ކޮންމެ ދުވަހަކު މަންމައާ އަހަރެން ފުރަތަމަ ބައްދަލުވާ ތަނަކީ ކާގެއެވެ. އަވަސްވެފައިވާ ހިތަކާއެކު ޖެހިލުންވެހުރެ އަހަރެން ކާގެއަށް ބަލައިލީމެވެ. މަންމައެއް ނެތެވެ. އެހެން ނޫނީ އާދައިގެ މަތިން މަންމަ އަހަންނަށް ތައްޔާރު ކޮށްފައިހުންނަ ސައިތަށިވެސް މިއަދު އަހަރެންގެ އިންތިޒާރަކު ނެތެވެ. އަހަރެން ވަރަށް ދެރަވިއެވެ. މަންމަގެ ސަމާލުކަން މިއަދު އަހަންނަށް ނުލިބުނީތީއެވެ. މަޑުމަޑުން ގޮސް މަންމަގެ ކޮޓަރި ކައިރީ އަހަރެން ހުއްޓިލީމެވެ. ތަލި ޖަހާލަން އަތް ނަގާލުމަށްފަހު ހަމަ އެ ސިކުންތުގައި އަހަރެން އަތް ތިރިކޮށްލީމެވެ. މަންމަމެން […]
“މަންމަމެންނަށް އެންމެ ރަނގަޅުތަ އަހަރެން ކިޔަވާނިނިގެން އި…އިޝާލްއާ ރައްޓެހިވިޔަސް؟” އަހަރެން ވަގުތުގެ ބޭނުންހިފީމެވެ. ވަރަށް އުންމީދުގައެވެ. ކުއްލިޔަކަށް ޒީނިޔާއާ ފަރީދު ސިއްސައިން ގޮސް ބަލައިލިއެވެ. އެ ބަލައިލުމުގައި ހިތްހަމަނުޖެހުމުގެ އަސަރުތަކެއް ވާކަން ބަލަން ހުރި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ޒީނިޔާގެ މޫނުމަތިން ފެންނަމުންދިޔައީ ހިތްނުތަނަވަސްކަމާ ހިތާމައިގެ އަސަރުތަކެވެ. ކޮންމެ ގޮތަކަށް ކަންތައްވިޔަސް ޒީން މިއަދު މި ސުވާލަށް ޖަވާބެއް ބޭނުމެވެ. “ޒީން! މަންމަ ނުބުނޭތަ ތިކަހަލަ ވާހަކަ ނުދައްކާ ހުންނާކަށް؟ ކީއްވެތަ ޒީންއަށް ކެތްނުކުރެވިގެން ތިއުޅެނީ؟ ޒީންއަށް […]
“މިރޭ އިޝާލްއަށް ވަގުތުކޮޅެއް ދިނީނު. އިޝާލް! އަހަރެން އެބައޮތް ވަރަށްބޮޑު ވާހަކައެއް ބުނަންވެފަ.” ނަތޫ އިޝާލްއަށް ބަލައިވެސް ނުލާ ކުރިޔަށް ހިނގައިގަތެވެ. “ކީކޭ؟ ކިހާވަރެއްގެ ވާހަކައެއް؟” އިޝާލް އަހާލިއެވެ. “ޒީންގެ އުފަންދުވަސް އަންނަނީނު. ހިނގާ ޒީންއަށް ނޭނގި އެކަން ފާހަގަކުރަމާ.. ތިގޭގަ ހުރިހާކަމެއް ހަމަޖައްސާނީ. އިޝާލް މަންމަކައިރި އަހާލާފަބުނެލާ.” ނަތޫ މޮޅުގޮތެއް ރާވާލަމުން ބުނެލިއެވެ. “އަހާލާނަން. އެކަމު ޒީން މިރޭ އެހާބަލިވީމަ އަހަރެން މިހުރީ ވަރަށް ދެރަވެފަ. އެކަމާ މިވިސްނެނީ.” އިޝާލްގެ ކަންބޮޑުވުން ފާހަގަކުރިއެވެ. ނަތޫއާ އިޝާލް […]
ޒީން……. ކިހިނެއްވެފަ ތިއިނީ.. އަހަރެން ހުއްޓަ ބަލާބަލަ.” އިޝާލް އަނެއްކާވެސް ބުނެލިއެވެ. އިޝާލް އެހެން ބުނުމާއެކު އިޝާލްގެ ކުރިމަތީގައި އަހަރެން ޖެހިލުންވެފައި އިނދެ އެފޮޓޯ އަނެއް ފުށަށް ޖަހާލީމެވެ. ހާސްވެފައި އިން އަހަރެން ހީކުރަމުން ދިޔައީ އެއީ އިޖޫގެ ފޮޓޯއެއް ކަމަށެވެ. އެހެނަސް އެފޮޓޯގައިވާ ތަސްވީރު ފެނުމާއިއެކު އަހަރެން އުފަލުން ފޮޅުނެވެ. ހާސްކަމާއި ބިރުވެރިކަން ފިލާދިޔައެވެ. އެއީ އަހަރެން އެންމެ ލޯބިވާ އިޝާލްގެ ފޮޓޯއެކެވެ. ހިނިތުންވެފައި އިނދެ ފޮޓޯއަށް ބަލަމުން އަހަރެން ސުވާލުގެ ނަޒަރުން އިޝާލްއަށް ބަލައިލީ […]
“ދަރިފުޅާ ވަރަށް ރަނގަޅު.. ތިހާ އެއްކޮށް އުޅެމުންވެސް އެވާހަކަތައް ފޮރުވައިން ހުރީމަ. އެއީ އަހަރުމެން ދައްކަންޖެހޭ ވާހަކައެއް ނޫނެއްނު. ޒީންގެ މަންމަ އެވާހަކަތައް ކިޔައިދޭނެއްނު. ދެން ބައްޕަ ދަނީ.” ޖައުފަރު އުފަލުންހުރެ ދޮރު ހުޅުވާލިއިރު ކުރިމަތީގައިހުރީ ޒީންއެވެ. ޖައުފަރު ދިޔައީ ސިއްސައިންނެވެ. އަނެއްކާ ދެންމެ ދެކެވުނު ވާހަކަތައް ޒީންއަށް އަޑުއިވުނީ ބާއެވެ؟” “ޖައުފަރުބެ! ހާދަ ހާސްވެފަ. ކިހިނެއްތިވީ؟” އަހަރެން ސުވާލުކޮށްލީމެވެ. “ކޮ…ކޮޓަރިއަށް ކުރައްޕެއް ވަނީމަ އެމަރާލަން އުޅެފަ މިހާ ހާސްވެފަ މިހުރީ.” ޖައުފަރު ކުއްލި ޖަވާބެއްދިނެވެ. “ކޮބާ […]
“އަޅެ! ދެން އެ ކާރޑް ބަލައިލުމަކީ އެވަރުގެ ކަމެއްތަ؟ އެހެންނޫނަސް ކާރެއް ބަލައިން ހިތާމައިގަ އުމުރު ހުސްކުރަންޖެހޭނެތަ؟ ޕިސް ޕިސް…” އަހަރެން ވަރަށް ސީރިއަސްވެލާފައި ސުވާލު ކުރީމެވެ. ޒީންގެ އެސުވާލަށް މިފަހަރު ނަތޫޖަވާބެއް ދޭނެއެވެ. ޒީން ރޯންޖެހުނަސް ހޭންޖެހުނަސް ނަތޫއަށް ފަރުވާލެއް ނެތެވެ. ޖައުފަރު ރުޅިއަޔަސް ނަތޫ މިފަހަރު ހުރީ އެސުވާލަށް އެކަށީގެންވާ ޖަވާބެއްދޭން ތައްޔާރުގައެވެ. ކުއްލިއަކަށް ނަތޫއަށް ހެވެންފެށިއެވެ. ނަތޫގެ މި ސަކަރާތުގެ ސަބަބުން ޖައުފަރުބެއާއި އަހަރެން ހުރީ ހައިރާންވެފައެވެ. ނަތޫއަކީ ޖާދޫގަރެއް ނޫނެވެ. […]
“ދެން ތިބުނީ.. އެކަނިހޭ މާލެދާނީ؟ މީއަހަރެން ބައްޕަގެ ދޯނި. ބައްޕަވެސް އެބަހުރި މީގަމިރޭ. ޒީން! ތެދުވެބަލަ. ހިނގާބަލަ ދާން އަހަރެން ބައްޕައާ ވާހަކަދައްކާލަން.” ޒީންގެ އަތުގަހިފާ ނަގަން މަސައްކަތްކުރަމުން އިޝާލް މަޖާގޮތަކަށް ބުނެލިއެވެ. “އުނހު… ދެން ސާބަސް.. އެއްކަލަ އިޝާލް. އަހަންނަކަށް ނުކެރޭނެ.” އިޝާލް އަތްތިލައިގެ ތެރެއިން އަހަރެންގެ އަތްތިލަ ދަމައިގަންނަމުން ބުނެލީމެވެ. “ހޫމް… ހޫމް… ދެން ތިކަން ހުއްޓާލަބަލަ. އެހެރަ އަންނަނީ އަހަރެން ބައްޕަ. މި އިޝާލް ލަދެއްވެސް ނުގަނޭ.” ނަތޫ ބުނި ވާހަކައިން އިޝާލްއާއި […]
“މަންމަމެން ފޯނު ކުރާމީހަކީ ކާކުތަ؟ އަހަންނަށް ނުވެސް އެނގޭ. މީކީ މަންމައާ ބައްޕަގެ ރައްޓެހިންވެސް އައިސްއުޅޭ ތަނެއް ނޫން ދުވަހަކުވެސް. ދެން އަނެއްކާ އަހަންނަކީ އެއްބަނޑު އެއްބަފާ އެއްވެސް މީހެއް ހުރި މީހެއްނޫން. އަހަންނާ ތިމައިގެ މީހެއްވެސް އަހަރެން ދުވަހަކުވެސް ނުދެކެން. ކުއްލިޔަކަށް ފެންނަންފެށި މަންޒަރެއްވީމަ މިއަހާލީ.” އަހަރެންގެ ސުވާލުން ބައްޕައާ މަންމައަށް ލިބުނީ ބަޔާންކުރަން ނޭނގޭފަދަ ހައިރާން ކަމެކެވެ. ޒީނިޔާ ބަލައިލީ ފަރީދުގެ މޫނަށެވެ. ފަރީދު ބަލައިލީ ޒީނިޔާގެ މޫނަށެވެ. އެއަށްފަހު މަންމައާ ބައްޕަ ތިބީ […]
“ހުމްހޫނނ…ނޫނޭ. މިބުނަނީ ފޯނު ކުރާވާހަކަ. ނަތޫވެސް ހުއްޓަ އަހަން ބޭނުމީ. އެގަޑިއަށް އާދެވިދާނެތަ އިރުއޮއްސޭއިރު.” އަހަރެން ވަރަށް ހަމަޖެހިލައިންހުރެ ބުނެލީމެވެ. ޒީން އެހެން ބުންޏަސް ނަތޫ އެގެއަށްދާނެ ހިތްވަރު ހުންނާނެ ބާއެވެ.؟ ނަތޫއަކީ ގިނަ ފަހަރަށް ހަގީގަތާ އެއްކޮޅަށް ވާހަކަ ދައްކަން އާދަވެފައިވާ ކުއްޖެކެވެ. ފަރީދާއި ޒީނިޔާގެ ސިއްރު ފަޅާ އަރުވާލެވުމަކީ ދާދި އަވަހަށް ނަތޫއަށް ކުރެވިދާނެ ކަމެކެވެ. އެހެންވެ، މިވަގުތު ނަތޫ ވިސްނަން ޖެހެނީ މަސްލަހަތަށެވެ. އެވާހަކަތައް ޒީންއަށް އެނގެން ޖެހޭނީ ނަތޫގެ ފަރާތަކުން ނޫންކަން […]