Skip to content
އެސްފިޔަ

ލަދުން ލޯބިން

އާދައިގެ މަތިން އާދަނު ސުކޫލަށް ގޮސް ސަމާއާ ދިމާއަށް ބަލަން ފަށައިފިއެވެ. ސަމާ ދެކެ ކިތަންމެ ލޯބިވިޔަސް، އާދަނަކަށް ސަމާއާ ވާހަކަދައްކާކަށް ނުކެރެއެވެ. އެހެންވެ އާދަނުގެ އެކުވެރިން އާދަނަށް މަލާމާތް ވެސް ކުރެއެވެ.

މިއަދު ވެސް އާދަނު ސަމާއަށް ބަލަން ހުއްޓާ ކުއްޖަކު އޭނާއަށް މަލާމާތްކުރިއެވެ. މިފަހަރު އާދަނުގެ ހިތަށްއެރިއެވެ. ” އަބަދަކު މިހެންނެއް ވެސް ނޫޅެވޭނެ… ލަދަކާހުރެ ތަދެއް ނުފިލާނެ… އަހަރެން ވެސް ކެރިގެން ކުރިމަތިލާންވީ…”. އާދަނު އެތާ ކޮޅަށް ހުރީ ސަމާއާ ވާހަކަދައްކާނެ ގޮތެއް ވިސްނާށެވެ. މީދަލެއް އައިސް ގައިގައި ދައިގަތަސް ތަދު އިހުސާސް ނުކުރެވޭހާ ފުންމިނަށް އާދަނު ހުރީ ޚިޔާލުތަކަށް ގެއްލިފައެވެ.

އެހެން ހުއްޓާ އާދަނަށް ރަނގަޅު ޚިޔާލެއް ލިިބުނެވެ. ސަމާއަށް ސިޓީއެއް ލިޔުމަށް އާދަނު ނިންމިއެވެ. ސުކޫލުން ގެއަށް ދާ ރަނގަބީލު ޖެހުމާއެކު އާދަނު ޖެހުނުތާ ލަކުނު ވެސް ނެތެވެ. ގެއަށް ދިއުމަށް ފަހު ކަމާކަންފަށާ ސިޓީއެއް ލިޔުމުގެ މަސައްކަތް ފެށިއެވެ. ސިޓީ ލިޔެ ނިމުނުއިރު، ސިޓީއެކޭ ހުކުރު ޚުޠުބާއެކޭ ތަފާތެއް ނެތެވެ. އެހައި ވެސް ދިގެވެ. ނުވީތާކަށް އާދަނުގެ ފޯނު ނަންބަރު ވެސް ސިޓީގައި ޖެހިއެވެ.

ޖެހިގެން އައި ދުވަހު، ސުކޫލަށް ގޮސްފައި ސަމާއަށް އެ ސިޓީ ދިނުމަށްޓާކާ ވަރަށް ސިއްރުން ސަމާގެ ދަބަހުގައި އޮތް ފޮތެއްގެ ތެރެއަށް އާދަނު އެ ސިޓީ ލިއެވެ. އާދަނުގެ ނަސީބު ވަރަށް ރަނގަޅެވެ. އެ ދުވަހު ގެއަށް ދިއުމަށް ފަހު ސަމާ އާދަނަށް މެސެޖުކުރަން ފަށައިފިއެވެ. އަދި ސަމާ އާދަނުދެކެ ލޯބިވާ ވާހަކައާއި ބައްދަލުކުރަން ބޭނުންވާ ވާހަކަ ވެސް ބުންޏެެވެ. އާދަނު ވީ އުފަލެއްގެ ބޮޑުކަމުން، އަނގައިން ގޮހޮރު ނުނުކުތީ ހަމަ ކިރިޔާއެވެ. ޖެހިގެން އަންނަ ރޭ 8:30 ގައި ބައްދަލުކުރުމަށް ދެމީހުން އެއްބަސްވިއެވެ.

ބައްދަލުކުރުމަށް ހަމަޖެހިފައިވި ރޭ 8:30 ގައި އާދަނު ހުރީ ސަމާގެ އިންތިޒާރުގައެވެ. އެހެން ހުއްޓާ ފަހަތުން މީހަކު އައިސް އާދަނުގެ ގައިގައި ކޮއްޓާލިއެވެ. ސަމާ ދެކިލާހިތުން ކެތްމަދުވެފައި ހުރި އާދަނު  “މަގޭ ލޯބި ސަމާ” އޭ ބުނެ ފަހަތް ބަލާލިއެވެ. ހެޔޮވާނީ ކިހިނެއްތޯއެވެ. އެއީ ސަމާގެ މަންމައެވެ. ކަމަކުދާކަށް ނެތެވެ. ބޮލަށް އަރާ ކުކުޅެއްހެން ސަމާގެ މަންމަ އާދަނާ ދިމާއަށް ހަޅޭއްފަޅޭއްޖަހައިގަތެވެ. ގަންނާ ކުރެއްވި ބިރުން އާދަނު ބުޅަލެއްހެން ދުއްވައިގެންފައި ގެޔަށް ދިޔައެވެ.

އޭގެ އަނެއް ދުވަހު އާދަނު ވަރަށް ލަދުން ހުރެ ސަމާ ގާތުގައި ކަންހިނގި ގޮތް ކިޔައިދިނެވެ. އާދަނުގެ މި ވާހަަކަ އަޑުއެހުމަށް ފަހު ސަމާ އަޑުގެ ނެތްތަނަށް ހޭންފެށިއެވެ. އަދި އެ ދުވަހު ސަމާއަށް ސުކޫލަށް ގެނެވުނީ ސަމާގެ މަންމަ ގެންގުޅޭ ފޮތެއްކަމަށް ބުންޏެވެ. އެއީ ސަމާގެ މަންމަ ބައެއް ތަކެތި ނޯޓުކުރުމަށް ގެންގުޅޭ ފޮތެއްކަމަށާއި، ސަމާއަށް އެ ސިޓީ ނުލިބޭ ވާހަކަ ވެސް ބުންޏެވެ. އާދަނު ހިތަށްއެރިއެވެ. ސަހަރޯއެވެ! ސިޓީ އެ ކީ ސަމާގެ މަންމައެވެ. އަދި މެސެޖު ވެސް އެ ކުރީ ސަމާގެ މަންމައެވެ.

 (ނިމުނީ)

Comments (27)

  1. kookie

    me first dhw. lol varah majaa igey story.

    1. Zidhan
      kookie

      Thanks n congra kokkie! ❤?

  2. Thoahcheh!

    Mee vaahaka eh tha
    Kuraane kameh nethiyya dheybala mahah
    Miahvure thaahiru vaane

    1. Mee
      Thoahcheh!

      Dhn meehun nah malaamaih kuran thy kaaku alhe

    2. Eeram
      Thoahcheh!

      Kiyumuge kurinves ingey dho aee maja kuru vaahakaehkan. Ehenvyru thihen nubuney. Faadkiyaany reethikoh.

    3. Zidhan
      Thoahcheh!

      Thanks comment kollaafa bunyma! ❤?

    4. Zidhan Mohamed
      Thoahcheh!

      Masveri kamakee kada masakkatheh nooneve.

    5. Zai
      Thoahcheh!

      Then varah hevva meehun ves ulhey dhww

  3. Bumee

    Ehenya. Liyan neyngenya bunaany ehennehnu
    Adhi foni dhahkan dhuvaalaku 100 vaahaka fonuvaane dhw

    1. Zidhan
      Bumee

      Thanks comment kollaafa bunyma! ❤?

    2. Anonymous
      Bumee

      Btw for ur kind information. V dhuvas fahun vaahaka eh mi up kuree.

  4. Bis riha

    Dhogeh nooney hama meehunge samaal kan hoadhan ulhey meeheh mee

    1. Zidhan
      Bis riha

      Thanks comment kollaafa bunyma! ❤?

  5. Almaash.Ali

    Vvvsalhi ???naseebehn dhefaai dhandi ah ahchi nulevunukn thanks

    1. Zidhan
      Almaash.Ali

      Thanks e! ❤?

  6. ely

    kudakoh majaa ….. ekamu okk

    1. Zidhan
      ely

      Thanks ?❤

  7. Ehlee

    Wow varah reethi. Varah majaa… Ahlaahnuhlaah zidhan meehun kiyaa ehcehi ah. Vaahakah liyumaigen kuriah dheyy.. Bst of luck…

    1. Zidhan
      Ehlee

      Thanks ?❤

  8. Sima

    Thimeehun liyun therein nah thivarah ehchehi kiyanyaa vaahaka nukeema vee nun.. majubooreh nukure ehnun dhw. Faadu faadu ge comment thikurani mivaru ves kuran neygeyne kan neyge..

    1. Zidhan Mohamed
      Sima

      Thanks. Thats an inspiration! ❤

  9. bla bla

    varah magaa
    hahahahahahahahahahahahaa

  10. It's me

    E varu ves kuraaka nukere ennu…thiha Kada Vanya nukyma v nu..
    Varah majaa vaahakaeh
    Higaafa oi kamei dhww

  11. # hashtag

    hehe ………….

  12. lau

    nice

  13. Leen

    Achaa vvrethi??

  14. Maher

    Zidhaan it’s nice,v.furihama, zidhaan ge fan akah vevijje

Comments are closed.