3 މަސް ފުރިފައިވާ ބަނޑަކާއެކު ޝީން ދުވަމުން ދިޔައީ ފަހަތުން އައި މީހާގެ ކިބައިން ސަލާމަތް ވުމަށްޓަކައެވެ. “މަންމާ! އަހަރެން ސަލާމަތް ކުރޭ!” ޝީން ގޮވަމުން ދިޔައެވެ. “ބާރަށް ހަޅޭއްލަވާ! އެއްވެސް މީހަކު ނާންނާނެ!” އެމީހާ ބުނެލިއެވެ. ކުއްލިއަކަށް އެމީހާގެ ދުވެލި ބާރުވެ، ދުވަމުން ދިޔަ ޝީން އަތުލައިގަތެވެ. އަތުގައި އޮތް ވަޅި ޝީންގެ ބަނޑަށް ހަރާލުމަށް ތައްޔާރު ކޮށްލިއެވެ.
*******************************************************************************************************
“ކައިލާން!” ހޭލެވުމާއެކު ފުންމައިގެން ތެދުވީމެވެ. ހުވަފެނެއްކަން ޔަގީން ވުމުން ހިތަށް ހަމަޖެހުން ލިއްބައިދެވޭތޯ މަސައްކަތް ކުރީމެވެ. އެއްލި ކަޅި އަމާޒުވީ ފާރުގައި ހަރުކުރެވިފައި ހުރި ގަޑިއަށެވެ. 12 ޖަހަން އިނީ ދެތިން މިނެޓެވެ. ކަނައަތް ފަރާތަށް އެނބުރިލިއިރު ކައިލް ވަރަށް ލޯބިކޮށް ނިދާފައި އޮތެވެ. ކުޑަކުޑަ މައުސޫމު މޫނެކެވެ. މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ހީވާކަހަލައެވެ. އަހަރެންނާއެކު އަހަރެންގެ ހިތާމަތަކުގައި ކައިލް ވެސް ބައިވެރި ވެއެވެ.
އެހެނަސް ކައިލްއަށް އެފަދަ އަނިޔާތަކެއް ދޭން ހޯހޯއެވެ. މިހާތަނަށް ބައްޕައެއްގެ ލޯބިން މަހުރޫމް ވެފައި ވީނަމަވެސް އުމުރު ދުވަހު އެތަކުލީފު އުފުލިއަކަ ނުދޭނަމެވެ. އެހެންނޫނަސް އެކުއްޖާގެ ކުށަކީ ކޮބާބާވައެވެ؟ ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަތިކި ވެއްޓުނީ ކައިލްގެ ކޯތާފަތް މައްޗަށެވެ. އެ ފުހެލީމެވެ. ނަމަވެސް ހިތުގައިވާ ރިހުންގަނޑު ފިލައިގެނެއް ނުދެއެވެ. ލޯމަރާލަމުން އަނެއްފަރާތަށް އެނބުރިލީމެވެ.
ދަންވި ދަންވިހެން ވަހުމުތަކާއި ވަސްވާސްތަކުން ހިތަށް ބިރުވެރިކަން ވަންނަމުން ދިޔައެވެ. ފުރޮޅި ފުރޮޅިވެސް ނިދޭ ގޮތެއް ނުވިއެވެ. ނިދިވެސް އަހަރެން މަތިން ފޫހިވީބާވައެވެ. ތަފާތު ޚިޔާލުތައް އަހަންނާ އުނދަގޫ ކުރަމުން ދިޔައެވެ. ފެނުނު ހުވަފެނާމެދު ވިސްނާލަން މަޖުބޫރު ކުރުވިފަދައެވެ. ކައިލާން ހަމަ އެފަދަ ލަނޑެއް ދީފާނެބާވައެވެ؟ ނޫނީ އެއީ އަހަރެންނަށް ހީވި ހީވުމެއް ބާވައެވެ؟ އަހަރެން ސިހިގެން ދިޔައީ ވާރޭ ވެހެން ފެށުމުންނެވެ. ހީވަނީ ފުރާޅު މައްޗަށް އޮއްގާ އުކާހެންނެވެ. މަޑުމަޑުން ތެދުވެލުމަށްފަހު ލޯގަނޑު ކައިރީ ހުއްޓިލީމެވެ. އަމިއްލަ ސޫރައަށް ބަލާލީމެވެ. ހާދަ ތަފާތެވެ. ކުރިން ހެޔޮވަރު ވަރެއްގައި ހަށިގަނޑު ހުރިއިރު މިހާރު އަހަރެންގެ ހުރީ އަނަރޫފަ ވެފައިވާ ހަށިގަނޑެކެވެ. ކަސްރަތު ކުރަން ނުދެވޭތާ އަހަރެއްހާ ދުވަސް ވަނީއެވެ. ވަޒީފާއިން ކެނޑުނުތާވެސް އަހަރެއް ވީއެވެ. މިއޮތްހާ ދުވަސް ވޭތުކުރަމުން ދިޔައީ ގޭތެރޭގައެވެ. ރަށުތެރެއަށް އައިސްފައިވާ އެއްވެސް ބަދަލެއް އަހަންނަކަށް ނޭނގެއެވެ.
ލޯގަނޑު ކުރިމަތީ ވަގުތުކޮޅެއް ހޭދަ ކޮށްލުމަށްފަހު އަނެއްކާވެސް އެނދަށް އަރާ އޮށޯތީމެވެ. ހެނދުނު ޝީންއާ ބައްދަލު ކުރަން ދާން ނިންމައިގެންނެވެ. ފުރޮޅި ފުރޮޅި އޮއްވާ ނިދުނު އިރެއްވެސް ނޭނގެއެވެ.
އަހަރެންނަށް ހޭލެވުނީ ތުއްތު ކައިލް ކުކުރާލި އަޑަށެވެ. މަޑުމަޑުން ތެދުވެލުމަށްފަހު ދަރިފުޅު މަސަލަސް ކުރެވޭތޯ އުޅުނީމެވެ. “މަންމަގެ ރަން ދޫންޏާ… ނިދާލާށޭ… މަންމަގެ އުނގުގާ އޮވެ… ނިދާލާށޭ…” ގަޑިން އަށެއް ޖެހީއެވެ. ކައިލް ނިދުމުން އެނދުމަތީ ބާއްވާލުމަށްފަހު އަހަރެން ވަނީ ފާހަނާއަށް ފެންވަރާލުމަށެވެ.
ފެންވަރައިގެން ރީތިވާ މޭޒުކައިރީ ހުއްޓިލީމެވެ. ލޯގަނޑުގައި އެއްޗެއް ލިޔެފައިވާތަން ފެނުމުން ހައިރާންވެފައިހުރެ ކިޔާލީމެވެ. ކުއްލިއަކަށް ކަމެއް ހަނދާންވެގެން ‘ބޯޖެހިތާ ނަގޫ ޖަހާފައި’ އުޅޭހެން އަވަހަށް ރީތިވެ ނިންމާލީމެވެ. “ކައިނާ ތީ ހަމަ ފައްކާ ގަރަހިތައެއް!” ބައެއް ކަންކަން އަހަރެން ހަނދާން ނެތޭތީ ޝީން ބުނެލާ ބުނުން ހަނދާންވުމުން ހިނިއައެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ހިނިތުންވުން އެކަށް ފަނޑުވެ މޫނުމަތިން ކަރުނަތިކިތައް ބަބުޅަންފެށިއެވެ. “ޝީން ކީއްވެ އަހަންނަށް ތިހެން ތިހެދީ؟ ކީއްވެ؟ އަހަރެން ކޮން ކުށެއް ކުރީ؟ އަހަރެން ޝީންއަށް ކޮންކަމެއް ނުކޮށްދެވިފަ އޮތީމަ؟” ހިތުގައިވާ ހުރިހާ ޝަކުވާތަކެއް ޚިއްސާ ކޮށްލީމެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާ، ލޯގަނޑާއެވެ. އަހަރެން ރޯވަގުތު ހިނިތުންވެފައެއް ނުހުނަނާނެއެވެ. ބޭވަފާތެރިއެއް ނުވާނެއެވެ. އިތުބާރު ގެއްލުވާ ނުލާނެއެވެ.
ކަރުނަތައް ފުހެލުމަށްފަހު ނިދާފައި އޮތް ކައިލް ނަގައިގެން ކޮޓަރިން ނުކުތީމެވެ. ބަދިގެއަށް ވަދެ ކޮފީތަށްޓެއް ބުއިމަށްފަހު ބޭރަށް ނުކުމެލީމެވެ. ކުރިއަށް އެޅުނު ފިޔަވަޅާއެކު އަހަރެން ހުއްޓުން އެރިއެވެ. ހާދަހައިވާ ބަދަލުތަކެއް އައިސްފިއެވެ. ‘މައްޗަށް ހުސްތަން އޮތުމުން އުޑާ ވާހަކަ ގޮވާ ހިސާބަށް’ އިމާރަތްތައް އަޅާފައި ހުއްޓެވެ. އަނެއްކާވެސް ކުރިއަށް ހިނގައިގަތީ ކުރިމަތިލާން މިއުޅޭ ކަންތައްތަކުގެ ސަބަބުން ނުކުމެދާނެ ނަތީޖާއަކާމެދު ވިސްނަމުންނެވެ.
ފުރަތަމަ އަހަރެން މިސްރާބު ޖެހީ މަންމަމެން ގެއަށް ދިއުމަށެވެ. ހިނގާފައި ދިޔައިރު މަގުމަތީގައި ތިބި ކޮންމެ ބައެއްގެވެސް ލޯތައް އަމާޒު ވެފައި ހުރީ އަހަންނަށެވެ. ނަމަވެސް އެއްވެސް ފަރުވާލެއް ނެތެވެ. މަގު ތަކަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން މަގު އޮޅޭހެން ހީވުމުން އެހެންލާފައި ދިޔަ މީހެއްގާތު އަހާލީމެވެ. ނަސީބު ކަންދިމާ ކުރިގޮތުން މަންމަމެން ގެ ހުރީ ދެން ޖެހިގެން ހުރި ގޯޅީގައެވެ. ސަލާމް ގޮވާލުމަށްފަހު ވަނީމެވެ. އަހަރެން ހުއްޓުން އެރީ ދޮރުން ނުކުމެގެން އައި ކައިލާން ފެނިފައެވެ. ކައިލާން އައީ ކޮން އިރަކުބާއެވެ. ރިސޯޓުގައި އުޅިފަ އައި އިރު އަންގާވެސް ނުލައެވެ. އެއްވެސް އެއްޗެއް ބުނެވސް ނުލާ އަހަރެން އެއްޗެއް ބުނުމުގެ ފުރުސަތުވެސް ނުދީ ކައިލާން ގެއިން ނުކުތުމާއެކު އިރުކޮޅަކުން މަންމަ ނުކުތެވެ. “ދަރިފުޅާ! އަދި ކިރިޔާ ދޯ ނިކުމެލަން އެނގުނީ؟ މަންމަ ކިހާ އާދޭހެއް ކުރިންތަ ބޭރަށް ނުކުމެލާ އުޅިލަން؟” މަންމަ އަހަރެންނާ ސުވާލު ކުރިއެވެ. އަހަރެން މަންމަ ގާތުން މާފަށް އެދުމަށްފަހު ކައިލާން އެދިޔައީ ކޮންތާކަށްތޯ ސުވާލުކުރީމެވެ. “ރައްޓެއްސަކާއެކު ކޮފީއަކަށްށޯ.” މަންމަ ޖަވާބުދިނެވެ. އަހަރެން ޝީންއާ ބައްދަލުކުރަން ދާން އުޅޭ ވާހަކަ މަންމަ ގާތު ބުނެލީމެވެ. އަދި ރޭ ފެނުނު ހުވަފެން ވަރަށް ތަފުސީލުކޮށް ކިޔައިދިނީމެވެ.
“މަންމައަށް އެއްވެސް މައްސަލައެއް ނެތް. އެކަމަކު ދަރިފުޅު އެހެން ހިތާމައެއް ތަހައްމަލު ކުރާ ތަން ދެކޭކަށް ބޭނުމެއް ނުވާނެކަން ހަނދާން ކުރައްޗޭ.” އަހަރެން ބޯ ޖަހާލީމެވެ. ކައިލް މަންމައާ ހަވާލު ކުރުމަށްފަހު އަހަރެން ދާން ހިނގައިގަތީމެވެ. ނަމަވެސް ޝީން އުޅޭގެ ނޭނގުމުން އާއިޒްއާއެކު ސައިކަލުގައި ދިޔައީމެވެ. އާއިޒްއަކީ ކައިސަންގެ ކޮއްކޮއެވެ. އާއިޒްއާ ދިމާވުން އެއީ ނަސީބެކޭ ހިތަށް އަރުމުން އާއިޒްއަށް ޝުކުރު އަދާކުރީމެވެ. ޝީންމެންގޭ ދޮރުމައްޗަށް ސައިކަލު މަޑުކޮށްލުމުން މަޑުމަޑުން އަހަރެން ފޭބީމެވެ. ހިތް މޭގަނޑުފަޅާފައި ނުކުމެދާނެހެން ހީވި ނަމަވެސް ސަލާމް ގޮވާލީމެވެ.
“އައްސަލާމްޢަލައިކުމް!” އެންމެ ފަހަރަކު ގޮވާލުމާއެކު ސަލާމް ބަލައިގަތެވެ. “ވަޢަލައިކުމް ސަލާމް!” ކުޑަ ކުޑަ ކުއްޖަކު އަތަށް ލައިގެން އަހަންނާ އެއް އުމުރެއްގެ އަންހެނަކު ނުކުތެވެ. އޭނާ ހުރީ އިސްޖަހައިގެންކަމުން މޫނެއް ނުފެނުނެވެ. ކުއްލިއަކަށް އޭނާ އިސްއުފުލާލާ އަހަންނާ ދިމާއަށް ބަލާލުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ފަހަތަށް ފިޔަވަޅެއް އަޅަން ހިތަށް އެރިނަމަވެސް މަޑުކޮށްލީމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.


Thee eesha tha
Kon eesha eh th?
…
e kaaku eesha?
i’m first right
it’s nice…
dhn oyyiba nikn avhah uptade kohlahchey…
i will be waiting for next part
sure… thanks rifqa
Wow!!!varah salhi mi part
When next part???
next Wednesday insha allah
V reethi dearie whn nxt prt ?? ???
next wednesday ga insha allah next part up kuraanan emmehaa kiyuntheringe mauloomaathah
Hey can someone please explain me who is Kailaan and who is Kaisan????. Mivaahakaiga neynge vaanuvaa eh but vvv beynun ingen..???.
read mi vaahakaige 1st part.. eyrun ingeynee
Thaks kai
any time Meeheh hama
first part kee kudhin second part adhi nukiyaa dhw
mi vaahakaige 3 vana bai up kohdheynan insha allah mirey
Varah reethi
Furihama vaahaka eh