ނަތޫއަށް މިއިވުނީ ސިހުމެއް ގެނުވި ވާހަކަތަކެކެވެ. ޒީންގެ ބައްޕައަކީ ފަރީދު ނޫންކަމެވެ. ޒީންގެ މަންމަގެ ސިއްހީ ހާލަތުގެ ސީރިޔަސްކަމެވެ. ޒީންއަށް މިކަންކަން ފޮރުވަނީ ކީއްވެބާއެވެ.؟ ޒީންގެ ބައްޕަ ކޮބާބާއެވެ؟ ނަތޫ ވަރަށް ހައިރާންވެއްޖެއެވެ. ނަތޫ ޒީންއަށް މިކަން ސިއްރު ކުރާނެބާއެވެ؟ “ޖައުފަރް! ނަޖުމާ! ދެން އަހަރެން ދަނީ. ކޮންމެސްނަމަ މިކަން ސިއްރުކޮށްދެއްޗެ. ކޮންމެހެންވެސް ނަތޫ އުޅޭތޯވެސް މިއަހާލީ ސިއްރުން މިވާހަކަތައް ދައްކާލަންވެގެން.” ޒީނިޔާ އެހެން ބުނަމުން އެގެއިން ނުކުތުމަށް ހިނގައިގަތެވެ. “ޒީނިޔާ ބުނިއްޔާ އަހަރުމެން ބަލާނަން ތިކަން […]
ފަރީދު ކޮންމެސްވަރަކަށް ކިޔާލަދިނެވެ. ތެދެކެވެ. ތ އަތޮޅު ވިލުފުއްޓަކީ ވަރަށް ދުރެވެ. މާލެދިޔުމަށްޓަކާ ދުރުރާސްތާއެއް ކަޑައްތު ކުރަން ޖެހޭނެއެވެ. ފަރީދުގެ ވާހަކައިގައި ތެދުވެރިކަމެއް ވާނަމަ އެކަން ދެނެގަންނާކަށް އިޝާލަކަށް ނޭނގެއެވެ. ހާއްސަކޮށް ޒީންއަށް އެއްވެސް ވަރަަކަށް އެކަން ގަބޫލެއް ނުކުރެވެއެވެ. ޒީނިޔާއާ ފަރީދުގެ ވާހަކަތަކީ ޒީންއަށް އިތުބާރެއް ހުރިއެއްޗެއް ނޫނެވެ. އެހެން ދައްކާ ވާހަކައަކަށް އިތުބާރު ކުރެވޭނީވެސް ގާތްކަމެއް ބާއްވައިން ވާހަކަ ދައްކާނަމައެވެ. ހަވީރުގެ ވަގުތެވެ. އަހަރެން ފެންވަރައިގެން ނުކުމެ ކޮޓަރީ ލޯގަނޑު ކުރިމަތީ ހުރެ ފުނާއަޅަމުން […]
“ޒީން! އެއްކަލަ ވާހަކަ މިހާރު މަންމަކައިރި އެހީތަ؟ މިބުނީ ފޯނުކުރާ ވާހަކަ؟” ނަތޫ އެހެން ބުނުމުން އަހަރެން ފޫހިވިއެވެ. އެހެން ނަމަވެސް ދާދިފަހުން މަންމަމެނާއެކު ކާންތިބި ދުވަހެއްގައި އެވާހަކަ ދެއްކުމުން މަންމަ ވަރަށް ހާސްވެ ވާހަކަ އަހަރެން ނަތޫއަށް ކިޔައިދިނީމެވެ. “އެހެންތަ. އެކަމަކު ތިހާ ހާސްވީ؟… ހޫމ.. ޒީން! މަށަށް ހަމަ ހީވަނީ ކޮންމެސް އެހެންކަމެއް ތީގައެބަވާހެން. ދެން އެހެންޏާ އެހެން އަހާލައިގެން ކަމެއްވިޔަސް، ސިއްރުކުރަމުން ހާސްވުމުގެ ބޭނުމެއް ނެތް އަސްލު.. މަށަށް ވިސްނޭގޮތް މިބުނީ. ޒީން […]
ކުއްލިޔަކަށް ނަތޫ އަހަރެންގެ އަތުގައި ހިފައްޓާލިއެވެ. ނަތޫ ހުއްޓުމާއެކު އަހަރެން ސުވާލުގެ ނަޒަރަކުން ބަލައިލީމެވެ. އަދި ނަތޫ ބަލަމުން ދިޔަ ދިމާލަށް އަހަރެން ބަލާލީމެވެ. ވެގެން އުޅޭގޮތް އަހަންނަށް އެނގެއެވެ. ނަމަވެސް މީހަކު އެކަމާބެހޭގޮތުން ސުވާލެއް ކޮށްފިނަމަ، އެއަށް ދޭނެ ޖަވާބެއް އަހަންނަކަށް ނޭނގެއެވެ. ނަތޫ އެއުޅެނީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރަންކަން އަހަންނަށް ޔަގީންވެ. ޒީން! އަހަރެން ކުރިން ދުވަހަކުވެސް ދުށިން ކޮންމެސް މީހަކަށް ގުޅެން ބޫތު ކައިރިއަށް އައިސް އެމީހުން ތިއްބަ. ކުރިން […]
ރުކައިން ހުރިހާ ކުދިންނަށްވެސް ހީލަމުން ބަލައިލީ ޔަންހާއިން މޭޒަށެވެ. މައުސޫމުގޮތަކަށް އެދިމާއަށް ބަލަންއިން ޔަންހާ ފެނުމާއިއެކު އެ ހިތް ފުރިގެން އައި ކަހަލައެވެ. ހައިކަލް އާއި އައުލްއަށް ލޮލުގެ އިޝާރާތަކުން ޔަންހާ އާއި ލަވްޒާއިން މޭޒު ދައްކައިލަމުން އެ އެންމެންވެސް ހިނގައިގަތީ އެ މޭޒަށެވެ. “އޯ އެމް ޖީ ޔަންންން! ބަލާ ރުކައިންމެން އެ އަންނަނީ އަހަރެމެން ތިބި މޭޒަށް.” ލަވްޒާ ޔަންހާގެ އަތުގައި ވިކައިލަމުން ތުއި އަޑަކުން ބުނެލިއެވެ. ރުކައިންމެން އައިސް އެ މޭޒުގައި އިށީނުމާއިއެކު […]
ޒީން! ޒިީންމަށާ އިންނާނަންތަ ކިޔަވާ ނިމިގެން.؟ އަސްލު އަހަރެން ހުރެފާނަން ކިޔަވާ ނިމެންދެން. މީވަރަށް ސީރިއަސް ވާހަކައެއް. އަދި ވަރަށް ގިނަ އަހަރު އެބައޮތް. އަހަންނަށް އުމުރުގެ ގިނަދުވަހު އެހާ އެއްކޮށް މިއުޅެވުނީވެސް ޒީންއާއެކީ.. ގިނަވަގުތު ހޭދަކުރެވެނީވެސް ޒީންއާއެކީ. މިވާހަކަ މިހާރު ދައްކާފަ ބާއްވަން ވަރަށް ފަސޭހަ. ތީ އަބަދުވެސް އަހަރެންގެ ދެގޮތެއް ނުވާ ބެސްޓް ފްރެންޑްވީމަ. ޒީން!…. ކީކޭ ބުނަނީ؟” އިޝާލް ލޯބިވާކަން ހާމަ ކުރީ ލޯބިވެއޭ ބުނުމަކާ ނުލައެވެ. ޖަޒްބތުގައި ޖެހެމުން ދިޔަ ހިތުގެ […]
ވެހެމުން ދިޔަ ބޯ ވާރޭގެ ތެރެއިން ވިދާލި ވިދުވަރާއިއެކު ވޭނީ ހަޅޭކެއްގެ އަޑު މުޅި ސަރަހައްދުގައި ހިފައިލިއެވެ. ވިދާލި ވިދުވަރުގެ އަލިން ފެނިގެން ދިޔައީ ލެއިން ތަތްތޮޅިވެފައި އޮތް މެދު އުމުރުރުގެ އަންހެނެއްގެ ކައިރީގައި އުޑުފައިން އިށީނދެއިން ކުޑަ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާގެ ގައިވެސް ކަޅިވެފައިވަނީ ލެއިންނެވެ. އެދެމީހުންނާއި ދުރުނޫން ހިސާބެއްގައި އޮތް ސައިކަލުވެސް ހީވަނީ މުގުރިފައިވާ ހެންނެވެ. އެ ފިރިހެން ކުއްޖާގެ ލޮލަށް އެޅުނު އަލިކޮޅު ހުރަސްކޮށްފައި ދިޔަ ބޮޑު ފިރިހެން މީހާގެ މޫނު […]
މާލޭގެ ފެންވަރު ރަނގަޅު ޕްރައިވެޓް ސްކޫލެއްގައި ތައުލީމު ހާސިލްކުރަމުން ދާ ޔަންހާގެ ލޯބީގެ ހަޔާތް ފެށެނީ އެ ސްކޫލަށް އަލަށް ވަންނަ ރުކައިން އާއި ދިމާވުމުންނެވެ. އެކުވެރިކަން ބަދަހިވެ އެ ގުޅުން ލޯތްބަށް ބަދަލުވާކަށްވެސް ގިނަ ދުވަހެއް ނުނަގައެވެ. ދެ މީހުންގެވެސްމި އުފާވެރި ދުވަސްތައް އެފުއް މިފުށަށް ޖެހިގެން ދަނީ ޔަންހާގެ ހަޔާތަށް އަންނަ އައު މެހެމާނެއްގެ ސަބަބުނެނެވެ. އެ އައު މެހެމާނަކީ ކާކު؟ އެ މެހެމާނުގެ ސަބަބުން ދެ މީހުންގެ އުފާވެރި ދުވަސްތައް ބަރުބާދުވެގެން ދަނީ […]
” އަޅުގަނޑު ވައުދުވަން.. އަޅުގަނޑު ދިރި ހުރިހާ ދުވަހަކު އަޔާނީ ހުންނާނީ އުފަލުގަ… އަޅުގަނޑު ގެވެސް ވަރަށް ބޮޑު އެދުމެއް އެބަ އޮތް.. އެއީ އަޅުގަނޑު ނެތް ދުވަހެއްގައި ވެސް ބައްޕަ އާއި މަންމަ ޔާނީ އުފަލުގައި ބަހައްޓައި ދޭނެ ކަމަށް..” ” ބައްޕަ ވައުދު ވަން…” ||. ތެއްތިރީސް ވަނަ ބައި .|| ޗެކިން އަށް ފަހު ހުރިހާ ކެޑޭޓްސް އަށް ބޯޓަށް އެރުމަށް ގޮވާލުމާއި އެކު އާއިލާގެ އެހެން ހުރިހާ މެމްބަރުންނަށް […]