އޭނާގެ ހިތް ދިޔައީ ބާރު ބާރަށް ތެޅެމުންނެވެ. ނަމަވެސް އޭނާ އަތުން ވަޅި ވެއްޓުނެވެ. ޔުމްނު ވަޅި ނަގަން ގުދުވެލިތަނާހެން ގަލަމެއް ލޮލުގައި އަޅައި ގަތެވެ. އޭނާ ވަޅި ބާއްވައިފައި ގަލަން ނެގި އެވެ. އަދި ގަނޑެއް ނަގައި ސޫސައިޑު ނޯޓެއް ލިޔުނެވެ. އޭތި މޭޒުމަތީ ބާއްވާލައިފާ ވަޅިއާއި ދިމާއަށް ދިޔައެވެ. ވަޅި ނަގާ އޭތި އަތަށް ހެޔޮވަރު ކޮށްލިއެވެ. އޭނާ އަކަށް ވަޅި ކަރަށް ހެރޭ ގޮތެއް ނުވިއެވެ. ޕަންވާ ދޫކޮށްލި އަލީގެ ސަބަބުން އޭނާގެ ޚިޔާލު ބަދަލު ވިއެވެ. ޕަންވާގެ ލޯ ހިމަ ކޮށްލިއެވެ. އަވަސް އަވަހަށް ޔުމްނުގެ ހަށިގަނޑު ތެރެއަށް ވަނެވެ.
ޕަންވާ ޔުމްނު ބޭނުން ކޮށްގެން ހޮސްޕިޓަލް އަށް ދިޔަ އެވެ. އޭރު ޒާއިކް ކާއިރީގައި އެކަކު ވެސް ނެތެވެ. ޝަމްސް ވެސް އެކުއްޖާ އަށް ފެންފުޅި އެއް ބަލައި ވަނީ ގޮހެވެ. ޕަންވާ އެތެރެއަށް ވަދެފައި ލޯމަރާލައި އެއްޗެއް ބުނެ ލޯ ހުޅުވި އެވެ. އެވަގުތަށް ހުރިހާ އެންމެން ހުއްޓުނެވެ. ޝަމްސް ފިޔަވައެވެ
ހިނގައިފައި ޝަމްސް ސިއްސައިގެން ދިޔައީ ޔުމްނުގެ ސޫރަ ފެނިފައެވެ. ބުރުގާ ނެތް އިރު އިސްތަށިގަނޑު ދިގެވެ.
ޕަންވާ އަވަހަށް ޒާއިކް އޮތް ކޮޓަރި އަށް ވަނެވެ. ޔުމްނު މަރުވާން އުޅުނު ވަޅި ނަގާ އެކުއްޖާ މެއަށް ވަޅި ހަރާލިއެވެ. ތުއްތު ތުއްތު ޒާއިކް ވޭނީ އަޑަކުން ރޯންފެށިއެވެ. އިރުކޮޅެއްގެ ތެރޭގައި އެކުއްޖާގެ ފުރާނަ މުޅި ދުނިޔެ އާއި ޢަލްވަދާޢު ކިޔެވެ. ޔުމްނު ޒާއިކްގެ މޭނަގާ އެތެރެ ހުޅުވާލާފައި ވިދާ ހިލަކޮޅެއް ނެގިއެވެ. އަދި އޭތި ޕަންވާގެ އިނގިލި އަށް ލައްވާލައިފައި އޮތް އަނގޮޓި މަތީ ބޭއްވި އެވެ. ދެން އަރުވާލި އަލިގަނޑާއި އެކު އެކުއްޖާގެ ހަށިގަނޑުގެ ބައިތަކާއި ލޭތަކާއި އެކު ގެއްލުނެވެ. ” މަގޭ ދަރިފުޅު ނޫން “ ޝަމްސް ހަޅޭއް ލަވައިގަތެވެ. ނަމަވެސް އެ އަޑު އަހާ ކަށް އެކަކު ވެސް ނެތެވެ.
ޔުމްނު ބަރު ބަރު އަޑަކުން ހޭން ފެށިއެވެ. ނަމަވެސް އެއީ ޔުމްނު އެއް ނޫނެވެ. އޭނާގެ ހަށިގަނޑު ބޭނުން ކުރަމުން ދިޔަ ޕަންވާއެވެ. ޕަންވާ އަލިގަނޑެއް ހަދާލައި އޭގެ ތެރެއަށް ވަންނަން ދިޔައެވެ. ޝަމްސް ބަލާކަށް ނުހުރެ ފަހަތުން ދިޔައެވެ. އޭގެ ތެރެއިން އޭނާ އަށް ދެވުނީ ފަޅު ރަށަކަށެވެ.
ޝަމްސްގެ ނަޒަރުން
އަހަރެން އެހިސާބަށް އައިއިރު ޔުމްނު ހުރި ގޮތުން ހޭނުނެތުނީ ކިރިޔާ އެވެ. ޒާއިކް އޮތް ގޮތް ފެނިފައި އަހަރެންނަށް ހަޅޭއް ލަވައިގަނެވުނެވެ. ދެން ޔުމްނު އެކުއްޖާ ގެއްލުވާލިއެވެ. ވަގުތުން އަހަރެންނަށް އެނގިއްޖެއެވެ. އޭނާގެ ހަށިގަނޑުގައި އޭނާގެ ބަދަލު އެހެން ފަރާތަކުން ބޭނުން ކުރަނީއެވެ. އަހަރެން އެއާއި ދިމާއަށް ދުއްވައި ގަތީމެވެ. އެ އަލިގަނޑު ތެރެއިން އަހަރެންނަށް ރަށެއްގެ ތެރެއަށް ދެވުނެވެ. ދެކޮޅު ބަލައިލީ ޔުމްނު ހުރިތޯއެވެ. ނުފެނުމުން އަހަރެން ކުރިއަށް ދިޔައީއެވެ.
އަހަރެންނަށް ފެންނަމުން ދިޔައީ ބޮޑެތި ގަސްގަހާއި ވިނަތަކެކެވެ. މިހުރެވުނީ ވަލެއްގައިކަން ރޭކާލީ ދެއެވެ. މަޑުމަޑުން އަނދިރި ވަމުން ދިޔަ ވަރަކަށް އަހަރެން ހިތް ބިރުގަންނަ ގޮތް ވިއެވެ. މިއޮއް ބޮޑު ތަނުން ނިކުމެވޭ ގޮތެއް ނުވިއެވެ. ނަމަވެސް އުންމީދު ކަނޑާ ނުލާ ޔުމްނު ހޯދަން ފެށީމެވެ. ރޭގަނޑު ވީއިރު ވެސް ނުފެނުމުން އަހަރެން އެތާ ހުރި ބޮޑު މިދިލި ގަހުގެ މޫގަޑުގައި އޮށޯވެލީމެވެ. އެތާ އޮއްވާ އަހަރެންނަށް ނިދުނެވެ. ކުއްލިއަކަށް ހޭލެވުނީ ލޮލަށް އަލި އެޅުމުން ނެވެ. ބަނޑުހައިވެގެން ކުރާނެ ކަމެއް ނެތެވެ. އަވަހަށް މިދިލިގަހަށް އެރީއެވެ. ހައެއްކަ މަދު ކާލައިފައި އަހަރެން ގެންގުޅުނު ކުޑަ ދަބަސް ނެގީމެވެ. އެއަށް ވެސް ދޮން މަދު ތަކެއް އަޅައިފައި ގަހުން ފޭބީމެވެ.
އަނެއްކާ ވެސް ޔުމްނު ފެނޭތޯ ހިނގަމުން ދިޔައީއެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ ބިންމަތިން އަޑިއަށް ދެވެން ހުރި ސިޑި އެވެ. މަޑުމަޑުން އެތަނަށް އަހަރެން ދިޔައީމެވެ. ތިރި ބަލައިލީ އެއްޗެއް ފެނޭތޯ އެވެ. ނަމަވެސް އަނދިރި ކަމުން ތަނެއް ދޮރެއް ފެންނަ ވަރެއް ނޫނެވެ.
…………………………………………………………
ޕަންވާ އަވަހަށް ގަސް ތަކުގެ ތެރެއިން ލާފައި ތިރިއަށް ދެވެން ހުރި ސިޑިއެއް ފަދަ ތަނުން އަޑިއަށް ދިޔަ އެވެ. އޭނާ އެތާނގެ އެންމެ ތިރިއަށް ގޮސް ދޮރު ތަކެއް ހުރި ތަނަކަށް ދިޔައެވެ. އެތަނުން ހިމަކޮށް ހުރި ދޮރެއް ހުޅުވާލާފައި އެތެރެއަށް ވަނެވެ. އޭނާ ބޭނުންވާ ކުނޑިފުށްތަށް ހަދަން އެތަނަށް އައިސް ބޮޑު ފޮތެއް ނެގިއެވެ. އެތަން ފުރިފައިވެސް ވަނީ ފޮތްހަރުގަނޑު ތަކުންނެވެ. ޕަންވާ ނެގި ފޮތަކީ ބޯފޮތެކެވެ. ފޮތް ހިފައިގެން އެތަނުގެ އެތެރެއިން ހުރި ކޮޓަރިއަށް ވަނެވެ. އެތަނުގައި ހުރި މޭޒެއްގެ މަތީ އެ ފޮތް ބާއްވާފައި، ކަރުދާހަކާއި ދެލި ފުޅިއެއް ނެގިއެވެ. ފޮތް ހުޅުވާލާފައި އެކުނޑި ހަދަން ބޭނުންވާ ތަކެތި ފަތެއް ނަގާ ދެލިހާކާލައިފައި ކަރުދާހުގައި ލިޔަން ފެށި އެވެ. ލިޔާ އެއްޗެއް ލިޔެފައި ޕަންވާ ކަރުދާސްކޮޅު މޭޒުމަތީގައި ބޭއްވި އެވެ. އެއަށް ފަހު ކައިރީގައި ހުރި ގޮނޑީގައި އިށީނދެ ފޮތް ހުޅުވާލިއެވެ. ފޮތުން ދެތިން ގަނޑު އުކާލައިފައި އޭގެ ތެރޭގައި އޮތް ސިޓީ އުރައެއް ހުޅުވާލާފައި ތުނި ތުނި ފޮތިކޮޅެއް ނެގިއެވެ.
***
ޝަމްސް ސިޑީގައި އަތް އަޅުވާލިއެވެ. ނަމަވެސް ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. ސިޑިން ތިރިއަށް ފައިބަން ފެށި އެވެ. ތިރިއަށް ދެވުނު ދެވުނު ހެން އަނދިރިވާން ފެށިއެވެ. ޝަމްސް އަށް ވެސް ދޮރުތަކެއް ފެނުނެވެ. އެތަނުން އޭނާ ބޮޑު ދޮރުން އެތެރެއަށް ވަނެވެ. އެތަނުގައި ހުރި އެއްޗެހި ފެނި އޭނާގެ ދެލޯ ބޮޑު ވިއެވެ.

6

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!