފައި ހުރެ ހޫމް އަޅުވާލުމަށްފަހު ބިންމަތީގައި ބޯޅަ ތަޅަމުން ކައިލާންގެ ބާސްކެޓާއި ދިމާލަށް ދުއްވައިގަތެވެ. އައިސްކްރީމް ލިބުމުގެ ދަހިވެތިކަމުގައެވެ. ކައިލާން ހުށިޔާރު ކަމާއެކު ޔޫލީންގެ އަތުން ބޯޅަ އަތުލުމަށްފަހު އޭނާގެ ކޮޅަށް ލަނޑެއް ހޯދައިދިނެވެ. ‘ޔެސް ވަން ޕޮއިންޓް ފޯޜ ވީ.. ޒީރޯ ފޯރ ޔޫލީނީ ބޭބީ މަރޝިމެލޯ ވިތް ޗެރީސް އެންޑް ޗޮކޮލެޓްސް އޮން ޓޮޕް..’ ކައިލާން ޔޫލީން އަށް ޖެއްސުންކޮށްލީ ކިޔޭ ނުކިޔޭ އެއް ނޭނގި އެވެ. ހުން.. ބޭބީ މާޝްމެލޯ ވަޓްއެވަރ ހީ ސެއިޑް މައި ފުޓް.. ޔޫލީން ހިތާ ހިތުން ކުދި ކިޔާލިއެވެ.

އެގޮތަށް ތިރީސްވަރަކަށް މިނެޓު ކުޅެލުމަށްފަހު ދެމީހުންވެސް ވަރިބަލި ވެފައި ހުރެ ބިންމަތީގައި އިށީންދެލިއެވެ. ކައިލާން އެ ކުޅިވަރުން މޮޅުވީ އަށެއް ތިނަކުންނެވެ. ޔޫލީން ބަލި ވުމުން އޭނާ ހުރީ ތުން އޫ ކޮށްގެންނެވެ. އައިސް ކްރީމް ނުލިބުމުން އެކަމުގެ ހިތާމައިގައި އޭނާ ވަގުތު ގުނަން ފެށިއެވެ. އިރުކޮޅަކު އެގޮތަށް ދެމީހުން އިނުމަށްފަހު ކައިލާން ތެދުވެ ޔޫލީންގެ އަތުގައި ހިފި އެވެ.

********************************

‘ކީކޭ..؟’ ނައުފަލް ނިދި ބަރުވެފައި ހުރި އަޑަކުން ދެންމެ އަކު އޭނާ އަށް އައި ފޯނު ކޯލަކަށް ޖަވާބު ދިނެވެ. ނަމަވެސް އެކޮޅުން ބުނެލިއެއްޗަކުން އޭނާގެ ނިދި ކޮޅު ފިލާއިގެން ދިޔަފަދައެވެ. އަވަސް އަވަހަށް ފޯނު އެނދަށް އެއްލާލުމަށް ފަހު މަތިން އަތް ދިގު ޓީޝާޓެއް ގަޔަށް މަހާލުމަށް ފަހު ކައިލާޏް އަށް ގޮވަން އެދިމާލަށް ދިޔައެވެ. ‘އޭތް ތެދުވަ.. ކައި-‘ ނައުފަލް ކައިލާން އަށް ގޮވަން ހަމަ ފެށުމާއެކު އެ އެނދު އޮތީ ހުސް ކޮށްކަން އޭނާ އަށް ޔަގީން ވިއެވެ. ލިބުނު ހައިރާން ކަމުން އޭނާ ޖިޔާންގެ ކޮޓަރިއަށް ގޮސް އެދޮރުގައި ބާރަށް ތަޅާން ފެށިއެވެ. އިރު ކޮޅެއް ނުވެ ނިދި އައިސް ބަރު ވެފައި އޮތް ޖިޔާން ދޮރު ހުޅުވިއެވެ. ‘ޖިޔާން މަށާ އެކު އައިސްބަ ވަރަސް އަވަހަށް.. ސެޖީން ގުޅާފަ ބުނެފި އަހަރެމެން އެންމެން އެމަރޖެންސީ މީޓިންގ އަކަސް އަންނަން.. ވަރަށް ބޮޑު ކަމެއް ވެގެން.. އެކަމަކު މަ ކައިލާން އަށް ގޮވަން ބަލާލިއިރަކު އެ ސޮރު ނެތިގެން މިއުޅެނީ..’ ނައުފަލް އެއް ނޭވާ އިން ވެގެން އުޅޭގޮތް ކިޔާދިނެވެ. ޖިޔާންވެސް އަވަސް އަވަހަށް މޫނު ދޮވެލުމަށް ފަހު އެހެން މީހުނަށް ގޮވަން ފެށިއެވެ.

އިރުކޮޅެއް ނުވެ ކައިލާން ނޫން އެހެން އެންމެން މީޓިންގ ރޫމެއްގެ ތެރޭގައި އިށީނދެގެން ތިއްބެވެ. ސެޖީންވެސް އެތަނުގައި ބޯ ކަހަން އިނެވެ. ‘އެނގޭ ނުން ބަންގްޓަން  ގަރލްސް..؟’ ސެޖީން އޭނާގެ ލޯ އުނގުޅަމުން ބުންޏެވެ. ހުރިހާ އެންމެން އެއްފަހަރާ ބޯ ޖަހާލިއެވެ. ‘އޯކޭ.. މިހާރު ވެގެން މިއުޅޭގޮތަކީ.. އެމީހުންގެ މެނޭޖަރގެ އާއިލީ ކުޑަމައްސަލައެއްގައި އުޅެން ހަދާގެން އެމީހުންގެ ހޮޓެލް ފީ ނުދެއްކުނީ.. ދެން ހީވެދާނެ އެއީ އެހާ ބޮޑު ކަމެއް ނޫނޭ.. އެކަމް އަހަރެންނަށް އެނގިފައި އޮތް ގޮތުން ޔޫނުސްއަށް ދިމާވެފައި ހުރި އެ މައްސަލައަކަށް ހައްލެއް ލިބެން ދެން.. ބަންގްޓަން ގަރލްސް ތިބޭނީ އަހަރެމެންނާއެކު..’ ސެޖީން ކައިރީގައި ހުރި ފެންފުޅިން ފެން ފޮދެއް ބޯލިއެވެ. އެ ހުރިހާ ފިރިހެން ކުދިން ވެސް ހައިރާންވެފައި ހުރެ އެކަކު އަނެކަކަށް ބަލާލިއެވެ. ‘އެކަމަކު އެއީ މަނާ ކަމެއް ނޫންތަ..؟’ ޔޫމިން ކޮލުތެެރ ކުޑަކޮށް ހަފާލަމުްނ ބުނެލިއެވެ. ސެޖީން ބޯ ހޫރައިލިއެވެ. ‘އެހެން ތިބޭ ވާހަކަ އެއްނޫން.. އަހަރެމެން ދެން ޖެހޭނީ އެކުދިންގެ ހުރިހާ ކަމެއް ބަލަހައްޓަން.. އަނގާރަ ދުވަހު އަހަރެމެން އަނބުރާ ދާއިރު އެކުދިންވެސް އަހަރެމެންނާއެކު އަންނާނެ..’

ސެޖީން އިރު ކޮޅަކު އެމީހުންނާއި ވާހަކަ ދައްކަން ތިބުމަށްފަހު އެ ހުރިހާ އެންމެން ފޮނުވާލިއެވެ. އެއެންމެން އަނބުރާ ކޮޓަރިތަކަށް ދިޔައިރުވެސް ވާހަކަ ނުހުއްޓެއެވެ. ‘އަހަރެމެންނާއެކު.. ދަ ގަރލްސް..؟’ ‘އޯ މައި..’ ‘ހޭ.. ވީ ކެން މޭކް ފްރެންޑްސް ވިތް ދެމް ނައު..’ ‘ޖިމްޔާން އަށް ހީވޭތަ ފްރެންޑްސް ވެވޭނެހެނެއް..’

**********************************************

‘ވަޓް..؟’ ޔޫލީން ތެދުމުން ކައިލާން ފަހަތަށް އެނބުރި ތިރި އަށް ގުދުވެލިއެވެ. ‘ކްލައިމްބް އޮން.. ޔޫލީން ބޭބީ ބަނާނާ ބަލި ވީ.. އެހެންމަ ޔޫ ގެޓް އޮން މައި ބެކް.. ވައިލް އައި ގެޓް އައިސްކްރީމް..’ ކައިލާން ހެމުން ބުނެލިއެވެ. ޔޫލީން ކައިލާންގެ ބުރަކަށްޓަށް އަރަން ނާރަން ހުރެފައި އެންމެ ފަހު އޭނާ ކައިލާންގެ ބުރަކަށު މައްޗަށް ފުންމާލުމަށްފަހު ކައިލާންގެ ކަރުގައި ބައްދާލިއެވެ. ކައިލާން އަނެއްކާވެސް ހިނިގަނޑެއް ޖަހާލުމަށްފަހު ތެދުވެ ކޯޓުތެރެއިން ނުކުތެވެ.

‘އެހެންމަ މިއަދު އެފެނުނީ ހަމަ އަސްލު ސީން އެއް ދޯ..’ ޔޫލިން ކައިލާންގެ އިސްތަށި ގަނޑާއި އޭނާގެ ވާތް އަތުން ކުޅެމުން ބުންޏެވެ. ކައިލާން އާއެކޭ ބުނާ ފަދައިން ބޯ ޖަހާލިއެވެ. ‘އާން.. ގެއަށް އައި ގޮތަށް އައިސް އައި އެމް ސޯ ލަކީ އޭ ކިޔާ ހަޅޭއްލަވަން ފެށީ.. އެހީމަވެސް ނުބުނި ވެގެން އުޅޭ ގޮތެއް.. އެކަމަކު އެންމެނަށް އެކަން ފަޅާއެރީ އަހަރެމެން ކާން ތިއްބަ ޒައިނީގެ ކޯލެއް އޭނަ އަށް އައީމަ..’ ކައިލާން ހެމުން ޖިމްޔާންގެ ވާހަކަ ކިޔާދިނެވެ. މަގު މަތީގައި އެވަގުތު ހިނގަމުން ދިޔައީ އެދެމީހުން އެކަންޏެވެ. އެ ހަމަ ހިމޭޏް މަގުން އިވެމުންދިޔައީ އެދެމީހުންގެ ހުނުމުގެ އަޑެވެ.

‘ހެހެ.. ނަވްރީންވެސް އުޅެނީ ނައުފަލްއާއި މީޓް ނުވެވިގެން ކެތް މަދު ވެފަ..’ ‘އެހެންތަ.. ތިހެންވީރު ނަވްރީން ކައިރީ ބުނޭ ތިރިއަށް ފައިބާށޭ..’ ކައިލާން ނިކަން ހަމަ ޖެހިލައިފައި ހުރެ ބުނެލިއެވެ. ޔޫލީން އަށް ލޯ ބޮޑު ކޮށްލެވުނެވެ. ‘މިގަޑީ..؟ މިގަޑީ އެދެމީހުން ދިމާކުރުވާފި ނަމަ އެދެމީހުން ކުރާނެ ކަމެއް ނޭނގެ..’ ޔޫލީން ހަމަ އެހުރި ގޮތަށް ހުރެ ހިނި ގަނޑެއް ޖަހާލިއެވެ.

‘ޔޫ ނޯ އައި ލަވްޑް ޔޫ ސިންސް ދަ ސްޓާޓް..’ ކައިލާން މިފަހަރު ޔޫލީން ތިރިއަށް ބާޅަމުން ބުނެލިއެވެ. އޭރު އެ ދެމީހުން ތިބީ ޔޫލީންމެން ތިބި ހޮޓެލް ކުރިމތީގައެވެ. ޔޫލީން އަނެއްކާވެސް ރަކި ވިއެވެ. ‘ބަޓް ވީ އޮންލީ ޖަސްޓް މެޓް ކައި..’

ކައިލާން އަށް އިޚްތިޔާރަކާއި ނުލާ ޔޫލީންގެ ކޮނޑު މަތީ ދެ އަތް ބާއްވާލެވުނެވެ. ‘ނޫނޭ.. ބަންގަޓަން ގަރލްސްގެ ވެރީ ފަރސްޓް ސޯންގް ރިލީޒް ކުރިހާ ތަނުން އަހަރެން މިއުޅެނީ ޔޫލީން އާއި ދިމާވާނ ކެތް މަދު ވެފައި..’ އޭނާއަށް އޭނާގެ ހިތުގެ ހާލަތު ބާލަމުން ދިޔައެވެ. ޔޫލީން އަށް ހުރެވުނީ ގަނޑު ވެފައި ކައިލާންގެ ވާހަކަ ތަކަށް ކަންފަތް ދީގެންނެވެ. ‘އެންޑް ނައު އައި ފީލް ލައިކް ދަ ލަކިއެސްޓް ޕާރސަން އޮން އާރތް.. އެކަމް.. އަހަރެންނަކަށް ޔޫލީންގެ ހިތް އޮތް ގޮތެް ނޭނގެ.. އަހަރެން މިހާރު އެންމެ ބޭނުން ވާ ކަމަކީ ކޮބައިކަން ބުނާކަށް ނުޖެހޭނެ ކަންނޭގެ.. ޔޫލީންގެ ނިންމުމަށް އަހަރެން އަބަދުވެސް އއިހްތިރާމް ކުރާނަން..’ ކައިލާން ހިނި ތުން ވެލިއެވެ. ޔޫލީން ކުއްލިއަކަށް ކައިލާންގެ ގައިގައި ބާރަށް ބައްދާލިއެވެ. ‘އިފް ދެޓްސް ވަޓް ޔޫ ވޯންޓް.. ދެން.. ޔެސް..’ ޔޫލީން ކައިލާންގެ ބޮޑޫ ދެ ލޮލަށް ބަލާލިއެވެ. ކައިލާން ވެސް ޝުކުރު ވެރިވާ ހާލު ޔޫލީން އަށް ބަލަން ހުރެވުނެވެ.

‘އައި ލަވް ޔޫ ޓޫ..’ ޔޫލީން ވައި އަޑުން ބުނެލުމަށްފަހު އޭނާގެ އަތުތެރޭގައި އޮތް ކައިލާންގެ އަތާ ކުޅެން ފެށިއެވެ. ކައިލާން ޔޫލީންގެ ދަތް ދޮޅީގައި ހިފަހައްޓާލުމަށްފަހު މަޑުމަޑުން ޔޫލީންގެ މޫނާއި ދިމާޅަށް ގުދު ވެލިއެވެ. ޔޫލީން އަވަސް އަވަހަށް ދެލޯ މަރާލިއެވެ.

*ނުނިމޭ*

(ހައި ގާއިޒް.. ވެލް އަމް.. އައި ހެވް ނޯޓިސްޑް ސަމްތިންގ.. އައި ޔޫ ގާއިޒް އާރ ތިންކިންގ ލައިކް.. ‘އާހް.. ދިސް ސްޓޯރީ އިޒް ބޭސްޑް އޮން ދަ ރައިޓަރސް ބްލާބްލާ..’ ރައިޓް..؟ ވެލް އިޓްސް ޖަސްޓް އަ ގެސް ގާއިޒް.. ސޯ އެބައުޓް ދެޓް.. އިޓް އިޒް ނޮޓް އަބައުތް އަސް.. ވީ އާރ ޖަސްޓް ރައިޓިންގް އަ ފޭންފިކް.. ސޯ އަމްމް.. ޔޫ ނޯ ވަޓް ހެޕެންސް އިން އަ ފޭންފިކް.. ރައިޓް..؟ ހެހެ ދެޓްސް އޯލް އައިމް ގޮނަ ސޭ.. ބާއި ލަވް ޔޫ.. ތޭކް ކެއަރ..)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Bulletproof Girls

Level 110 Stories100 Login

We are a bunch of teens who luv to work together and write different stories. We are writers who write to amaze ourselves and you guys.. Hope u luv our stories and give us full support.. We like bieng unique and as by the name, we are ARMYS and we soooo luv BTS..There are 9 of us.. we are.. Author Ainn, Author Yoon, Author Blossom, Author Daisy Queen, Author Sparkles, Author Nixx, Author Dheen, Author Xaxa , Author Cutie AAI...Enjoy..

Other Articles

Previous

އެކުއްޖާ 2 – 11

Next

ޖެނީ (3)

Next
December 27, 2020

ޖެނީ (3)

Previews
December 27, 2020

އެކުއްޖާ 2 – 11



All Right Reserved!