“ކާކު ދިން އެއްޗެއް؟” އޭގައި ހިފަމުން އަހަރެން ސުވާލުކޮށްލީމެވެ. ހައިރާން ވެފައިހުރެއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ދިނުމަކާ ނުލާ އެކުއްޖާ އެދިޔަ ބާރުމިނުގައި ދުވެގޮސްފިއެވެ. އޭރުވެސް އަހަރެން ހައިރާން ވެފައިހުރެ އެއްފަހަރު އަތުގައިވާ ތަކެއްޗަށް، އަނެއްފަހަރު އެކުއްޖާ ދުވެފައި ދިޔަ ދިމާލަށް ބަލައިލީމެވެ. އަހަރެން އަވަސްވެގަތީ ކޮޓަރިއަށް ދިއުމަށެވެ. އެތެރެއަށް ވަދެ ދޮރުލައްޕާ ތަޅުލީ ހަމަޖެހިލުމުގެ ބޭނުމުގައެވެ. އަތުގައިވާ ޕާރސަލްގައި ފޮރުވިފައިވާ ގޮތް ނޭނގޭ ހަދިޔާއަކީ ކޮން އެއްޗެއްތޯ ބަލައިލަން އަހަރެންގެ ކެތްތެރިކަން ކޮޅުން ލަނީއެވެ. ކާކު […]
ކޮންމެ ރެއެއްގެ ދަންވަރު އަހަރެންނަށް ގޯނާ ކުރާ އިންސިއެއް ވެއެވެ . ޖިންނި އެއް ނުމެ ނޫނެއެވެ . ވަޅި ދައްކާ މި ވާހަކަ ތައް ނުދެއް ކުމަށް އަހަރެންނަށް ބިރު ދައްކަމުން ދެއެވެ .އެ މީހެއް ކިބައިން ސަލާމަތް ވާން އެތަކެއް ކަމެއް ކުރަމެއެވެ . އަހަރެންގެ މައިންބައިންބަފައިން ކައިރީގައި މި ވާޙަކަ ބުނަމަށް އެތަކެއް މަސައްކަތެއް ކުރަމުން ގެންދަމެއެވެ . ނަމަވެސް އަހަރެންނަށް ހިތްވަރެއް ނެތެއެވެ . ބޭރު ތެރެއިން ވެސް އަހަންނަށް އަޅާލާނޭ […]
މިއީ އަހަރެންގެ ކިޔެވުމުގެ ފަހު އަހަރެއެވެ . އަހަރެން އެތަކެއް މަސައްކަތް ތަކެއް ކުރަން ޖެހޭ އެއް އަހަރެއެވެ . ގަޑީ ގެ އެލާމް ވާ އަޑަށް އަހަރެން ތެދުވީ ސްކޫލް އަށް ދާއް ތައްޔާރު ވާށެއެވެ . މޯޅި އަކަށް ދެމިލުމަށް ފަހު އަހަރެން މޫނުގައި އަތް ކާތަމުން ދިޔައީ ސްކޫލް އަށް ދިޔުމަށް ފާޙާނާ ކުރުމަށެއެވެ . ފާޙާނާ ކޮށް ސްކޫލް އަށް ދާން ތައްޔާރީ ތައް ވަމުން ދަނި ކޮށް ބަދިގެ ތެރެއިން […]
“އެއީ އަހަރެންގެ މައިންބަފައިން ކައިރިން ޒީންގެ މަންމަ އެދުނުގޮތް. އަހަރެން ބުނިނަމަ…. މިހާރު އަހަންނާ ޒީންގެ ގުޅުން އޮންނާނެ ގޮތެއްވެސް ނޭނގެ. އެހެންނޫނަސް އެވަރުގެ ވާހަކައެއް ދައްކާކަށް އަހަންނަކަށް ނުކެރޭނެ.” ނަތޫ ތަފްސީލުކޮށް ކިޔައިދިނެވެ. “ދެން ކީއްވެ ތިވާހަކަތައް އަހަންނަށް ކިޔައިދިނީ.؟” އިޝާލް އޮޅުންފިލުވަން ބޭނުންވިއެވެ. “އެއީ އިޝާލްގެ ހިތަށް ހަމަޖެހުމެއް ހޯދައިދޭން.” ނަތޫ ކުރު ޖަވާބަކުން ނިންމާލަމުން އަވަސް ހިނގުމެއްގައި ގޮސް ގެއަށް ވަނެވެ. އިޝާލްއަށް ވިސްނިއްޖެއެވެ. ނަތޫ ދެއްކި ވާހަކަތަކާ ޒީން ފޮނުވާފައިވާ އިބާރާތްތަކުގައި […]
އިޝާލް ވަރަށް ފަރުވާތެރިކަމާއެކު އަތުގައިވާ ސިޓީ އުރައަށް ބަލައިލިއެވެ. އުންމީދުން ފުރިފައިވާ ހިތަކާއެކުއެވެ. ހިނިތުންވެލަން ލިބުނު ފުރުސަތެއް ކަމުގައި ދެކެމުންނެވެ. ތެޅިތެޅި އޮތް ހިތަކާއެކު އިޝާލް އެ ސިޓީއުރައިގެ ބޭރުގައި ލިޔެފައިވާ ލިޔުންކޮޅު ކިޔާލިއެވެ. “ހުވަފެނީ ދުނިޔޭގައި އަހަންނާއެކު ރަސްކަންކުރި ރަސްގެފާނަށް” އިޝާލް ކޮޓަރިއަށްވަދެ ދޮރު ލެއްޕުމަށްފަހު އަވަސް އަވަހަށް ސިޓީއުރަ ކަނޑާލި އެވެ. އޭގައިވަނީ ފޮޓޯގަނޑެއް ގެ އިތުރުން ނޯޓްކޮޅެއް ލިޔެފައިވާ ގަނޑުކޮޅެކެވެ. އިޝާލްގެ ނަޒަރު ފުރަތަމަ ހުއްޓުނީ ފޮޓޯއަށެވެ. އެއީ ސަޕްރައިޒްއެއްގެ ގޮތުގައި އިޝާލް […]
މަޑުމައިތިރި ހިނގުމެއްގައި ގެއަށް ވަދެގެން އައިތަން ފެނުނީ ނާސިފެވެ. އޭނާގެ ފަހަތުން ނަތޫ ވަދެގެން އައިސް އަހަރެންގެ އަތުގައި ހިފާ އަވަސް އަވަހަށް ބޭރަށް ނުކުންނަން ހިނގައިގަތެވެ. އޭރު އަހަރެންގެ ބައްޕަ އަހަންނާދިމާލަށް ބަލަން އިނެވެ. ފަސްއެނބުރި ނާސިފްވެސް އަހަންނާ ދިމާލަށް ބެލިކަން އަހަންނަށް އެނގެއެވެ. އަހަންނަށް އެއްޗެއް ނުބުނެ އުޅެނިކޮށް ނަތޫ އަހަރެން ގެއިން ބޭރަށް ނެރިއްޖެއެވެ. “ޒީނިޔާ.. ޒީނިޔާ…. ނިކަށް އަވަހަށް ޖޫސްތައްޓެއް ގެނެސްބަލަ… މިއިނީ ނާސިފް އައިސް.” ނާސިފް އިށީނުމާއެކު ފަރީދު ވަރަށް […]
ކުރިމަތީގައި ހުރީ ރީތި އިސްކޮޅެއް ލިބިފައިވާ ފިރެހެނެކެވެ. ހެދިހުރި ހަށިގަނޑަކާއި ފުރިހަމަ ރޫފައެއް ލިބިފައިވުމުން އޭނާގެ ހައިބަތު ފާޅުވެއެވެ. އަހަރެން އެއްވަރަކަށްވެސް ނުދަންނަ އެމީހާއާއެކު ގޭގައި އެކަހިރި ވަގުތެއް ހޭދަކުރަން ޖެހުމުން އަހަރެންގެ ހަށިގަނޑުގައި ފާޑެއްގެ ތުރުތުރެއް އަޅަންފެށީ ގަތްފައިވާ ބިރެއްގެ ސަބަބުންނެވެ. އަހަރެން ޖެހިލުންވިއެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް އަޅަން ނުކެރިފައިހުރި އަހަރެންގެ ހިތުތެރެއިން މަންމައާއި ބައްޕަ އާދޭތޯ އެވަގުތު ދުޢާކުރަމުން ދިޔައިމެވެ. އަހަރެން ސަލާމްގެ ޖަވާބު ދިނުމުންވެސް އެމީހާ އިތުރު އެއްޗެކޭ ނުބުނެ އިރުކޮޅެއްވިއެވެ. […]
“ޒީންގެ ބައްޕަ ފަރީދުތަ ތިހެންބުނީ؟” ނަތޫ ސުވާލުކޮށްލީ ދެބުމައަށް ގޮތެއް ހަދާލަމުންނެވެ. ޝައްކުގެ ބެލުމަކުންނެވެ. ޒީންގެ ޖަވާބަކަށް ނުހަނު އިންތިޒާރު ކުރަމުންނެވެ. “އާން… އެކަމު އަހަރެން އަދި މިވާހަކަ ބައްޕައާ ދައްކާނަން. އަހަރެން ހީކުރީ ބައްޕަ އަހަރެންދެކެ އެވާ ލޯތްބަކީ އަހަރެންގެ ހުރިހާ އުފަލަކައްޓަކާވެސް ވާލޯތްބެއްކަމަށް. ނަތޫ… އަހަރެންގެ މަންމަމެނާ ކުރިމަތިލާން އަހަންނަށް އަދިވެސް ވަގުތު ބޭނުންވޭ.” އަހަރެން ނަތޫއަށް ބަލައިލީ ފެންކަޅިވެފައިވާ ލޮލަކާއެކުއެވެ. ނަތޫގެ ޝައްކު ފިލީއެވެ. ފަރީދާއި ޒީނިޔާއާ ދެމީހުން ޒީންއަށް މިދައްކަނީ ކޮންކަހަލަ […]
އަހަރެންގެ މަޑުމައިތިރި މިޒާޖު ބަލަން އިޝާލްއަށް މިއަދު ކެތްނުވީ ކަންނޭނގެއެވެ. ދެލޯ ހަނިކޮށްލައިން ހުރެ ހަލުވި ހިނގުމެއްގައި އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓުނީ އަހަރެން އިޝާލްއާ ހަތަރުކަޅި ހަމަކޮށްގެން އިންދައެވެ. ވަގުތުން އަހަރެން އިސްދަށަށް ޖަހާލީމެވެ. ހަގީގަތުގައި އޭރު އަހަރެންގެ ހަށިގަނޑުގައި ވަނީ ފިނޑިކަމެވެ. އަހަރެން އިޝާލްއާ ކުރިމަތިލާން ފަސްޖެހެއެވެ. ލަދުގަނެއެވެ. ކުށެއްނެތް އިޝާލްއަށް ދަޅަ ދައްކައިގެން އޭނާގެ ހިތް ހަލާކު ކުރުމަކީ އިންސާފެއް ނެތް ކަމެއްކަން އަހަންނަށް އެނގެއެވެ. އިޝާލް ފެންނަ ކޮންމެ ވަގުތަކު އަހަރެންގެ […]