ރެޔަކީ އުޑުމަތި ބަނަ ރެއެކެވެ. އިރުއިރުކޮޅުން ވާރޭ ކަނި ޖަހާލައެވެ. ޖެހެމުން ދިޔަ ވައިން ގަސްތަކުގެ ފަތްތަކުން އަޑުލައްވާލައެވެ. ވައިގައި ހިފާފައި ހުރީ ތެތް ފިނިކަމެކެވެ. މުޅި މީހާ ހުރީ ފިނިވެފައެވެ. ހަވީރު ވެހުނު ވާރެއިން މުޅި މަގުމަތި އޮތީ ތެމިފައެވެ. ކުދިކުދި ފެންގަނޑު ހެދިފައި ހުއްޓެއް ކަމަކު، ސައިކަލުގައި ދާ މީހަކަށް ދަތި ނުވާނެކަން ޔަޤީނެވެ. ދަބަސް ކޮނޑުގައި އަޅުވާލައިގެން އަހަރެން މަގުމައްޗަށް ނުކުމެ ސައިކަކު ކައިރި މަޑުކޮށްލީމެވެ. ފުން ނޭވާއެއް ދޫކޮށްލީމެވެ. އެއަށްފަހު […]
މޮޔައިން ތެންމާ ޒާތުގެ ކަނި ވާރޭ ކޮޅެއް މާ ހެނދުނަކާއި ވެހުނެވެ. އެ ކަމަކު މިހާރު ދުނިޔެ ތެރެއަށް ކެނޑިގެން ދާން މި އުޅެނީ، ހިތަށް ފިނިކަން ލިބިގެން ދާ، ހިޔާލުތަށް ފަނާކޮށް ލާނެ، ސާފު ރީތި ހެނދުނެކެވެ. ފަންކާގެ ވަޔަށް ނަށަމުން ދިޔަ ފަން އިސްތަށި ގަނޑާއި ކުޅެލަ ކުޅެލާ އިން އެލީގެ ނަޒަރު ވަނީ އޭނަގެ ފޯނުގެ ” ފާރު ކަރުދާހުގައި ” ހުރި ފޮޓޯ ގަނޑަށެވެ. އޭނަގެ މޫނުމަތިން ފެންނަމުން ދާ […]
“މަޑުކޮށްބަލަ!” އަޒާން ބާރުބާރަށް ހިނގައިފައި އައިސް އައިކާއާ އަރައި ހަމަކުރިއެވެ. “އެއްޗެއް ބޮވިފަތަ؟” “ހާދަ ބާރަކަށޭ ތިޔަ ހިނގަނީ!” “ނަމާދު ވަޤުތައް ފިހާރަތައް ބަންދު ކުރާނެ، ހަމަ ނޭނގެނީތަ؟” އައިކާ ބުނެލިއެވެ. ހަމައެއާއެކު އައިކާގެ ހިނގުން އިތުރަށް ބާރުކޮށްލިއެވެ. ހީވަނީ އެމަށް ދަހިވެގެން ދުވެފައި އަންނަ ކަންނެއްޔެއް ހެނެވެ. “މާލެ އެރިތާ މިހާރު ހަފްތާއެއްހާ ދުވަސްވީ އަދިވެސް ހިނގަންވީ ގޮތް ބުނެދޭން ޖެހޭނީ މަށަށް ދޯ؟” އައިކާ އިތުރު ގާބުރިއެއް އަޒާންއާ ދިމާލަށް އެއްލިއެވެ. […]
ރީމާ އާއި އަޒާނަކީ ގާތް ދެ އެކުވެރިންނެވެ. އެހެނަސް މި އެކުވެރިކަން ދެމި އޮތީ، ކުޑަ ދުވަސްކޮޅަކުއެވެ. އެ ގުޅުން މުޅިން އެހެން ދިމާއަކަށް މިސްރާބުޖަހައިފިއެވެ. އާއެކެވެ. ފެނު ކަފާލާފައި ދެމީހުންގެ އިހުސާސްތައް ދަތުރުކުރީ ލޯތްބާ ދިމާލަށެވެ. އެންމެ ފަހުން ލޯބީގެ ލިސްޓުގައި އެދެނަން ވެސް ލިޔެލެވިއްޖެއެވެ. އަޒާން އަދި ރީމާގެ ގުޅުމަށް އަޒާންގެ މައިންބަފައިން ވެސް ހިތުން ރުހި ޤަބޫލެވެ. ވާނީވެސް އެހެންތާއެވެ. ރީމާއަކީ ރަނގަޅު ބަސްއަހާ ކިޔަމަންތެރި ކުއްޖެކެވެ. ދީނީ ކަންކަމަށް ފަރުވާތެރި، […]
ކޮންމެ އިންސާނަކަށްވެސް9 މަސް ވަންދެން މައިމީހާގެ ބަނޑު ތެރޭގައި ދުވަސްތައް ގުނަމުންގޮސް ދުނިޔެއަށް ނޭވާލުމުގެ ފުރުސަތު ލިބިގެންދެއެވެ. ނަމަވެސް އަހަރެންނަށް މައިމީހާގެ ބަނޑުތެރޭގައި ދުވަސްތައް ގުނާލަން ލިބުނީ އެންމެ 7 މަހުގެ މުއްދަތެވެ. ދުވަސް ނުފުރާ ވިހެއުމުގެ ސަބަބުން އަހަރެންނަށް އެހެން ކުދިންނާ ހިލާފަށް އުނި އިތުރު ވުންތަކެއް ލިބިގެންވެއެވެ. އެހެން ކުދިންނަށް ލިބިފައިވަނީ 5 އިގިއްޔެއް ނޫން ހެއްޔެވެ. ނަމަވެސް އަހަރެންގެ ހުންނަނީ އެންމެ 4 އިނގިއްޔެވެ. މިހެންގޮސް އެކި ގޮތްގޮތުން އަހަރެންގެ ސިފަތައް އުންޔޭ ބުންޏަސް ދޮގަަށް ނުވާނެއެވެ. އެހެެންނަމަވެސް އަހަރެންގެ ސަކުވާއެއް ނެތެވެ. ކުދިންނެވެ. އަޑުއަހާށެވެ. ކޮންމެ އިންސާނަކީވެސް ތަފާތު އިންސާނެކެވެ. އޭނަގެ ސަލާމަތުން ހުންނަނީ އެންމެ ލޮލެކޭ ނޫނީ އޭނަ އަކީ މަންމަން ކުއްޖެކޭ ކިޔާފައި ބާކީނުކޮށްލާށެވެ. ކޮންމެ އިންސާނަކުވެސް ހެއްދެވީ އެންމެ ރިވެތި ސޫރައިގައެވެ.
އޭނާގެ ފަރި ހިނގުމުގެ ޖާދޫގައި އަހަރެން ޖެހުނުހެން ހީވިއެވެ. ދެފަރާތަށް ބޯ ހޫރާލުމަށްފަހު އަހަރެން އަނެއްކާވެސް މޫދުގެ އޮއެވަރަށް ސަމާލުކަން ދިނީމެވެ. ދެން އިވުނީ ހިމޭން މިޔުޒިކެއްފަަދަ ހުނުމެއްގެ އަޑެވެެ. އަހަރެން އަޅައެއް ނުލަމެވެ. އަނެއްކާވެސް އެފަދަ ހިތްގައިމު ހުނުމެއްގެ އަޑު އިވުނެވެ. މިފަހަރު އަހަންނަށް އެ ދިމާލަށް ނުބަލާ ނީނދެވުނެވެ. މޫނު އަނބުރާލާ އެ ނުދަންނަ އަންހެން ކުއްޖާއާއި ދިމާލަށް ބަލާލީމެވެެ. ހީވާ ގޮތުންނަމަ އޭނާ ހުރީ ފޯނެއްގައެވެ. ރާޅުޖަހާ ފަށުގައި ފައިގެ އިނގިލިތަކުން މޫދުގެ […]
ތަރިތައް ފިޔަޖަހަމުން ދިޔައިރު ހަނދުގެ ވާޖިބު އަދާކުރަމުން ދިޔައީ އެންމެ ފުރިހަމައަށެވެ. މޫދުގެެ ނަލަނަލަ އޮއެވަރު މައްޗަށް ހަނދުވަރު ދީފައި އޮތް މަންޒަރު ވީ އަހަރެންގެ ހިތް ހަމަ ޖެހުމަކަށެވެ. ނިދީގެ ޝިކާރައަކަށް ވޭތޯ ކުރެވުނު މަސައްކަތް ފެނަށް ދިޔުމުން އަހަރެން ގަސްތުކޮށްގެން ތުނޑިއަށް އައީ ހިތްހަމަޖައްސާލުމަށެވެ. ދެއަތް ޖީބަށް ޖަހައިގެން ހިނގާފައި އައިއިރު އިރުއިރުކޮޅާ ޖައްވުތެރޭ ހަރަކާތްތެރިވަމުން އައި ތެތްފިނިި ރޯޅިތައް ބީހިލުމުން ގައިން ހީބިހި ނެގިއެއްކަމަކު އަހަރެން އެ ހިތްގައިމު މާހައުލުު ދޫކޮށް ދާހިތެެއްް […]
ކޮޓަރީގެ ބޭރުގައި ހުރި ދާއިންގެ ލޮލުން ކަރުނަހުސްނުވެއެވެ. ދެއަތުން ބޮލުގައި ހިފަހައްޓާލާފައިހުރިއިރު ކަންބޮޑުވުމުގެ އަސަރު އެމޫނުމަތިން ފެންނަމުންދިޔައެވެ. އަމިއްލަ ބޭބެގެ ފުރާނަ ސަލާމަތްކުރަން ޒީކްއަށް އެފަދަ ހާލެއް ޖެއްސުނީތީ އަމިއްލަ ނަފުސު ކުށްވެރި ކުރެވެން ފެށިއެވެ. ******** ފައިން ފެށިގެން އެރި މޫތަށް ގޮސް ޒީކްގެ މޫނާއި ހަމައިން ހުއްޓުނެވެ. އެމޫތަކުގެ ތެރޭގައި ޒީކް ހައްޔަރުކޮށްލެވިފައިވީ ގުޑިވެސް ނުލެވޭނޭ މިންވަރަށެވެ. ނޭވާ އުފުރިދާނެހެން ހީވި ނަމަވެސް ސަލާމަތަށް އެދި އަނގަ ހުޅުވާލަންވެސް ނުކެރުނެވެ. ދެލޮލުން އޮހެމުންދިޔަ ކަރުނައިން […]
“އަހަރެން ދޫކޮށްލާ…. އަހަރެން މަރާނުލާ…. އަހަރެން އެއްވެސް މީހެއްގެ ކައިރީ ނުބުނާނަން…” ޒީކްގެ އަޑުވެސް ބިރުން ތުރުތުރު އަޅަމުންދިޔައެވެ. ދެލޯ މަރާލައިގެން ހުރިގޮތުން ދާއިންގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ******** “ޒީކް…. އަހަރެން މިއުޅެނީ ޒީކްއަށް ގެއްލުމެއް ދޭކަށް ނޫން…. އަހަރެން ގަބޫލުކުރަން ޒީކްގެ ފުރާނައަށް ނުރައްކާވީ އަހަރެންގެ ސަބަބުންކަން….. އެކަމަކު ޒީކްގެ ފުރާނަ ސަލާމަތްވީވެސް އަހަރެންގެ ސަބަބުން…” ޒީކް އާއި ނަޒަރު ސީދާކޮށްލަމުން ދާއިން ބުންޏެވެ. ވެދިޔަ ކަންތައްތަކަށްފަހު ދާއިން ހުރީ ދެރަވެފައެވެ. ޒީކް އޭނަ […]