Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމަލޯބި

ކުށަކީ ކޮބާ؟ (7)

Kyleen Level 110 Stories
July 22, 2018 One Min Read
6 Comments

“ދެން ކީއްވެ އަހަރެންނާ ބައްދަލު ކުރަން ނައީ؟” ކައިސަން އަނެއްކާވެސް ސުވާލު ތަކުރާރު ކޮށްލިއެވެ. އަހަރެން ކައިސަންއާ ހަތަރު ކަޅި ހަމަކޮށްލީމެވެ. ޖަވާބުދޭން އަނގަ ހުޅުވާލީމެވެ.

******************

ކައިސަން އާއި ބައްދަލު ކުރަން އަހަރެން ކިތަންމެހާވެސް ބޭނުން ވިއެވެ. އެހެން ނަމަވެސް ބޭރަށް ފިޔަވަޅެއް އަޅަން އަހަރެންގެ ދެފައި ވަނީ ނުކުޅެދިފައެވެ. ކައިސަންގެ ކުރިމައްޗަށް އަރާނެ ހިތްވަރެއް އަހަރެންގެ ގައަކު ނުހުރެއެވެ. ކައިސަން އަށް ހީވެފަ އޮވެދާނެއެވެ. އަހަރެން ކައިސަން އަށް އިތުބާރު ނުކުރަނީއެވެ. އެހެން ނަމަވެސް ހީކުރާ ހުރިހާ އެއްޗެއް ހަޤީޤަތަކަށް ނުވާނެ ނޫންހެއްޔެވެ. އަހަރެން ކައިސަން އަށް އިތުބާރު ކުރީމެވެ. އަބަދުވެސް ކުރާނަމެވެ.ޒިނޭގެ ތުހުމަތު ކައިސަންގެ ބޮލުގައި އެޅުމުވުންވެސް އަހަރެން ބުނީ ކައިސަން އެފަދަ ކަމެއް ނުކުރާނެއެވެ. ކައިސަން އަހަރެންނަކަށް އޮޅުވައެއް ނުލާނެއެވެ. އޭރުވެސް އަހަރެންނަށް ކައިސަން ކުށެއް ނުކުރާކަން އެނގެއެވެ.

******************

އަހަރެންގެ ލޮލުގައި ހުރި ކަރުނަތައް ކައިސަން ފުހެލަދިނެވެ. “ހެޕީ ނިއުސް އެއް ދެންތަ؟” އަހަރެން އަހާލީމެވެ. “ދޮންބެ ކިޔައިދޭނީ..” ކައިލާން އަހަރެން ހުއްޓުވިއެވެ. ހުރިހާ ވާހަކަތަކެއް އަލިފުން ޔާއަށް ކިޔައިދިނެވެ. ފިއްޔެއްގެ މިންވަރުވެސް އުނިކޮށް ނުލައެވެ. ކައިސަންއަށް ހީވީ ދުނިޔެ އެނބުރުނުހެންނެވެ. ކައިސަން އަތް މަޅާލީ ކައިލާންގެ ކަންކަށިމަތީގައި ޖެހުމަށެވެ. އަހަރެން އެކަން ހުއްޓުވީމެވެ.

“ކައިސަން ދޮންބެއަށް މާފުކުރޭ ޕްލީޒް.. އަހަރެންދެކެ ލޯބި ވަންޏާ އެކަން ކޮށްދީ” އަހަރެން ކައިސަން ގާތުން އެދުނީމެވެ. “މައްސަލައެއް ނެތް.. އަހަރެންގެ ހިތް ކައިލާންއާ ދޭތެރޭ ސާފު.. އެކަމަކު ޝީން! ޝީން ތި ކުރީ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއް!ކައިލާންގެ އެއްވެސް ކުށެއް ނެތި އޭނާގެ ދިރިއުޅުން ޚަރާބު ކޮށްލީ.. ކޮބާ ކައިލާންގެ ކުށަކީ.. ކުރިންވެސް ތެދު ތެދަށް ކަންތައްތައް ކިޔައިދިން ނަމަ މިއަދު މިހިސާބަށް އަންނާކަށް ނުޖެހޭނެއެއްނު! ގައިމު ކައިނާ ބޭނުންނަމަ ކައިނާ މިހާރުވެސް ޝީން ޖަލަށް ލާން ހެކި ހުށަހެޅިދާނެ ދޯ!” ކައިސަން އެބުނީ ދޮގު ވާހަކައެއް ނޫނެވެ. އަހަރެން ބޭނުންނަމަ މިހާރު ޝީންގެ ކިބައިން ބަދަލު ހިފިދާނެއެވެ. ނަމަވެސް އަހަރެން ބޭނުންވަނީ ބަދަލު ހިފައިގެން މައްސަލަ ހައްލު ކުރާކަށް ނޫނެވެ. ވާހަކަ ދައްކައިގެން އެކަން ޙައްލު ކުރެވޭތޯ ބަލާށެވެ.

“އަހަންނަށް ވަރަށް އުނދަގޫ ވާނެ ޝީންއަށް މާފު ކުރަން!” ކައިސަން ބުންޏެވެ. ކަރުނުން ފުރިގެންވާ ލޮލަކާއެވު ޝީން ކައިސަން އާ ދިމާއަށް ބަލާލިއެވެ. ކުރެވުނު ކުށާ ދެރަވެފައިވާކަން އެބަލާލުމުން އަހަރެންނަށް ހާމަވިއެވެ. “އެކަމަކުވެސް މިއީ އެންމެ ފުރަތަމަ އަދި އެންމެ ފަހު ފަހަރަށް ކަމަށް މާފު ކޮށްފިން.. ކައިނާ އަށްޓަކައި..” ކައިސަން ގޮތް ދޫކުރިކަން އެއީ ނަސީބެކެވެ.

“ވަގުތު ހަމަވެއްޖެ” އެތެރެއަށް ވަދެގެން އައި ފުލުސް މީހާ ބުނެލިއެވެ. “ކޮބާ އަދިވެސް ސަޕްރައިޒެއް ނުބުނަމެއްނު..” ކައިސަން އަހަރެމެން ހުއްޓުވިއެވެ. އަހަރެން އެއްޗެއް ބުނަން އަނގަ ހުޅުވާލީމެވެ. “ނޫން! ސަޕްރައިޒް އިސް ޖަސްޓް އަ ސަޕްރައިޒް” ކައިލާން އަހަރެން ހުއްޓުވިއެވެ. ކައިސަން މައްސަލައެއް ނެތޭ ބުނާފަދަ ގޮތަކަށް ދެކޮނޑު އަރުވާލިއެވެ. ކައިސަން އެގޮތަށް ކަންތައް ކުރި ނަމަވެސް ކައިސަން “ކިއުރިއަސް” ވާނެ ވަރު އަހަރެންނަށް އެނގެއެވެ. ރޭގަނޑުގެ ނިދި ނަގާލާފައިވެސް އެއީ ކޮންކަމެއް ކަން ހޯދަން ވަރަށް މަސައްކަތް ކުރާނެއެވެ. ނުކުންނަމުން ޝީން ކައިސަން ގާތަށް ޖެހިލިއެވެ.

“ތޭންކްސް އަހަންނަށް މާފު ކުރީތީ.. އަހަރެންނަށް އަހަރެންގެ ކުށް އިހުސާސް ވެއްޖެ.. ތި ދެމީހުން ގުޅިގެން އުފަލުގަ ދިރި އުޅޭނެ ދުވަހަކަށް އަހަރެން އިންތިޒާރުކުރާނަން…. ތިދެމީހުންނަށް ބާއްޖެވެރި ޙަޔާތެއް ދެއްވާށި..” ޝީން ދެލޯ ފުހެލާ ބޭރަށް ދާން ހިނގައިގަތެވެ. ޝީން ބުނެލި ޖުމްލަތައް އަހަރެންނަށް ހަމަ ރީތިކޮށް އަޑު އިވުނެވެ. ކައިސަން އެއްވެސް އެއްޗެކޭ ނުބުނެއެވެ. އިސްޖަހާލީއެވެ.

އަހަރެމެން ބޭރަށް ނުކުތީމެވެ. އޭރު 10 ގަޑި ބައި ވެ ބޮޑުވެއްޖެއެވެ. “ހިނގާ ކޯޓަށް ދަމާ… އޭރުން އިނގޭނީ ކަންތައްތައް އަވަހަށް ހަމަ ޖެހޭތޯ..” ޝީން ބުނެލިއެވެ. އެބުނީވެސް ދޮގު ވާހަކައެއް ނޫނެވެ. އަވަހަށް ދިޔައީމަ ނޫނީ އަވަހަކަށް ކަމެއް ނުވާނެއެވެ. އަހަރެމެން އަވަސް ފިޔަވަޅުތަކެއްގައި ކޯޓަށް ދިޔައީމެވެ. މައްސަލައާއެކު ހެކިތައް ހުށައެޅީމެވެ. މިއަދުން މިއަދަށް މައްސަލަ ނިންމޭނެތޯ އެހީމެވެ. އެހެން ނަމަވެސް މައްސަލައާ ބެހޭގޮތުން ގޮތެއް ނިންމަން ހަފްތާއެއް ނަގާނެ ކަމަށް ބުންޏެވެ. ޝީން އަހަރެންނާ ދިމާއަށް ބަލާލިއެވެ. ޝީންގެ މޫނުމަތީގައިވާ ކުލަވަރު ފެނި އަހަންނަށް ވީގޮތް ދޭހަވިއެވެ. “އަހަންނަށް މައްސަލައެއް ނެތް.. އަހަރެން ކެތްތެރިވާނަން.. މާތް ރަސްކަލާނގެ ވޮޑިގެންވަނީ ކެތްތެރިންނާއެކު.. މާތް ﷲ އެމީހަކަށް ނުއުފުލޭ ވަރުގެ ބުރައެއް ނުޖައްސަވާނެ..”

އަހަރެމެން ދިޔައީ މަންމަމެން ގެއަށެވެ. ޝީން، މަންމައާ ބައްދަލުކޮށްލަން ބޭނުންވެފައި ވުމުން ޝީންއަށް އެކަން ކޮށްދިނުމަށެވެ. “އަހަންނަށް ފެންނަނީ ކައި ކައުންސެލިންގ ދޭން.. ކައި ވަރަށް މޮޅޭ..” ކައިލާން އެހެން ބުނުމުން ޝީން ކައިލާން އާ ދިމާއަށް ބަލާލުމަށްފަހު އެއް ބުމަ އަރުވާލިއެވެ. “އެބަ ވިސްނަން ތިކަމާވެސް..” އަހަރެން ބުނީމެވެ. ޝީންއާއި ކައިލާން ފެށީ ހޭށެވެ. އަހަރެންގެ ތުންފަތްމަތީ ހިނިތުން ވުމެއް ދުވެލިއެވެ. އެގޮތަށް ދެމީހުން އެކުގައި އުފަލުގައި ދިރިއުޅުމެއް ދިރިއުޅެން ފަށާނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ އެދެމީހުން ނުލާހިކު ގުޅެއެވެ. އެދެމީހުން ގާތުގައި ތިއްބާ ފެންނަ މީހަކު އެދެމީހުންނަށް ހަސަދައިގެ ކަޅި އަޅާނެކަން ގައިމެވެ.

“ޝީން!” މަންމަ ދިޔައީ ސިއްސައިގެންނެވެ. ޝީން އަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ކަންނޭނގެއެވެ. ކުރިން ހިކިތޮޅިކޮށް ހުރި ކުއްޖާ މިހާރު ފަލަވެލާފައި ހަށިގަނޑު ހުރީ ވަރަށް ހެޔޮވަރު ވަރެއްގައެވެ. މޫނުމަތީގައިވެސް މަސް ޖަހާފައިވުމުން ކުރިއަށް ވުރެ ރީތި ކަމަށް ދައްކައެވެ. މަންމަ އައިސް ޝީން ގައިގާ ބައްދާލިއެވެ. “ދަރިފުޅާ! މިހާރު މިގެއަށް ވަދެވެސް ނުލަމެންނު..” މަންމަ ޝަކުވާ ކޮށްލިއެވެ. ކަރުނުން ފުރިގެންވާ ނަޒަރަކުން ޝީން މަންމަ އަށް ބަލާލިއެވެ. “ދަރިފުޅު ރޮނީތަ؟” މަންމަ ޝީންގެ ކަރުނަތައް ފުހެލަދިނެވެ. “ދައްތާ! އަޅުގަނޑު ދެކެ ރުޅިއެއްވެސް ނާދޭތަ؟” ޝިން ހައިރާންވެފައިހުރެ ސުވާލު ކޮށްލިއެވެ. “ކީއްވެ މަންމަ ދަރިފުޅުދެކެ ރުޅިއަންނަންވީ؟” މަންމަވެސް ސުވާލު ކުރީ ހައިރާންވެ ހުރެއެވެ. “ދައްތާ! އަޅުގަނޑަށް މާފު ކުރޭ..” ޝީންގެ އަޑުގައި ހުރި ރިހުން އަހަންނަށް އިހުސާސް ކުރެވުނެވެ. މަންމަ ޝީން ގާތު ހުއްޓާލުމަށް ބުންޏެވެ. “ދަރިފުޅާ.. މާޒީ އަކީ ވަކި އެއްޗެއް.. މިހާރު ވިސްނާނީ މާޒީއާ މެދަކު ނޫން.. މުސްތަޤްބަލާ ދޭތެރޭ.. އެހެންނޫނީ ޝީންގެ ތި އޮޑި ދިރިއުޅުމުގެ މި ދަތުރުގައި ދާނީ އެއްވެސް މިސްރާބެއް ނެތި.. އެކަން ހަނދާން ކުރަންވާނެ އަބަދުވެސް.. އިނގޭ.. ދެން ހުއްޓާލާ..” މަންމަ ބަލާލީ އަހަރެންނާ ދިމާއަށެވެ. އަހަރެން ބޯޖަހާލީމެވެ. “ކީއްވެ ދަރިފުޅޭ ތި ކިޔަނީ؟” ޝީން އަށް ކެތް ނުކުރެވިގެން އެސުވާލު ކޮށްލިއެވެ. “މިމަންމަގެ މާމަ ދަރިއަކު ވިހާނީ މިމަންމަގެ ދަރިއެއް ނޫން އެހެން ކާކު؟” މަންމަ ދިނީ ސާދާ ޖަވާބެކެވެ.

ޝީންގެ ހިތަށް މިހާރު ކުރާނެ އަސަރު އަހަރެންނަށް އަންދާޒާވެސް ނުކުރެވެއެވެ. ޝީންގެ މަންމަ އައިމިނަ، ނޫނީ އަހަރެން ކިޔާގޮތުން ނަމަ އައިންތު، ވަނީ ޝީން ނަހަލާލަށް ބަލިވެ އިންކަން އެނގުނު ފަހުން އެގެ ޝީންއަށް ދޫކޮށްލުމަށްފަހު ޝީންގެ ބައްޕަ، އަހަންމަދުގެ ގެއަށް މާލެ ބަދަލުވެފައެވެ. ޝީންް މަންމަ އާއި ބައްޕަގެ ލޯބިން މަޙުރޫމު ކޮށްލާފައެވެ. ޝީން ހުރީ މައިންބަފައިންގެ ލޯތްބަށް ފެންބޮވައިގަނެފައެވެ. އެހެންނަމަވެސް އެނާޒުކު ވަގުތު ކޮޅުގައިވެސް ޝީންއަށް އެހީ ވުމުގެ ބަދަލުގައި ޝީން ދޫކޮށް އެމީހުން އެދިޔައީއެވެ.

ކައިލާން ހުރީ މަންމައާއި ޝީންގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ. މަންމަގެ ހަޤީޤީ ޅީދަރިއަކަށް ޝީން ހަދަން އިންތިހާ ދަރަޖައަށް ބޭނުންވެފައެވެ. ކައިލާންގެ މޫނުމައްޗަށް އަރާފައިބަމުންދާ ކުލަތަކުން އަހަރެންނަށް އެކަން ވަރަށް ރަނގަޅަށް އެނގެއެވެ.

(1 ހަފްތާ ފަސް)…

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kyleen

Level 110 Stories

//story addict~love to write~love to read~inspired by reading and writing stories~loves to get comments from readers to improve my writing//

Other Articles

Previous

ހުޅުކޮޅު 38

Next

އެންމެ ރިވެތި އުސްވަތު

Next
July 22, 2018

އެންމެ ރިވެތި އުސްވަތު

Previews
July 22, 2018

ހުޅުކޮޅު 38

6 Comments!

  1. eny says:
    July 22, 2018 at 1:20 pm

    yeyy, me first dhw. story hama v salhi. keep it up<3

    1. Kyleen says:
      July 22, 2018 at 1:24 pm

      Thanks eny.. yah u first.. ahah

  2. Baby girl ❤ says:
    July 22, 2018 at 2:32 pm

    Yeyy second …btw story vrh vrh reethi…curiously waiting waiting

    1. Kyleen says:
      July 23, 2018 at 9:44 pm

      yah u second.. thanks Baby Girl.. keep waiting, Insha Allah will be updating next part tomorrow..

  3. @AL@A says:
    July 22, 2018 at 3:48 pm

    Kyleen buri buri vefa huri than than ralgalhu kureveeny liyaa iru dhivehi fontah badhalu kohgen ingey improve kohlan buneledhinee ☺☺☺☺btw luv the story and im 3rd❤❤❤????

    1. Kyleen says:
      July 23, 2018 at 9:42 pm

      dhivehi font ah badhalu kohgen liyanee.. but hama kusheh hedhidhaane.. yah i accept it.. thanks @AL@A… yah u r 3rd..

Comments are closed.

Next Episodeކުށަކީ ކޮބާ؟ (8)←


All Right Reserved!