ތިޔަ ލޯބީގާ 5
އެއާއެކު މިޝްޔާ އިސްއުފުލާ އަކުރަމް އަށް ބަލާލިއެވެ. އޭރު އަކުރަމުގެ ކަޅުކަން ގަދަ އެ ދެލޮލުގެ ތޫނު ނަޒަރު ހުއްޓިފައި ހުރީ ސީދާ މިޝްޔާ ގެ ދެ ލޮލަށެވެ. އަކުރަމް ގެ ހޫނުނޭވާތައް މިޝްޔާ ގެ މޫނަށް އެޅެން ފެށުމުން މިޝްޔާ ލޯމަރައިލީ އަކުރަމަށް ދަޢުވަތު ދެމުން ނެވެ.
********
މިޝްޔާ އަށް ގެއަށް އާދެވުނު އިރު ހުރީ ދަންވަރު 2 ޖަހަން ކައިރި ވެފައެވެ. ގޭގެ ބޮޑު ދޮރު ލައްޕާލުމަށް ފަހު މިޝްޔާ މިސްރާބު ޖެހީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ. ސިޑިން އަރަން ދިމާކުރި މިޝްޔާގެ ފިޔަވަޅު ތަކަށް ހުއްޓުމެއް އައީ ފަހަތުން މީހަކު އޭނަޔަށް ގޮވާލި އަޑަށެވެ. ފަޒާގެ ތެރެއަށް ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު މިޝްޔާ ފަހަތަށް ބެލުމެއްވެސް ނެތި އަނެއްކާވެސް ސިޑިން އަރަން ދިމާކޮށްލިއެވެ. ނަމަވެސް މިފަހަރު މިޝްޔާ ކާމިޔާބު ނޫވީ ޝިފާޒް އައިސް މިޝްޔާ ގެ އަތުގައި ހިފާ އޭނާޔާ ދިމާލަށް އަބުރާ ލުމުން ނެވެ.” މިޝްޔާއަށް ބައްޕަ ގޮވާ އަޑު ހަމަ ނީވެނީތަ “ދަތްކުޑި ވިކާ ލައިގެން ހުރެ ޝިފާޒް ބުނެލިއެވެ.” އާނ. ނީވޭ. މަކިޔާ އެއްޗެއް އަޑު ނީވޭ މީހަކު ކިޔާއެއްޗެއް މަށަށް ވެސް ނީވޭ. “މިޝްޔާ އޭނާ ގެ އަތް ޝިފާޒް އަތުން ދަމާގަންނަމުން ބުނެލިއެވެ.” ދޮންބެ އަށް ވެސް ރަގަޅަށް އެގޭ ބައްޕަގެ ގޮތް. ބައްޕަ އިސްކުރަނީ ބައްޕަގެ އަމިއްލަ އެެދުންތަކާ ބައްޕަގެ އެ ބޮޑު އީގޯ. ބައްޕަގެ ކުރިމަތީގައި ދަރީންގެ އެއްވެސް އަގެއް ނެތް. މަލަދުގަނޭ ބައްޕަ ކިޔަން…… “މިޝްޔާގެ ވާހަކަ މެދު ކެޑުނީ މިޝްޔާ ގެ ކޯތާފަތް މައްޗަށް އެރި ހޫނު ހަމަލާއަކުން ނެވެ. އެ ހޫނު ހަމަލާދޭން އެރި ކޯތާފަތުގައި ފަރުމާ ލަމުން މިޝްޔާ އޭނާގެ މަންމަޔާ ދިމާލަށް ބަލައިލީ ކަރުނަވީ ނަރަކުން ނެވެ.”” ތީތަ މިޝްޔާ ،މިޝްޔާގެ ބައްޕަޔާ މުޚާޠަބު ކުރަން ޖެހޭ ގޮތަކީ. އެއީ މިޝްޔާގެ ބައްޕަ. ތިހެން ވާހަކަ ދައްކަންޏާ ދޭ މިގޭން ނުކުމެގެން. ““މިޝްޔާ އާއި ދިމާލަށް ޒާހިދާ ހަލޭލަވައި ގަތެވެ.” ހާސް ވާނެ ކަމެއް ނެތް. މާދަން ހެދުނު މަމިގެއިން މިއުޅެނީ އަބަދާ އަބަދަށް ދާން. ދެން އަބުރާ ދުވަހަކުވެސް އެެބުރި މިގެއަކަށް ނުވަންނާނަން. “އެހެން ބުނެލުމަށް ފަހު ހަލުވި ފިޔަވަޅު ތަކެއްގައި ސިޑިން އަރައިގެން ގޮސް ކޮޓަރިއަށް ވަދެ ބަންކިޔާ ދޮރު ޖަހާލިއެވެ. އޭރު ޝިފާޒް އާއި ޒާހިދާގެ އިތުރުން ހަމްދޫނު ހުރީ މިޝްޔާ އެކީ އެއްޗަކުން ހުއްޓުން އަރާފައެވެ.” އޭނާ ރަގަޅަށް ވެސް އެހުރީ އަހަރެން ދެލޮލުގެ ނޫރު ފަދަ އެ ދަރިފުޅުގެ ބޮލަށް ވަދެފައި. މިޝީ އަކީ ދުވަހަކުވެސް އަހަރެން ނާއި އެހެން ވާހަކަދެއްކި ކުއްޖެއް ނޫން. އެކަމަކު ބަލާ މިއަދު އޭނާ އަހަރެންނާއި ވާހަކަ ދެއްކި ގޮތް. “ކަރުނުން ފުރިގެން ވާ ދެލޮލުން މިޝްޔާ ދިޔަދިމާލަށް ބަލަން ހުރި ހަމްދޫނު ބުނެލިއެވެ.” އެ. އޭނާ އެބުނީ ކީކޭ ތަ. ހަމަ އަސްލު ވެސް އަހަރެމެން ދޫކޮށްލާފައި މިޝްޔާ ދާން ތައެއުޅެނީ“ޒާހިދާ އޭނާގެ ބޮލުގައި ދެއަތުން ހިފާ ތިރިވެ ލަމުން އަހާލިއެވެ.” މަންމާ އަހަރެން އޭރު ވެސް ބުނީމެއްނުން ކޮއްކޮ އެ އުޅެނީ އޭނާޔާ ކައިވެނި ކުރަން ށޯ. އަޅުގަނޑު ކޮއްކޮއާ ވަރަށް ވާހަކަ ދެއްކިން. ނަމަވެސް ކޮއްކޮ ހުރީ ގޮތް ދޫކުރާ ގޮތަށްކަށެއް ނޫން. މާދަމާ ހެދުނު އަށެއް ޖަހާއިރު ވާން ށޯ ހަމަޖެހިފައި ވަނީ. “ޝިފާޒް މަޔޫސް ވެފައި ހުރެ ބުނެލި އެވެ. ޒާހިދާ އަށް އަޑުން އަޑު ނަގާ ރޮއެގަނެވުނެވެ.” ހަމްދޫން އަހަރެން ގެ ދަރިފުޅު ހުއްޓުވާ. ހުއްޓުވާ. އަދި އޭނަޔަށް ކިރިޔާ 18 ވީ. “ޝިފާޒް އަށް މަންމަ ހިތުގައި ޖެހިފައި ހުރި ވަރު ފެނުމުން ކެތް ނުވެގެން ގޮސް އޭނާގެ ކޮޓަރި އަށް ވަދެ މިޝްޔާ ދޮރު ޖެހި ވަރަށް ވުރެ ބާރަށް ދޮރު ޖަހާލިއެވެ.” ޒާހިދާ އަހަރެމެންނަސް ވެވެން ހުރި ހުރިހާ ކަމެއް ކޮށްފިން. ދެން އަހަރެން ގަޔަކު ނެތް އެހެން އެއްވެސް ކަމެއް ކުރުމުގެ ހިތްވަރެއް. “ޒާހިދާޔާ އެއް ހަމަޔަށް ތިރިވެ ލަމުން ހަމްދޫން ބުނެލިއެވެ. އަދި ޒާހިދާ ގެ ކޮޑުގައި އަތް ވަށާލަމުން ޒާހިދާ ކޮޅަށް ތެދުކުރުމަށްފަހު އެ ދެމަފިރީން ވެސް ގޮސް ވަނީ ކޮޓަރިއަށެވެ.
ބަންގީގެ އަޑަށް މިޝްޔާ އޭނާ ކުރަން ހުރި ކަންތައް ހުއްޓާލުމަށްފަހު ފާހަނަ ޔަށް ފެންވަރަލައިގެން ނުކުތީ ނަމާދުކުރަން ވުޞޫ ވެސް ކޮއްގެނެވެ. އަވަސް އަވަހަށް ނަމާދުކޮށް ގެން މިޝްޔާ ފެށީ ތައްޔާރު ވާށެވެ. މިޝްޔާ ތައްޔާރުވެ ނިމުނު އިރު ހުރީ 6 ޖަހާފައެވެ. ދެން މިޝްޔާ އަވަސް ވެގަތީ ޕެކް ކުރުމަށެވެ. ޕެކިންގެ ހުރިހާ ކަމެއްކޮށް ނިމުނު އިރު ހުރީ 730 ވެފައެވެ. އަވަސް އަވަހަށް ދަބަސް ހިފައިގެން މިޝްޔާ ކޮޓަރިން ނުކުތެވެ.
ސިޓިންރޫމް ގެ ސޯފާއެއްގައި ނިއުސް ޕޭޕަރެއް ކިޔަން އިން ހަމްދޫން ހުއްޓުން އެރީ ސިޑިން ފޮއްޓެއް ހިފައިގެން ފައިބަންއާ މިޝްޔާ ފެނިފައެވެ. ވަގުތުން އެނިއުސް ލޭނާރު ކުރިމަތީގައި ހުރި ބިއްލޫރި މޭޒުމަތީގައި ބޭއްވުމަށްފަހު މިޝްޔާ އާއި ދިމާލަށް ހިގައިގަތެވެ. ނަމަވެސް މިޝްޔާ އެއަށް ވުރެ ކުރިން ގެއިން ނުކުމެގެން ގޮސް ކާރަށް އަރާ ދުއްވާލިއެވެ. ކާރު ގޮސް އަކުރަމްގެ ގޭ ކައިރީ ހުރި ތަނެއްގައި ޕާކުކުރުމަށްފަހު މިޝްޔާ އަކުރަމުގެ އިންތިޒާރުގައި ކާރު ބޭރުގައި މަޑުކުރިއެވެ. އެ ގޮތުގައި މާގިނައިރު މިޝްޔާ ހުންނާކަށް ނުޖެހުނެވެ. އަކުރަމް ފެނުމާއެކީ މިޝްޔާގެ ހިތް ހީވަނީ ދެންދެން މޭފަޅާލާ ނުކުމެދާނެ ހެނެވެ. ކަޅުކުލައިގެ ޓީޝަޓެއް މަތިން ރަތް ކުލައިގެ ކޯޓެއް ލައިފައި ވާއިރު ތިރިން ހަމަ އެކުލައިގެ ފަޓުލޫނެއް ލައިފައި ވެއެވެ. އެ ފަޓްލޫނުގެ ޖީބަށް ދެއަތް ޖަހައިގެން ފިރިހެން ވަންތަހިގުމެއްގައި ހިގާފައި އައި އިރު ހީވަނީ ކޮރެއަން މޮޑެލެއް ހެނެވެ. އެ ފިރިހެން ވަންތަކަން އިތުރުކޮށްދެނީ އޭނާގެ އެފަން އިސްތަށިގަނޑު ޒަމާނީ ގޮތަކަށް ސްޓައިލް ކޮއްފައިވުމުންނެވެ. އަކުރަމުގެ އެ އަންހެން ކުދިންގެ ހިތްތައް ކަތިލާފަދަ އެ ތޫނު ނަޒަރު ސީދާ މިޝްޔާ ގެ މޫނަށް އަމާޒު ވެފައި ވުމުން މިޝްޔާ ލަދުގަންނަ ގޮތްވެއެވެ. އެހެންކަމުން އަވަސްއަވަހަށް މިޝްޔާއަށް އިސްޖަހާލެވުނެވެ.” ހިފާފާ ން. “އަކުރަމް މިޝްޔާ އާއި އަރާހަމަވުމުން މިޝްޔާ ބުނެލިއެވެ. އެއާއެކު އަވަސް އަކުރަމް އަވަސް ހިގުމެއްގައި ގޮސް ކާރުގެ ކުރީ ސީޓަށް އެރިއެވެ. އަކުރަމް އަރާ ހަމަ ޖެހިލުމުން މިޝްޔާވެސް ޑްރައިވިން ސީޓަށް އަރާ ހަމަ ޖެހިލަމުން ކާރު ދުއްވާލިއެވެ. މާލޭގެ ހަލަބޮލި މަގުތަކުން ކާރުދުއްވަމުން ދިޔަ މިޝްޔާގެ ހިތްވަނީ އަވަސް ވެފައެވެ 10 މިނިޓު ފޭރޭ މިޝްޔާމެނަށް ކޯޓަށް ދެވުނެވެ. ކާރު ޕާކިން ޒޯނުގައި ޕާކުކުރުމަށްފަހު މިޝްޔާއާއި އަކުރަމް ގޮސް ކޯޓަށް ވަނެވެ. މާގިނައިރު ތަކެއް ނުވެ މިޝްޔާގެ ކައިވެނި އަކުރަމްއާ ކުރެވުނެވެ. މިޝްޔާގެ ބައްޕަ ކައިވެންޏަށް ނައުމުން ވަލީ ދީނީ ގާޒީ އެވެ. އަކުރަމް އަބިގަބޫލް އޭބުނުމާއެކު މިޝްޔާ ގެ ލޯ ކަރުނައިން ފުރިގެން ދިޔައެވެ.
ކައިވެނީގެ ހުރިހާ މަރުހަލާއެއް ނިމުމުގެ ދެން އެދެމީހުން މީސް ރާބުޖެހީ އެކުވެރިންނާއެކު ވަގުތުކޮޅެއް ހޭދަ ކުރަން ހަމަޖެހިފައި ވާތީ އެމީހުން ބައްދަލު ކުރަން ހަމަޖެހިފައި ވާތަނަށެވެ. އޭއީ މިޝްޔާގެ އެކުވެރި އެއް ކަމަށްވާ ލަމްރާގެ ގެއެވެ. މިޝްޔާމެން އެތަނަށް ދިޔައިރު އަކުރަމުގެ އެކުވެރިން ކަމައްވާ ޒިހާން އާއި އޭނާގެ ލޯބިވެރިޔާ މާޝާއާއި ލަހުފާނުއާއި އަނޫފުއާއި ޝިފާނުގެއިތުރުން ރާއިން ވެސް އެތާ އެދެމީހުން ގެ އިންތިޒާރުގައި ތިއްބެވެ.
މިޝްޔާމެންނަށް ގެއަށް އާދެވުނު އިރު ހުރީ ރޭގަނޑު 10 ވެސް ޖަހާފައެވެ. ވެފައި ހުރި ވަރުބަލިކަމުގެ ސަބަބުން މިޝްޔާ ބޭނުންވީ ގެއަށް ދިޔަގޮތަށް ގޮސް ނިދާލާށެވެ. ނަމަވެސް މިރޭ އަކީ ވަރަށް ޚާއްޞަ ރެއެއްކަން ހަދާން ވުމާއެކު މިޝްޔާގެ ހިތް ތެޅުން ފެށީ އެހެނެއް މިހެނެއް ބަލާފައެއް ނޫނެވެ. އަވަސް ވެފައިވާ ހިތަކާއެކު މިޝްޔާ އަކުރަމް އާ އެކީ ގޮސް ކޮޓަރިއަށް ވަނެވެ. އޭރު މުޅި ކޮޓަރި ވަނީ އެރެއަށް ތައްޔާރު ކޮށްފައެވެ ކިންގް ސައިޒުގެ އެ ބޮޑުއެދު ނިވާކުރެވިފައި ވަނީ ރަތްކުލައިގެ ފިނިފެންމަލުގެ ފިޔަތަކުން ނެވެ. ހަމަ އެފަދައިން ޓައިލްސްތަކުގެ މަތީގައި ވެސް ވަނީ ފިނިފެންމަލުގެ ފިޔަތަކެވެ. މުޅި ކޮޓަރި އަލިކުރުމަށް ބޭނުން ކޮށްފައި ވަނީ ރަތް ކޯލާގެ އުއްބައްތި އެވެ.h
The riddle is : this belongs to you but everyone uses it. What is it
4 Comments!
Comments are closed.

Varah reethi Maasha Allah???
I think riddle ge answer akey ‘your name’ hen??
Vrh Sali mi part vess ❤️
Masha Allah❤️
Mishya Hama Akram aa marry kuree dhw❤️
Aley dhn vaane gothakaa medhu vrh Curious❤️
Waiting for the next part ❤️
Love uuu ❤️
Stay safe ❤️
Absolutely correct maash. ??????????????????????congratulations
Thank you ril. ??????????