މައިންބަފައިންނަށް ހޮޔުކޮށް ހިތު މަކީ ސުވަރުގެ ދިއު މަށް މަގުފަހިވާ ކަ މެކެވެ.  މައިންބަފައިންނަށް އިޙްސާންތެރިވު މަކީ ކޮބައިކަން ކީރިތި ޤުރްއާނުގައި ވަރަށް ޞަރީޙަކޮށްބަޔާންކުރައްވާފައިވެއެވެ.

އަލްއިސްރާއު ސޫރަތުގެ 23 ވަނަ އާޔަތުގައި  މާތްﷲ ވަޙީކުރައްވާފައިވެއެވެ.

وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا  وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا(އަލް އިސްރާ 23-24)
މާނައި:”އެކަލާނގެއަށް މެނުވީ، ތިޔަބައި މީހުން އަޅުކަން ނުކުޅައު މަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތު މަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެ މީހުންކުރެ އެކަކު، ނުވަތަ އެ ދެ މީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަ މާ ހަ މަޔަށް ފޯރައްޖެނަ މަ، އެދެ މީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހު މުގެ ކިތަން މެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެ މީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެ މީހުންނަށް ބަސްބުނާށެވެ! އަދި އޯގާވެރިވު މުގެގޮތުން، ނިކަ މެތިކަ މުގެ ފިޔަ، ތިބާ އެ ދެ މީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަ މުގައި މިއަޅާވީދުވަހު، އެދެ މީހުން  މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެ މީހުންނަށް رحمة ލައްވައިފާނދޭވެ!

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!