Skip to content
އެސްފިޔަ

އަބަދުވެސް ލޯބިވާނަން

އެއާޕޯޓުން ބޭރުގައި ހުރި އިންޝާގެ ނަޒަރު އެކިދިމާދިމާ އައް ބަދަލު ކުަރަމުން ދިޔައީ ކޮންމެވެސް މީހަކު ހޯދާފަދައިންއެވެ.އިންޝާ ލައިގެން ހުރީ ކަޅުކުލައިގެ ޓީޝާޓެކެވެ.އޭގެ މައިން ކަޅު ކުލައިގެ ޖެކެޓެއް ލާފަ ހުރި އިރު ތިރިން ވެސް ލައިގެން ހުރީ ކަޅުކުލައިގެ ޖިންސެކެވެ.އެއެއްޗިހީގައި އިންޝާގެ ރީތި ކަން އިތުރު ކޮއްދެއެވެ.އެއާޕޯޓައް ވަންނަމުންދާ މީހުން އަދި ނިކުންނަމުން ދާމީހުންނައް ވެސް އިންޝާ އައް ބަލާލާން މަޖުބޫރުވާހާ އިންޝާ ރީއްޗެވެ.

އާންއެކެވެ!އިންޝާ އެތައް އަހަރު ތަކެށް ފްރާންސްގައި ހޭދަ ކުރުމަށް ފަހު ރާއްޖޭ އައީ މިއަދެވެ.އިންޝާ އެހޯދަނީ އޭނަގެ ބޭބެއެވެ.

އިންޝާ އެތާހުރެ މާގިނަ އިރު އިންތިޒާރު ކުރާކަށް ނުޖެހުނެވެ.އިންޝާގެ ކުރިމަށް މައްޗަށް ރަތް ކުލައިގެ ކާރެއް މަޑު ކޮއްލިއެވެ.އިންޝާ އަވަހަށް ގޮސް އެއައް ފޮށިތައް އަރުވަން އުޅުނެވެ.ނަމަވެސް އެކަން ކުރުން ހުއްޓާލަން ޖެހުނީ ކާރުތެރެއިން ފޭބި ފިރިހެން މީހާ އައިސް ފޮށި ތަކުގައި ހިފުމުންނެވެ.

ދޮންބެތަ؟؟؟އިން ހީކުރީ ޑޭޑް ކަމައް އަންނާނީ.އިންޝާ މޫނައް ހިނިތުން ވުނެއް ވެރިކޮއްލަމުން މީކާއިލް ގައިގަ ބައްދާލިއެވެ.އިންޝާ ހިނިތުން ވެލި އިރު ކޮލަށް އެޅުނު އަޑިކޯޅުން އިންޝާގެ ރީތި ކަން އިތުރު ކޮއްދެއެވެ.އެހިނިތުން ވުން ހަމަ އެކަނި އިންޝާގެ މޫނުމައިން ފެންނާނީ އޭނަގެ މަންމަ،ބައްޕަ އަދި ދޮންބެ ކައިރީގައި ހުންނަ އިރުއެވެ.

އާން…މޯމް އެން ޑޭޑް އަކަށް ނޭނެގޭން އިން އަންނަ ކަމެއް….ދެންވެސް އަވަހަށް ހިނގާ އެމީހުން ސަޕްރައިޒް ކޮއްލަން ދާން.މީކާއިލް ކާރަށް އަރަމުން ބުނެލިއެވެ.އިންޝާވެސް ބޯޖަހާލަމުން ކާރަށް އެރުމުން ކާރު ނައްޓާލިއެވެ.

**********

ޒަކޫ ދޮންބޭ….ޒަކޫ ދޮންބޭ….މޯމް ބުނީ ތެދުވާށޯ.އަލްޔާ ދިޔައީ އޭނާގެ ދޮންބެ ޒަކްވާން ނިދިން ހޭލައްވަން މަސައްކަތް ކުރަމުންނެވެ.ނަމަވެސް ޒަކްވާން އެއް އެއްގޮތަކަށް ތެދުވާކަށް ނޫޅުނެވެ.އެކަމުގެ ސަބަބުން އަލްޔާ ކައިރި އައް ރުޅިއައިސް ސައިޑް ޓޭބަލް މަތީގައި ހުރި ފެން ޖަގު ޒަކްވާންގެ މޫނައް ޖެހިއެެވެ.ހަމަ އެއާއެކު ޒަކްވާން ތެދުވެ އަލްޔާ ގައިގަ އޮޅުލައި ގަނެގެން ގޮސް ފާހާނައައް ލާ ތެންމާލިއެވެ.އަލިޔާ ކައިރިއައް އައިރުޅިން ޒަކްވާންގެ އިންތަށި ގަންޑައް ދަމައިގަތެވެ.ޒަކްވާން އަދި އަލްޔާ އެގޮއަށްް ތޮޅެނިކޮށް އެތަނައް ޒަކްވާން އަދި އިލްޔާގެ މަންމަ އައެވެ.

ޒަކްވާން….އިލްޔާ…ކޮންކަމެއްތީ؟މިހާރުތީ ކުޑަކުދިންތަ؟ޒަކްވާންގެ މަންމަ އާމިރާ އައިސް ހަޅޭލަވައި ގަތެވެ.ނަމަވެސް އެއީ ރުޅިއަކުން ނޫނެވެ.

މަންމާ…ސޮރީ…އަލްކޮ ފުރަތަމަ ފެން ޖެހީ.ޒަކްވާން އަވަހަށް އޭނަގެ މަންމަ އައް މާފަށްއެދިފަ އެތަނުން ނިކުންނަން ދިޔައެވެ.

ޒަކްވާން އަކީ

ތިންވަނަ ބަޔައް އިންތިޒާރު ކޮއްލައްވާ!!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (6)

  1. Crazy Girl

    Crazy idiot kn rasheh

  2. crazy idiot

    alhugandhu mee faafu atoll kuhjeh…rashu ga name ah nubunavaana….sorry

    1. Crazy Girl
      crazy idiot

      Thanks

  3. Lailac Baby

    The story is really beautiful ???? stay safe ???

  4. crazy idiot

    welcome

  5. crazy idiot

    thankss….and u also stay safe

Comments are closed.