“މިޔޯ؟” ކަޔާން ގޮސް ހުއްޓުނު ދެ ބުރިއަށް ނަގައިފައިހުރި ގެ ފެނުމާއިއެކު ބޭއިޚްތިޔާރުގައި އެހުނެވެ. “މި ދެކުދިން ލައިފައެއްނު ގެއަށް ދެވޭނީ؟” ކަޔާން އެހެން ބުނަމުން އިޒްހާ ކައިރީގައި އޭނާ އާއިއެކު އައުމަށް އިޝާރާތްކޮށްލިއެވެ. “ޕިސް ޕިސް މިހާރު ކިހާ އިރެއްތަ އެ؟ ހުވާ މި ބުނީ ދެން..” ގޭތެރެއަށް ވަނުމާއިއެކު ސޯފާގައި އިށީނދެއިން ތިރީސް ވަރަކަށް އަހަރުގެ އަންހެން މީހާ ކިޔަން ފެށި އެއްޗެހި ހުއްޓައިލި ކަޔާންގެ ފަހަތުން ވަތް އިޒްހާ ފެނުމުންނެވެ. “މީ ކާކު؟ […]
ވިޝާމް ތާޒާވެލައިގެން އައިސް އެނދުގައި އޮށޯވެލާ ފޯނު ނަގާ އިންސްޓާ އަށް ވަދެލިއެވެ. ޒިވާ އޮންލައިންގައި އިނުމުން އޭނާ ޒިވާއަށް ގުޅާލިއެވެ. ފޯނު ނުނެގުމުން ދެވަނަ ފަހަރަށްވެސް ގުޅާލާފައި ނިދާފައި ކަމަށް ބަލާ ވިޝާމްވެސް އޮފްލައިން ވެލާފައި ނިދަން ދެލޯ މަރާލިއެވެ. މާކަށް ގިނަ އިރުތަކެއް ނުވެ ހަށިގަނޑަށް ވެރިވެފައި ހުރި ލޮޑުކަމުގެ ސަބަބުން ހުވަފެނީ އާލަމަށް ވިޝާމް ދަތުރު ފެއްޓިއެވެ. ✧ސޯޅަވަނަ ބައި ✧ އެނދުގެ ހެޑްބޯޑުގައި ލެނގިގަނެގެން އިން ޒިވާ ނަޒަރު […]
އެލީން ގެ އުމުރުން ދެ އަހަރުގައި އެލީން މަންމަ ވަނީ ނިޔާވެފައެވެ. އެލީން ގެ ބައްޕަވެސް ވަނީ މި ދުނިޔެއަށް އަލްވަދާއު ކިޔާފައެވެ. އެލީން ބަލާބޮޑު ކުރީ އޭނާގެ ދޮންތަ ޒުހުރާއެވެ. ގަޑިން ފަތިހު 5 ގަހަނީއެވެ. ޒުހުރާ ހުރީ ގޭދޮށް ކުނިކަހާށެވެ. ކުއްލިޔަކަށް ވަލުމަގު ފަޅިން ވަރަށް ބާރު އަޑެއް އިވުނެވެ. ޒުހުރާ ދިޔައީ ސިހިގެންނެވެ.”މިހާރު މިއިވެނީ ކޮން އަޑެއް؟” ޒުހުރާ މިހެން ބުނެފައި ވަލުމަގު ފަޅިއަށް ހިނގައިގަތެވެ. ފެނުން މަންޒަރު ތަކުން ޒުހުރާ ނުވެއްޓުނީ […]
“ދޮންތަ؟ ރް.. ރަހޫލް؟؟؟” އިޒްއާންއަށް ލިބުނު ޝޮކާއިއެކު އޭނާގެ ތުންފަތުގައި ކުޅެލައިފައިވާ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. އިޒްއާންގެ ހަނދާނަށް އައީ ކަޔާން އާއި ރަހޫލްގެ ވާހަކަ ހިއްސާކުރި ދުވަހެވެ. އެ ދުވަހު އިޒްހާއަށް އަޑު އިވުނުހެން ކޮންމެވެސް ވަރަކަށް ހީވި ނަމަވެސް ޔަޤީނެއް ނުވެއެވެ. ނަމަވެސް ދެންމެ އިޒްހާ އެހެން ބުނުމާއިއެކު އެ ޝައްކު ހިތުގައި އުފެދެން ފަށައިފިއެވެ. އިޒްހާއަށް ރަހޫލް އާއި މެދު އިޒްއާންގެ ހިތުގައި އުފެދިފައިވާ އިހުސާސްތައް އިނގުނީ ބާވައެވެ؟ މިކަހަލަ ސުވާލުތަކުން ހިތް […]
” އޭ ޗީޒްބޯލްސް ކީތްތި ކުރަނީ؟؟؟… މަ މިހިރީ ދޮންތަ ކައިރިގައޭ… ތި ދޮރަށް އަނިޔާ ނުކޮށް ދެން ތި ކިޔާއެއްޗެއް ކިޔާބަލަ… މަ މިހިރީ އަޑުއަހާށޭ!!!… އެ ދޮރު ސަލާމަތުން ހުރިކަން… އަނެއްކާ އަނެއްކޮޅުން މަންމަ ގޭގަ ނޫޅޭކަންވެސް އެއީ މަގޭ ނަސީބު… އެހެންނޫނީ ރޮކެޓަކަށް އެހެން އެއްޗަކަށްވެސް ނުލައި އޭގެ ބަދަލުގަ މަ ފޮނުވާނެ ދެން އޮތް ޕްލެނެޓަށް… މަށަށް ޖެހޭނީ ހުރިހާ ކަމެއްކޮށްފަ ކައްކާ ކާން ހަދައި. މި ހުރިހާ ސަކަރާތެއް ޖަހަން…” […]
ން!!! އަދި ނުވެޔޭ ދާކަށް. މަޑުކޮޑްބަ. ޕްލީޒް..” އަޔާންގެ އަތުގައި ހިފައިލަމުން އާދޭހުގެ ރާގަކަށް އެލީޝާ ބުނެލިއެވެ. ދެމީހުންވެސް ތިބީ ޒީނާގެ ގޭގައެވެ. އެކަހެރިކޮށް ބައްދަލުކުރެވޭނެ ފުރުސަތު ލިބުނު ތަނަކީ އެއީ ކަމަށްވާތީއެވެ. “މިރޭ އަހަންނަކަށް ނެތް ވަގުތެއް ދޫކުރޭ!” އެލީޝާގެ އަތް ގަދަކަމަށް ނައްޓާލަމުން އަޔާން ބުނެލިއެވެ. “އެހެންވިއްޔާ އަދި ހަގެއް ދީފަ ދެވޭނީ. އޯކޭނު.” އެލީޝާ އަޔާންގެ ގައިގަ ބައްދާލިއެވެ. ދެން ބުނެބައް. ކޮންއިރަކު ކައިރާ ޑިވޯސްކުރާނީ؟ މިހާރު ބައްޕަ ބުނީތީވެ މެރީވެސް ކުރެވިއްޖެއެއްނު. […]
ރަހޫލްގެ އިންތިޒާރަށް ނިމުމެއް އައީ ކެފޭތެރެއަށް ޒުވާނަކު އައިސް ވަދުމުންނެވެ. އިސްކޮޅުން ދިގުވެފައި ދޮނެވެ. ލައިގެންހުރި ކަޅުކުލައިގެ ގަމީސް އުޅަބޮއްޓާއި ހަމައަށް އޮޅާލައިފައިވުމުން ވަރަށްވެސް ފިރިހެންވަންތައެވެ. އޭނާ އަޅައިގެން ހުރި އަވިއައިނު ނަގައިފައި އައިސް ރަހޫލްގެ ކުރިމައްޗަށްވާ ގޮތަށް އިށީނދެ ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ރަހޫލްވެސް އަސަރެއް ނެތް ގޮތަކަށް ހިނިތުންވެލިއެވެ. “ރަހޫލް..” އެ ޒުވާނާ ގޮވައިލިއެވެ. “ޒަކްވާން… ލޯންގް ޓައިމް ނޯ ސީ…” ރަހޫލްގެ އަނގައިން ނިކުތް މި ބަސްކޮޅުންވެސް އެއީ ކުރިންވެސް އެނގިފައިވާ މީހެއްކަން ދޭހަވެއެވެ. […]
މިޝްޔަލް ހޭއެރިއިރު ބޮލަށް އެނބުރުމެއް އަރާފައި ހުއްޓެވެ. ހުރެވުނު ތަނަށް ބަލައިލެވުނެވެ. އެއްޗެއް ފެންނަ ވަރެއް ނޫނެވެ. ކަޅު އަނދިރި ގަނޑެކެވެ. މުޅި ގަޔަށް ހުރީ އެހެން ކަހަލަ ތަދެއް އަރާފައެވެ. ތެދުވަން އުޅުނު އިރު އަތް ހުރީ ފަހަތަށް ބަނދެފައެވެ. އަނގަމަތީ ފޮތިގަނޑެއް އައްސާފަ އޮތް އިޙްސާސް ވެސްވީ ދެނެވެ. މީހައަށް ހޭވަރިކަންވިއެވެ. މަގުމަތި ވިކަންތައް ވެސް ހަނދާންވިއެވެ. ހަޅޭއް ލަވައިގަންނަން އުޅެއުޅެ ވެސް އަރުން އަޑެއް ނުނިކުތެވެ. ހުރެވުނު ތަނެއް ވެސް ނޭނގުނެވެ. މިޝްޔަލް […]
ކޮންގްރާ! ކައިރާ އެންޑް އަޔާން. އޯއެމްޖީ. ކައިވެސް މެރީކުރީދޯ. ވަރަށް ވަރަށް ބޮޑަށް ސޮރީ ލަހުން އާދެވުނީމަ.” ކައިރާގެ އަތުގައި ހިފާލަމުން އީނާ އެހެން ބުނެލީ އަޔާންއަށްވެސް ނަޒަރު ދެމުންނެވެ. ގާތް އެކުވެރިޔާގެ ހަޔާތުގެ އެންމެ ޚާއްސަ އެއްދުވަހުގައި، އަދި އުފަލުގައި ބައިވެރިވުމަށް ލަހުން އާދެވުނީތީ އެކަމަށް މަޢާފަށް އެދެމުންނެވެ. ހިނިތުންވެލަމުން ކައިރާ ބޯހޫރާލީ އެއީ މަޢާފަށް އެދެންޖެހޭވަރުގެ ކަމެއް ނޫނޭ ބުނާ ފަދައަކުންނެވެ. ” އެކަމް އެލީ ބުނި އަޔާންއާ ކައިރާ މެރީ ކުރުވިޔަ ނުދޭނަމޭ. […]